ލިޔުނީ: އަޙްމަދު އުއްކާޝާ
ރޯދަމަހު ވަރުބަލިވެ އެވެ. ރޯދަ ވީއްލުމަށް ފަހު ނިދަން ވަންދެން އެތައް ފަހަރަކު ކެވޭ ގޮތްވެ އެވެ. ފޮނި އެއްޗިއްސާއި ތެލުލި އެއްޗިއްސެވެ. ހަރަކާތްތައް މަދުވެ ކަންނެތްވެއެވެ. މިރޭކުރަން އޮންނަ ކަސްރަތު ނުކުރެވި ފަސްކުރަމުން ގޮސް ރޯދަމަސް ނިމޭ އިރު ވެސް އޮންނަނީ ނުވެފައެވެ. ކިރާލާ އިރު ހަތަރު ފަސް ކިލޯވަރު ބަރުވެއެވެ. ސިއްހަތާ މެދު ވިސްނާ މީހަކު ނަމަ އަނެއްކާވެސް އާ ފެށުމަކުން ކަސްރަތު ފަށަންވީއެވެ.
 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ހައްލު ވަރަށް ފަސޭހަ އެވެ. އެކަމަކު ގިނަ މީހުންނަށް ބޮޑު ކަމަކަށް ވަނީ އެވެ. ރަނގަޅު ސިއްހަތުގައި ދެމިހުންނަން ލޯބިކުރާ މީހުންނަށް އިރުޝާދު ދޭ އެކި ފަރާތްތަކުން ބުނާ ގޮތުން ނަމަ ރަނގަޅު ސިއްހަތަކަށް ތިމާގެ ހަށިގަނޑު ގެންދިއުމަށް ރޯދަމަހުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ހިފިދާނެ އެވެ.ބޭނުންވަނީ އެއްޗެއް ނުކައި 14 ވަރަކަށް ގަޑިއިރަށްފަހު ވެސް ހަށިގަނޑަށް ލުއި ގޮތަކަށް ކެއުން ބެހެއްޓުމަށެވެ.
“ލުއިކޮށް އެވްރެޖްކޮށް ކެއުން ބަހައްޓައިފި ނަމަ ރޯދަމަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭ ގާތްގަނޑަކަށް ދެ ކިލޯވަރު ލުއިވާކަމަށް ދިރާސާތަކުން ދައްކާ.” ކަސްރަތު ޕްރޮގްރާމްތައް ހިންގާ އަދި ދިޓީވީގެ މަޝްހޫރު ޝޯ “ޑްރީމް ބޮޑީ” ގެ ހުށަހެޅުންތެރިޔާ ހުސެން ޒިނާން ބުންޏެވެ.
ޒިނާން ދެކޭގޮތުގައި އެވްރެޖް ގޮތެއްގައި ކެއުން ބަހައްޓައިގެން އަދި ލުއި ގޮތަކަށް ކަްރަތު ކުރެވިއްޖެނަމަ ރޯދަމަސް ނިމޭއިރު ފަސްކިލޯވަރު ލުއިކުރެވިދާނެއެވެ. އެކަމަކު މައްސަލަ އަކީ ރޯދަމަހު ދިވެހިންގެ ތެރޭގައި ކެއުމުގެ އެހެން ވައްތަރެއްގެ އާދައެއް އަށަގަނެ، ސިއްހީ ދުޅަހެޔޮކަމާ ދުރަށް ދެވުމެވެ.
ރޯދަމަހުގެ ސުފުރާ މަތި ތިޔާގިވެ އެވެ. ދެތިން ހަތަރު ވައްތަރެއްގެ ފަންޏެވެ. ހެދިކާ އެވެ. ފޮނި އެއްޗިއްސާއި ތެލުލި އެއްޗިއްސެވެ. ތަފާތު ވައްތަރުގެ ރިހަ އާއި ބަތާއި ރޮށްޓެވެ. އެހެންކަމުން ގިނަ މީހުންނަށް ރޯދަ ވީއްލޭ ގަޑީގައި ވެސް ދެތިން ވައްތަރުގެ ފަނި ހަށިގަނޑު ތެރެއަށް އަޅާލެވެއެވެ. ބޮޑު ކެއުން ފެށުމުގެ ކުރިން ތަފާތު ހެދިކާތަކުގެ ބުރެއް ދުއްވާލެވެއެވެ. މީހާ ލޮޑުވާކަން އެނގެނީ ކައި ނިމި އިރުކޮޅެއްވީމައެވެ.
ޑރ. އަބްދުﷲ އުބައިދު ގަބޫލުކުރާ ގޮތުގައި ރޯދަމަހު ދިވެހިންގެ ތެރޭގައި އޮންނަ ކެއުމުގެ ސަގާފަތް ބަދަލުކުރަން އެބަ ޖެހެއެވެ. ސިއްހީ ގޮތުން ތަފާތު މައްސަލަތައް ރޯދަމަހު ދިމާވުމުގެ މައިގަނޑު ސަބަބަކީ ކެއުމުގައި ދެމިހުރެވޭ އުސޫލުތައް ހަށިގަނޑާ ދިމާނުވުމެވެ. އޭގެ ނަތީޖާ އަކީ، ލުއިވާން ޖެހޭ މަހެއްގައި މީހާ ބަރުވުން ކަމަށް ޑރ. އުބައިދު ބުނެ އެވެ.
“ރޯދަވިއްލަން ގިނަ ސާމާނު ހަދާއިރު ގިނަ އެއްޗިއްސަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗިއްސެއް ނޫން.” ޑރ. އުބައިދު ބުންޏެވެ.
ބައެއް މީހުންގެ ހަށިގަނޑަށް ތަފާތު ބަދަލުތަކެއް ރޯދަމަހުގެ އެކި ހިސާބުތަކުގައި އާދެއެވެ. ޑރ. އުބައިދު އޭނާގެ އަމިއްލަ ތަޖްރިބާ ކިޔައިދެމުން ބުނި ގޮތުގައި، ބައެއް މީހުން ފުރަތަމަ 10 ވަރަކަށް ދުވަހު ދެ ކިލޯވަރު ލުއިވެއެވެ. އެކަމަކު ފަހު ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަރުވަމުން ގޮސް އެންމެ ފަހުން ރޯދަމަސް ނިމޭއިރު ހުންނަނީ ކުރިއަށް ވުރެ ބަރުވެފައިކަމަށް އޭނާ ބުންޏެވެ.
ހަށިގަނޑު ހޭނެން އެ ނަގަނީ އެ ދިހަ ވަރަކަށް ދުވަސް. އޭގެ ފަހުން މިވާ ގޮތަކީ މާ ގިނައިން ކާބޯހައިޑްރޭޓްސް މި ނެގެނީ، އެހެންވެ ހަށިގަނޑަށް ހަކަތަ ބޭނުންވާ މިންވަރާ އެއް ނުބައްދަލުވެ ބަރުވަނީ.” ޑރ. އުބައިދު ބުންޏެވެ.———————————–މިއީ islaameenoor.com  އިން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

About the author