ޢަބްދުﷲ ޢަފީފު ،  އަލިދޯދި ގދ.ތިނަދޫ ވަޔާއޭ ކީއްވެހޭ އެކި މޫނު އެކިދުހު ދައްކަމުން ތިދަނީ                      ގަޔާވާފަދަ އުފާދީފައި ޙަޔާތް ބަރުބާދު ތިޔަ ކުރަނީ އަރާމު އުފާ ހިތަށް ދީފައި ތިމަޑުމަޑު ބީހިލުން ތަކުގައި                 ފުރާޅުގެ ޓިނު އުކާލަފައި ރުކާ ގަސް ވެސް މުލުން ތިލަނީ ވަޔާ ފައްސިޔަ ފުރައިގެން ގޮސް ނިޔާމަ ދަތުރު ކުރާ ހިނދުގައި                  ރިޔާ ކުދިކުދިވެ ބިޔަރާޅުގެ ޝިކާރައަކަށް މި އޮޑި ހަދަނީ ކަލާ ނެތްނަމަ މިނޭވާ ވެސް…

ޢަބްދުﷲ ޢަފީފު ،  އަލިދޯދި ގދ.ތިނަދޫ

ވަޔާއޭ ކީއްވެހޭ އެކި މޫނު އެކިދުހު ދައްކަމުން ތިދަނީ

                     ގަޔާވާފަދަ އުފާދީފައި ޙަޔާތް ބަރުބާދު ތިޔަ ކުރަނީ

އަރާމު އުފާ ހިތަށް ދީފައި ތިމަޑުމަޑު ބީހިލުން ތަކުގައި

                ފުރާޅުގެ ޓިނު އުކާލަފައި ރުކާ ގަސް ވެސް މުލުން ތިލަނީ

ވަޔާ ފައްސިޔަ ފުރައިގެން ގޮސް ނިޔާމަ ދަތުރު ކުރާ ހިނދުގައި

                 ރިޔާ ކުދިކުދިވެ ބިޔަރާޅުގެ ޝިކާރައަކަށް މި އޮޑި ހަދަނީ

ކަލާ ނެތްނަމަ މިނޭވާ ވެސް ލެވޭނެ ގޮތެއް ނުވާއިރުގައި

                    ހަލާކު ކުރާނެ ދުޝްމަނަކަށް ކަލާ މިޙަޔާތުގައި ވެދަނީ

ދުރަށް ނުމެގޮސް އަބަދު ފިރުމައި އަރާމު ތިބީހުމުން ދީފައި

                މަރަށް ދަޢުވަތު ލިބޭފަދަ ބޮޑު ނުރައްކަލަކަށް ބަދަލު ތިވަނީ

ސިކުނޑި ތާޒާ ކުރާ މިތުރެއް ކަމަށްވެ އެކީ އަބަދު އުޅެފައި

             ސިކުނޑި ހާސްވާވަރުގެ ބިރަކަށް ސިކުންތެއްގައި ބަދަލުވެ ދަނީ

ވެހޭވާރޭ ވިލާހޯދައި ޖަމާ ކުރުމުން މި ބޯމައްޗަށް

                  ވެހޭވާރޭން ގެއާ މުދަލާ ފެނުގެ ތެރެއަށް ޣަރަޤު ކުރަނީ

ތި ޝަކުވާތައް ކުރާނެ ކަމެއް ނެތޭބުނެ ވައި ޖަވާބު ދެނީ

             ތޮށަލި ދުޅަޔަށް ކަމެއްނޭނގޭހެ އަބަދަށް ވެސް ދުނިޔެ ހިނގަނީ

_______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment