ދުނިޔޭގެ ގާތްގަނޑަކަށް 1 ބިލިއަން މީހުން ވަރަށް ބުރަކޮށް އިނގިރޭސިބަސް ދަސްކުރުމަށް މަސައްކަތްކުރެއެވެ. އެއީ ހަމައެކަނި އެމީހުންގެ މަޢުލޫމާތު މުއްސަދި ކުރުމުގެ ބޭނުމަކުނޫނެވެ. އެހެންނަމަވެސް އެއީ އިޤްތިޞާދީ ޟަރޫރަތަށްޓަކައެވެ. ލިންގުއާ ފްރާންކާ ބަސްބަހުން ވާހަކަދައްކާ ޤައުމުތަކަށް އުފަން މީހުންނަށް އިނގިރޭސި ބަހުން ވާހަކަދައްކަން ދަސްކުރުމަކީ އެހައި އުނދަގޫ ކަމެއްނޫނެވެ. އެހެންނަމަވެސް އަލަށް އިޤްތިޞާދީ ގޮތުން ތަރައްޤީވެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ، ރަޝިޔާ، އަދި ބްރެޒިލް ފަދަ ޤައުމުތަކުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހަށްނުވުމުން،…

ދުނިޔޭގެ ގާތްގަނޑަކަށް 1 ބިލިއަން މީހުން ވަރަށް ބުރަކޮށް އިނގިރޭސިބަސް ދަސްކުރުމަށް މަސައްކަތްކުރެއެވެ. އެއީ ހަމައެކަނި އެމީހުންގެ މަޢުލޫމާތު މުއްސަދި ކުރުމުގެ ބޭނުމަކުނޫނެވެ. އެހެންނަމަވެސް އެއީ އިޤްތިޞާދީ ޟަރޫރަތަށްޓަކައެވެ. ލިންގުއާ ފްރާންކާ ބަސްބަހުން ވާހަކަދައްކާ ޤައުމުތަކަށް އުފަން މީހުންނަށް އިނގިރޭސި ބަހުން ވާހަކަދައްކަން ދަސްކުރުމަކީ އެހައި އުނދަގޫ ކަމެއްނޫނެވެ. އެހެންނަމަވެސް އަލަށް އިޤްތިޞާދީ ގޮތުން ތަރައްޤީވެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ، ރަޝިޔާ، އަދި ބްރެޒިލް ފަދަ ޤައުމުތަކުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހަށްނުވުމުން، އެ ޤައުމުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އިނގިރޭސި ބަހުން ވާހަކަދެއްކުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ޤައުމުތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި އިނގިރޭސި ބަސް އެނގުމުން އެމީހުންނަށް އަމިއްލަ ވަޒަނުގައްޔާއި އަދި ޤައުމުން ބޭރުގައި މަސައްކަތްކުރުމުގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.

ސުވާލަކީ ދުނިޔޭގެ ބިޒްނަސް ލީޑަރުން އިނގިރޭސި ބަހަށާއި އަދި އެބަސް ދަސްކުރުމަށް އެހައި އަހައްމިއްޔަތުކަމެއްދީ އިނގިރޭސިބަހަކީ ދުނިޔޭގެ އެހެން ތަންތަނުގެ އެއްބައި ކަމަށް (ވިޔަފާރީގެ އެއްބައިކަމަށް) ޤަބޫލުކުރަނީ ކީއްވެހެއްޔެވެ؟

ދިރާސާތަކުންދައްކާ ގޮތުގައި އިނގިރޭސި ބަހުން ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ އާބާދީ އާއި އިޤްތިޞާދުގެ ނަތީޖާއާ ސީދާ ގުޅުން ހުރިކަމަށެވެ. އެކަން ދައްކުވައިދޭ އެއް މިންގަނޑުކަމަށްވާ ގްރޮސް ނޭޝަނަލް އިންކަމް ( ޤައުމުގެ ޖުމުލަ އާމްދަނީ) ނުވަތަ (ޖީ.އެން.އައި.) އަދި ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ.) މި ޤައުމުތަކުގައި މައްޗަށްދާ ކަމަށެވެ. “ވީފޯރަމް. އޮގް” އިން  އެންމެފަހުން ޝާއިޢުކުރި އެޑިޝަންގައި އީ.އެފް. އިންގްލިޝް ޕްރޮފިސިއެންސީ އިންޑެކްސް (އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަދެއްކުމާބެހޭ އިންޑެކްސް)ގައި، އިނގިރޭސިބަހުން ވާހަކަދެއްކުމުގެ ހުނަރުގެ ގޮތުން އެންމެ ކުރިއަރާފައިވާ 60 ޤައުމުގެ މީހުންނާއި އަދި އިނގިރޭސިބަސް ބޭނުންކުރާ ސަރަޙައްދުގައި ހިންގުނު ސާރވޭއިން ދައްކާ ގޮތުގައި އިނގިރޭސިބަހުގެ ހުނަރު ލިބިފައިވާ މީހުންނާއި،  ބޮލަކަށްޖެހޭ އާމްދަނީ މައްޗަށް ދިއުމާއި ގުޅުންހުރި ކަމަށެވެ. އަދި ފަރުދީ ލެވެލެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވަޒީފާއަށް ހަމަޖެއްސުމާއި، އެޗް،އާރ މެނޭޖަރުކަމުގެ ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތައް ފާހަގަކޮށްލެވެއެވެ.  އިނގިރޭސިބަހުން ވާހަކަދައްކަން އެނގޭ މީހުންގެ މުސާރަ 30 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ބޮޑު މުސާރަ އެހެން މީހުންނަށްވުރެ އިތުރަށް ލިބޭކަމަށް ފާހަގަކުރެވެއެވެ.

އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުމާއި ގްރޮސް ނެޝަނަލް އިންކަމް ޕަރ ކެޕިޓާ (ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު) އާ ރަނގަޅު ގުޅުމެއް ސާރވޭއިންނާއި ތަފާސްހިސާބުތަކުން ދައްކައެވެ. އިނގިރޭސިބަހުގެ ހުނަރު ލިބިފައިވާ ފަރާތްތަކުގެ އާމްދަނީ ރަނގަޅުވެ އެފަރާތްތަކުގެ މުސާރަ ބޮޑެވެ. މި ސަބަބަށްޓަކައި ސަރުކާރުތަކުންނާއި ޕްރައިވެޓް ތައުލީމީ މުއްސަސާތަކާއި، މަދަރުސާ ޔުނިވަރސިޓިތަކުން އިނގިރޭސިބަސް ކިޔަވައިދިނުމަށް އިސްކަންދީ އިނގިރޭސިބަސް އުނގަންނައިދިނުމަށް އިންވެސްޓްކުރެއެވެ. އިޤްތިޞާދީގޮތުން މައިކްރޯ ލެވެލެއްގައި، އިނގިރޭސިބަހުގެ ހުނަރު ލިބިފައިވާ ޢާންމު ފަރުދުންނަށް ރަނގަޅު ވަޒީފާއަށް އެޕްލައިކުރުމާއި އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކަމަށް ދައްކައެވެ. އަދި ދުނިޔޭގެ ބިޒްނަސް ލީޑަރުން އިނގިރޭސިބަހަށް އަހައްމިއްޔަތުކަމެއް ދީފައިވަނީ އިނގިރޭސިބަސް އެނގުމަކީ ލަގްޒަރީ (ފެންވަރު) މަތިކަމަކަށްވާތީ އެއްނޫނެވެ. މި އަދު ގްލޯބަލް މާކެޓަށް ވަނުމުގައިވެސް އިނގިރޭސިބަސް ބޭނުންކުރާ މާކެޓްތަކަށް ވަނުމަށް ވާދަވެރިކަން ވަނީ އުފެދިފައެވެ. މައިގަނޑު ސަބަބަކީ މިއަދު ދުނިޔޭގައި ބިޒްނަސް ބަހަކަށް (ބިޒްނަސް ލެންގުއޭޖް) ވެފައިވަނީ އިނގިރޭސިބަސްކަމަށް ވާތީއެވެ.

______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment