ވަރަށް އުފަލުގައި އެބަ ތިބިން مسلم ން

ކިޔާފައިވާ ޢަދަދު: 4945
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عبــد العزيـــز جمـال أبوبــکر

ފުރައިލައިފި ހިތްތައް އުފާވެރިކަމުން
    މުރާލިވެ نفس ހެޔޮ މި نعمة ތަކުން
           ކުރާ عمل ގައި درجة މަތިވެރިކަމުން
                ފުރާނައިގެ ކާނާ  ލިބޭ  ގިނަ ކަމުން

މިއީ ހެޔޮ شعورއޭ ހިތުން ފުރި އަރާ
         މިއީ ހެޔޮކަމުގެ މައްސަރޭ مغفرة
                މި إيمان ގައި ދާނަމޭ ކުރިއަރައި
                       މިއީ…. މާތް ثواب އާ أجر ގިނަ ކަމުން

މަޢުރިފަތަކީ ﷲ ގެ ހަދިޔާއެއް

ކިޔާފައިވާ ޢަދަދު: 4800
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 10

މަޢުރިފަތަކީ ﷲ ގެ ހަދިޔާއެއް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނާއަކީ ވަރަށް ގިނަ ތަކެއްޗަށް ބޭނުން ޖެހިފައިވާ މަޚްލޫޤެކެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއް އަމިއްލައަށް އުފެއްދުމުގެ ބާރެއް އިންސާނާއަކަށް ލިބިފައެއް ނުވެއެވެ. އެ ހުރިހައި އެއްޗެއް އިންސާނާއަށް ލިބެނީ ﷲ ގެ ރަޙްމަތުން އިރާދަ ކުރައްވާ ހަދިޔާގެ ގޮތުގައެވެ. މި ހަދިޔާ ނުދެއްވައިފި ނަމަ، އިންސާނާ ހަލާކުވެ ނިމިގެން ހިނގައިދާނެއެވެ.

ރޯދަ ހަދިޔާ – ހަލީސާ (41)

ކިޔާފައިވާ ޢަދަދު: 3111
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (41)

ފާޠިމަތު ޒާރާ

ބަލިވެއިންތޯ ބަލާނެ މޮޅު ގޮތެއް

ދެމަފިރިއަކު ޑޮކްޓަރަށް ދިޔައެވެ. އަދި އަންހެނުން އިނީ ބަލިވެތޯ ބެލުމަށް ޓެސްޓް ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ޑޮކްޓަރު އެކި ގޮތްގޮތަށް ޗެކްކުރުމަށްފަހު، ކުޑަކުޑަ ސްޓޭމްޕެއް ނަގައި އޭގައި ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު އެ ސްޓޭމްޕް އަންހެން މީހާގެ ބަނޑުގައި ތަތްކޮށްލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އެ ދެމީހުން ފޮނުވާލިއެވެ.

ފަހު އިމްތިޙާނު

ކިޔާފައިވާ ޢަދަދު: 3425
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


ފަހު އިމްތިޙާނު

އިބްރާހީމް ރަޝީދު މޫސާ

ކޮންމެ ރަމަޟާން މަހަކު މި ހުޅުވޭ ރަމަޟާނީ މަދްރަސާގައި  ކިޔަވާދެވޭ މައްދާތަކާއި މި މާއްދާތަކުގެ މުޤައްރަރާ ބެހޭގޮތުން މަޢުލޫމާތުކޮޅެއް ގެނެސް ދިނުމަށް ފަހު، މިއަދު މި މަދުރަސާއަށް ވަން ދަރިވަރުންނަށް ކުރިމަތިލާން ޖެހޭ  ފަހު  އިމްތިޙާނާ  ބެހޭގޮތުން ވާހަކަ ދައްކައިލުން ރަނގަޅު ކަމަށް ދެކެމެވެ.

މަޢުރިފަތުގެ ޚަޒާނާ

ކިޔާފައިވާ ޢަދަދު: 5032
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 9

މަޢުރިފަތުގެ ޚަޒާނާ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގައި ﷲ ގެ ކަލިމަފުޅުތަކުގެ ވާހަކަ كلمات الله (ލުޤްމާން ސޫރަތުގެ 27 ވަނަ އާޔަތް) އައިސްފައި ވެއެވެ. ޤުރްއާނުގައި ބަޔާން ވެގެންވާ ގޮތުގައި ﷲ ގެ ކަލިމަފުޅުތައް ގިނަ ކަމުން ގޮސް، ގުނައި ޢަދަދު ނުކުރެވޭހައި ގިނައެވެ. ﷲ ގެ ކަލިމަފުޅު ތަކަކީ ކޮބައިތޯއެވެ؟ ﷲ ގެ ކަލިމަފުޅުތަކުގެ މުރާދަކީ ކާއިނާތުގައި ލައްވައިފައިވާ ގިނަގުނަ ސިއްރުތަކެވެ. މި ޒަމާނުގެ ސައިންސީ މަސައްކަތްތަކަކީ ޙަޤީޤަތުގައި ﷲ ގެ ކަލިމަފުޅުތައް ހޯދައި ދެނެގަތުމުގެ މަސައްކަތެވެ. ނޭނގި ނަމަވެސް ކުރެވޭ ކަމަކީ އެއީއެވެ.

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 5

ކިޔާފައިވާ ޢަދަދު: 4088
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 5

މުއްލާ ފައިސާކޮޅެއް ހޯދުން (2)

ޢައްބާސް އިބްރާހީމް

5 ޖުލައި 2014 (ހޮނިހިރު) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
މުއްލާ ޖެހިގެން އޮތް މަގަށް އަޅައިގެން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ހީވީ ކޮންމެވެސް މީހަކު އޭނާގެ ފަހަތުން ދުވަމުން އަންނަ ހެންނެވެ. އަދި ކުއްލިއަކަށް އޭނާއަށް ފެނުނީ އެމުއްސަނދި މީހާގެ ނޯކަރު ކުރިމަތީގައި ހުއްޓައެވެ.
 

ރޯދަ ހަދިޔާ – ހަލީސާ (40)

ކިޔާފައިވާ ޢަދަދު: 3450
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (40)

ފާޠިމަތު ޒާރާ

މޮޅު ޖާދޫއެއް

ބޮޑު ފަސިންޖަރު ލައިނެއްގައި ޖާދޫގެ ކުޅިވަރު ދެއްކުމުގެ މަސައްކަތް ކުރާ ޖާދޫގަރެކެވެ. އެ ބޯޓުގައި އެކި ހަފްތާގައި ދަތުރުކުރަނީ އެކި ފަސިންޖަރުންކަމުން އެއް ހަފުތާގައި މި ޖާދޫގަރު ދައްކާ ޖާދޫ އަނެއް ހަފުތާގައިވެސް ދައްކާލަ ދައްކާލަ މީނާ ހުންނަނީއެވެ.

ރޯދައިން މިތުރާގެ روح އަށް……!

ކިޔާފައިވާ ޢަދަދު: 4559
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
حســـــن شـــــاكر محمـــــــد

ކޮންކަމެއްތޯ  ރޯދައިން   މިތުރާގެ  روح އަށް  ވެރިކުރީ
        އޮންނަ  އާދަމަތިން  މަޖާކޮށް   ކުޅެއުޅުންތޯ އިސްކުރީ

 
فرض ފަސް ވަގުތައް  جماعةގައި  ނަމާދު  އަދާކުރަން
        فرصة އެއް  ހޯދުން  ތިމާއަށް   ދަތިވެފައިތޯއޭ   ހުރީ

ސާހިބާ (20)

ކިޔާފައިވާ ޢަދަދު: 3509
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ނަހުލާ

(22 ޖޫން 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފާޚާނާގެ ދޮރުގައި ލެނގިގެން އަވަސް ނޭވާތަކެއްލަމުންދިޔަ މީނާވަނީ ދާހިއްލާފޯވެފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރި އަސަރުތަކެކެވެ. ދެލޯ ބޮޑުކޮށްގެން އޭނާހުރީ އިންތިހާއަށް ބިރުގެންފައެވެ. އޭރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދެއެވެ. މީނާ ފާރުގައި ލެނގިލަމުން ލޯމަރާ ބާރުކޮށްލިއެވެ. މިއަދު އޭނާ ކުރާނީ ކީއްހެއްޔެވެ؟ އޭނާވަނީ ކަންބޮޑުވެގެން ގޮސް ހަލާކުވާން ގާތްވެފައެވެ. ބޮލުގައިވެސް ރިއްސަނީއެވެ. ހަށިގަނޑުގައި ހިރިލާހާވެސް ވަރެއް ނެތެވެ.

މަޢުރިފަތުގެ ދަތުރު

ކިޔާފައިވާ ޢަދަދު: 5067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯދައިގެ ހަދިޔާ – 8

މަޢުރިފަތުގެ ދަތުރު

ޢަބްދުﷲ ނަޢީމު އިބްރާހީމު

ﷲ ގެ ކުޅަދުންވަންތަކަން ބަޔާން ކޮށް ދެއްވަމުން ކީރިތި ޤުރްއާނުގެ ސޫރަތު ޔާސީންގެ 82 ވަނަ އާޔަތުގައި ވަޙީކުރައްވައިފައި ވެއެވެ. إنّما أمره إذا أراد شيئا أن يقول له كن فيكون މާނައީ، “އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފި ނަމަ، އެ ކަލާނގެ އަމުރުފުޅު ވާ ކަން ކަށަވަރީ އެ ކަމަކަށް. “ވާށޭ” ވަޙީ ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.”