100އާދަމް ނަޞީރު އިބްރާހީމް މިއީ އަޅުގަނޑަށް ވަރަށް ނަސޭހަތްތެރި މުރުޝިދެއް ކަމުގައިވާ،  އައްޝައިޚު އަލްމަރްޙޫމު އިބްރާހީމް ޙަސަން (މ.ރީޙުއްޞަބާ) އަވަހާރަވުމުގެ ހިތާމައިގައި، އޭނާގެ ކާފަދަރިކަލުން އަލްއުސްތާޛު އަޙްމަދު ޢަލާ ދީދީ އެދިވަޑައިގަތް އެދިވަޑައިގަތުމަކަށް، އެކުލަވައިލެވިފައިވާ ޝުޢޫރުތަކެކެވެ. ރަޙްމަތްވަންތަ ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ދަރުމަދެއްވައި، އާއިލާއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށިއެވެ. ________________________________________________________________________ އަލްވަދާޢު  މި ކީ ޙަޔާތަށް  ހިތުގެ  ހިންމަތްތެރިކަމޭ ބައްލަވާ! ކާފާ ތިބާ ތިޔައީ މި ދެލޮލުގެ އަލިކަމޭ ތުއްތު އުމުރުއްސުރެ ފެނާ އަލިފާން…
Share on Facebook1Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް

މިއީ އަޅުގަނޑަށް ވަރަށް ނަސޭހަތްތެރި މުރުޝިދެއް ކަމުގައިވާ،  އައްޝައިޚު އަލްމަރްޙޫމު އިބްރާހީމް ޙަސަން (މ.ރީޙުއްޞަބާ) އަވަހާރަވުމުގެ ހިތާމައިގައި، އޭނާގެ ކާފަދަރިކަލުން އަލްއުސްތާޛު އަޙްމަދު ޢަލާ ދީދީ އެދިވަޑައިގަތް އެދިވަޑައިގަތުމަކަށް، އެކުލަވައިލެވިފައިވާ ޝުޢޫރުތަކެކެވެ. ރަޙްމަތްވަންތަ ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ދަރުމަދެއްވައި، އާއިލާއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށިއެވެ.

________________________________________________________________________


އަލްވަދާޢު  މި ކީ ޙަޔާތަށް  ހިތުގެ  ހިންމަތްތެރިކަމޭ

ބައްލަވާ! ކާފާ ތިބާ ތިޔައީ މި ދެލޮލުގެ އަލިކަމޭ

ތުއްތު އުމުރުއްސުރެ ފެނާ އަލިފާން ވަކިން ބުނެދެއްވަވާ

          މުށްޕުޅުން ތިޔަ ދެއްވި ބީވެ މި ހުއްޓުނީ ދީލަތިކަމޭ

ބައްޕައެއްގެ މިސާލުގައި  ލޯތްބާ ކުލުނު   ދެއްވީމުއޭ

          ލައްބައޭ  އަދު ވަކި މި ވީ އެ ޙިމާޔަތާ ލޮބުވެތިކަމޭ

އެކި ޢުލޫމީ މުތްތަކާ  ތާރީޚު،   އަދަބު، ސަޤާފަތާ

       ޙިކުމަތާއެކު ލިބުނުހައި އަދު  ބަންދުވީ   ބަސްތެރިކަމޭ

ޠައިބަތާ މައްކާގެ މަތިވެރި މާތް މުޤައްދަސް އަސަރުތައް

       ކޮއި ތެރޭ  ލޮލުގައި ފަވާލި،  މި ގެއްލުނީ އަޅުވެރިކަމޭ

އިޤުތިދާވިފަދައިން ރުކޫޢު ސުޖޫދުގައި ވެސް އަބަދުވެސް

         އިޤުތިދާ  މުޅި ޢުމުރުގައި ވެސް ވާނެ  ތިޔައީ ހެޔޮކަމޭ

އޭ ޒަމާނާ އެހެރަ ޚުޝިޔާރީ ލޮލުންދޭ  މާނަތައް

       މޭރުމެއް ވެސް ހަމަ  ނުވޭހޭ  އޭ   ލަޔާޤާތްތެރިކަމޭ

އާރުލާ ޝަޚްޞިއްޔަތާ، ފިކުރާ މިޒާޖު،  ޠަބީޢަތާ

      ފާޅުގައި   ފުދިގެންވުމީ  ޝައްކެއްނެތޭ    ޤާބިލުކަމޭ

މޫނުގައިވާ އަލިކަމާ ނިޔަނެތި ހިމޭން ހިނިތުންވުމާ

       ސޫރަކުރަނީ  ސާފު މާތް  ނަފުސާއި   ތަޤުވާވެރިކަމޭ

ގެދޮރު ހުރިލެއް ތިރިކަމާ، ޤަދަރާ ކަރަމް މަތިވެރިކަމާ

       ޚިދުމަތުގެ ގިނަކަން  ބަޔާންކުރަނީ   އަމާނާތްތެރިކަމޭ

އޭ މަގޭ ލޮލުގައި ހިނގާ  ޙުރުމަތުގެ ވޭނީ ކަރުނަޔާ!

        ލޭގެ ކޯރެއް ތިޔަ ދެމީ އޭ ހިތުގެ  އިޙްސާންތެރިކަމޭ

ކިހިނަކުން ލޮބުވެތި މި ޒިކުރާއާ މި އަސަރާ ވަކިވަނީ؟

        މިހިތަކީ އެ ހިތުގެ ހިޔަންޏޭ ބުނެލުމީ  ތެދުވެރިކަމޭ

ލައްވަވާށިއެ ޖަންނަތުލްފިރުދައުސުގައި މާތް ރޫޙުފުޅު

        އަލްވަދާޢުގެ ބަދަލަކީ  މި ހިތަށްޓަކައި   ހިތްދަތިކަމޭ

ތިޔަ ޚުޝޫޢަތްތެރި ވަރަޢަވެރި ސާފު ހިޔަލުން ބޭރުގައި،

       މިއަދުވީކެނޑިފައި، އަމާންކަން ދިން އެ ބަރަކާތްތެރިކަމޭ

                                               _______________________

                                                          07.04.2017

About the author
Leave Comment