އުތީމު އާދަމްބެ ޙަޔާތެއް  ބާއްޖަވެރި  ވޭތޯ  މަޔާ  ދަރިޔާއި  އޮޅުވަންޏާ ޙަޔާއުގެ  ކަންފުޅެއް ނެތިފައި ވަޔާލާ  އަބުރު ވިއްސަންޏާ ލަދާ އަގަލާ ދުރަށް  ލައިފާ މަ ދާންވީ މަގު މަ އޮޅުވައިފާ ތަދާ ވޭނާ  ނަދާމަތުގައި  އަދާ  މާދަން  އުޅެން  ވަންޏާ ޚިޔާލަށް އަންނަ މޮޅު ރޭވުން  ތިޔާގިކަމަށް  ބުނާ އަޑަކުން ކިޔާ ލަވަތައް  އަހާމީހުން  ނުބައި ކޮރަކުން  ނަށައިލަންޏާ ދަރާލާ  އަތްތަކުން  އެދުމުގެ  ބަރާކޮށްގެން  ގުދާރު އެކީ ކަރަމާތް ދެއްކި ރޮނގު ދޫކޮށް އަރާ އެކަހެރި…

އުތީމު އާދަމްބެ

ޙަޔާތެއް  ބާއްޖަވެރި  ވޭތޯ  މަޔާ  ދަރިޔާއި  އޮޅުވަންޏާ

ޙަޔާއުގެ  ކަންފުޅެއް ނެތިފައި ވަޔާލާ  އަބުރު ވިއްސަންޏާ

ލަދާ އަގަލާ ދުރަށް  ލައިފާ މަ ދާންވީ މަގު މަ އޮޅުވައިފާ

ތަދާ ވޭނާ  ނަދާމަތުގައި  އަދާ  މާދަން  އުޅެން  ވަންޏާ

ޚިޔާލަށް އަންނަ މޮޅު ރޭވުން  ތިޔާގިކަމަށް  ބުނާ އަޑަކުން

ކިޔާ ލަވަތައް  އަހާމީހުން  ނުބައި ކޮރަކުން  ނަށައިލަންޏާ

ދަރާލާ  އަތްތަކުން  އެދުމުގެ  ބަރާކޮށްގެން  ގުދާރު އެކީ

ކަރަމާތް ދެއްކި ރޮނގު ދޫކޮށް އަރާ އެކަހެރި ފަރާތް ވަންޏާ

އޮޅޭހެން  ރީތި ހުތުރާ  ހަމަތަކަށް  ނުފެތޭ  ކިޔާ  ނާނާ

މޮޅޭ ދުލަކުން ބުނާ  އިރުގައި ހިތުން  ތާއީދު  ނުދެވެންޏާ

ވަހާ އެކު މީރު  ހުވަނދުންލާ  ހަވާގައި އުދުހި ދާއިރުގައި

މަހާ ދެދުމެއް ނުވުން ހެޔޮވަރު އެއީ އައިބެއް ކަމަށް ވަންޏާ

ކުރާ މަޤުޞަދު ހިފަން ބަނދަރެއް ތުރާ ވައި ދަތި މި މޫސުމުގައި

ކުރާއިރު ހޭރިޔާ ދަތުރުން ކުނބަށް ވުރެ ނީ އެ ދިގު ވަންޏާ

                                              ____________


 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    ކިއުންތެރިއެއް
    "ކުރާއިރު ހޭރިޔާ ދަތުރުން ކުނބަށް ވުރެ ނީ އެ ދިގުވަންޏާ" ނީ ބޭނުންކޮށް އުޅުނީ ހަމަރިޔަލުގެ(ހަތަރެސްކަން ރިޔާ) ޒަމާނުގައެވެ. އާދަމްބެގެ ދޯނީގައި އަދިވެސް ނަންގަވަނީ ހަމަރިޔާ ތޯއެވެ؟ އަޅުގަނޑު ދަންނަ ގޮތުގައި ހަމަރިޔަލަށް ވުރެ ހޭރިޔާ ދަތުރަށް މޮޅީ ކަތި ރިޔަލެވެ(ތިން ކަން ރިޔާ)

    (0)(0)
Leave Comment