[މާހެފުން] ތައްޔާރުކުރުމާއި [މާހެފުން އޮޑި] އެޅުމާއި [މާހެފުން ދުވަސް] ފާހަގަކުރުން

ކިޔާފައިވާ ޢަދަދު: 2295
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު (latalks@gmail.com)
“ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަ ގެއަކީ ފަސްބުރިއަށް ނަގައިފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދައިފައި ހުއްޓެވެ. އެ ދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

އަލަށް އުފެދޭ ލަފުޒުތައް (6)

ކިޔާފައިވާ ޢަދަދު: 2275
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
(16 މެއި 2014 (ހުކުރު) ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.

“އިސްލާމް:ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ކިޔާފައިވާ ޢަދަދު: 2599
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތަޢާރުފު

އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟  ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ޢަބްދުﷲ ފާރޫޤު ޙަސަން

މަތީގައިއެވާ މައިގަނޑު ނަމަކީ ފޮތެއްގެ ނަމުގެ ތަރުޖަމާއެވެ. އެ ފޮތުގެ މުޞައްނިފަކީ އިސްލާމްދީނުގެ ދަންނަބޭކަލެއް ނޫނެވެ. މުސްލިމު މުފައްކިރެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހިންދީ ސްކޮލަރެކެވެ. ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިޔާއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ގައެވެ.  އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައެވެ. އޭނާއަކީ ބުރަހްމަން ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ސީތާރާމް  ތަރްޕާ އާއި، މަންމަ ކޯޝީލާދޭވީއާ ދެކަނބަލުންނަކީ ދެ ޓީޗަރުންނެވެ. ސުވާމީޖީ ތަޢުލީމު ޙާޞިލްކުރެއްވީ ކާންޕޫރުންނާއި، އިލާހުއާބާދުންނެވެ.

ވެފައިވާ ޔަޤީންކަން ޝައްކަކުން ބާޠިލެއް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 4937
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
“ވެފައިވާ ޔަޤީންކަން ޝައްކަކުން ބަޠިލެއް ނުވާނެއެވެ.” (اليَقِينُ لا يَزُولُ بالشَّكِّ) މި ޤާވާއިދަކީ އިސްލާމީ ފިޤުހުގައި ބޭނުން ހިފަމުން އަންނަ މުހިންމު ޤަވާއިދެކެވެ. ޤަވާއިދުލްފިޤުހިއްޔާގައި މުހިއްމު މަޤުޞަދަކަށްޓަކައި ޢިލްމުވެރިން އެކަށައަޅައިފައިވާ ޤަވާއިދެއް ވެސް މެއެވެ. އަދި ހަމައެއާއެކު އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް ކަނޑައެޅުމުގައި ބޭނުން ހިފަމުންގެންދާ ޤާއިދާއެއް ވެސް މެއެވެ. އިސްލާމީ ޝަރީޢަތުގައި ޔަޤީންވެފައިވާ ކަމެއް ބާޠިލުކުރެވޭނީ ޤަޠުޢީ ދަލީލަކުންނެވެ. ކަނޑައެޅިގެން ރަގަނޅުކަމެއްކަން އެނގިދާ ފަދަ ސާބިތު ދަލީލަކުންނެވެ. ކުރެވޭ ޝައްކަކުން ޔަޤީންކަމެއް ބަދަލެއް ނުވާނެއެވެ.

ޝުކުރުގެ ތަރާނާ

ކިޔާފައިވާ ޢަދަދު: 5436
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

 ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ އަތޮޅު މުބާރާތަށް އުނގޫފާރަށް ދިޔަ އެންމެންގެ ހިތުގެ ޝުޢޫރު – 2004

ލަވަ ހެއްދެވީ:
   ޙަސަން ޝާކިރު މުޙައްމަދާއި،
   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި
   އަޙުމަދު ސަލީމް (ސައްލޭ)


މިއީ، 2004 ވަނަ އަހަރު ރ. އުނގޫފާރުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބޭއްވި “ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ އަތޮޅު މުބާރާތު”ގެ ބައިވެރީންނާއި ބަންޑާރަވެރީންގެ ހިތުގެ ޝުޢޫރު ހާމަކޮށްލުމަށްޓަކައި މުބާރާތުގެ ވަދާޢީ ޙަފުލާގައި ފަނޑިޔާރުން ހުށަހެޅުއްވި ލަވައެކެވެ. މި ލަވަ ބައިގަޑިއެއްހާއިރުގެ ތެރޭގައި ހައްދަވައިދެއްވީ ފަނޑިޔާރުންގެ ގޮތުގައި ވަޑައިގަތް ބޭފުޅުންގެ ތެރެއިން 3 ބޭފުޅެކެވެ. މި ލަވަ އަޅުގަނޑުމެން މި ޝާއިޢުކޮށްލީ ހަނދާނާއި ތާރީޚަށްޓަކައެވެ. މި ޅެން “ފަތްތޫރަ” މަޖައްލާގައިވެސް ޝާއިޢުކޮށްލެއްވުން ވަރަށް މުހިއްމެވެ. މި ލަވަ މީގެ ކުރީން ޝާއިޢުކުރެވިފައެއް ނުވާނެ އެވެ.

ކުދިވާހަކަ (52)

ކިޔާފައިވާ ޢަދަދު: 4173
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (52)

ދަރަނިތައް ހަނދާން ނައްތައިލުން

ޢައްބާސް އިބްރާހީމް

ސިކަންދަރުލޯދީގެ ވެރިކަމުގެ ދުވަސްވަރުގައި ވަރަށް މަޝްހޫރު އަޅުވެރިޔަކު އުޅުނެވެ. އޭނާގެ ނަމަކީ ޒައިނުއްދީނެވެ. އޭނާގެ ޒުވާން ދުވަސްވަރުގައި ޒައިނުއްދީނަކީ ވަރަށް މުއްސަނދި އަދި ތިޔާގި ދިރިއުޅުމެއް އުޅުނު މީހެކެވެ. އަދި ނުހަނު ދީލަތި މީހެއްވެސްމެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް މިހާތަނަށް އައިއިރު އޭނާވަނީ އަތްމަތި ހުސްވެ ވަރަށްބޮޑަށް ފަގީރުވެފައެވެ. ނަމަވެސް އޭނާގެ ދީލަތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ތާރީޚު އޮޅުވައިލާކަށް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 305
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުވެސް ސަރުކާރުންވަނީ ޚާއްޞަ ހަރަކާތްތަކެއް ހިންގަވައިފައެވެ. އެގޮތުން މެއި މަހުގެ 31 ވީ ހޮނިހިރު ދުވަހު ހަވީރު އޮލިމްޕަސް ތިއޭޓަރުގައި ޚާއްޞަަ ރަސްމިއްޔާތެއް ވަނީ ބާއްވަވައިފައެވެ.
އެދުވަހުގެ ރަސްމިއްޔާތުގައި އެކި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި އަބްޠާލުންގެ ތާރީޚާއި، އެބޭފުޅުން އުޅުއްވި ތަންތަނުގެ ފޮޓޯ ހިމަނުއްވައިގެން ރާއްޖޭގެ ތާރީޚް ދިރާސާކުރައްވާ ބޭފުޅަކު ވަނީ ހުށަހެޅުމެއް ހުށަހަޅުއްވައި ދެއްވައިފައެވެ. މިހުށަހެޅުން ކުރިޔަށް ދިޔައީ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ ގޮތުގައެވެ.

ކާޅު އަހުމަދު

ކިޔާފައިވާ ޢަދަދު: 2116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
ކާޅު އަޙުމަދު ނުވަތަ ކާޅު އަހަންމަދު އަޅުގަނޑު ދުށް ހަނދާންވަނީ 1960 ގެ އަހަރު ތަކުގެ ވަރަށް ކުރީކޮޅުގައެވެ. އެއީ އިސްކޮޅުން ދިގު، ގައިގެ ހަން ވަރަށް ކަޅު ބޭކަލެކެވެ. ހަށިގަނޑު ވަރަށް ތެދު ބޭކަލެއް ވެސް މެއެވެ. ފަހަރުގައި އަހުމަދު ގައިގެ ހަން ކަޅުކަމުން އަހުމަދުގެ ކިބައިގައި ﷲ ލައްވަވާފައިވާ މިސިފައާއި ގުޅުވައިގެން ވަނަމެއްގެ ގޮތުގައި އަހުމަދު ގެ ނަމުގެ ކުރިއަށް “ކާޅު” އިތުރުކޮށް ކާޅު އަހަންމަދު ކިޔަނީ ކަމުގައި ވެދާނެއެވެ. އަދި ފަހަރުގައި އެއީ އަހުމަދު ޢާއިލީ ނަމަކަށް ވުމަކީ ވެސް ހަމަ އެންމެ އެކަށީގެންވާ ގޮތެކެވެ. މާލޭގައި ވެސް އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދަރިކޮޅުތައް ވަކިކުރުމުގައި ދަރިކޮޅާއި ގުޅުވައި މިފަދަ ތަފާތު ނަންނަން ކިޔައިފައި ހުރެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(59)

ކިޔާފައިވާ ޢަދަދު: 1414
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އެފް محمد علىގެ شادى ޕާރޓީ

“ލަކްޝަމީ” ގައި

(ޕާރޓީތަކުގެ ރިޕޯޓަރ)

ތެދުވެރި ލޯތްބެއްގެ ގޮށަކުން ގުޅިފައިވާ ދެ ފަސްބައެއްގެ ތެރެއިން ފުރޭނިގެން އަންނަ އަސަރުގަދަ ރާގުތައް ލަކްޝަމީގެ އަޑުގަދަކުރާއިން އިވެމުން ދެއެވެ. 7.45 ވަނީއެވެ. ص.س الفاضل إبراهيم رشيد އާއި ص. س الأستاذ إبراهيم شهاب ص. س. الشيخ إبراهيم رشدى އާއި الفاضل آدم نصير މަނިކު ފަދަ عزت ތެރި ބޭފުޅުން ވެދެވަޑައިގެން އިށީނދެ ވަޑައިގެންފިއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (27)

ކިޔާފައިވާ ޢަދަދު: 3065
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(4 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބްރައިނީ އަސަރުން ފުރިފައިވާ ގޮތެއްގައި އަހައިލިއެވެ. “ބޮޑުދައިތާއެވެ! އޭނާއަކަށް ނުރައްކަލެއް ނުވާނެ ހެއްޔެވެ؟ މަރެއް ނުވާނެ ދޯއެވެ؟”
ބޮޑުދައިތަގެ އޯގާވެރި ނަސޭހަތާއި އުއްމީދުގެ ވާހަކަތައް އިިވެމުން ދިޔަ ހިނދު ބޮލުގެ އިޝާރަތުން ބްރައިނީ ގެންދިޔައީ ޖަވާބުދެމުންނެވެ.
“އަހަރެމެން އީމާންވާންވީ މާތް ރަސްކަލާންގެ ކުރައްވާނޭ ހެޔޮ މިންވަރަކަށެވެ. އިރާދަކުރެއްވިއްޔާ އޭނާގެ ދެފައިން ހިނގައިލައިފައި އަންނާނޭ ދުވަސް ދައްކަވާނެއެވެ.” ބޮޑުދައިތަގެ ވާހަކަ ނިންމައިލަމުން ބުންޏެވެ.