ހަމައެކަނި ވިދާޅުވެލެއްވުމަށް:: طاؤس ނަމަށް نسبۃ ވެފައިވާ تخت އެއީ ވަރަށް ސުންޕާ އެއްޗެއް

ކިޔާފައިވާ ޢަދަދު: 461
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢ.ދ.ޢ.               ޢ.ދ.ޢ. އަކީ، އަލްފާޟިލް ޢަލިބެ ދޮހޮއްކޮގެ ދޮންއަލި ފުޅު (ރަޙިމަހުﷲ) އެވެ.  އޭނާވަނީ، އުރުދޫ ބަހުން ދިވެހިބަހަށް ގިނަ ވާހަކަތަކަކާއި ލިޔުންތަކެއް ތަރުޖަމާ ކުރައްވައިފައެވެ. އޭނާ އެ ޚިދުމަތުގެ ސަބަބުން،  ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1984 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ                 މިއީ، ދުވަހު ނޫސް ” ހަވީރު ” ގެ 21 އޯގަސްޓް 1979 (އަންގާރަ) ދުވަހުގެ އަދަދުން ނަކަލުކޮށްފައިވާ ލިޔުއްވާފައިވާ ލިޔުމެކެވެ.…

ކަނޑަހަލަގަލަގެ އަންހެންކުއްޖާ

ކިޔާފައިވާ ޢަދަދު: 614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

-ނ.ތ. ޙަސަން ދީދީ-           އަލްމަރުޙޫމް ނ.ތ. ޙަސަން ދީދީ އަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ތިން ރައީސުންގެ ދަށުގައި އޭނާ ސަރުކާރުގެ ވަރަށް ގިނަ މަތީ ވަޒީފާތަކެއް ވަނީ އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ފުރަތަމަ ދިވެހި ޖުމްހޫރިއްޔާގެ ރައީސް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސެކެއްޓެރީ ކަމާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ޕްރައިވެޓް ސެކެއްޓެރީކަން ހިމެނެއެވެ. ހުވަދޫ ބަޣާވާތުގެ ދުވަސްވަރު އޭނާ ހުންނެވީ އެއަތޮޅުގެ އަތޮޅުވެރިކަމުގައެވެ. ރާއްޖޭގައި…

………؟

ކިޔާފައިވާ ޢަދަދު: 785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާކުރިންދުށް ހުވަފެނެއް ، މާޒީގެ މާފެހި ކުލަތަކެއް                            މާފަހުން އަތުވާށިތޯ އުޅުމީ ވަރަށް ބޮޑު މޮޔަކަމެއް + + + + + + + +  + + + + + + + + + + +           ރިހިދޯދިތަކުން ރިހިވެފާވާ ރީތި ހަނދުވަރީ ރެއެއް ނަމަވެސް ، އޭނާގެ ހިތަށް ދެމުންދަނީ އަނިޔާތަކެކެވެ. ކަފަވިލާތަކަކުން ހިސާބަކަށް ނިވާވެފައިވާ ނޫއުޑު ކިތަންމެ ދުރެއްގައި އޮތަސް އޭނާގެ ނަޒަރު ގުޅާލެވިފައިވަނީ އެހިސާބުގެ…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: އޮޕަރޭޝަން ކުރުމަށް އެހީވާ ފަންޑްއަށް ރޭވިގެންއައި އެހީއެއް އެންމެ މެޗްއަކުން 2024/36ރ. ފަރަންސޭސި ލޭގެ ہمدردی އާއެކު

ކިޔާފައިވާ ޢަދަދު: 394
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގަވަރންމަންޓް ހޮސްޕިޓަލްގެ އޮޕަރޭޝަން ކުރުމަށް އެހީވާ ފަންޑްއަށް ފައިސާ ހޯއްދެވުމަށް އެން.އެސް.އޭ.ގެ ފަރާތުން ރޭއްވެވި ފުޓްބޯޅަ މެޗް އިއްޔެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އޮތެވެ. ފުރަތަމަ قصد ކުރެއްވީ މިމެޗްގައި، އެން.އެސް.އޭ.ގެ ދެޓީމް ބައްދަލުވުމަށެވެ. ނަމަވެސް ފަރަންސޭސި ޝިޕް “ލަސޫން” މާލެ އައުމާއެކު އޭގެ މީހުންގެ ހިތުގައި އުފެދުނު شعورރެއްގެ ނަތީޖާއަކީ، އެފަންޑްއަށް އެހީވުމުގެ ہمدردی އާއެކުވެފައިވާ إخلاصތެރި شعورއޮޕަރޭޝަންއާ ހަމައަށް ގޮސްފައިތިބޭ ބަލިމީހުންނާ އެކުވުމެވެ. އެހެންކަމުން އެމީހުން މެޗްގެ އެއްކޮޅުން ކުޅުމަށް قصد ކުރީއެވެ.…

عبد مبارك

ކިޔާފައިވާ ޢަދަދު: 483
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عبد مبارك = މުޙައްމަދު ޖަމީލު = މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ. ________________________                              ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން                                އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ.…

ކުޑައަންބެ – މުލަކުގެ ފަނޑުވުމެއްނެތް ޢިލްމީ ފަނާރެއް

ކިޔާފައިވާ ޢަދަދު: 325
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަސަން ޒަހީނު އެއީ މ. މުލަކުގެ ތާރީޚުގައި ތަޢުލީމަށް ޚިދުމަތް ކުރެއްވި އޯގާތެރި މުދައްރިސެކެވެ. އެތަށް ދަރިންނެއް ޢިލްމީގޮތުން ހޭލައްވައިލި ޢިލްމީ އެދުރެކެވެ. އަޚުލާޤާ ސުލޫކު ދަސްކޮށްދެއްވުމުގައި އޭނާގެ މުޅި އުމުރު ހޭދަކޮށްލެއްވި މޭސްތިރިއެކެވެ. އެތަށް ދަރިންނަކަށް ތަޢުލީމު އުނގަންނައިދެއްވި ތަރުބިއްޔަތުގެ ބައްޕައެކެވެ. އޭނާގެ ހޭހަންކުރުންތަކުން އުފަންކުރެއްވި ޢިލްމީ މުޑުވައްތަކުން މިއަދުވެސް ދަނީ ޢިލްމީ ދަނޑުގައި ގަސްތައް ރުވަމުންނެވެ. އޭގެ އަސަރުތައް މިއަދުވެސް ފެންނާން އެހެރީއެވެ. މ. މުލަކު ދެތަނޑިމާގޭ އަލްމަރުޙޫމް އިބްރާހީމް ސުލޭމާނަކީ މުލަކުގެ ތަޢުލީމަށް…

މައްކާ ފަތަޙަ ކުރެއްވުން، އިއްޔެއާއި މިއަދުގެ ހަނދާންތައް

ކިޔާފައިވާ ޢަދަދު: 555
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 20 ވަނަ ދުވަހެވެ. މިއަދުގެ ޒިކުރާއަކީ ކޮންމެ މުސްލިމަކު ދިރުވުން ޙައްޤު ވެގެންވާ ޒިކުރާ އެކެވެ. މައްކާ ފަތަޙަ ކުރެއްވެވި ދުވަހެވެ. ޙައްޤާއާއި ބާޠިލު ފާޅުވެ އެނގުނު ދުވަހެވެ. މިކަމެއް ހިނގީ ހިޖުރައިން 8 ވަނަ އަހަރު (މީލާދީން 630 ވަނަ އަހަރު) އެވެ. އެ ފަތަޙައަކަށް ފަހު އިސްލާމް ދީނަށް، މީސްތަކުން ފައުޖުފައުޖުއަށާއި ބިސީބިސީއަށް، ޖަމާޢަތް ޖަމާޢަތަށް ވަންނާން ފެށިއެވެ. މާތް ﷲއަށް އީމާންވުން ފިޔަވައި އެހެން “ކުށެއް”ނުކުރާ ބަޔަކު…

ރޯދަ

ކިޔާފައިވާ ޢަދަދު: 308
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

( ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވީ ހޯމަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) އިސްލާމީ މުޖުތަމަޢުގެ ފަރުދުންނާ ޖަމާޢަތްތަކުގެ ބާއްޖަވެރިކަމަށްޓަކައި ރަމަޟާން މަހުގެ ރޯދަ ހިފުން ފަރުޟު ކުރެއްވިއެވެ. ރޯދަ ފަރުޟު ކުރެއްވީ ހިޖުރައިން 2 ވަނަ އަހަރު (624 މ. ވަނަ އަހަރު) އެވެ. މާތް ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ބޯލަނބައި ހުރިހާ ޝަހުވަތްތަކުން ދުރުވެގަތުމުގެ ސަބަބުން ރޯދައަކީ އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ކަމެކެވެ. ރޯދައަކީ، ހަށިގަނޑަށް ފައިދާހުރި…

ރޯދަ- ރަނުގެ ފުރުޞަތެއް

ކިޔާފައިވާ ޢަދަދު: 262
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ…

ތަރާވީޙް ނަމާދު

ކިޔާފައިވާ ޢަދަދު: 410
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

( ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 9 ވީ ބުރާސްފަތި ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ތަރާވީޙް ނަމާދަކީ ރަމަޟާން މަހުގެ ކޮންމެ ރެޔަކު ޢިޝާ ނަމާދު ކުރުމަށްފަހު، އަދާކުރުން ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ. ޢިޝާ ނަމާދުގެ ކުރިން ތަރާވީޙް ނަމާދު ކޮށްފިނަމަ، އެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެކަނި ހުރެ ކުރުމަށްވުރެ ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރުން މާތެވެ. މި ނަމާދު މިސްކިތު ގައްޔާއި ގޭގައިހުރެ އަދާކުރެވިދާނެތެވެ. ތަރާވީޙް ނަމާދުގެ ވަގުތު ޢިޝާ…