000= ދޮންފަނު މުޙައްމަދު ޔޫސުފް = ހިތުގެ އުންމީދަކީ އަބަދުވެސް ދަރިފުޅޭ ހިތުގެ ލޯތްބާ ކުލުނު ދަރިފުޅަށް ދޭނަމޭ ދަރިފުޅަށް މަންމަދޭ ގިނަ ނަސޭހަތް އަހާ ދަރިއަކަށް ރަނގަޅު ވާށޭ ބުނަން ބޭނުމޭ ދީނުގައި އަންގަވާފައި މިވާ ތެދުމަގުން ރީތިކޮށް ދުނިޔެ އުޅުމަށް ހަނދާންކޮށްދެމޭ ކިޔެވުމަށް ދޭށެ އުފަލުން ނިކަން އިސްކަމެއް ކިޔެވިނަމަ ދެދުނިޔޭން ވެސް އޮތީ އަލިކަމޭ އެކުލަވައިގެން އުޅޭނަމަ ކުދިންނާ ނުބައި ކުރެވިދާ ކަންކަމުން ދަރިފުޅަށް ގެއްލުމޭ ރަނގަޅު އަޚްލާޤުހުރި މޮޅު ކުދިންނާއެކީ ރަނގަޅު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

= ދޮންފަނު މުޙައްމަދު ޔޫސުފް =

ހިތުގެ އުންމީދަކީ އަބަދުވެސް ދަރިފުޅޭ

ހިތުގެ ލޯތްބާ ކުލުނު ދަރިފުޅަށް ދޭނަމޭ

ދަރިފުޅަށް މަންމަދޭ ގިނަ ނަސޭހަތް އަހާ

ދަރިއަކަށް ރަނގަޅު ވާށޭ ބުނަން ބޭނުމޭ

ދީނުގައި އަންގަވާފައި މިވާ ތެދުމަގުން

ރީތިކޮށް ދުނިޔެ އުޅުމަށް ހަނދާންކޮށްދެމޭ

ކިޔެވުމަށް ދޭށެ އުފަލުން ނިކަން އިސްކަމެއް

ކިޔެވިނަމަ ދެދުނިޔޭން ވެސް އޮތީ އަލިކަމޭ

އެކުލަވައިގެން އުޅޭނަމަ ކުދިންނާ ނުބައި

ކުރެވިދާ ކަންކަމުން ދަރިފުޅަށް ގެއްލުމޭ

ރަނގަޅު އަޚްލާޤުހުރި މޮޅު ކުދިންނާއެކީ

ރަނގަޅު ގޮތުގައި އުޅޭނަމަ އޮތީ ފަހިކަމޭ

މިއަދު ނެތެމުން މިދާ ރީތި އުޅުމާ ގޮތާ

މިއަދު ވިސްނާށެ ދަރިފުޅު! ހަނދާންކޮށްދެމޭ

ލިބުނު ޅައުމުރު ނަގާލައިފިނަމަ ދަރިފުޅާ

ލިބުނު ދަރިފުޅުގެ އުފަލެއްނެތޭ ބުނެދެމޭ

ބައްޕައާ މަންމަދޭ ގިނަ ނަސޭހަތް އަހާ

އާއިލާއަށް އުފާ ދަރިފުޅުގެ ބޭނުމޭ

ދަރިފުޅަށް މާތްވި ސުވަރުގެ ލިބުންވެސް އޮތީ

މަންމަ ފައިތިލަ ދަށުންކަން ހަނދާންކޮށްދެމޭ

                                ____________________


 

About the author
Leave Comment