000އަދަބީ މުރާސިލު (ފޮޓޯ: ލިޔުންތެރީންގެ ގުޅުމުގެ ރައީސާއި 2 ނާއިބު ރައީސުން ހަނދާނީ ފިލައާއެކު) ދިވެހިބަސް ކުރިއަރުވައި ދަމަހައްޓައި، ދިވެހިބަސް ހެޔޮގޮތުގައި ފެތުރުމުގައި ކުރަމުން ގެންދާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް އަގުވަޒަންކުރައްވާކަމުގެ ހަނދާނީ ފިލައެއް ދިވެހިބަހުގެ އެކެޑަމީ، ލިޔުންތެރީންގެ ގުޅުމަށް ދެއްވައިފައެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރެއްވުމަށް ބުރާސްފަތި ވިލޭރޭ އޮލިމްޕަހުގައި ބޭއްވެވި ހަފުލާގައި މި ހަނދާނީ ފިލާ ލިޔުންތެރީންގެ ގުޅުމާ ހަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އަދަބީ މުރާސިލު

(ފޮޓޯ: ލިޔުންތެރީންގެ ގުޅުމުގެ ރައީސާއި 2 ނާއިބު ރައީސުން ހަނދާނީ ފިލައާއެކު)

20170426_235659ދިވެހިބަސް ކުރިއަރުވައި ދަމަހައްޓައި، ދިވެހިބަސް ހެޔޮގޮތުގައި ފެތުރުމުގައި ކުރަމުން ގެންދާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް އަގުވަޒަންކުރައްވާކަމުގެ ހަނދާނީ ފިލައެއް ދިވެހިބަހުގެ އެކެޑަމީ، ލިޔުންތެރީންގެ ގުޅުމަށް ދެއްވައިފައެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރެއްވުމަށް ބުރާސްފަތި ވިލޭރޭ އޮލިމްޕަހުގައި ބޭއްވެވި ހަފުލާގައި މި ހަނދާނީ ފިލާ ލިޔުންތެރީންގެ ގުޅުމާ ހަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.  ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފިލަޔާ ހަވާލުވެވަޑައިގަތީ، ލިޔުންތެރީންގެ ގުޅުމުގެ އެއް ނާއިބު ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ.

ޕީ.އެސް.އެމް.ގެ ދިވެހިރާއްޖޭގެ އަޑުން ދިވެހިބަސް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ.

 އަދި ދިވެހިބަސް ދިފާޢުކުރެއްވުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަހަރުގެ ދިވެހިބަހުގެ ދުވަހު ނިންމެވި މުހިންމު20170427_120856 ނިންމެވުމާ ގުޅިގެން އެކަމުގެ ޝަރަފުގައި ދިވެހިބަހުގެ ދިފާޢީ  އައްޑަނަ އަރުވައިފައެވެ. އެ އޮފީހުގެ ފަރާތުން އައްޑަނައާ ހަވާލުވެވަޑައިގަތީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. މިއީ ދިވެހިބަހުގެ އެކެޑަމީން މިފަދަ އައްޑަނައެއް ދެއްވި ފުރަތަމަ ފަހަރު ވެސް މެއެވެ.  އަލްފާޟިލް އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ލިޔުންތެރީންގެ ގުޅުމުގެ އެއް ނާއިބު ރައީސް ވެސް މެއެވެ. ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީން ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ބޭއްވެވި ތާނަ އަތުލިޔުމުގެ މުބާރާތުން 2 ވަނަ ހޯއްދަވާފައިވަނީ ވެސް އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.

ލިޔުންތެރީންގެ ގުޅުން އުފެދުނު ފަހުން މި ވޭތުވެދިޔަ، 7 އަހަރުގެތެރޭގައި އެ ޖަމުޢިއްޔާގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މީގެ 6 އަހަރު ކުރީން، އާދެ!  14 އެޕްރީލް 2011 ގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރީވެސް އެ ޖަމުއްޔާއިންނެވެ. 2014 ވަނަ އަހަރު އެ ޖަމުއްޔާއިން ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި، ޚިޠާބުގައި  2015 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަ ކުރައްވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެކަމަށް ހާމަ ކުރައްވައި، 2015 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގައި ފާހަގަކުރައްވާ ދުވަސްތަކުގެތެރޭގައި ދިވެހިބަހުގެ ދުވަސް ވަނީ ހިމަނުއްވައިފައެވެ.

ލިޔުންތެރީންގެ ގުޅުމުން 2015 ވަނަ އަހަރުން ފެށިގެން ގެންދަނީ އެ އަހަރަކަށް ނިސްބަތްވާ [ޅެންވެރިޔާ] ގެ ނަމުގައި އާންމުކޮށް ހުޅުވާލައްވައިގެން ޅެން މުބާރާތެއް ވެސް ބާއްވަމުންނެވެ. އެގޮތުން [ޅެންވެރިޔާ- 2015] އާއި [ޅެންވެރިޔާ -2016] ގެ މަގާމު 2 ބޭފުޅަކު ވަނީ ހޯއްދަވައިފައެވެ. އަދި ޑިސެންބަރު 2011 އިން ފެށިގެން [ލިޔުންތެރިޔާ] ގެ ނަމުގައި މަހަކު އެއްފަހަރު މަޖައްލާއެއް ނެރެމުން ގެންދިޔައެވެ. ނަމަވެސް ފަހުންވަނީ އަހަރަކު 4 ފަހަރު ނެރޭ މަޖައްލާއަކަށް ބަދަލުކޮށް ބައެއް އަދަދު ނެރެފައެވެ. މިހާތަނަށް [ލިޔުންތެރިޔާ] ގެ 31 އަދަދު ވަނީ ޝާއިޢުކޮށްފައެވެ.

އެ ޖަމުޢިއްޔާ އުފެދުނު ފަހުން މި ވޭތުވެދިޔަ، 7 އަހަރުގެތެރޭގައި އެ ޖަމުޢިއްޔާގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މީގެ 6 އަހަރު ކުރީން، އާދެ!  14 އެޕްރީލް 2011 ގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރީވެސް އެ ޖަމުއްޔާއިންނެވެ. 2014 ވަނަ އަހަރު އެ ޖަމުއްޔާއިން ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި، ޚިޠާބުގައި  2015 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަ ކުރައްވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެކަމަށް ހާމަ ކުރައްވައި، 2015 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގައި ފާހަގަކުރައްވާ ދުވަސްތަކުގެތެރޭގައި ދިވެހިބަހުގެ ދުވަސް ވަނީ ހިމަނުއްވައިފައެވެ.

ލިޔުންތެރީންގެ ގުޅުމުން 2015 ވަނަ އަހަރުން ފެށިގެން ގެންދަނީ އެ އަހަރަކަށް ނިސްބަތްވާ [ޅެންވެރިޔާ] ގެ ނަމުގައި އާންމުކޮށް ހުޅުވާލައްވައިގެން ޅެން މުބާރާތެއް ވެސް ބާއްވަމުންނެވެ. އެގޮތުން [ޅެންވެރިޔާ- 2015] އާއި [ޅެންވެރިޔާ -2016] ގެ މަގާމު 2 ބޭފުޅަކު ވަނީ ހޯއްދަވައިފައެވެ. އަދި ޑިސެންބަރު 2011 އިން ފެށިގެން [ލިޔުންތެރިޔާ] ގެ ނަމުގައި މަހަކު އެއްފަހަރު މަޖައްލާއެއް ނެރެމުން ގެންދިޔައެވެ. ނަމަވެސް ފަހުންވަނީ އަހަރަކު 4 ފަހަރު ނެރޭ މަޖައްލާއަކަށް ބަދަލުކޮށް ބައެއް އަދަދު ނެރެފައެވެ. މިހާތަނަށް [ލިޔުންތެރިޔާ] ގެ 31 އަދަދު ވަނީ ޝާއިޢުކޮށްފައެވެ.

އަދި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި [ޅެންވެރިޔާ]ގެ ނަމުގައި ޅެންފޮތެއް ޝާއިޢުކުރަމުން ވެސް ގެންދެއެވެ. އެގޮތުން މިހާތަނަށް [ޅެންވެރިޔާ] ގެ 5 އަދަދު ވަނީ ނެރެފައެވެ.  އަދި 21 ފެބުރުވަރީ 2012 އިން ފެށިގެން [ލިޔުންތެރިން] ގެ ނަމުގައި ވެބްސައިޓެއް ހިންގަމުން ގެންދާކަން ވެސް ފާހަގަ ކުރެއެވެ. އެގޮތުން ޚާއްޞަ ހާލަތެއް ދިމާވެގެން ނޫނީ މެދުނުކެނޑި ކޮންމެ ދުވަހަކުވެސް ސައިޓަށް އާ ލިޔުންތައް އިތުރު ކުރަމުން ގެންގޮސްފައިވެއެވެ. ވޭތުވެދިޔަ 5 އަހަރުގެތެރޭގައި އެ ވެބްސައިޓު މެދުވެރިކޮށް ލިޔުންތެރީންގެ ގުޅުމުން ވަނީ، ދިވެހި އަދަބީ ޚަޒާނާއަށް ގިނަ ލިޔުންތަކެއް ހަދިޔާ ކޮށްފައެވެ. މި ދެންނެވި ލިޔުންތަކުގެ ތެރޭގައި ދިވެހިބަހާއި އަދަބިއްޔާތާއި ދިވެހިތާރީޚާއި ސަޤާފަތާއި އަދި އާންމު މަޢުލޫމާތުގެ މައްޗަށް އެކުލެވޭ، 3500 އަށްވުރެ ގިނަ ލިޔުން އެ ސައިޓުގައި މިހާތަނަށް ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މިހާތަނަށް 12 މިލިޔަނަށްވުރެ ގިނަ ފަހަރު އެކިފަރާތްތަކުން ލިޔުންތެރީންގެ ވެބްސައިޓަށް ވަންނަވާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

ލިޔުންތެރީންގެ ގުޅުމުން ރާއްޖޭގެ ބައެއް މަދަރުސާތަކަށް ފޮތް ހަދިޔާކުރުމާއި ބައެއް މަދަރުސާތަކާގުޅިގެން އަދަބީ މުނާސަބަތުތައް ފާހަގަކުރަމުން ވެސް ގެންދެއެވެ. އެގޮތުން މިހާތަނަށް ގުޅިގެން އަދަބީ ހަރަކާތްތައް ހިންގާފައި މަދަރުސާތަކުގެތެރޭގައި ޣާޒީ ސްކޫލާއި ތާޖުއްދީނު ސްކޫލާއި އިސްކަންދަރު ސްކޫލް ފާހަގަ ކޮށްލެއެވެ.

އަދި  ލިޔުންތެރިންގެ ގުޅުމުގެ ވެބުސައިޓާއި [ލިޔުންތެރިޔާ] އާއި [ޅެންވެރިޔާ] މެދުވެރިކޮށް އާ ލިޔުންތެރީންނާއި ޅެންވެރީން އުފެއްދެވުމަށް އެ ޖަމުޢިއްޔާ މަސައްކަތް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އާ ލިޔުންތެރިންނާއި ޅެންވެރިން އުފެދިފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި މިވަގުތު ތިއްބެވި ފުންނާބު އުސް ގިނަ ލިޔުންތެރީންނާއި ޅެންވެރީންނަކީ ލިޔުންތެރީންގެ ގުޅުމުގެ މެންބަރުން ކަން ވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

______________________

About the author
2 Comments
  1. ކަރާނީ

    ތާނަ އަތުލިޔުމުގެ މުބާރާތުން ދެވަނަ ހޯއްދަވާފައިވަނީ ލިޔުންތެރީންގެ ގުޅުމުގެ އެއް ނާއިބު ރައީސް ކަމަށްވާތީ، އެ ކަން ފާހަގަކުރެއްވި އިރު، އެ މުބާރާތުން އެއްވަނަ ހޯއްދެވި ބޭފުޅެއްގެ ނަން ބަޔާންކޮށްލައްވައި ދެއްވި ނަމަ، ލިޔުންތެރީންގެ ގުޅުމަށް މަދުވާނީ ކޮން އެއްޗެއްތޯއެވެ؟ މީހަކު ޙާޞިލުކުރާ ކާމިޔާބީއެއްގެ ވާހަކަ ދައްކަންވާނީ އެ މީހަކާ ތިމާމެންނާ ހުންނަ ގުޅުމަށް ބަލާފައިތޯއެވެ؟ އެވެސް އަދި ހަމަ ދިވެހި ބަހުން، އެ ބަހުގެ އަކުރު ކަމުގައިވާ ތާނަ އަކުރުން އަތުން ލިޔުމުގެ ރޮނގުން ހޯދި ކާމިޔާބީއެކެވެ. ރިވެތި ނަމޫނާ ދައްކަވާށެވެ!

    (2)(0)
  2. އާދަމް ނަޞީރު އިބްރާހީމް

    ތިޔަ ފިލާގައިވާ އިބާރާތްތައް އަޅުގަނޑަށް ރަނގަޅު ވާ ގޮތަކީ، ''މިއީ ދިވެހިބަސް ކުރިއަރުވައި، ދަމަހައްޓައި، ދިވެހިބަސް ހެޔޮ ގޮތުގައި ފެތުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތް...'' މި ސައިޓުގައި ޝާއިޢުކުރައްވައިފައިވާ ފާމުލަދޭރިކިލެގެފާނުގެ ސިޓީފުޅު ބައްލަވައިލެއްވިޔަސް މި ދެންނެވި ހަމަ ފެނިވަޑައިގަންނަވާނެ. އިހުގެ ދިވެހި އެތައް އަދީބުންނެއްގެ ލިޔުއްވުންތަކުން ވެސް ފެނިވަޑައިގަންނަވާނެ. http://liyuntherin.org/archives/6389 މިއީ ފާމުލަދޭރިކިލެގެފާނުގެ ސިޓީފުޅު.

    (1)(0)
Leave Comment