އާދަމް ނަޞީރު އިބްރާހީމް މަޑުމަޑުން މާމަގެ ދެލޯ ހުޅުވައިލިޔޭ ހާސް ހިންމަތުން    ފަނޑުއަޑުން ލަފުޒެއް ދެތިން ފިރިގެންއަޔޭ ހިކި ތުންފަތުން  އެ ބުނި އެއްޗެއް ވައިގެ ތެރެޔަށް ރޫޅި ގޮސް ހުސްވެއްޖެޔޭ       ލިބުނު ދޭހަ ޔަޤީންކުރާން ފަސް ޖެހިލިޔޭ އެހި ކަންފަތުން ޣަރަޤުވީ ނަވަކުން އެހީޔަށް އެދި ނެގޭ އަތްތައް ފަދައިން،       ކަރުނަ އެސްފިޔަތައް ދުރަށް ދައްކައިލިޔޭ އެ ޝިކާޔަތުން ރޮއި ހަނާއަޅަމުން އެ އެސްފިޔަތައް ގޮވާހެން  ހީވެޔޭ       އޭ ނެތީހޭ…

އާދަމް ނަޞީރު އިބްރާހީމް

މަޑުމަޑުން މާމަގެ ދެލޯ ހުޅުވައިލިޔޭ ހާސް ހިންމަތުން

   ފަނޑުއަޑުން ލަފުޒެއް ދެތިން ފިރިގެންއަޔޭ ހިކި ތުންފަތުން

 އެ ބުނި އެއްޗެއް ވައިގެ ތެރެޔަށް ރޫޅި ގޮސް ހުސްވެއްޖެޔޭ

      ލިބުނު ދޭހަ ޔަޤީންކުރާން ފަސް ޖެހިލިޔޭ އެހި ކަންފަތުން

ޣަރަޤުވީ ނަވަކުން އެހީޔަށް އެދި ނެގޭ އަތްތައް ފަދައިން،

      ކަރުނަ އެސްފިޔަތައް ދުރަށް ދައްކައިލިޔޭ އެ ޝިކާޔަތުން

ރޮއި ހަނާއަޅަމުން އެ އެސްފިޔަތައް ގޮވާހެން  ހީވެޔޭ

      އޭ ނެތީހޭ ޙާލު ދެކިލާނޭ   ލޮލެއް     އަސްލިއްޔަތުން

މޫނު  މާމަގެ   ސިފަކުރާ  މާޔޫސްކަމާ  އަނަރޫފަކަން

     ޔޫސުފަށް ވެސް  ސޫރަކުރެވޭނޭހެ    މި ދެކޭ  ޙާލަތުން

ވިންދު ހިތް ދޫކޮށްލަނީ،  ޖިސްމުން ފުރާނަ ނިކުންނަނީ

      އިންތިޒާރަށް ދެއްވި ހިނދުކޮޅެކޭ އޮތީ ދެން  ޤުދުރަތުން

                                   0000===0000===0000

އަންނަ ޢީދަށް މާމަޔަށް ކޮށްލަން ޒިޔާރަތް އުފަލުގައި

     ކޮންމެ ކުއްޖަކު އޭރު  އުޅެނީ މާމަ ހެއްވައިލާ ހިތުން

އެކި ކުދީން ބާޒާރުގައި ފޮށިވަށި ފުރައި ތިބެ ގަންނަނީ

     ދެކި ބަލާށެ ޖަވާހިރާ ރިހި ރަން، ފަށުއި އެކި ބާވަތުން

އަތުއުޅައި، ތަކަހޮޅި، ދެ ކަންފަތު މުދި، އަބާރަނަޔާ ގިލޭ

     ގަތުމުގައި މުޅި މާލު ހުސްކުރަނީ  އިނގޭ  ހީވާގޮތުން

ދަނބުފަށުއިފޭރާން، ހުވަނދު އެވަހަށް ޕެރިސްލަދުގަންނަހައި

     ކަނބަލުނާ ޙޫރުންގެ ވާދަކުރަން  ކަމަށް ބާ  ޒީނަތުން

އަދި ކޮބައިތޯ ނާރިނގާ ކާބުލްގެ މޮޅު އަންނާރު ވެސް،

    ފުދި އިތުރުވާހާ ކިރާ މާމުއި  އެ  ނަން ހުސްވާ ގޮތުން

އުދުހިދާން ޖައްވުގެ ތެރޭ އެ ކަމަށް ވެވޭ ތަދުބީރުގައި

     މެދު އުޑަށް އުންމީދުތައް މިސްރާބުވޭ   ބުނެވޭ ގޮތުން

މިހުރިހައި ކަމަކާއެކީ އައިސް މާމަ ގާތަށް ހުއްޓުމުން

   ރިހުމުގައި ތަކުރާރުވީ އިހު ބުނެލި  ބަސް ދެ އިޝާރަތުން

މާމަ ދާނީ ކަށްވަޅަށް ސަންދޯއްގަނޑެއް ވެސް ނުލިބިހޭ؟

  ވާ މި ފަނޑު ހިޔަނިން އަހައިލެވުނީއެ ތަން ސިފަވާ ގޮތުން

މާދަރީ ބަސް މިއަދު އޮތް ޙާލާ އެ ބަސް ދިރުވޭ ގޮތާ،

  މާމަޔާ ގުޅުވައިލުމުން އެބަ އޮތް ހެ ފަރަގެއް  ނިސްބަތުން

                                                   ——————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment