ތެދުމަގަށް ތައުފީޤު ދެއްވީ އަރަހުށި މާތްﷲ އެވެ.

ކިޔާފައިވާ ޢަދަދު: 169

ތެދުމަގަށް ތައުފީޤު ދެއްވީ އަރަހުށި މާތްﷲ އެވެ. އަސްލު ލިޔުއްވީ: ޢުބައިދުﷲ ޤާދިރީ ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުﷲ ފާރޫޤު ޙަސަން އަޅުގަނޑުގެ ކްރިސްޓިޔަން ސަންޑޭ ސްކޫލުގެ ޓީޗަރ މިސްޓަރ ބްރެޑް ވަރަށްގިނައިން ބުނާގޮތުގައި މުސްލިމުން އެބައިމީހުންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަރުވަނީ ވަރަށް މަތީ މަޤާމެކެވެ. އަރަހުށި މާތްﷲގެ ރަސްކަންފުޅަށް ވުރެވެސް މަތީމަޤާމެކެވެ. އިންސާނަކު ﷲ ގެ ރަސްކަންފުޅާ އެއްފަދަ ކުރާ ވާހަކަ އަޑުއިވުމުން އަޅުގަނޑު އޭރުވެސް ހައިރާންވިއެވެ. އިންސާނަކު މާތްﷲގެ ރަސްކަންފުޅާ ހަމަހަމަ…

އަހަރެން ފިކުރާވި އިސްލާމްދީން: މަސީޙަކީ ކަލާނގެ ދަރިކަލެއް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 227

އަހަރެން ފިކުރާވި އިސްލާމްދީން: މަސީޙަކީ ކަލާނގެ ދަރިކަލެއް ހެއްޔެވެ؟  ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް ބޮޑު އިންޤިލާބީ މަސައްކަތްޕުޅެއް ކުރެއްވި ވާހަކަ އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އާދެ، އެމާތްސާހިބާ ބުދުތައް މުގުރުއްވައި (އަޅުކަންކުރެވޭ) ތަސްވީރުތައް ނައްތައިލެއްވި ވާހަކަ އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އިސްވެދިޔަ ޞަފުޙާތަކުގައެވެ. އެމާތް ސާހިބާގެ އަތްޕުޅުމަތީގައި އެވަނީ އިންސާނީ ތާރީޚުގެ ވަރަށް ހައިބަބޮޑު އިންޤިލާބެއް ފުރިހަމަވެފައެވެ. ބައްޕައާއި، ދަރިފުޅާއި، ރޫޙުލް ގުދުސްގެ ތަސްލިއްޔަތަކީ ( ނުވަތަ އެތިން ފަރާތުގެ ތިންކައުވަންތަކަމަކީ)…

އަހަރެން ފިކުރާވި އިސްލާމްދީން

ކިޔާފައިވާ ޢަދަދު: 240

އަހަރެން ފިކުރާވި އިސްލާމްދީން ޢަބްދުﷲ ފާރޫޤް ޙަސަން ނޯޓް :” އަހަރެން ފިކުރާވި އިސްލާމްދީން ” މިމައިގަނޑު ނަމުގައި އަޅުގަނޑު މިލިޔާ ސިލްސިލާ އަކީ އައުމުސްލިމެއް ކަމުގައިވާ ޢަބްދުﷲ އަޑްޔާރު އޭނާގެ ހިތްޕުޅުގައި އިސްލާމްދީނާމެދު އިޝްޤުގެ ދަރަޖަޔަށް އުފެދުނު ލޯބިފުޅުގެ ސަބަބުތަކުގެ މައްޗަށް ލިޔުއްވައިފައިވާ ކުރު މަޒުމޫނުތަކެއް ނުވަތަ ކޮލަމްތަކެއްގެ ތަރުޖަމާއެވެ. އޭނާ މިކޮލަމްތައް ލިޔުއްވައިފައިވަނީ އޭނާގެ އެޑިޓަރުކަމުގެ ދަށުގައި ނެރުއްވި ތަމަޅަ ނޫހެއްކަމުގައިވާ “ނީރޯޓަމް” ގައެވެ. ___________________________   ޢަބްދުﷲ އަޑްޔާރު (1996-1935) އަކީ ތަމަޅަ…

އޭނާގެ ދިރިއުޅުން ބަދަލުވީ ކީރިތި ޤުރުއާން މުޠާލިޢާ ކުރުމުންނެވެ.

ކިޔާފައިވާ ޢަދަދު: 447

އޭނާގެ ދިރިއުޅުން ބަދަލުވީ ކީރިތި ޤުރުއާން މުޠާލިޢާ ކުރުމުންނެވެ. ޢަބްދުﷲ ފާރޫޤް ޙަސަން އަސްލުލިޔުއްވީ: އިމްތިޔާޒު އަޙްމަދު އަލްމަދީނަތުލް މުނައްވަރާ ދިވެހި ބަހަށް ތަރުޖަމާކުރެއްވީ: ޢަބްދުﷲ ފާރޫޤު ޙަސަން   ހުޅަނގުގެ ގައުމުތަަކުގައި ދިރިއުޅޭ ވަރަށް ގިނަ މުސްލިމުން އިސްނަގައިގެން ދީނީ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދެއެވެ. އެކަމުގައި އެކަކަށްވުރެ އަނެކަކު ކުރިއަރާން މަސައްކަތްކުރެއެވެ. މިސްކިތްތަކާއި، އިސްލާމީ މަދަރުސާތަކަށް ޚިދުމަތް ކުރުން މިގޮތުން ފާހަގަކޮށްލެވެއެވެ. އެކަމުގައި އައުމުސްލިމުންނާއި، އާއިލީމުސްލިމުންގެވެސް ތަފާތެއް ނުހުރެއެވެ. އެމެރިކާގެ ޑިޓޮރޮއިޓުގެ ތައުޙީދު ސެންޓަރުގައި އެއްދުވަހަކު…

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -3

ކިޔާފައިވާ ޢަދަދު: 333

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -3 ޢަބްދުﷲ ފާރޫޤް ޙަސަން އެދުވަސްވަރު ޖީލާނާއި ބަޣުދާދާ ދެމެދު އާދަވެގެން ޤާފިލާތައް ދަތުރުކުރެއެވެ. އެހެންކަމުން އަބްދުލްޤާދިރު ޖިލާނީގެ މައިކަނބަލުން އެކަމަނާގެ ދަރިކަލުން ދަތުރުވެރީންގެ ޤާފިލާއެއްގައި ބަޣުދާދަށް ފޮނުއްވަން ހަމަޖެއްސެވިއެވެ. އަބްދުލްޤާދިރު ޖިލާނީގެ މައިކަނބަލުން އެކަމަނާގެ ދަރިކަލުންނަށް ސާޅީސް ދީނާރު ދެއްވިއެވެ. އެކަލޭގެފާނުގެ ހެދުންކޮޅުގެ އެތެރޭ ޖީބަކަށް ސާޅިސް ދީނާރު ލައްވައި ފައްސަވައިދެއްވިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެދުވަސްވަރު މަގުފޭރޭމީހުންގެ ނުރައްކާ ބޮޑުކަމުންނެވެ. ދަތުރުއެރެހެއްޓެވި އިރު ދަރިކަލުންނަށް ވަޞިއްޔަތްކުރެއްވިއެވެ. ” ދަރިފުޅާއެވެ.…

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -2

ކިޔާފައިވާ ޢަދަދު: 225

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -2 ޢަބްދުﷲ ފާރޫޤް ޙަސަން ނަފުސިއްޔާތުގެ މާހިރުންކުރެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކުއްޖާގެ ޢުމުރުން ހަ އަހަރު ފުރޭއިރު އޭނާގެ ސިކުނޑީގެ ނުވަދިހައިންސައްތަ ހުންނާނީ ފުރިހަމަވެފައެވެ. މަޝްހޫރު ޙާދިޘާއެކެވެ. އަންހެނެއް އޭނާގެ ކުޑަ ކުއްޖަކު ގޮވައިގެން ނަޕޯލިޔަންގެ އަރިހަށް ދިޔައެވެ. އޭނާ ދެންނެވިއެވެ. “މިކުއްޖާ ތަރުބިޔަތު ކޮށްދެއްވާށެވެ. ނުވަތަ ތަރްބިޔަތުކުރާނެ ގޮތުގެ ރަނގަޅު ބުއްދިޔެއް ވިދާޅުވެދެއްވާށެވެ.” ނަޕޯލިޔަން އެއަންހެންމީހާ އާ ސުވާލުކުރެއްވިއެވެ. ” ތިޔަ ކުއްޖާގެ ޢުމުރަކީ ކޮބައިހެއްޔެވެ؟” އެއަންހެންމީހާ ދެންނެވިއެވެ.…

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު (1)

ކިޔާފައިވާ ޢަދަދު: 235

ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު (1) ޢަބްދުﷲ ފާރޫޤް ޙަސަން ތަރްބިޔަތުގެ މަޤްޞަދަކީ ޞާލިޙު އިންސާނަކު އުފެއްދުމެވެ. ހަމައެކަނި ވަކި ދައުލަތެއްގެ ރަނގަޅު ރަށްވެއްސަކު އުފެއްދުމެއްނޫނެވެ. ވަކި ޚާއްޞަ ޤައުމެއްގެ ބޭނުންތެރި ފަރުދަކު ބިނާކުރުމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ތަރްބިޔަތަކީ މުޅި އިންސާނިއްޔަތަށް ލާބައާއި މަންފާ ކުރާ ފަދަ އިންސާނަކު ތައްޔާރުކުރުމެވެ. ވަޒަނާއި، ދިރިއުޅޭތަނާއި، ކުލައާއި، ނަސްލާއި، ބަހުގެ ޢަޞަބިއްޔަތުން ސަލާމަތްވެފައިވާ ހަރުދަނާ ޝަޚްޞިއްޔަތެއް ލިބިހުރި އިންސާނަކު އުފެއްދުމެވެ. ފުރިހަމަ ޚަޞީލަތްތަކެއްގެ ވެރިޔަކު ތައްޔާރުކުމެވެ. މާތް ﷲގެ…

ޞަޙާބީންގެ މަތިވެރިކަން -5

ކިޔާފައިވާ ޢަދަދު: 145

ޞަޙާބީންގެ މަތިވެރިކަން -5 ޢަބްދުﷲ ފާރޫޤް ޙަސަން ޙައްޤަށް އިޢުތިރާފުވެ ވަޑައިގަތުން “އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ތެދުވެ ވަޑައިގެން ވިދާޅުވިއެވެ. ވަރަށް ގިނަ މުނާފިޤުން ހީކުރާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. ނަމަވެސް މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެކަލޭގެފާނު މާތްﷲގެ ޙަޟުރަތަށް…

ޞަޙާބީންގެ މަތިވެރިކަން -4

ކިޔާފައިވާ ޢަދަދު: 110

ޞަޙާބީންގެ މަތިވެރިކަން -4 ޢަބްދުﷲ ފާރޫޤު ޙަސަން ރަސޫލާގެ އަރިހުގައިވާ ބޭކަލުން “މުޙަންމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި،ރަޙްމަތްތެރި ބަޔެކެވެ. ﷲގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން އެބައިމީހުންގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައި އެބައިމީހުންގެ މިޘާލެވެ. އަދި އިންޖީލުގައި އެބައިމީހުންގެ މިޘާލު އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ…

އުޙުދު ހަނގުރާމަ – 14

ކިޔާފައިވާ ޢަދަދު: 137

އުޙުދު ހަނގުރާމަ – 14 ޢަބްދުﷲ ފާރޫޤް ޙަސަން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް * * * * މިދެމިސާލާ މުޅީން ތަފާތު މިސާލަކީ ގުޒްމާނުގެ މިސާލެވެ. ގުޒްމާނަކީ މަދީނާގެ މުނާފިޤެކެވެ. ނަމަވެސް އޭނާ މުސްލިމުންނާއެކު ހަނގުރާމައަށް ނުކުތެވެ. ވަރަށް ހިތްވަރާއެކު ހަނގުރާމަކުރިއެވެ. އޭނާ ޒަޚަމުވެ ހާލެއްނެތި މައިދާނަށްވެއްޓިފައި އޮތްވައި އަންޞާރިއްޔަ ބޭކަލުންނަށް ފެނިވަޑައިގެންނެވިއެވެ. އެބޭކަލުން އޭނާއަށް ތާރީފުކުރެއްވުމުން އޭނާ ބުންޏެވެ. އަހަރެން ހަނގުރާމަކުރީ…