ރާގު: މުޖުކޮ އިސް ރާތުކި ތަންހާއިމޭ އާވާޒު ނަ ދޯ  = ރަޙުމް = ހިތުގެ ފުންލޯބި، އެ ދިން ލޯބި ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ ކުރި އެ އިތުބާރު، ވި އިޤުރާރު ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ * * * * * * ވިސްނުމާ  ހިތުގެ  ޚިޔާލާތު    އުދުއްސާލީމާ އޭގެ  މިސްރާބު  ހަޔާތުން  އޮވެ  ކައްސާލީމާ ވާނެގޮތް  ފެށުނު ޒަވާޖަށް ތި ޚިޔާލަށް ނުގެނޭ ވެވި…

ރާގު: މުޖުކޮ އިސް ރާތުކި ތަންހާއިމޭ އާވާޒު ނަ ދޯ

 = ރަޙުމް =

20170321_110806ހިތުގެ ފުންލޯބި، އެ ދިން ލޯބި ކޮބައިހޭ ނުބުނޭ

ކޮންތާކުހެ ވީ  ކޮންތާކުހެ ވީ

ކުރި އެ އިތުބާރު، ވި އިޤުރާރު ކޮބައިހޭ ނުބުނޭ

ކޮންތާކުހެ ވީ  ކޮންތާކުހެ ވީ

* * * * * *

ވިސްނުމާ  ހިތުގެ  ޚިޔާލާތު    އުދުއްސާލީމާ

އޭގެ  މިސްރާބު  ހަޔާތުން  އޮވެ  ކައްސާލީމާ

ވާނެގޮތް  ފެށުނު ޒަވާޖަށް ތި ޚިޔާލަށް ނުގެނޭ

ވެވި އެ މަޖުބޫރު  ހަޔާތުން  ވަކިވާން  ޖެހުނީމާ

 ލެވުނު އާހުން މި ހިތާމައިގެ  ގިލަން  ފެށުނީމާ

ކުރި އެ އުންމީދު އޮޔާ ބެހުނު ޒަމާން ދެން ނުގެނޭ

ޢިޝްޤު މާޔޫސު  ހަޔާތެއް  ފެށިގެން  ދާންވީމާ

އޭގެ ހިތްދަތިވި ދުވަސްތައް  ގުނަމުން  ދާންވީމާ

ހިތުގެ ހާލާމެދު އިތުރަށް އެއްޗެއް ދެން  ނުބުނޭ

ފިކުރުގައި އޮވެ މިގޮތަށް ދުނިޔެއަޅައި  ދާންވީހޭ

ލިބުނު ހަދިޔާގެ މަތިން ކަރުނަ  އަޅައި ރޯންވީހޭ

ހުރިގޮތޭ ހީވެ ދުވަސްތައް އެ ހަނދާނަށް ނުގެނޭ

________________


 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment