ވަޒީފާއިން މުސްކުޅިކުރާ އުމުރަށް އަންނައިރަށް ގިނަ ފައިސާ ރައްކާކޮށް ޖަމާކުރުމަކީ ވަރަށްވެސް ބޭނުންތެރި އެހައިމެ މުންހިންމުކަމެކެވެ. މިގޮތުން ގިނަ ފައިސާ ހޯދޭނެ ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ. ކަމުގެ ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ރަސްމީ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ އިތުރު މަސައްކަތެއް އިތުރު ގަޑީގައި ކުރާ ނަމަ ގިނަ ފައިސާ ޖަމާ ކުރެވޭނެއެވެ. މިގޮތުން ފަރުދީ ފެންވަރެއްގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ. ކުޑަކުދިންނަށް ކިޔަވައިދިނުމަކީ ކުރެވިދާނެކަމެކެވެ. މިސާލަކަށް…

ވަޒީފާއިން މުސްކުޅިކުރާ އުމުރަށް އަންނައިރަށް ގިނަ ފައިސާ ރައްކާކޮށް ޖަމާކުރުމަކީ ވަރަށްވެސް ބޭނުންތެރި އެހައިމެ މުންހިންމުކަމެކެވެ. މިގޮތުން ގިނަ ފައިސާ ހޯދޭނެ ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ. ކަމުގެ ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ރަސްމީ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ އިތުރު މަސައްކަތެއް އިތުރު ގަޑީގައި ކުރާ ނަމަ ގިނަ ފައިސާ ޖަމާ ކުރެވޭނެއެވެ. މިގޮތުން ފަރުދީ ފެންވަރެއްގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

ކުޑަކުދިންނަށް ކިޔަވައިދިނުމަކީ ކުރެވިދާނެކަމެކެވެ. މިސާލަކަށް ހިސާބު، ދިވެހި ނުވަތަ އެނޫން ބަސްބަހުން ޓިއުޝަން ދިނުމާއި އިސްލާމް ފަދަ މާއްދާތަކުން ޓިއުޝަން ދީގެން އާމްދަނީ އިތުރުކުރެވިދާނެއެވެ. އަދި މީގެ އިތުރުން އެމީހަކަށް ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ބައެއް ކަހަލަ ޚިދުމަތްތައް ފޯރުކޮށްދީގެން ވެސް އާމްދަނީ އިތުރުކުރެވިދާނެއެވެ. މިސާލަކަށް ލިޔުމާއި އެޑިޓިންގ ޚިދުމަތް ފޯރުކޮށްދިނުން، ގްރެފިކް ޑިޒައިން ފަދަ ކަންކަމަކީ އަތުން މާބޮޑު އެއްޗެއް ޚަރަދުނުކޮށް ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސައްކަތްތަކެވެ. ތިމާއަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މީހެއްނަމަވެސް، ދުޅަ ހެޔޮ ރަނގަޅު ސިއްހަތެއްގައި ހުރި މީހެއްނަމަ، ކުދިން ބެލުމާއި، ގޭގައި ތިބެގެން އަތްތެރިމަސައްކަތުގެ އެކިކަންކަން ކޮށްގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ވަނީ ހުޅުވައިލެވިފައެވެ.

ކުދިކުދި ތަކެތި ވިއްކުމުގެ މަސައްކަތްކުރެވިދާނެއެވެ. މިސާލަކަށް ބާޒާރުން ގަނޑުކޮށް ތަކެތި ގަނެގެން ގޭގެ ކައިރީގައި ނުވަތަ މީހުން ގިނައިން އެއްވާ ސަރަޙައްދުތަކުގައި ބަހައްޓައިގެން ވެސް ވިއްކިދާނެއެވެ. މިތަކެއްޗަކަށް އާންމު ގޮތެއްގައި (ގިނަ ގައުމުތަކުން) ޖީ.އެސް.ޓީ ޓެކުހެއް ނުނަގައެވެ. (މިފަދަ ކަމަކަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހުއްދައެއް ނަގަންޖެހޭނަމަ އެ ހުއްދައެއް ނަގަންވާނެއެވެ) މިޒަމާނުގައި ތަންތަނަށް ގޮސްގެން އެއްޗެހި ވިއްކުމުގެ ބަދަލުގައި އޮންލައިންކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ވަނީ ގިނަ ގައުމުތަކުގައި ހުޅުވާލެވިފައެވެ. މިއީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ވިޔަފާރިއެކެވެ. މިގޮތުން އަތުގައި ހުރި ދުވަސްވީ ބައެއް އަގުހުރި ތަކެއްޗާއި، އަލަމާރި ސާފުކުރާ އިރުވެސް އެކި ދުވަސްވަރު ބޭނުންކުރި ހެދުންތަކާއި ފައިވާނާއި ގަޔަށް ހެޔޮވަރުނޫން ހެދުން ފަދަ ތަކެތި ވެސް އެއްލައިލުމުގެ ބަދަލުގައި ވިއްކައިގެން އާމްދަނީ ހޯދިދާނެއެވެ.

ބިމާއި ގޯއްޗަކީ އާމްދަނީ ހޯދުމަށް އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އަގެއް ލިބޭނެ އެއް ވަސީލަތެވެ. މިގޮތުން ގޭގެ ނުވަތަ އެޕާޓްމަންޓްގައި ހުރި ބޭނުން ނުކުރާ ކޮޓަރި އާއި ހުސްޖާގަ ފަދަ ތަންތަން ބޭނުންނުކުރާ މުއްދަތުގައި ކުއްޔަށް ދެވިދާނެއެވެ. މި ޒަމާނުގައި މިފަދަ ތަންތަން ދެތިން ދުވަހަށް ބޭނުންވާ މީހުން ވެސް ތިބޭނެއެވެ. މި މައުލޫމާތު ރާއްޖޭގައި ނަމަ އައިބޭ، ނުވަތަ ބޭރު މީހުންނަށް އަމާޒުކުރާނަމަ، އެއަރބީއެންބީ “Airbnb” އަކީ މިހާރު ވަރަށް މަގުބޫލު އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ އެއް މީޑިއާއެވެ.

ވަކިން ހާއްސަކޮށް ފަސޭހަކަމާއެކު ރިޓަޔަރމަންޓަށް ފައިސާ އިތުރުކުރެވޭނެ އެއްގޮތަކީ ބޭނުންވާ ތަކެތި ގަނޑުކޮށް ގަތުމާއި، ބައެއް ސުޕަމާކެޓުތަކާއި ފިހާރަތަކުން މެންބަރޝިޕް ހޯދައިގެން ލިބޭ ވައުޗަރ ނުވަތަ ޑިސްކައުންޓް ކާޑު ބޭނުންކޮށްގެން އަގު ހެޔޮކޮށް ލިބުމަކީ ހުރިހާ ވަގުތެއްގައިވެސް ރައްކާކުރެވޭ ފައިސާއެވެ. މިސާލަކަށް 3 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެނަމަ ކޮންމެ ވިޔަފާރި ކުރާ ސަތޭކަ ރުފިޔާއިން 3 ރުފިޔާ ސަލާމަތްކުރެވެއެވެ. އަހަރަކު ދިހަހާސް ރުފިޔާގެ ވިޔަފާރިން 300 ރުފިޔާ އެބަ ސަލާމަތްކުރެވެއެވެ. މިއަދަދު 10 އަކާ ގުނަކުރުމުން 3000 ރުފިޔާ އަދި 20 އާއި ގުނަކުރުމުން 6000 (ހަހާސް) އެބަ ސަލާމަތްކުރެވެއެވެ. މިއީ ހަމަ ރައްކާކުރެވޭ ފައިސާއެވެ. އަދި ކުރެޑިޓް ކާޑު ބޭނުންކުރުމުން ބައެއް ފިހާރަތަކުން ޑިސްކައުންޓު ލިބެއެވެ. މިފަދަ ތަންތަނުން ވިޔާފަރިކުރުމުން ސަލާމަތްކުރެވޭ ފައިސާއަކީ ވެސް ފަހަށް ރައްކާކުރެވޭ އެއްޗެކެވެ. އަދި ކުރެޑިޓް ކާޑުންކުރާ ޚަރަދުގެ ފައިސާ ކުރެޑިޓް މުއްދަތުގައި ދެއްކުމުން އިތުރު ޗާޖެއް ނުކުރާނެއެވެ. ފައިސާ އަދާކުރަންޖެހޭ ފަރާތްތަކަށް ޖޫރިމަނާއާ ނުލައި ފައިސާ ދެއްކުމުގެ ރިވެތި އުސޫލުތަކަށް ތަބާވުމަކީ ވެސް ހަމަ ރައްކާކުރެވޭ ފައިސާއެވެ.

ތިމާ ރައްކާކޮށްފައިވާ ފައިސާއިން ކޮށްފައިވާ އިންވެސްޓްމަންޓްތައް އަލުން ރިވިޔުކޮށް މުރާޖާކޮށް އެންމެ ރަނގަޅު ނަފާއެއް ލިބޭ ކަންކަމުގައި އިންވެސްޓްކުރުމުން ވަޒީފާއިން މުސްކުޅިކުރާ އުމުރުފުރަށް އަންނަންވާ އިރަށް ގިނަ ފައިސާ ރައްކާކުރެވޭނެއެވެ.

ވީމާ، އިންވެސްޓްމަންޓްގެ ހިރާހަށް ބަލައިގެން  އެންމެ ރަނގަޅު އާމްދަނީ ލިބޭ ކަންކަމުގައި އިންވެސްޓްކުރުމުގައި ދެމި ތިބެއްޖެނަމަ ފަހަށް ރައްކާކުރާ ފައިސާ އިތުރުވާނެއެވެ. މިއަދު ގިނަ ފައިސާ ހޯދާ ރައްކާކުރުމަކީ ވަޒީފާއިން މުސްކުޅިކުރާ އުމުރުގައި އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ކުރާ އިންވެސްޓްމަންޓަކަށް ހަދަމާ ހިނގާށެވެ.

___________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment