000ކ.ދ.އަޙްމަދު މަނިކު،  ހ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ޅެން ނަކަލުކޮށްފައި މިވަނީ، ދިވެހިނާދީގެ މަޖައްލާ [ހުވަނދު] ގެ 1 ޖަނަވަރީ 1989 ގެ އަދަދުން ނެވެ. ______________________________ ބަލަން ވިސްނަން ވި ނުރަނގަޅު ގޮތް ތަކީ އެބުނާ ބަހޭ ނޮޓް ރައިޓް، ފުލަށް ގޮސް ވަޅުޖަހާ  އަލިކަމުގެ  ދަންމަރަކީ  އެއީތޯ ލައިޓް. ހަޔާތުގެ  ހިތްފަސޭހަ  ނިދީގެ  ވަގުތުކަމަށް  ބެލޭ ރޭގަނޑު، ގަޔާވެވި އަދުގެ ދަންނަ ކުދީން މިބަސް މޮށެއުޅެތެ މިލެކުން ނައިޓް.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ކ.ދ.އަޙްމަދު މަނިކު،  ހ.ޝޭޑީގްރޯވް

އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ޅެން ނަކަލުކޮށްފައި މިވަނީ، ދިވެހިނާދީގެ މަޖައްލާ [ހުވަނދު] ގެ 1 ޖަނަވަރީ 1989 ގެ އަދަދުން ނެވެ.

______________________________

ބަލަން ވިސްނަން ވި ނުރަނގަޅު ގޮތް ތަކީ އެބުނާ ބަހޭ ނޮޓް ރައިޓް،

ފުލަށް ގޮސް ވަޅުޖަހާ  އަލިކަމުގެ  ދަންމަރަކީ  އެއީތޯ ލައިޓް.

ހަޔާތުގެ  ހިތްފަސޭހަ  ނިދީގެ  ވަގުތުކަމަށް  ބެލޭ ރޭގަނޑު،

ގަޔާވެވި އަދުގެ ދަންނަ ކުދީން މިބަސް މޮށެއުޅެތެ މިލެކުން ނައިޓް.

ވަރަށް ފުރިހަމަ އެހައިމެ ފަސޭހަ ބަހަކަށްވޭ  އުޖާލާ ވެސް،

ތަރައްޤީގައި ޒުވާނުން  އިސްނަގާ  ކިޔަނީ  މިހާރު ބްރައިޓް.

ނުލާހިކު ރީތި ޤައުމީ ކުލަ، ދިވެހިބަހުގައިވި ފެހި ރަތް ހުދު،

ނުލާ ވިސްނާ ދުލާ ގަލަމުން ކިޔާ ލިޔެޔޭ ގްރީން ރެޑް ވައިޓް.

ލޮލަށް  ފެނުމާ  މެދަށް  ފެނުން  މީ  މާދަރީ  ބަހަކަސް،

ބޮލަށް ވެސް އަދި ދުލަށް ވެސް މާފަސޭހަ މިވީ ކިޔަން އަދު ސައިޓް.

ޔަޤީންކަން ނެތަމަ ބުނެވޭ ބަސް ވެދާނެ ގޮތެއް ތި ފަހަރެއްގާ،

ރުޤީފަކަމުން މި ބަސް ނުކިޔާ، ކިޔާލަން މިއަދު ރުހެނީ މައިޓް.

އަހަން ވެސް އަދި ބުނަން ވެސް ހިތްފަސޭހަ  ބަހޭ ރަނގަޅު މީ ވެސް

ބަހަށް އައި އިންޤިލާބެއްގާ  ޒަމާނަށް  ކަމުދަނީ  ވެސް ރައިޓް.

ކިހާތޯ ރީތި  ބަހަކީ  އުސް  އަޅާ މިން  ބެލުމުގާ  ދިވެހިން،

މިހާރުގެ އަތްމަތީ ބަހަކީ ބުނާ އިސްކޮޅު ބަލަން ވެސް ހައިޓް.

ތަޅާފޮޅުމޭ  ބުނަންވީމާ،  ވިޔަސް  މީ މައް  ދިވެހި ބަހަކަށް،

އަޅާނުމެލާ އެ ބަސް ދޫކޮށް، ކިޔަން  މާރީތި  ވެއްޖޭ ފައިޓް.

ކުރިއްސުރެ ދަންނަ އަދި ކުރު ދިވެހި ބަހަކަށް ނާލު ވީ ނަމަވެސް،

ކުރިން ކީ ބަހުގެ ފެންވަރު ދަށްވެ، ލިޔެކިޔަނީ މިހާރު ފްރައިޓް.

ވަގުތު ނުމެނެތް ގޮތަށް ފުރިގެން ޖެހުނު ގޮށް ބާރުކޮށް ވާންކޮށް،

ފަގުޑި ނެތަކަސް ކިޔެވިފާ ތިބި ޒުވާނުންނަށް މި ބަސް މީ ޓައިޓް.

ކިޔޭ މި ދެ ބަސް ދިވެހި ބަހުގައިވި ބަރުދަން ނުވަތަ މަޑުކޮށްލަން،

 މިޔޭ ހިތްހަމަ ޖެހޭ ގޮތަކީ   މިހާރުގެ  ބަހުރުވައިގާ  ވެއިޓް.

އިހަށް ރޭގަނޑުގެ ވަކިވުމަކަށް ވިޔަސް ހަމަ އައްސަލާމު ޢަލައިކަ…

އިހަށް ނެތް ރީތި ބަސްތައް ފެނި، ދެނިވެ ކިޔަނީ މިހެން ގުޑްނައިޓް.

ޓްދޭ އޯހ! ވިންޑްރައިޓް އިނގޭ! ތްރޯކޮށްލަން ހިނގާ ބިގް ކައިޓް،

ޓްޑޭ  ސާފޭ  ވެރީ  ފައިނޭ،  ލިބޭ  ހާޓަށް  އަރާމް ޑިލައިޓް.

                                   ________________

About the author
Leave Comment