އުރުދޫ ބަހުން ދިވެހިބަހަށް ގެނައީ: ފަރުޙާތު ޢަލީ މުޙައްމަދު އިނާމީ މުޤާބަލާ ނަންބަރު 3 ޖަރާއިމް ނާއީ ދިއްލީ 1984 މިޅެން ނަގާފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 190 ( ޖަނަވަރީ 1995) ވަނަ ޢަދަދުންނެވެ. އަލްފާޟިލް ފަރުޙާތު ޢަލީ މުޙައްމަދުގެ ލިޔުއްވުންތައް މި ސައިޓުގައި ޝާއިޢު ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި  ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ______________________ ފާފަތައް ފޮރުވާލުމަށްޓަކައި އަހަރެމެން އަޅާ ފަރުދާއަކީ ގިސްލަމުން ލޮލުން އޮހޮރާލާ ދެތިން ތިކި ކަރުނައެވެ. ދިރިއުޅުމުގެ މިރީތި…

އުރުދޫ ބަހުން ދިވެހިބަހަށް ގެނައީ: ފަރުޙާތު ޢަލީ މުޙައްމަދު

އިނާމީ މުޤާބަލާ ނަންބަރު 3

ޖަރާއިމް ނާއީ ދިއްލީ 1984

މިޅެން ނަގާފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 190 ( ޖަނަވަރީ 1995) ވަނަ ޢަދަދުންނެވެ. އަލްފާޟިލް ފަރުޙާތު ޢަލީ މުޙައްމަދުގެ ލިޔުއްވުންތައް މި ސައިޓުގައި ޝާއިޢު ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި  ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

______________________

ފާފަތައް ފޮރުވާލުމަށްޓަކައި އަހަރެމެން އަޅާ ފަރުދާއަކީ

ގިސްލަމުން ލޮލުން އޮހޮރާލާ ދެތިން ތިކި ކަރުނައެވެ.

ދިރިއުޅުމުގެ މިރީތި ދުވަސްތަކުގައި ފާފަކުރާ މީހުންނަކީ

އެމީހުންގެ އަތުން އެމީހުންގެ ޙަޔާތް ބަރުބާދުކުރާ މީހުންނެވެ.

އާނއެކެވެ. ކަލާއާއި ދިމާއަށް އަހަރެން ބެލީ ލޯބީގެ ނަޒަރުންނެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު ފާފަވެރިއަކީ އަހަރެން ކަމަށް ވިޔަސް ހެވެވެ.

ކަލާގެ ތި ރީތި މަސްތު ކުރުވަނިވި ބެލުމުގައި ޖެހޭ ކޮންމެ މީހަކު

ގިޔާމަތް ދުވަހުން ސަލާމަތް ނުވާނެކަން ކަށަވަރެވެ.

ކަލާއާއި ނުލާ ވޭތުކުރަމުން މިދާ ދުވަސްތައް ހީވަނީ

ކޮންމެވެސް ބޮޑު ފާފައެއް ކުރެވެމުންދާ ހެންނެވެ.

ހިތުތެރޭގައި ކަލާގެ ޚިޔާލުތައް އާލާކުރެވެމުންދާއިރު،

ހީވަނީ ވަރަށް ރީތި ފާފައެއް ކުރެވެމުންދާ ހެންނެވެ.

ހިތުން ނުކުރެވޭނަމަ ލޮލާ އެސްފިޔައިންވެސް ކުރާނަމެވެ.

އަހަންނަކީވެސް އިންސާނެކެވެ. ފާފަ ނުކޮށެއް ނުހުރެވޭނެއެވެ.

އަހަރެންގެ ފާފައަކީ ކަލާ ދެކެ ލޯބިވުން ކަމުގައިވާ ނަމަ

އާނއެކެވެ. އެފާފަ ކުރާނަމެވެ. ގިނަގިނައިން ކުރާނަމެވެ.

—————————

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment