200  ޒުލްފާ އިބްހީމް,  ހ.ޒެމްބަސީ ނިކަމެތި މިއީ އިންސާނެކޭ ދުނިޔޭގެ ބިމުގައި ދިރިއުޅޭ ބިކަވެސް   ވެފައިވާ   މީހެކޭ  ހިތްދަތިކަމާ އެކުގައި  އުޅޭ ޔާލެއް އިޔާލެއްވެސް ނުވޭ ޔާރެއް  އިޔާރެއްވެސް ނުވޭ ސާލެއް މޮޅިން އެއޮޅައިލެވޭ ހާލާއި  މެދުގައި އޮވެ ރޮވޭ އުންމީދުތައް ވެއްޔަށް ވެގެން އުއްބައްތިތައްވެސް ހުސްވެގެން އުންމަތުގެ ފަރުދެއް ނަމަވިޔަސް އެއްވެސް އެހީއެއް ނުލިބިގެން ޝަކުވާކުރާނޭ ޖާގައެއް އެކުވެރިޔަކަސް ރައްޓެއްސަކަސް ތަކުރާރުކުރުމުގެ ބޭނުމެއް ނެތްކަން އެނގޭ ވިސްނައިލިޔަސް ހީނލާނެ ހިތްވަރު ނުލިބިފައި ސީދާ ދެތުންފަތް…
Share on Facebook2Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 ޒުލްފާ އިބްހީމް,  ހ.ޒެމްބަސީ

ނިކަމެތި މިއީ އިންސާނެކޭ ދުނިޔޭގެ ބިމުގައި ދިރިއުޅޭ

ބިކަވެސް   ވެފައިވާ   މީހެކޭ  ހިތްދަތިކަމާ އެކުގައި  އުޅޭ

ޔާލެއް އިޔާލެއްވެސް ނުވޭ ޔާރެއް  އިޔާރެއްވެސް ނުވޭ

ސާލެއް މޮޅިން އެއޮޅައިލެވޭ ހާލާއި  މެދުގައި އޮވެ ރޮވޭ

އުންމީދުތައް ވެއްޔަށް ވެގެން އުއްބައްތިތައްވެސް ހުސްވެގެން

އުންމަތުގެ ފަރުދެއް ނަމަވިޔަސް އެއްވެސް އެހީއެއް ނުލިބިގެން

ޝަކުވާކުރާނޭ ޖާގައެއް އެކުވެރިޔަކަސް ރައްޓެއްސަކަސް

ތަކުރާރުކުރުމުގެ ބޭނުމެއް ނެތްކަން އެނގޭ ވިސްނައިލިޔަސް

ހީނލާނެ ހިތްވަރު ނުލިބިފައި ސީދާ ދެތުންފަތް ނުވެވިފައި

ނީރާލި ކަރުނުން ފޯވެފައި   މީހާ ވަނީވެސް  ހާސް ވެފައި

ޖާނާއި   މާލާ  ނެތިދަނީ  ހާލާއި މެދުގައި   ހިތް ރޮނީ

ކާނާގެ ރަހަ ކެނޑިފައިވަނީ ނާނާގެ އަޑުވެސް ނުއިވެނީ

ތަޤުދީރުގައި   ވާގޮތް  މިއީ  ތަދުބީރުތައް    ބޭކާރުވީ

ވަގުތީ ލުޔެއްވެސް ނުލިބުނީ ފަރުދީ އެފަރުވާ ކުޑަ އެވީ

ދުވަހެއް މިފަދަ އައިމީހަކަށް ނޫނީ އެނގޭނީ ކިހިނަކުން

ހުވަފެން މިހެން ދުށް މީހަކަށް ވާނީ ވަޒަން ހަމަ ކިހިނަކުން

މަރުވާނެ ވަގުތެއް ނޭނގިފައި ތަރުވާޒުތައް މާދިގުވެފައި

ފަރުވާގެ މަންފާ ނުލިބިފައި ބަރުބާދު މިހަޔާތް އަދުވެފައި.

                                 _________________________


 

About the author
Leave Comment