ލިޔުންތެރިއެއް އަދި ޅެންވެރިއެއް ކަމުގައިވާ ގ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު މިރޭ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ، ވަރަށް އިޚްލާޞްތެރިކަމާއި ހީވާގި ކަމާއެކު، ދައުލަތުގެ މުހިންމު ގިނަ ވަޒީފާތަކެއް އަދާކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ އަދަބީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއާއި ދިވެހިނާދީގެ މުހިންމު މަގާމުތަކެއްވެސް ފުރުއްވާފައި ވެއެވެ. އަދި [ޢިލްމީ އޮއިވަރު] މަޖައްލާއާއި [ހުވަނދު] މަޖައްލާގެ މަގާމުތަކެއް ވެސް ފުރުއްވާފައި ވެއެވެ. އޭނާ…

ލިޔުންތެރިއެއް އަދި ޅެންވެރިއެއް ކަމުގައިވާ ގ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު މިރޭ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ، ވަރަށް އިޚްލާޞްތެރިކަމާއި ހީވާގި ކަމާއެކު، ދައުލަތުގެ މުހިންމު ގިނަ ވަޒީފާތަކެއް އަދާކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

އަލްފާޟިލް ކ.ދ.އަޙްމަދު މަނިކަކީ އަދަބީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއާއި ދިވެހިނާދީގެ މުހިންމު މަގާމުތަކެއްވެސް ފުރުއްވާފައި ވެއެވެ. އަދި [ޢިލްމީ އޮއިވަރު] މަޖައްލާއާއި [ހުވަނދު] މަޖައްލާގެ މަގާމުތަކެއް ވެސް ފުރުއްވާފައި ވެއެވެ. އޭނާ ވަނީ ތާރީޚީ ތަފާތު މައުލޫމާތުގެ ލިޔުންތައް ލިޔުއްވައިފައެވެ. އަދި އެ ނޫން ވެސް އެކި މައުޟޫޢުތަކުގެ ލިޔުންތަކާއި ބައެއް ބޭބޭފުޅުންގެ ޙަޔާތްޕުޅާ ބެހޭ ލިޔުންތައް ވެސް ލިޔުއްވައިފައެވެ. އަދި ކޮންމެވެސް ވަރަކަށް ޅެން ވެސް ހައްދަވައިފައެވެ.

އަލްފާޟިލް ކ.ދ.އަޙްމަދު މަނިކު އެންމެ ފުރަތަމަ އަދާކުރައްވާފައިވާ ވަޒިފާއަކީ، މުއާޞަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއެވެ. އެއީ، 5 މޭ 1953 ގައެވެ. އެއަށްފަހު، ވުޒާރަތުއްދާޚިލިއްޔާގެ ޅ.އަތޮޅުގެ 2 ނަންބަރު ކާތިބުކަމާއި މަޙްކަމަތުލް އަމަންއާންމުގެ 2 ނަންބަރު ސިފައިގެ މީހެއްކަމާއި، ސިފައިންގެ މީހެއްކަމާއި، ސިފައިންގެ 4 ނަންބަރު، 3 ނަންބަރު އަދި 2 ނަންބަރު ސަރުދާރުކަން ކުރައްވާފައި ވެއެވެ.

އޭނާ ފުރުއްވާފައިވާ އެހެނިހެން މަގާމުތަކުގެތެރޭގައި، އިލެކްޝަންސް ކޮމިޝަނަރުކަމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންކަމާއި މިނިސްޓަރ އޮފް ކޮންޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ ނާއިބުކަމާއި ލ. އަތޮޅުވެރިކަމާއި  ދ.އަތޮޅުވެރިކަމާއި ހދ. އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒާއި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި ސްޕޯޓްސް ވަކީލުކަމާއި ކަސްޓަމްސްގެ ސީނިއަރ އެސިސްޓެންޓް ކަލެކްޓަރކަން ހިމެނެއެވެ.

އަލްފާޟިލް ކ.ދ.އަޙްމަދު މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށެވެ.

މިހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރި ތަޢުޒިޔާ އަރިސްކުރަމެވެ. އަދި މަރުޙޫމްގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.

__________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment