ވަރަށް ފަޤީރު މީހަކު ގެންގުޅުނު ބަލިކަށި، ނިކަމެތި ހިމާރަކަށް ޝާހީ އަސްތަބީލާއަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެ ސޮރު އެ ތަނަށް ގޮސް ބަލައިލި އިރު އެ ތާނގައި އުޅޭ އަސްތަކުގެ ސިއްހަތު ރަނގަޅުކަން ފެނިފައި  ހައިރާން ވެއްޖެއެވެ. އެ އަސްތަކުގެ ޚިދުމަތުގައި އެތައް ނޯކަރުންނެއް ތިއްބެއެވެ. ހިމާރަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ނިކަމެތި، އަނަރޫފަ ހަށިގަނޑަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. [އަހަރެންނަށް ވެސް މި ސޮރުމެންނަށް މި ލިބޭ ފަދަ ކާނާ ލިބޭނޭ ނަމަ…

ވަރަށް ފަޤީރު މީހަކު ގެންގުޅުނު ބަލިކަށި، ނިކަމެތި ހިމާރަކަށް ޝާހީ އަސްތަބީލާއަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެ ސޮރު އެ ތަނަށް ގޮސް ބަލައިލި އިރު އެ ތާނގައި އުޅޭ އަސްތަކުގެ ސިއްހަތު ރަނގަޅުކަން ފެނިފައި  ހައިރާން ވެއްޖެއެވެ. އެ އަސްތަކުގެ ޚިދުމަތުގައި އެތައް ނޯކަރުންނެއް ތިއްބެއެވެ.

ހިމާރަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ނިކަމެތި، އަނަރޫފަ ހަށިގަނޑަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. [އަހަރެންނަށް ވެސް މި ސޮރުމެންނަށް މި ލިބޭ ފަދަ ކާނާ ލިބޭނޭ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ ޚިދުމަތް ކުރާނޭ ބަޔަކު ތިބެގެން ބަލަހައްޓާނޭ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟

އެވަގުތު ހަނގުރާމައިގެ ރަނގަބީލު ޖެހި އަޑު އިވިއްޖެއެވެ. އެޔާއެކު ބަޔަކު އައިސް އަސްތަބީލާއިން އަސްތައް ނެރެގެން ހިންގައްޖެއެވެ. އެ ދުވަހު އިރު އޮއްސޭން ގާތް ވެފައި ހުއްޓާ އަސްތައް ގެނެސް އަނެއްކާ ވެސް އަސްތަބީލާއަށް ވައްދައިފިއެވެ. އޭގެތެރެއިން ބައެއް އަސްތައް ވަނީ މަރުވާން ގާތްވެފައެވެ. ބައެއް އަސްތައް ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. ހަނގުރާމައިގައި ލިބުނު އަނިޔާގެ ސަބަބުން ހިނގައި ނުގަނެވޭ އަސް ވެސް ހުއްޓެވެ.

އެ ވަގުތު ހިމާރުގެ ހިތަށް އެރިއެވެ. [އެސޮރުމެންނާ އެއްފަދަ ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ލައްވާފައި މިވާ ގޮތަކީ އެންމެ ރަނގަޅު ގޮތެވެ.]

ﷲ އެ މީހަކު ހައްދަވާފައިވާ ގޮތަށް ވުރެ ރަނގަޅު، މޮޅު ގޮތެއް ނޯންނާނެއެވެ. އެ ވަގުތު މެދުވެރި ކުރައްވާ ގޮތަކީ އެންމެ ރަނގަޅު، އެންމެ ހެޔޮ ގޮތެވެ. މިންވަރަށް އީމާންވުމަކީ، އެއީއެވެ.

މިންވަރަށް އީމާން ވުމަކީ އިމާންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމެވެ. މިންވަރަށް އިމާން ވުމޭ ބުނުމުގެ މާނައަކީ ފަހަރެއްގައި ވެސް އެއްވެސް މަސައްކަތެއް ނުކޮށް މިއީ އަހަންނަށް މިންވަރު ކުރެއްވި ގޮތޭ ކިޔައި ހުރުމެއް ނޫނެވެ. ދިރިއުޅުން ތަނަވަސް ކުރާން ކުރެވެން އޮތް ކޮންމެ ކަމެއް ދީން ހުއްދަކުރާ ގޮތަކަށް ކުރަން ވާނެއެވެ. އެހެން ނަމަވެސް ތިމާއަށް އެކަށީގެން ނުވާ ފަދަ ކަންތައްތައް ކުރަން އުޅުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެކަށީގެން ނުވާ ކަންތައްތަކަކީ ދީން ހުއްދަ ނުކުރާ ކަންތައްތަކެވެ.

ދުނިޔޭގައި އުޅޭ އުޅުމުގައި ދެރައާއި ހިތާމަޔާއ ކުރިމަތިލާން ޖެހޭނެއެވެ. އެ ފަދަ ކަންތައްތަކަށް ކެތްކޮށްގެން އުޅުމަކީ، މިންވަރަށް އީމާން ވުމެވެ. ދިމާވާ ނޭދެވޭ ކަމެއްގެ ސަބަބުން އެހެން މީހުންނަށް ލިބިފައިވާ އިޢުމަތްތަކުގެ ވާހަކަދައްކައި ހަސަދަވެރިކަން ފާޅުކޮށްގެން އުޅުމަކީ އިސްލާމީ ގޮތެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އިންސާނީ ގޮތަކަށް ވެސް ނުވާނެއެވެ. އެހެނީ އިންސާނުން އުޅޭން އޮތް އެންމެ ރީތި މަގު ފެންނާން އޮތީ އިސްލާމް ދީނުގައެވެ.

_____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment