
އަންވަރު އިބްރާހީމް
ހާދަ އަސަރެއް ހިތްތަކަށް ކުރުވައިފިޔޭ ތިޔަ “ލޭފޮދުން”
ހާދަ ބަޔަކަށް ޢިބުރަތެއް ލިބިދީފިޔޭ ތިޔަ ވަކިވުމުން
ހަށިގަނޑުގެ އެކި ތަންތަނަށް ދިން ތޫނު ގިނަ ހަމާލަތަކުން
ކަށިގަނޑަށް ދަންދެން ކޮށާ، ރަޙުމެއް ނުވާ އެޅި ގަޅިތަކުން
ޙައްޤުގައި އެކުވެރި އަޚާ ކުރި ތަޖުރިބާ އެ މަގުން ހިނގާ
ޙައްޤު ބަސް ބުނުމަށްޓަކައި ކުރި ދަތުރުގައި ފަސްނުޖެހުމުން
އަންނަ އިންޒާރަށް ބިރެއް ނެތި ހޭދަކުރި ތި ޙަޔާތުގައި
ފެންނަމުން ދިޔަހާ ކަމެއްގައި ނަފްސު ހޭހަން ކުރިގޮތުން
އެންމެނަށް ހަންހާރަވެތި ގައުމީ ނިދާ އިއްވައިދެމުން
އެންމެ ޖޯޝީ ލޭ ހިނގާ ދަންފަޅި ޒުވާން ނިމިދިޔަ ގޮތުން
ކޮންމެ ފަރުދަކު ޙައްގުގައި ތެދުވަންޖެހޭކަން ބުނެދެމުން
އެންމެ ފަހު އިންޒާރަކަށް އުފުލައިލި ރަތް ފުއްޕާހަމުން
ޔާއިލާހީ ފާފަތައް ހުރި ފުއްސަވާ ހެޔޮ ރަޙުމަތުން
ޔާމިނަށް ނިޢުމަތް ސުވަރުގޭން ދެއްވަވާށިޔެ ރަޙުމަތުން
____________________
ކިޔާލުމުންވެސް އަސަރުކޮށްފިއެވެ. 🙁
އަންވަރަށް ފަށްފަށުން ޝުކުރިއްޔާ. ވަރަށް ފުރިހަމަ ޅެމެއް. އަދި ޅެމުގެ ބަސްމަގާއި ފިލިކޯޅި ހަމަވެފައިމެ، ކިޔާލަން އެހާ ފަސޭހަ. ޔާމީނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން