– މުހަންމަދު ނަސީރު، އއ.މާޅޮސް-     ދެކޭށޭ، ޤުތުރަތީ މަންޒަރުތަކުން ހެކި ދައްކަމުންނެ ދަނީ ރެކޭށޭ  ހެއްލުމުން،  ވަގުތީ  އުފާތައް   އާވަމުންނެ  ދަނީ އަރައިގެން އަންނަ ހަނދު ފަލަކުން އުޖާލާ ސާދަފަނަރާގައި އަރާމެއް  މާނަވީ  ދީފައި،  އަމާޒުން  އޮއްސިގެންނެ  ދަނީ ވިދާ ތަރިތައް ސަމާގައި ފިޔަޖަހާ ރޭގަނޑު ހަތަރު ދަމުވެސް ނިދާއިރުގައި ދުވާލަށް، ދެކިބަލާށެ!  އެ  ނޫރު ފަނޑުވެ ދަނީ މަލާމެލި ރީތި ފަތިހަށް، ފަރިވެލައި ފޮޅިފައިވިޔަސް ތާޒާ މިލައިގެން  އިރުއެރީމާ   ދާތަނެއްނޫންތޯ   ދެކޭށަ  ވަނީ ހިމޭންކަން…

– މުހަންމަދު ނަސީރު، އއ.މާޅޮސް- 

  

ދެކޭށޭ، ޤުތުރަތީ މަންޒަރުތަކުން ހެކި ދައްކަމުންނެ ދަނީ

ރެކޭށޭ  ހެއްލުމުން،  ވަގުތީ  އުފާތައް   އާވަމުންނެ  ދަނީ

އަރައިގެން އަންނަ ހަނދު ފަލަކުން އުޖާލާ ސާދަފަނަރާގައި

އަރާމެއް  މާނަވީ  ދީފައި،  އަމާޒުން  އޮއްސިގެންނެ  ދަނީ

ވިދާ ތަރިތައް ސަމާގައި ފިޔަޖަހާ ރޭގަނޑު ހަތަރު ދަމުވެސް

ނިދާއިރުގައި ދުވާލަށް، ދެކިބަލާށެ!  އެ  ނޫރު ފަނޑުވެ ދަނީ

މަލާމެލި ރީތި ފަތިހަށް، ފަރިވެލައި ފޮޅިފައިވިޔަސް ތާޒާ

މިލައިގެން  އިރުއެރީމާ   ދާތަނެއްނޫންތޯ   ދެކޭށަ  ވަނީ

ހިމޭންކަން މެންދަމަށް ލިބުމާއެކީ، ކުދި ދޫނިތައް ގޮވިޔަސް

ނިމޭ ހިނދު އޭގެ ރަސްކަން ހާލިތަކުގައި ގޮސް ބޮނދާށެ ދަނީ

ވަޔާއެކު ދުންފިނީގެ ނަދާތަކާ ޝަބްނަމް އައިސް ފަތިހާ

ޙަޔާތު އުފެއްދި ފިނި، ދެކިލާށެ! އަވި  އެރުމުން  ފަނާވެ ދަނީ

ވިލާތައް ބަނަވެގެން މުޅި އުޑުމަތީ ވިއްސާރަ ފެތުރިޔަކަސް

ކިލާކަން ހިނދުކޮޅެއްގެ ތެރޭ ފިލައި އުދަރެސް  އަމާންވެ ދަނީ

ބޮމުންފޮނި މާމަލުން އުދުހޭ ކޮކާތައް ރޭގަނޑަށް ނުނިދާ

ރޮމުން ފިޔަތައް މަތިން ހޫނާ އެކީ،  ނުދެކެންހެ!  ގެއްލި ދަނީ

ރަބީޢުގެ ރީތި މޫސުމް ގުލްޝަނަށް ފަރިކަން ގެނެސް ދިނަކަސް

ޚަރީފުގެ  މޯޅިވުން  ހިކުމާ  އައިސް  މިލުވައި  ފަޔޭ އެދަނީ

ޝަހެންޝާހުންގެ ނަމުގައި ބާރުދައްކައި އުޅުނަކަސް ބަޠަލުން

ލަހެއްނުވެ އަންނަ  އޯޑަރުގައި މި ދުނިޔޭން  ވަކިވެގެންނެދަނީ

ޤަދަރުވެރިކަންމިތާ ލިބުނަސް، މަދަދުގާރުން އެހާގިނަޔަސް

ޖަދަލުކުރެވޭނެ ގޮތް ހުއްޓަސް، ބަދަލު ހިފުމުން  ފިތުނަ ވެދަނީ

                                                     _________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    އަރާމެއް މާނަވީ ދީފައި، އަމާޒުން އޮއްސިގެންނެ ދަނީ
    މީގަ މިބުނާ އެއްޗެއް ރަނގަޅެއް ނޫން.

    (0)(0)
Leave Comment