ދިޔަރެސް (19)

ކިޔާފައިވާ ޢަދަދު: 4103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(26 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެދަތުރަށްޓަކައި އޭނާވެސް ވީވަރަކުން މުޢާޒަށް އެހީތެރިވެދީފައިވެއެވެ.

“މާލެއިން އޮޕަރޭޝަން ކުރެވޭތޯ މަސައްކަތް ކުރަންވީނު.” ޢުބޭދު ލަފާދިނެވެ.

“މާލެއިންވެސް ކުރެވޭނީ އެއްވެސް ވަރަކަށް އަތުގައި ފައިސާ ހުރެގެނެއްނު. ވަރަށް ދެރަވެއްޖެ. އަސްޢަދުވެސް ވަރަށް އުންމީދުކޮށްގެން ހުރީ އޮޕަރޭޝަނަށް ދެވޭނެ ކަމަށް.” މުޢާޒު ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ.

މިއީ ދިވެހި ތާރީޚް ހެކިވާނެ ހަޤީޤަތެކެވެ.

ކިޔާފައިވާ ޢަދަދު: 3270
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް، ސިލްވަރބީޗ،ް ނ.މަނަދޫ
 ލޮބުވެތި ދިވެހި ޤައުމިއްޔަތާ ދީނާ ހިމަޔަތް ކުރުމުގައި
           ލޮބުވެތި ދިވެހި އެތަކެއް ދަރިން ކުރިއޭ ޖިހާދު މި ޤައުމުގައި
ތެދުވެރިކަމާއެކު ހެޔޮހިތުން އަމަލާބަހުން ހިތްވަރުތަކެއް
           ތެދުވެރިކަމާ އެކު ކޮށްދިނޭ  އެތަކެއް ދަރިންނެއް   ޤައުމުގައި

ސާހިބާ (16)

ކިޔާފައިވާ ޢަދަދު: 3744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(25 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
ޝަހުދު އެނދުގައި އިށީނުމަށްފަހު ފުން ނޭވާއެއްލިއެވެ. ކަންތައްތައް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެ ބަދަލުވަމުން މިދަނީ ހާދަ ހަލުވި މިނެއްގައެވެ. މީނާއަކީ އޭނާއަށް ކުޑަދުވަސްކޮޅެއްގެ ކުރިން ފެނުނު އަންހެން ކުއްޖެކެވެ. ފުރަތަމަ ދުވަހުއްސުރެ މީނާ ޝަހުދަށް ނަފްރަތު ކުރެއެވެ. އިންތިހާއަށެވެ. މީނާއާ ޝަހުދާ ދެމެދުގައި ގާތްކަމެއް އުފެދިފައި ވަނީވެސް ވަރަށް ކުއްލި ގޮތަކަށެވެ. އަދި އެގާތްކަން ތަރައްޤީވަމުން ގޮސް އެއަންނަނީ ހަމަ އެހާ ހަލުވިމިނެއްގައެވެ. ޝަހުދަކީ ފިޔާޒާ ނޫން އެހެން އަންހެނަކާ ދިމާއަށް އިސްއުފުލާ ބަލާވެސްލާފައިވާ މީހެއް ނޫނެވެ. އޭނާއަކީ ފިޔާޒާ ނޫން އެހެން މީހެއްގެ ގައިގައި ބީހިލާފައި ވެސްވާ މީހެއް ނޫނެވެ. ބަލިވެ އުޅެންޖެހުނު ވަގުތުގައި ފިޔާޒާ ނެތުމުން އޭނާއަށްވަނީ އެކަމުގެ ދަތި އިޙްސާސް ކުރަން ޖެހިފައެވެ.
 

މަލަށް މާބުރުގެ ގޯނާ ފޯރަނީ ދަޢުވަތުދެވޭތީއެވެ.

ކިޔާފައިވާ ޢަދަދު: 5338
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ޅެމެއްގެ ޝަރަޙަ

މަލަށް މާބުރުގެ ގޯނާ ފޯރަނީ ދަޢުވަތުދެވޭތީއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
•ލޯބިވާ ރީތި މަލާއެވެ! މާބުރުގެ ފުށުން މަލަށް އެއްވެސް ގޯނާއެއް ފޯރައިހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ނޭނގި ނަމަވެސް މާބުރަށް ދަޢުވަތުދެވެނީއެވެ. މާބުރު ގަސްތުގައި ގޯނާކުރަނީކީނޫނެވެ.
•މަލާއެކެވެ.! ތިޔައީ ޤަދަރުވެރިއެކެވެ. ޢިއްޒަތްތެރިއެކެވެ. އެކަމަކު އެކަން ތިބާ ނުދަންނަމުއެވެ. އަލަށް ފޮޅިލާ ހިނދުން ވެސް ތިޔަ ރީތި ފިޔަތައް ހާމަކޮށްލެވެނީއެވެ. އެއީ މާބުރަށް ހަނާއެޅެނީއެވެ. ޤަސްތުގައެއް ނޫނެވެ. އެކަމަކު އެއީ ނޭނގި ނަމަވެސް މާބުރަށް ދެވޭ ދަޢުވަތެކެވެ.

އެއް ހާސް އަހަރު (ފަސްވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2581
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(27 މެއި 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެފަހުން ބިޝާރާ ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް އޭނާގެ ކަނދުރާ ދޮށުން ލޭ ފާއްދަމުން ދެއެވެ. އަތުގެ އިނލިތަކުން ލޭ ތިކި ޖަހަމުން ދިޔައެވެ. ތެދުވެގެން ގޮސް ފާޑަކަށް ރުކުގައި ލައްގަނެލިއެވެ.

“އެ މާ އެއީ ތީނައަށް. އަނެއްކާ އެ ވެސް މައްސަލައެއް ދޯ – ތީނަ – ….” ބިޝާރާ އަނެއްކާވެސް ނޭވާ ކުރުވެ ކޮށި އަރައިފިއެވެ.

ދިވެހިން ދިވެހިވެލަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 3329
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ގައުމުގެ މިހާލަތު ހެޔޮހިތުން އެއްމެން ވަޒަން ކުރަމާ ހިނގާ!
          ގައުމަށް ހެވާ އަދި އަރުތަ އެދި ކަންތައްތަކެއް ކުރަމާ ހިނގާ!

ގެތިފައިމިވާ ހުރިހާ ރަށެއް ހިމެނޭ މި ގައުމުގެ  ޗާޓު  ގާ
         ނެތިގެން  ހަލާކުވެ ދިޔަނުދީ އާ ހިތްވަރެއް  ނެރެމާ ހިނގާ!

އޭ! ޝަހީދުންނޭވެ!

ކިޔާފައިވާ ޢަދަދު: 4380
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު

ޝަހީދުންގެ ޒިކުރާ   ފިލައިގެން  ނުދާނޭ
             ޔަޤީނޭ ދިރުން ލިބި އަބަދު ދެމި  ހިނގާނޭ

މި މާތް  ދީނަށާ  ޤައުމަށާ  ލޮބުވަތައިގެން
             ޙިމާޔަތް ކުރެއްވެވި މި  ބިން  ހެކިވެ ދޭނޭ

ޝަހީދުވުމާއި ޖިހާދުކުރުމާއި އެކަމުގެ ދަރަޖަ

ކިޔާފައިވާ ޢަދަދު: 5434
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ޝަހީދުންނަކީ ދުނިޔެއާއި އާޚިރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ދެއްވައިފައިވާ ބަޔެކެވެ. ޝަހީދުންނަކީ ﷲގެ މަގުގައި ހަނގުރާމަކޮށް ފުރާނައިން ޤުރުބާންވާ މީހުންނެވެ. އެއީ ﷲގެ ދީން ޙިމާޔަތްކުރުމަށްޓަކައި ނުވަތަ، ﷲގެ މަގުގައި ތިމާގެ ޤައުމާއި ވަޠަން ޙިމާޔަތްކުރުމަށްޓަކައި ކާފަރުންނާ ހަނގުރާމަކޮށް މަރުވާ މީހުންނެވެ.

އެންމެ ރީތި ވާހަކަ (3)

ކިޔާފައިވާ ޢަދަދު: 2490
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު އަޖްމަލް ޙާމިދު
(27 މެއި 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފަޟީޙަތުގެ ކުރިމަތީ ޝައިޠާނާ ރާނައިދޭ ފާރު ކިތައްމެހާ ވެސް ބަލިކައްޓެވެ. އެކަމަނާ އެ ތުހުމަތު ކުރައްވަނީ ޔޫސުފްގެފާނު އެކަމަނާގެ “އިއްފަތްތެރިކަމަށް” އުނިކަމެއް ދެއްވަން އުޅުއްވީ ކަމަށެވެ. ވިދާޅުވާ ކަހަލައެވެ. މިކަމުގައި ތިމަންކަމަނާއަކީ ޔޫސުފްގެ ޝަހްވާނީ އެދުންވެރިކަމުން އަނިޔާ ލިބިފައިވާ މަޢުޞޫމެކެވެ. ޔޫސުފްގެފާނު އެ ކަމަނާގެ މި ބޮޑު ތުހުމަތާމެދު އަންތަރީސްވެވަޑައިންގެންވާ ޙާލުކޮޅު ސާބިތުކަމާއެކު އެކަމަށް އިންކާރު ކުރެއްވިއެވެ.
“ނުބައިކަންތަކަށް އަޅުގަނޑުގެ ކިބައިން އެދިލެއްވީ އެ ކަމަނާއެވެ.”

ކުދިވާހަކަ (50)

ކިޔާފައިވާ ޢަދަދު: 4335
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (50)

ކޮޓަރީގެ ސިއްރު

ޢައްބާސް އިބްރާހީމް

އިންޑިޔާގެ ރަސްކަލެއްކަމުގައިވާ ސުލްޠާން މަޙްމޫދު ޣަޒްނަވީގެ ދަރުބާރުގައި ތިއްބަވާ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޔާޒަކީ ރަސްގެފާނު ވަރަށްބޮޑަށް ލޯބިފުޅުވާ ބޭފުޅެކެވެ. އެހެންކަމުން ދަރުބާރުގައި ތިއްބަވާ ބައެއް އެހެން ބޭފުޅުންގެ ހިތްޕުޅުގައި އިޔާޒާމެދު ވަރަށްބޮޑަށް ޙަސަދަވެރިކަން އުފެދޭގޮތް ވަނީ ވެފައެވެ. އަދި ސުލްޠާން މަޙްމޫދު ޣަޒްނަވީގެ ކުރިފުޅުމަތީގައި އިޔާޒުގެ ދަރަޖަ ވައްޓައިލެވޭނެ ކޮންމެވެސް ކަމެއްފެނޭތޯ، އެބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެބޭފުޅުންގެ މަސައްކަތްތައް އޮންނަނީ ނާކާމިޔާބުވެފައެވެ.