ބޮންދުން އުފުރައިލުން

ކިޔާފައިވާ ޢަދަދު: 2654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު، ލ. ފޮނަދޫ

ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެއްކަން އެންމެން ވެސް ދަނެއެވެ. ސަރުކާރުން ވެސް މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ދާދި ފަހުން ވެސް މިފަދަ ބިދޭސީން ހޯދުމުގެ މަސައްކަތެއް ދިވެހި ފުލުހުންވަނީ ކުރައްވައިފައެވެ.

ރޯދައާއި ކެތްތެރިކަން

ކިޔާފައިވާ ޢަދަދު: 5294
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުވަނީއެވެ. މާދަމާ އަކީ (29 ޖޫން 2014 ވާ އާދީއްތަ ދުވަހަކީ) 1435 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހެެވެ. މުލަރޯދަ ދުވަހެވެ. މި އުފާވެރި މުނާސަބާގައި ލިޔުންތެރީންގެ ގުޅުމުގެ އެންމެހާ މެންބަރުންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ރައްދުކުރަމެވެ.

އަލަށް އުފެދޭ ލަފުޒުތައް (7)

ކިޔާފައިވާ ޢަދަދު: 2033
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުން
(13 ޖޫން 2014 އާ ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.

ވަގުތު ތިބާއަކަށް އިންތިޒާރެއް ނުކުރާނެ! އެކަމަކު ތިބާ ވަގުތަށް އިންތިޒާރުކުރަންޖެހޭ

ކިޔާފައިވާ ޢަދަދު: 4283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒަހީން

އަލް އިމާމް ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. “ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދައިފައި އޮއްވައި، ދުވަސްތައް ފާއިތުވަމުން ގޮސް ތިބާގެ އަޖަލާ ބައްދަލުކުރަންޖެހިދާނެއެވެ. ހެޔޮޢަމަލުކުރާށެވެ! ދުނިޔޭގައި މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. މާދަމާ އޮތީ ހިސާބެވެ. އަމަލެއްނެތެވެ.” 

ގާވިޔަމަސް: މީރު ކާނާއެއް

ކިޔާފައިވާ ޢަދަދު: 2398
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޝާކިރު
ގާވިޔަމަސް ނުވަތަ ގާވިހަމަހަކީ ފާނައާ ވައްތަރު ވިހަގަދަ މަހެއް. މިމަހުގެ ބުރަކަށިމަތީގައި ވިހަކަށިތަކެއް ހުރެއެވެ. މި މަސް އުޅެނީ ގާތަކުތެރޭގައި ބަނޑު ޖަހައިގެންނެވެ. މިދެންނެވީ ދިވެހި ބަސްފޮތް 2006 ގައި ގާވިހަމަސް މާނަކޮށްދީ ސިފަކޮށްދީފައިވާ ގޮތެވެ.

ކުދިވާހަކަ (54)

ކިޔާފައިވާ ޢަދަދު: 3849
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (54)

ހުރިހާ ގޮތަކުން އެންމެ ރަނގަޅު މީހާ

 ޢައްބާސް އިބްރާހީމް

ޙަޔާތުގެ ހުރިހާ ދުވަސްތަކެއް ހަޔާތުގެ ބައިވެރިޔަކު (އަނތްބަކު) ނުހޯދާ ހޭދަކުރި މީހެއްގެ ވާހަކައެވެ. އޭނާގެ ޙަޔާތް ނިމިގެން ދިޔައީ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އަނހެނަކު ހޯދަން އުޅެ އެފަދަ މީހަކު ނުފެނިގެންނެވެ. އޭނާގެ ޢުމުރުން ހަތްދިހަ އަހަރު ފުރުނު ފަހުން ކޮންމެވެސް މީހަކު އެއްދުވަހަކު އޭނާއާ ސުވާލުކޮށްލިއެވެ.

ވަގުތުގެ މުހިންމުކަން ދެނެ ގަތުމަށްޓަކައި….

ކިޔާފައިވާ ޢަދަދު: 4744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެއް އަހަރުގެ މުހިންމުކަން ދެނެގަތުމުގެ ގޮތުން، ފާސްނުވުމުގެ ސަބަބުން ދިރާސީ އަހަރެއް ތަކުރާރު ކުރަން ޖެހިފައިވާ ދަރިވަރެއްގެ ގާތުގައި ނިކަން އަހައިލަ ބަލާށެވެ!

އެއް މަސްދުވަހުގެ އަގުބޮޑުކަން އޮޅުންފިލުވައިލުމުގެ ގޮތުން ދުވަސް ނުފުރައި 8 މަހުގައި ދަރިޔަކު ވިހޭ މައެއްގެ ގާތުން އަޅެ ސުވާލު ކޮށްލަ ބަލާށެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(61)

ކިޔާފައިވާ ޢަދަދު: 1609
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

މުސްކުޅި އަންހެނުންނަށްވެސް ޒުވާންކަން އަތުވެއްޖެ

މާފަންނުގެ އަންހެނުން

ރުފިޔާއާއި ރޯސްކުކުޅުން

 “ވާރޭވެއްސައިފި!”

ރާއްޖޭގެ އެބިމެއްގައި، ބިމުގެ ފަހަކަށް، ދިވެހި قومى روح އަޅާ ފުރައިގެން ހެދެމުންދާ އެންމެ خاصّ ދިވެހިބިމަކީ ހުޅުލޭ އެއަރޕޯރޓްގެ ބިންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ހެދުމުން ބޮޑުވެގެންދާ ހުޅުލޭ އެއަރޕޯޓްގެ ބިމުގައި ދިވެހި ސަރުކާރުން ކުރައްވާ މިންނެތް ބުރަ މަސައްކަތާއި އޮޅުކޮށް ނުލެވޭފަދަ خردއާ އެކުވެގެން، އެބިން ތެމިފައިވަނީ އެތަކެއްހާސް ދިވެހިންގެ ހިތްވަރާ ބަރު މަސައްކަތާ ގުޅިގެން އޮހޮނު ދަލުންނެވެ. އެބިން އުފެދެމުން ދަނީ، އެތަކެއް ހާސް ދިވެހިން قومى روح ގައި ދިވެހި قوم އަށްޓަކައި قومގެ زعيمގެ ފަހަތްޕުޅުގައި ތިބެގެން އެކި ސިފައިގައި އެއްބާރުލުމުގެ ސަބަބުން ލިބޭ އިތުރު ފުރާނައަކާވެސް އެކީގައެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (29)

ކިޔާފައިވާ ޢަދަދު: 3404
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފު، ހ. ފިލިގސްދޮށުގެ
(18 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކުއްލިއަކަށް އޭނާގެ ހިތަށް އެ ވަނީ އެއީ ކޮން ފަދަ ބޮޑު ދުވަހެއް ކަމެވެ. އެއީ އަަހަރެންގެ ކައިވެނީގެ ދުވަހެވެ. ބްރައިނީ ޚިޔާލްކޮށްލިއެވެ. ނޭވާ އަކަށް ވެސް ޙަރަކާތެއް ނުގެނެސް އޮތް ވަޤުތުކޮޅެއް ބްރައިނީ ހޭދަކޮށްލީ ހިޔުގެ ހަނދާނުގައެވެ. އެރޭ ހިޔު ހުރީ ރެއިގޭޓްގަައި ތިބި އެލިޒަބަތު މުއަރ ގެ ގޭގައެވެ. ލިޒް އާއި އޭނާގެ ދްރެކް އަކީ ވަރަށް ހިތްގައިމު ދެމަފިރިންނެވެ. އެދެމަފިރިން އޭރު ތިބީ މޯލްޓާގައެވެ. ނަމަވެސް ލިޒް ގެ މަންމަ އަށާއި ވަފާތެރި މިސިޒް މެލިން އާއި އެހީވުމަށް ގޭގައި އުޅެނީ މުސްކުޅި ބެރީއެވެ. މުއަރ ގެ ގެއަށް ވަނީ ވަރަށް ގިނަ ޢަދަދެއްގެ މެހުމާނުންތަކެއް އައިސް ފުރިފައެވެ.

އެމް. ޕީ. ޑީ

ކިޔާފައިވާ ޢަދަދު: 2550
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ޢާއިޝަތު ނާޖީ

“މަންމާ އައިމާ ވާ އުފާ ބުނެދޭން އަހަރެން ބޭނުންވޭ”  މި ލަވަ ފާތިމާގެ ހިތްގައިމު ރީތި އަޑުން ފޯރިއާއެކު ކިޔަމުން ކޮޓަރިތެރޭ ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެވެ. ބޭސްފަރުވާއަކަށް މާލެ ދިޔަ އޭނާގެ މަންމަ އެނބުރި މާދަމާ ރަށަށް އަންނާތީ އެވެ.