000 – މުހަންމަދު ނަސީރު، އއ.މާޅޮސް-    ނުދާށެ  މަސްތުވެ  ދުނިޔޭގެ   ލައްޒަތާ  ގުޅެމުން      ނުވާށެ  ހެއްލުމުގައި  ފެންނަ   ދަޅަތަކާ  ކުޅެމުން  **   **   **   **   **   ** އަރާމު ޢިޝްޤުގެ ވަގުތީ ދަމާ ލިޔަސް ސުފުރާ ޙަރާރަތުން ބެހިދާ  ނާރުތައް  ގުޅޭ  ކުފުރާ ޝަރާބު ވަޞްލު   ނުހޯދާށެ،  ރާޙަތަށް  ވިކެމުން ވިދާ ބުލޫ ސިގްނަލް ގެންނަ ރަންރިހީގެ ނައިޓް ރިދާތަކާ  ދުރުގައިދޭ  އޮޕަން  އަރާމު ރައިޓް ނިދާށައޭ  ލާޒިމް   ކުރުވަނީ   އެފެކްޓް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

– މުހަންމަދު ނަސީރު، އއ.މާޅޮސް- 

 

ނުދާށެ  މަސްތުވެ  ދުނިޔޭގެ   ލައްޒަތާ  ގުޅެމުން

     ނުވާށެ  ހެއްލުމުގައި  ފެންނަ   ދަޅަތަކާ  ކުޅެމުން

 **   **   **   **   **   **

އަރާމު ޢިޝްޤުގެ ވަގުތީ ދަމާ ލިޔަސް ސުފުރާ

ޙަރާރަތުން ބެހިދާ  ނާރުތައް  ގުޅޭ  ކުފުރާ

ޝަރާބު ވަޞްލު   ނުހޯދާށެ،  ރާޙަތަށް  ވިކެމުން

ވިދާ ބުލޫ ސިގްނަލް ގެންނަ ރަންރިހީގެ ނައިޓް

ރިދާތަކާ  ދުރުގައިދޭ  އޮޕަން  އަރާމު ރައިޓް

ނިދާށައޭ  ލާޒިމް   ކުރުވަނީ   އެފެކްޓް  ދެމުން

ފަތިސް ނުވާ މެންދަމުގައި ރިލެކްސް އެކްޓިވިޓީ

އައިސް ނެގީމަ  އެދޭ  ފޭވަރިޓް ނަޔާ ޑިއުޓީ

ކަޝިޝް އޮހޭނެޔެ ފޮނި ޕާރޝަނަލް ތިބާ ދެކެމުން

އުފާތަކާއި ޑުރީމީ ސްވީޓު އެންޖޯއީ

އުރާލެވޭ  ޑިސްކޯ   ރާގުގައި   ވިދާ  ބޯއީ

އުދާހަކަށްވެ  ފަހުން،  ގެއްލުމޭ  ދަނީ  ދެކެމުން

ފިހޭށަވީ ޕަރުވާނާގެ ޒާތުގައި ނިމިގޮސް

ރިހޭ އެދުންތަކުގައި  ބިތްވަމުން  އޮޔާލެވިގޮސް

ސިހޭނެތޯ  އެހެނަސް، ދޮންކަމަށް  ދަނީ ބެލެމުން

ބެޑިންގ ގެ ފޮނިކަމުގައި ދޭ ރައުންޑް ރީތި ލޮބީ

ރެޑީ ކުރާއިރު  ނެތި  ކޯނަރެއް  ތިބާގެ ހޮބީ

އެޑިކްޓަކަށް ނަފްސާ  ރޫޙުވެސް  ދަނީ  އެދެމުން

            **********

About the author
Leave Comment