އެއް ހާސް އަހަރު (ނުވަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2725
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(10 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކޮންތާކަށް އަހަރެން ތި ގެންދަނީ؟” މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

“ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟” ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާ ވެސް ބިޝާރާ ސުވާލުކުރިއެވެ.

ޚާއްޞަ ނަން އަރަތަކަށް ވެއްޖެ

ކިޔާފައިވާ ޢަދަދު: 5639
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عبدالعزيزجمال أبوبكر
ވަރަށް ހިތާމަހުރި ކަމެކެވެ. ކިޔަވައިދެއްވާ އެދުރުންނަށް ޚާއްޞަނަމާއި ޢާއްމުނަން ވަކިކުރެއްވުމުގައި އޮޅުން އެރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އެކަމަކު އެކި ބޭބޭފުޅުން ދޭތެރެދޭތެރެއިން އަޅުގަނޑާ ވެސް އެ ސުވާލު އެބަކުރައްވައެވެ. އޮޅުންފިލުވައިދިނީމާ ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. އަނެއް ބައެއް ބޭފުޅުން ގޮތެއް ދުލެއް ނުކުރައްވައެވެ.
ދިވެހި ކިޔަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވާ ބައެއް ބޭފުޅުން އަދި ވެސް މުރަނގަތޮޅި އާއި ފިނިފެންމަލާ ބަނބުކެޔޮ ފަދަ ނަންނަން އެއީ ޚާއްޞަ ނަންކަމުގައި ވަކާލާތުކުރައްވަނީ އެވެ. މިއީ އަރަތަކަށް ވެއްޖެ އެވެ. އެކަމަކު އިނގިރޭސިބަސް ކިޔަވައިދެއްވާ ބޭފުޅުންނަށް “ޕްރޮޕަރ ނައުން” އާއި “ކޮމަން ނައުން” އޮޅިވަޑައިގެނެއް ނޫޅުއްވައެވެ. މިކަން އަރަތަކަށް ވަނީ ވެސް އެހެންވީމައެވެ.

ދިޔަރެސް (21)

ކިޔާފައިވާ ޢަދަދު: 3665
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(9 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވަސީމް އޭނާގެ ރަޙްމަތްތެރިޔާ ޢަލިމަނިކާއެކު އައިސް އެތަނަށް ވަނީ ޑޮކްޓަރުވެސް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް އަސްޢަދަށް ބާރުލައިދީފައި ދިޔަތަނާހެނެވެ. ޢަލިމަނިކު ފެނުމާއެކު، ސުދާ ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސްއަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. ޢަލިމަނިކަށް އޭނާގެ ވަސް އިޙްސާސް ނުކުރެވޭނެހާ ދުރަށެވެ.
އެތާ ނުހުރެ ތެޅިތެޅި އޮތް ހިތަކާއެކު ސުދާ ދިޔައީ ގެޔަށެވެ. ޢަލިމަނިކަށް ނުފެންނާނެހެން މަންމަ ވެސް ގޮވައިގެނެވެ. އޭރު ވެސް ހޮސްޕިޓަލްގައި ވަރަށްގިނަ އެހީތެރިން އަސްޢަދަށް އެހީތެރިވުމަށްޓަކައި ތިއްބެވެ.

ހަނދުމަވަނީ (1)

ކިޔާފައިވާ ޢަދަދު: 2564
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ

ފެށުން

ހަނދުމަވަނީ’ މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ޙާދިސާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިސާއެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާ ނުވަތަ ޙާދިސާއަކާ ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާ ގުޅުމެއް ވާނަމަ ވެސް އެއީ އިއްތިފާޤުން ދިމާވެފައިވާ ގޮތެކެވެ.


މި ވާހަކަ ލިޔުމުގައި، އުރުދޫ ބަހުން ލިޔެފައިވާ ވާހަކައެއްގެ ޚިޔާލާއި، ބައެއް އިނގިރޭސި ފިލްމުތަކުން ނަގައިފައިވާ ޚިޔާލުތައް ހުންނާނެއެވެ.

ސާހިބާ (18)

ކިޔާފައިވާ ޢަދަދު: 3467
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(8 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ ތެދުވެ އެނދުގައި އިށީނދެލިއެވެ.އޭނާއަށް މިހާރު ޝަހުދު ދެކެ އެލޯބިވަނީ ކެތްނުކުރެވޭ ވަރަށެވެ. އެހެން ނަމަވެސް ޝަހުދަކަށް އެކަމެއް ނޭނގެއެވެ. ކިތަންމެ ދުވަހެއް ވިޔަސް، ނުބުނަނީހެއް ޝަހުދަކަށް އެކަމެއް ނޭނގޭނެއެވެ. މީނާ އެނދުން ތެދުވެއްޖެއެވެ. އޭނާ ބޭނުންވަނީ ޝަހުދު ގާތަށް ދާށެވެ. އެކަނިވެރި ވަގުތުތައް ޙިއްޞާކުރާނެ މީހަކު ޝަހުދުވެސް ބޭނުންވާނެއެވެ.

އަވަލައިގެން އައި ކަޅުކުކުޅު

ކިޔާފައިވާ ޢަދަދު: 3988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގަބޫލުކުރަންދަތި ކުރީގެ ވާހަކަ ތަކުގެ ތެރެއިން….

އަވަލައިގެން އައި ކަޅުކުކުޅު

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ޖިންނި އަވަލުމަކީ ވަރަށްކުރީއްސުރެ ވަމުން އަންނަ ކަމެއްކަމުގައި ގަބޫލުކުރެވި  ތަފާތު އެތަކެއް މީހުން އެކިވަކި ގޮތަށް އެފަދަ ވާހަކަތައް ކިޔައިދެމުން އަންނަ، އަދި މިހާރުވެސް އެފަދަ ވާހަކަތައް ދެކެވޭ ކަމެކެވެ. ސަބަބާއި ދޭތެރޭ ވެސް ތަފާތު ވާހަކަތަކެއް ދެކެއެވެ.  އެކަމުގެ ހަގީގީ ސަބަބު ތަކާއި  ސިއްރުތައް ނޭނގުމުގެ ތެރޭގައިވާ ކަމަށް ބޮޑަށް ގަބޫލުކުރަން ޖެހޭ ކަމެކެވެ. މިފަދަ އަވަލުން ނުވަތަ އަޅައިގަތުން އެކި ފަހަރު އެކި މީހުންނަށް ދިމާވެފައި ހުރިކަމަށް ކިޔައިދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. ކުރާ/ ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ އެއްޗަކަށް ކޮންމެވެސް ގޯނާއެއްވެ އުނދަގުލެއްވެގެން އަޅައިގަންނަނީކަމުގައި ބުނެވޭލެއް ތަންކޮޅެއް ގިނަކަމުގައި ފެނެއެވެ. އަނެއް ބަޔަކު ބުނެދޭގޮތުގައި އެއީ ކޮންމެހެން އެކަހަލަކަމެއް ވެގެންވާ ކަމެއްނޫނެވެ. އެއެއްޗެހީގެ ތެރޭގައި ވެސް ހިފިނުހުރެގެން އުޅޭ، ހަމައެއްލަމައެއް ނުގެންގުޅޭ އެއްޗެހި އުޅޭތީ އެ ފަދަ ތަކެތި ހަމަ، އެއްވެސް ކަމަކާނުލައި ވެސް އަޅައިގަނެގެން އުނދަގޫކުރާން ފަށައެވެ.

“އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟” (2)

ކިޔާފައިވާ ޢަދަދު: 2566
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތަޢާރުފު

އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟  ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟” (2)

ޢަބްދުﷲ ފާރޫޤު ޙަސަން
(13 ޖޫން 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ޤުރްއާންމަޖީދު ތަރުޖަމާކުރާ އިރު އެއްވެސް އާޔަތެއްގެ މަފްހޫމަށް ކުޑަވެސް ބަދަލެއް އަޔަދީގެން ނުވާނެއެވެ. އެހެނީ އާޔަތެއްގެ މަފްހޫމު ބަދަލުވުމަކީ އެއްވެސް އަގެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މުސްލިމުން ދުނިޔޭގެ ތަފާތު ބަސްބަހަށް ޤުރްއާން ތަރުޖަމާކޮށްފައިވާރު ކޮންމެއާޔަތެއްގެ ތަރުޖަމާއިންވެސް ލިބޭނީ އެއް މަފްހޫމެކެވެ. ޣައިރު މުސްލިމު އަޚުންނަށް ޤުރްއާންމަޖީދުގެ ތަރުޖަމާގެ އުނދަގޫ ލަފުޒުތަކުގެ މާނަ ވިސްނައިނުގަނެވިއްޖެނަމަ މައުލާނާ މުޙައްމަދު ފާރޫޤުޚާން ތަރުޖަމާކުރައްވައިފައިވާ “ޕޫތަރެޤުރްއާން” (ހިންދީ ބަހުގެ ތަރުޖަމާއެއް)ގެ އެހީ ހޯދިދާނެއެވެ.” (ޞަފްޙާ: 27)

[މާހެފުން] ތައްޔާރުކުރުމާއި [މާހެފުން އޮޑި] އެޅުމާއި [މާހެފުން ދުވަސް] ފާހަގަކުރުން

ކިޔާފައިވާ ޢަދަދު: 2281
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު (latalks@gmail.com)
“ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަ ގެއަކީ ފަސްބުރިއަށް ނަގައިފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދައިފައި ހުއްޓެވެ. އެ ދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

އަލަށް އުފެދޭ ލަފުޒުތައް (6)

ކިޔާފައިވާ ޢަދަދު: 2249
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
(16 މެއި 2014 (ހުކުރު) ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.

“އިސްލާމް:ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ކިޔާފައިވާ ޢަދަދު: 2579
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތަޢާރުފު

އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟  ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ޢަބްދުﷲ ފާރޫޤު ޙަސަން

މަތީގައިއެވާ މައިގަނޑު ނަމަކީ ފޮތެއްގެ ނަމުގެ ތަރުޖަމާއެވެ. އެ ފޮތުގެ މުޞައްނިފަކީ އިސްލާމްދީނުގެ ދަންނަބޭކަލެއް ނޫނެވެ. މުސްލިމު މުފައްކިރެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހިންދީ ސްކޮލަރެކެވެ. ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިޔާއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ގައެވެ.  އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައެވެ. އޭނާއަކީ ބުރަހްމަން ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ސީތާރާމް  ތަރްޕާ އާއި، މަންމަ ކޯޝީލާދޭވީއާ ދެކަނބަލުންނަކީ ދެ ޓީޗަރުންނެވެ. ސުވާމީޖީ ތަޢުލީމު ޙާޞިލްކުރެއްވީ ކާންޕޫރުންނާއި، އިލާހުއާބާދުންނެވެ.