ތަރައްޤީއަށްޓަކައި ފައިނޭންސްގެ މާނައަކީ ޙަޤީޤަތުގައި ކޮބައިތޯއެވެ؟ ފަށައިގަތުމާއެކު، ތަރައްޤީއަށްޓަކައި ފައިސާގެ ވާހަކައެއް ނުބުނަމެވެ. އަހުރެމެން ބުނަނީ ތަރައްޤީއަށްޓަކައި ފައިނޭންސްކުރުމުގެ (މާލިއްޔަތު) ވާހަކައެވެ. މި ދެބަހުގެ ތަފާތަކީ ކޮބައިތޯއެވެ؟ ފައިސާއަކީ މުދަލެކެވެ. އެބޭނުންކުރަނީ އެއްޗެހި ގަތުމަށާއި ޚިދުމަތް ހޯދުމަށް ބަދަލުކުރެވޭ ވަސީލަތުގެ (މީޑިއަމް އޮފް އެކްސްޗޭންޖް) ގޮތުގައެވެ. އެއީ ސީދާ ނަގުދު ފައިސާއަށް ވެސް ވެދާނެއެވެ. އެއީ ތިބާގެ ބޭންކް އެކައުންޓް ފަދަ މާއްދީ ގޮތުން އަތްނުލެވޭ އެއްޗަކަށް ވެސް ވެދާނެއެވެ. ފައިސާއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް…

ތަރައްޤީއަށްޓަކައި ފައިނޭންސްގެ މާނައަކީ ޙަޤީޤަތުގައި ކޮބައިތޯއެވެ؟ ފަށައިގަތުމާއެކު، ތަރައްޤީއަށްޓަކައި ފައިސާގެ ވާހަކައެއް ނުބުނަމެވެ. އަހުރެމެން ބުނަނީ ތަރައްޤީއަށްޓަކައި ފައިނޭންސްކުރުމުގެ (މާލިއްޔަތު) ވާހަކައެވެ. މި ދެބަހުގެ ތަފާތަކީ ކޮބައިތޯއެވެ؟ ފައިސާއަކީ މުދަލެކެވެ. އެބޭނުންކުރަނީ އެއްޗެހި ގަތުމަށާއި ޚިދުމަތް ހޯދުމަށް ބަދަލުކުރެވޭ ވަސީލަތުގެ (މީޑިއަމް އޮފް އެކްސްޗޭންޖް) ގޮތުގައެވެ. އެއީ ސީދާ ނަގުދު ފައިސާއަށް ވެސް ވެދާނެއެވެ. އެއީ ތިބާގެ ބޭންކް އެކައުންޓް ފަދަ މާއްދީ ގޮތުން އަތްނުލެވޭ އެއްޗަކަށް ވެސް ވެދާނެއެވެ. ފައިސާއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް އެއިގެ ޒާތުގައި އެއްވެސްކަމެއް ކުރެވޭ އެއްޗެއްނޫނެވެ.

އެންމެ ބޮޑު އެއް މައްސަލަ ނުވަތަ ކަމަކީ ފައިސާ މެނޭޖްކޮށް ބެލެހެއްޓުމެވެ. އެއެއްޗެހި ކޮންތަނެއްގައި ކިހިނަކުން ތަރައްޤީއަށްޓަކައި ބޭނުންކުރުމަކީ ފައިނޭންސް ކުރުމެވެ. ފައިނޭންސްގެ ޙަޤީޤަތަކީ އެއީ ނަމަކާއި ކަމެއް ގުޅިފައިވާ ދެ ކަމަކާއެކު ތަފާތު މާނައެއް ފޯރުކޮށްދޭ ބަހެކެވެ. ފައިނޭންސް މިނަމުގެ މުރާދައަކީ ޖުމުލަ އުޞޫލު (ޑިސިޕްލިން) އެވެ، މީގައި ފައިސާ މެނޭޖްކޮށް ބެލެހެއްޓުމުގެ ހުނަރާއި ޢިލްމާއި ސައިންސް އެކުލެވިގެންވެއެވެ. މިސާލަކަށް އަހުރެމެން ކުރާ މަސައްކަތަކީ ފައިނޭންސްކުރުމުގެ މަސައްކަތެވެ. މިއީ ޕްރޮފެޝަނަލް މަސައްކަތެކެވެ.  އަހުރެމެންގެ ތެރެއިން މީހަކު ވާރލްޑް ބޭންކުގައި އެބޭންކުގެ ފައިސާއާއި މުދާ މެނޭޖްކުރުމުގެ ވަޒީފާއަކީ އެއީ ފައިނޭންސްގެ މަސައްކަތޭ ބުނެވިދާނެއެވެ. އެ މުއައްސަސާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ތަރައްޤީއަށްޓަކައި އެ މުއައްސަސާއިން ސަރުކާރުތަކަށާއި މުއައްސަސާތަކަށް ފޯރުކޮށްދެވޭނެ އެހީއަކީ ކޮބައިތޯ ބަލައި ވާހަކަދައްކާ މަޝްވަރާކުރުން ގުޅިފައިވާ ކަންކަމަކީ ފައިނޭންސްކުރުމެވެ. އަހުރެމެން ސަރުކާރުތައް ވަކި އުޞޫލެއްގައި ހިފެހެއްޓުމަށް ބާރުއަޅަމެވެ. އަދި އަހުރެމެން އިންވެސްޓްކުރަމެވެ. އަދި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ފޯރުކޮށްދެމެވެ. މިފަދަ ޙާލަތްތަކުގައި އަހުރެމެންގެ ދައުރަކީ މާލީ ކަންކަންކަން މެނޭޖްކޮށް ބެލެހެއްޓުމެވެ. މިކަމަށް ފައިނޭންސްކުރުން ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓޭ ބުނެއުޅެއެވެ.

މިތަނުގައި ކަން ނުވަތަ ކަމުގެ މާނައަކީ ކޮބައިތޯއެވެ؟ ފައިނޭންސް މިބަހުގެ މާނައިން ފައިސާ ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މިސާލަކަށް ތިބާ މީހަކަށް ތަޢުލީމު ހޯދައިދިނުމަށް ފޯރުކޮށްދޭ އެހީއަކީ ޤައުމުގެ ތަރައްޤީގެ ބައިވެރިވުމެކެވެ. އަހުރެމެން ފައިނޭންސްކުރަނީ ތަރައްޤީއަށްޓަކައި ކަމަށް ވާހަކަދައްކާ ހަދައެވެ. އެއީ ދެ ގޮތުން ނަމުންނާއި ކަމުންވެސް ވަރަށް ރަނގަޅު ރިވެތި އުޞޫލެކެވެ. ފައިނޭންޝަލް މެނޭޖްމަންޓްގެ ކުޑަ މިންވަރަކީ ނުވަތަ ކިތަންމެ ކުޑަ އެތި ކޮޅަކީވެސް ތަރައްޤީއަށާއި އިންސާނިއްޔަތަށް ފޯރުކޮށްދޭ އަދި އެކަމުގައި ބައިވެރިވުން ކަމުގައި އަބަދު ވެސް ތިބާގެ ސިކުޑީގައި ވިސްނުމުގައި ބަހައްޓާ، ތިބާއަކީ އެހެން މީހުންނަށް އަޅާލައި މުޖުތަމަޢު ތަރައްޤީ ކުރުމުގައި ޙިއްޞާ އޮންނަ މީހަކަށް ވަމާ ހިނގާށެވެ!

ފައިނޭންޝަލް މެނޭޖްމަންޓް މި ޢިބާރާތުން ދޭހަވަނީ އަހުރެމެން ބޭނުންކުރުމަށް، ހޭދަކުރުމަށް ހުރި  ކޮންމެ ޑޮލަރެއް، ޕައުންޑެއް، ޔޫރޯއެއް އަދި ރުފިޔާއަކީ ފައިދާކުރުވަނިވި ގޮތެއްގައި ވީ މިންވަރަކުން ބޭނުންކުރުމެވެ. ފައިނޭންސްކުރުމަކީ ބައެއް އަސާސީ އިންސްޓްރަމެންޓްތަކެވެ. އަބަދުވެސް އަހުރެމެންގެ ވިސްނުން ބިނާވެފައި އޮންނަންޖެހޭނީ ބޭނުންކުރާ ކޮންމެ ފަންޑެއް ނުވަތަ ހޭދަކުރާ ރުފިޔާއެއް އުފެއްދުންތެރި ކަމަކަށް ހޭދަކުރުމެވެ. ލިބޭ ފައިސާ ކަންކަމަށް ބަހާލައިގެން މެނޭޖްކުރުމަކީ ފައިނޭންސްކުރުމެވެ.

___________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment