ނުވާންވީ އިހުމާލު (3)

ކިޔާފައިވާ ޢަދަދު: 318

ޢައްބާސް އިބްރާހީމް ތެލެފޯނަކީވެސް އަޖައިބުވާ ކަހަލަ ބާރެއް ހުންނަ އެއްޗެކެވެ. ނަޒީރު އަހަރެންގެ ކުރިމަތީގައި ހުންނެވިނަމަ އަހަރެންނަށް މިހުރިހާ އެއްޗެއް އޭނާއާ ދިމާއަށް ކިޔާކަށް ނުކެރުނީހެވެ. ނަމަވެސް އޭނާ ކުރިމަތިން ފެންނަން ނެތިފައި، ނަމަވެސް އޭނާއަށް މިހުރިހާ ވާހަކައެއް އިވޭނެކަން ޔަޤީންވާތީ އަހަރެންނަށް މި އެއްޗެތިތައް ކިޔެމުން ދިޔައީއެވެ.      “އަޅުގަނޑު ނަންގަންނަން އޮތީ އެންމެ އެއްޗެއް. އަޅުގަނޑު އަދިވެސް މިއިނީ ނަޒީރަށް ޓަކައި. ނަޒީރުގެ މީހެއްގެ ގޮތުގައި. ނަމަވެސް އަޅުގަނޑު ނަޒީރުގެ ގާތަށް ދާނީ ނަޒީރު…

ނުވާންވީ އިހުމާލު (2)

ކިޔާފައިވާ ޢަދަދު: 225

ޢައްބާސް އިބްރާހީމް ޖެހިގެން އައި ދެތިން ދުވަހުގެ ތެރޭގައި އަހަރުމެންގެ ފުރަތަމަ ދަރިފުޅު ދުނިޔޭގައި އަލިކަން ދެކެފިއެވެ. އެދުވަހު ނަޒީރުވެސް އޮފީހުން ޗުއްޓީ ހޯދައިގެން އައިސް ހުރިހާ ވަގުތެއް އަހަރެން ކައިރީގައި ހޭދަކުރިއެވެ. ހޮސްޕިޓަލުގައި އޮންނަން ޖެހުނު ދެ ދުވަހުވެސް ނަޒީރު އަހަރެން ކައިރީގައި އުޅުނެވެ. އަހަރުމެންނަށް ލިބުނީ އަންހެން ކުއްޖެކެވެ.  ނަޒީރު ކުޑަކޮށް އެކަމާ ދެރަވިއެވެ. އޭނާ ބޭނުންވެގެން އުޅުނީ ފުރަތަމަ ފިރިހެން ކުއްޖަކު ލިބުމަށެވެ. ނަމަވެސް އެދަރިފުޅު ދެކެ ނަޒީރު ވަރަށް ލޯބިވެއެވެ. އަދި…

ނުވާންވީ އިހުމާލު (1)

ކިޔާފައިވާ ޢަދަދު: 451

ޢައްބާސް އިބްރާހީމް ދިރިއުޅުމުގެ ފޮތް ފުރެމުން ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. އެފޮތުގެ ޞަފުޙާތަކުގައި މުޅިން ލިޔެވެމުން ދަނީ އަޅުގަނޑުމެން އެންމެ ލިޔާހިތްވާ ވާހަކަތަކެއް ނޫނެވެ. ބައެއް ފަހަރު އަޅުގަނޑުމެން އެންމެ ލިޔާ ހިތްވާ ކަހަލަ ވާހަކަތައް އަޅުގަނޑުމެންނަށް އެންމެ ރީތި ޢިބާރާތްތަކުން ލިޔަން ފެށެއެވެ. ނަމަވެސް ތަންކޮޅަކަށް ދާތަނާ ވާހަކައިގެ ރާގު ބަދަލުވެދެއެވެ. ޢިބާރާތުގެ ކުލަ ބަދަލުވެދެއެވެ. އެއަށް ތަޤްދީރޭ ނުކިޔާ ދެން ކިޔާނީ ފަހެ ކީކޭތޯއެވެ. ނުވަތަ އެއީ ނަޞީބުގައި ހުރި ގޮތޭ ނުބުނެދެން…

އެ ހަނދާން (3)

ކިޔާފައިވާ ޢަދަދު: 229

“ދެން ވީ ކިހިނެއްތޯ؟…” އަނެއްކާވެސް ޝިމްލާ އަހައިލިއެވެ. އަހަރެންނަށް ޚިޔާލީ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަންނަން ޖެހިއްޖެއެވެެ. އެހެނަސް އެއީ އެހާފަސޭހަ ކަމަކަކަށް ނުވިއެވެ. އެކަަމަކު… “އަޅުގަނޑުމެންގެ ގުޅުން އެއީ މާނަސީބުވެރި ގުޅުމަކަށްނުވި. މަދީޙާގެ ބައްޕައަށް އެކަން އެނގިލެއްވުމާއެކު ނުރުހުން ފާޅުކުރައްވައި އަޅުގަނޑަށް ނަސޭހަތްދެއްވި. މަދީޙާއަކީ އަދި ތަޢްލީމު ހާޞިލު ކުރަމުންދާ ކުއްޖެއްކަމާއި އޭނާގެ މުސްތަޤްބަލް ހަލާކުވެދާފަދަ ކަމެއް އަޅުގަނޑުގެ ފަރާތުން ވުމަކީ މަދީޙާގެ ބައްޕަ އެއްގޮތަކަށްވެސް އެދިލައްވާކަމެއް ނޫންކަމުގައި ބުނުއްވި. އަދި މަދީޙާއަށްވެސް އޭނާ މަޖުބޫރުކުރައްވަމުން…

އެ ހަނދާން (1)

ކިޔާފައިވާ ޢަދަދު: 240

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ،  އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރެއް ވެސް މެއެވެ. އަލްފާޟިލް ޢައްބާސް އިބްރާހީމް، 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އަމިއްލަފުޅަށް ނޫސް ނެރުއްވައި ހިންގަވައިފައިވެއެވެ. ދުވަހުނޫސް، “ވިޔަފާރި މިއަދު”، “މޫންލައިޓް”، “ސިނަމާ”، މިދުވަސްވަރު”، “ވަގުތު” ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވެއެވެ. އަދި “ފަތިސް” ނޫހާއި “އާފަތިސް” ސީދާ ހިންގަވައިފައިވެއެވެ. “ޢިލްމީ އޮއިވަރު” “އާބާރު”…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: މެޓްއޮބްޒާވަރއަކުވެސް އުންމީދު ނުކުރާފަދަ ގޮތަކަށް މޫސުން ތަންދިން ޖައްވު ރީތި ޤައުމީ ދުވަހެއް

ކިޔާފައިވާ ޢަދަދު: 833

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރިސެޕްޝަންއަށް 1000 ބޭފުޅުން! ގަލޮޅުދަނޑުގެ ރަސްމިއްޔާތުން އެންމެ ވިދާލީ މަޖީދިއްޔާ ސްކޫލްގެ ލޮރީތައް!! އެންމެ އަޅައިގަތީ ބައެއް ސްކޫލްތަކުގެ ސިންގަޅަ ޑާންސް، ސިންގަޅަ ނެށުން، ސިންގަޅަ ލަވަ، …. ދިވެހި ޤައުމީ ދުވަސް މިއަހަރުގެ ޤައުމީ ދުވަހަށްޓަކާ ސަރުކާރުން ކަނޑައެޅުއްވި ޕްރޮގްރާމްގެ އައިޓަމްތައް އިއްޔެ މޫންލައިޓްއިން ނެރުނު ސަޕްލިމެންޓްގައި  ޝާއިޢު ކޮށްފައިވާނެއެވެ. މިހާތަނަށް މޫސުމްގެ ގޮތުން އުންމީދުކެނޑިފައިވާ ޙާލެއްގައި އެންމެން ތިބި ނަމަވެސް އިއްޔެ ހެނދުނުން ފެށިގެން ވަރަށް ރީތި އުފާވެރި “އިރުވާ މޫސުމްގެ…

ރޮވެނީ

ކިޔާފައިވާ ޢަދަދު: 523

ޙަޔާތުން ގެއްލި  ދިޔަތަން ހީވެފައި އިރުއިރުކޮޅުން ރޮވެނީ ގަޔާވާ  އެއްކަމެއް  ނެތްކަން  ހިތަށް  އެރުމާއެކީ ރޮވެނީ ދުވަސްކޮޅަކަށް ފަހުން ދިއްލުނު ނަސީބުގެ  ބައްތި އުންމީދީ ނިވެންވީގޮތް، އެނިވިދިޔަގޮތް ހަނދާން  ހަމަވާއިރަށް ރޮވެނީ އަބަދު އެކިއެކި އުފާތައްދީ އެ ހިނިތުންވުންތަކުގެ  އަސަރުން ނުބައްދަލު ލޭފަވެތިކަން  ދިން ހަނދާން  އާވާއިރަށް ރޮވެނީ ނަސީބުކަމަށް ހިތަށް  އެރިޔޭ  ލޮލުގެ  ނޫރޭ ހިތަށް އެރިޔޭ ނުސީދާކޮށް އެނޫރު ނިވުނު ގޮތާމެދު  މިއަދު  ވެސް ރޮވެނީ ހަނދާން ނައްތާލުމަށް ކުރެވުނު މަސައްކަތް އެއްޗަކަށް ނުވިޔޭ…

ދަންނަވަން އެދެން

ކިޔާފައިވާ ޢަދަދު: 763

 ރާގު: ދިލްކީޔެ އާރުޒޫ ތިކަހީން ހިތުގައި ހިނގާ ޝުޢޫރު ދުލުން ދަންނަވަން އެދެން  މިތުރާގެ އަރިހުގައި   ހުރެގެން  ދަންނަވަން އެދެން ހެނދުނާ   ހަވީރު   އަންނަނީ   ޒިކުރާވަމުން  ކަލާ ވެދުމާއެކީ   މި ވާހަކަ   ވެސް    ދަންނަވަން  އެދެން ވަސްމީރު      މާމަލުން     ލިބިދޭހާ    ޝަޛާއަކުން ދަސްވީ   ކަލާގެ    މީރުވަހޭ    ދަންނަވަން  އެދެން ހަނދުވަރުގެ ޖާޛުބީ އަލި   ފެތުރޭ   ހިނދުން  ވިދާ ހަނދުވެސް ވަނީ ކަލާ ކަމުގައި  ދަންނަވަން…

ޚިޔާލާތު

ކިޔާފައިވާ ޢަދަދު: 653

އެހެން މީހުންގެ ހުންނަ އުނި ސިފަތަކާމެދު ވާހަކަދެއްކުމަކީ، އަޅުގަނދުމެންގައި ހުންނަ ވަރަށް އުނި ސިފައެކެވެ. އެކަމުގެ ސަބަބުން މުޖުތަމައަށް ފައިދާއެއް ކުރުމުގެ ބަދަލުގައި ލިބޭނީ ގެއްލުމެވެ. އިސްލާހެއް އައުމުގެ ބަދަލުގައި އަންނާނީ އިތުރު ނުބައެވެ. މިވެނި މީހަކު އުޅެނީ އެވެނި ގޮތަކަށެވެ. އެވެނި ކުއްޖެއްގެ ކަންތައްތައް ހުންނަނީ މިވެނި ހެންނޭ ކިޔައިގެން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ވާހަކަ ދެއްކެއެވެ. މިފަދަ ވާހަކަތައް ދައްކަމުން ދާއިރު އަޅުގަނޑުމެންގެ އެއްވެސް މަގުސަދެއް އޮންނަ ކަމަކަށް ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.…

ބާއްޖަވެރި ހެނދުނެއް!

ކިޔާފައިވާ ޢަދަދު: 634

ހެނދުނު ވެއްޖެއެވެ. ފެނުން ތޮޅިލަމުން އިރު ބުނެލިއެވެ. އަހަރެން ފަދައިން ކަލޭމެން ވެސް ހޭލާށެވެ. އަލިވަމުންދާ ނޫ އުޑު ބުނެލިއެވެ. އަހަރެން ފަދައިން ކަލޭމެން ވެސް އުސްމިންތަކަށް އަމާޒު ހިފާށެވެ. ބީހެމުންދާ ވައިރޯޅި ބުނެލިއެވެ. އަހަރެން ފަދައިން ކަލޭމެން ވެސް ތާޒާވެލާށެވެ. އުދުހެމުންދާ ދޫނި ބުނެލިއެވެ. އަހަރެން ފަދައިން ކަލޭމެން ވެސް ރީތި އަޑުތަކުން ޖައްވު ގުގުމައިލާށެވެ. ފަރިވެ ފޮޅެމުންދާ މާ ބުނެލިއެވެ. އަހަރެން ފަދައިން ކަލޭމެންވެސް މީރުވަސްތަކުން ފަޒާ ފުރާލަދޭށެވެ. އަޅުގަނޑު ދަންނަވައިލަމެވެ. ބާއްޖަވެރި ހެނދުނަކަށް…