ރޯދައިގެ ބަސް (2)

ކިޔާފައިވާ ޢަދަދު: 2115
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
           
ރޯނުގޭ ޙަސަން މަނިކު
މިއަހަރަށް ވަކިވާން ޖެހިއްޖޭ، ވަގުތު ކުޑަތަން ވެއްޖެއޭ
          ތިޔަ އަޚުންނާ އުޚުތުނާ  ވަކިވާ  ވަގުތު  އަތުވެއްޖެއޭ

ކޮންމެ އަހަރަކުވެސް މިފުރުސަތު އެންމެނަށް ހޯދައިދެމޭ
          ކޮންމެ މީހަކު ހިތްފުރަން ގިނަ  ވަގުތުތައް  ހޯދިއްޖެއޭ

ތަވްޙީދާއި ޝިރްކް

ކިޔާފައިވާ ޢަދަދު: 5383
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 27

ތަވްޙީދާއި ޝިރްކް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.

ރޯދަ ހަދިޔާ – ހަލީސާ (58)

ކިޔާފައިވާ ޢަދަދު: 2998
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (58)

ފާޠިމަތު ޒާރާ

ކުޑަކަމުދާ ތަކެތި އަޅާ ދަޅަށްވުރެ ރަނގަޅު އެއްޗެއް ފެނުމުން…

ޢާއްމު ޗެކްއަޕެއް ހަދާލުމުގެ ބޭނުމުގައި މީހަކު ހޮސްޕިޓަލަށް ދިޔައެވެ. އެ ތަނަށް ދިއުމުން ނަރުސް އޭނާ އަތަށް ކުޑަކަމުދާ ތަކެތި ތަޙުލީލުކުރަން އަޅާ ކުޑަ ދަޅެއް ދިނުމަށްފަހު ފާޚާނާ ހުރިތަން ދައްކަމުން ބުންޏެވެ. “އެހެރީ ފާޚާނާ. ޑޮކްޓަރު އިރުކޮޅަކުން އަންނާނެ.”

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 2283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

= އިދާރާ =
ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި “ލިޔުންތެރިޔާ” ގެ އެގްޒެކެޓިވް އެޑިޓަރ އަލްއަޚް ޢަބްދުﷲ ނަޢީމް އިބްރާހީމްގެ ލޮބުވެތި ބޭބެ، ސ. މަރަދޫފޭދޫ، ރޯޒްމީޑް، އަލްއަޚް މުޙައްމަދު ސަޢީދު (މާވައްގޭ އިބްރާހީމް މަނިކުފާނުގެ ސަޢީދު) 24 ޖުލައި 2014 ވީ ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައި ވަނީ،  ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ޖަމްޢިޔާގެ އެންމެހައި މެންބަރުންނާއި ލިޔުންތެރިންނާއި ކިޔުންތެރިންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު، އަލްއަޚް ޢަބްދުﷲ ނަޢީމް އިބްރާހީމަށާއި އޭނާގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.

މާތްﷲ،  މަރްޙޫމް މުޙައްމަދު ސަޢީދުގެ ފުރާނަފުޅައަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.  آميــــــن

إنالله وإناإليه راجعون

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް(2)

ކިޔާފައިވާ ޢަދަދު: 3368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް(2)

ވާދަކުރައްވަން ތައްޔާރުތޯ

އިބްރާހީމް ރަޝީދު މޫސާ
ކުރީ ދުވަހު ރަމަޟާނީ ބައެއް މުބާރާތްތަކަ ބެހޭ ގޮތުން ވާނީ ވާހަކަދައްކައިފައެވެ.  ކުރީ ދުވަހުގައި ދެންނެވި ފަދައިން ، މިއީ ލާމަސީލު މުބާރާތްތަކެކެވެ. މި މުބާރާތްތައް ބޭއްވެނީ ވަރަށް އަޖައިބުވަނިވި ޖައްވެއްގެ ތެރޭގައެވެ. އާދަޔާ ޚިލާފު މާޙައުލެއްގައެވެ.
މިއަދު މި ދަންނަވައިލަނީ ބާކީ ހުރި މުބާރާތްތަކުގެ ވާހަކައެވެ.

فلسطينގެ حالއާ މެދު…..!

ކިޔާފައިވާ ޢަދަދު: 4472
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
حســــن شـــاكر محمـــــد

فلسطينގެ أخން، أخت ންގެ   حالއާ މެދު ވަރަށް  ދެރަވޭ      
އަވަސް حلّއެއް އެ مسألةއަށް އައުން  އެދިގެން دعاء ކުރެވޭ

އަމިއްލަ ބިމާއި  ވަޒަނާމެދު  ދުރުންއައި  ބަޔަކު  ގަދަދައްކާ
އަމިއްލަ ކުރަން، އެހިންގާ  ބޮޑު جريمة އިން  ހިތަށް ތަދުވޭ

ރަސޫލާގެ އަޞްޙާބުން

ކިޔާފައިވާ ޢަދަދު: 4709
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯދައިގެ ހަދިޔާ (26)

ރަސޫލާގެ އަޞްޙާބުން

ޢަބްދުﷲ ނަޢީމު އިބްރާހީމު

އެއް ރިވާޔަތެއްގައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ބަދުބަސް ނުބުނާށެވެ. އެފަރާތެއްގެ ބާރުފުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔައިގެ ތެރެއިން މީހަކު އުޙުދުފަރުބަދައިގެ ބޮޑުމިނުގެ ރަނުން ޞަދަޤާތް ކުރިކަމުގައި ވިޔަސް، (އެއިން ބޭކަލެއްގެ ނުވަތަ ބޭކަނބަލެއްގެ) ޞަދަޤާތުގެ މުއްދެއްގެ މިންވަރާހަމައަށް ނުވަތަ އޭގެ ދެބައިކުޅަ އެއްބައިގެ މިންވަރާ ހަމައަށްވެސް ނުދެވޭނެއެވެ. (اصحابى فوالذى نفسى بيده لوان احدكم انفق مثل احد ذهبا مابلغ مدّ احدهم ولا نصيفه – متفق عليه)

ރޯދަ ހަދިޔާ – ހަލީސާ (57)

ކިޔާފައިވާ ޢަދަދު: 3374
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (57)

ފާޠިމަތު ޒާރާ

ވިހަ ކަރާ

ދަނޑުވެރިޔާގެ ކަރާ ދަނޑުން ރަށުގެ ޒުވާން ފުރައިގެ ކުދިން ކަރާ ކައިފައި ހުންނަކަން ދަނޑުވެރިޔާއަށް އެނގުމުން، އެކަން ހުއްޓުވާނެ ގޮތަކާ މެދު އޭނާ ވިސްނިއެވެ.
އެއަށްފަހު ކުރި ކަމަކީ ދަނޑުގައި އިންޒާރުގެ ނޯޓިހެއް ބެހެއްޓުމެވެ. އޭގައި ލިޔެފައިވަނީ، “އިންޒާރު! މި ކަރާދަނޑުގައި ހުރި ކަރާތަކުގެ ތެރެއިން ކޮންމެވެސް އެއް ކަރައެއްގައި ވިހަ އެބަހުރި!”

ބޭކާރު ވާހަކަދެއްކުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 4604
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއީ ރޯދަ މަހެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. މި މައްސަރުގެ ހަމަ ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ތިބެނީ ރޯދައަށެވެ. އަޅުގަނޑުމެންގެ ނަފުސު އެދި ގޮވާ އެތައް ކަމެއް ދޫކޮށްލައިގެންނެވެ. ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. އެކަލާނގެ ޙަޟުރަތުން ދަރުމައާއި ސަވާބަށް އެދިގެންނެވެ.

ރޯދަމަސް

ކިޔާފައިވާ ޢަދަދު: 2557
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

     އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
     ރޯދައިގެ މަތިވެރި ނިޢުމަތަށް މިނެއްނެތޭ 
                          ރޯދައިގެ  އަޅުކަމާ  ދުރުހެލިވާހިތެއް ނެތޭ
     އަސްލެއްކަމަށްވަނީ އިންސާނީ ޖަމާއަތަށް 
                          އަޞްރީގޮތުން  ލިބޭ ތަހުޒީބުގެ  ސަލާމަތޭ