ހަމައެކަނި ވިދާޅުވެލެއްވުމަށް:: އޮޕަރޭޝަން ކުރުމަށް އެހީވާ ފަންޑްއަށް ރޭވިގެންއައި އެހީއެއް އެންމެ މެޗްއަކުން 2024/36ރ. ފަރަންސޭސި ލޭގެ ہمدردی އާއެކު

ކިޔާފައިވާ ޢަދަދު: 425
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގަވަރންމަންޓް ހޮސްޕިޓަލްގެ އޮޕަރޭޝަން ކުރުމަށް އެހީވާ ފަންޑްއަށް ފައިސާ ހޯއްދެވުމަށް އެން.އެސް.އޭ.ގެ ފަރާތުން ރޭއްވެވި ފުޓްބޯޅަ މެޗް އިއްޔެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އޮތެވެ. ފުރަތަމަ قصد ކުރެއްވީ މިމެޗްގައި، އެން.އެސް.އޭ.ގެ ދެޓީމް ބައްދަލުވުމަށެވެ. ނަމަވެސް ފަރަންސޭސި ޝިޕް “ލަސޫން” މާލެ އައުމާއެކު އޭގެ މީހުންގެ ހިތުގައި އުފެދުނު شعورރެއްގެ ނަތީޖާއަކީ، އެފަންޑްއަށް އެހީވުމުގެ ہمدردی އާއެކުވެފައިވާ إخلاصތެރި شعورއޮޕަރޭޝަންއާ ހަމައަށް ގޮސްފައިތިބޭ ބަލިމީހުންނާ އެކުވުމެވެ. އެހެންކަމުން އެމީހުން މެޗްގެ އެއްކޮޅުން ކުޅުމަށް قصد ކުރީއެވެ.…

عبد مبارك

ކިޔާފައިވާ ޢަދަދު: 511
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عبد مبارك = މުޙައްމަދު ޖަމީލު = މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ. ________________________                              ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން                                އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ.…

ކުޑައަންބެ – މުލަކުގެ ފަނޑުވުމެއްނެތް ޢިލްމީ ފަނާރެއް

ކިޔާފައިވާ ޢަދަދު: 362
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަސަން ޒަހީނު އެއީ މ. މުލަކުގެ ތާރީޚުގައި ތަޢުލީމަށް ޚިދުމަތް ކުރެއްވި އޯގާތެރި މުދައްރިސެކެވެ. އެތަށް ދަރިންނެއް ޢިލްމީގޮތުން ހޭލައްވައިލި ޢިލްމީ އެދުރެކެވެ. އަޚުލާޤާ ސުލޫކު ދަސްކޮށްދެއްވުމުގައި އޭނާގެ މުޅި އުމުރު ހޭދަކޮށްލެއްވި މޭސްތިރިއެކެވެ. އެތަށް ދަރިންނަކަށް ތަޢުލީމު އުނގަންނައިދެއްވި ތަރުބިއްޔަތުގެ ބައްޕައެކެވެ. އޭނާގެ ހޭހަންކުރުންތަކުން އުފަންކުރެއްވި ޢިލްމީ މުޑުވައްތަކުން މިއަދުވެސް ދަނީ ޢިލްމީ ދަނޑުގައި ގަސްތައް ރުވަމުންނެވެ. އޭގެ އަސަރުތައް މިއަދުވެސް ފެންނާން އެހެރީއެވެ. މ. މުލަކު ދެތަނޑިމާގޭ އަލްމަރުޙޫމް އިބްރާހީމް ސުލޭމާނަކީ މުލަކުގެ ތަޢުލީމަށް…

މައްކާ ފަތަޙަ ކުރެއްވުން، އިއްޔެއާއި މިއަދުގެ ހަނދާންތައް

ކިޔާފައިވާ ޢަދަދު: 598
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 20 ވަނަ ދުވަހެވެ. މިއަދުގެ ޒިކުރާއަކީ ކޮންމެ މުސްލިމަކު ދިރުވުން ޙައްޤު ވެގެންވާ ޒިކުރާ އެކެވެ. މައްކާ ފަތަޙަ ކުރެއްވެވި ދުވަހެވެ. ޙައްޤާއާއި ބާޠިލު ފާޅުވެ އެނގުނު ދުވަހެވެ. މިކަމެއް ހިނގީ ހިޖުރައިން 8 ވަނަ އަހަރު (މީލާދީން 630 ވަނަ އަހަރު) އެވެ. އެ ފަތަޙައަކަށް ފަހު އިސްލާމް ދީނަށް، މީސްތަކުން ފައުޖުފައުޖުއަށާއި ބިސީބިސީއަށް، ޖަމާޢަތް ޖަމާޢަތަށް ވަންނާން ފެށިއެވެ. މާތް ﷲއަށް އީމާންވުން ފިޔަވައި އެހެން “ކުށެއް”ނުކުރާ ބަޔަކު…

ރޯދަ

ކިޔާފައިވާ ޢަދަދު: 331
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

( ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވީ ހޯމަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) އިސްލާމީ މުޖުތަމަޢުގެ ފަރުދުންނާ ޖަމާޢަތްތަކުގެ ބާއްޖަވެރިކަމަށްޓަކައި ރަމަޟާން މަހުގެ ރޯދަ ހިފުން ފަރުޟު ކުރެއްވިއެވެ. ރޯދަ ފަރުޟު ކުރެއްވީ ހިޖުރައިން 2 ވަނަ އަހަރު (624 މ. ވަނަ އަހަރު) އެވެ. މާތް ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ބޯލަނބައި ހުރިހާ ޝަހުވަތްތަކުން ދުރުވެގަތުމުގެ ސަބަބުން ރޯދައަކީ އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ކަމެކެވެ. ރޯދައަކީ، ހަށިގަނޑަށް ފައިދާހުރި…

ރޯދަ- ރަނުގެ ފުރުޞަތެއް

ކިޔާފައިވާ ޢަދަދު: 293
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ…

ތަރާވީޙް ނަމާދު

ކިޔާފައިވާ ޢަދަދު: 444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

( ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 9 ވީ ބުރާސްފަތި ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ތަރާވީޙް ނަމާދަކީ ރަމަޟާން މަހުގެ ކޮންމެ ރެޔަކު ޢިޝާ ނަމާދު ކުރުމަށްފަހު، އަދާކުރުން ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ. ޢިޝާ ނަމާދުގެ ކުރިން ތަރާވީޙް ނަމާދު ކޮށްފިނަމަ، އެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެކަނި ހުރެ ކުރުމަށްވުރެ ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރުން މާތެވެ. މި ނަމާދު މިސްކިތު ގައްޔާއި ގޭގައިހުރެ އަދާކުރެވިދާނެތެވެ. ތަރާވީޙް ނަމާދުގެ ވަގުތު ޢިޝާ…

ހަމައެކަނި ވިދާޅުވެލެއްވުމަށް…! ” ޗިޅިޔާ” އެއީ ” މަންނަ” އެއް

ކިޔާފައިވާ ޢަދަދު: 479
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ނޮވެންބަރު، 6،  1978 (ހޯމަ) ދުވަހުގެ ” މޫންލައިޓް” ނޫހުން ނަކަލުކޮށްފައި އިހަކަށް ރެއަކު އޮލިމްޕަސްގައި ނިމިގެން ދިޔަ ” ކޮޕީ” މެންގެ ތަމްސީލު ” ދޮންނިޔަނދުރު” ދެކެފައި މޫންލައިޓްގެ ރިޕޯޓަރގެ ހިތުގައި ތަމްސީލު ޓީމްގެ މައްޗަށް ވަރަށް ބޮޑު ތަޢުރީފާއި ސާބަހުގެ ޝުޢޫރުތައް އުފެދުނެވެ. މިހާރަކަށް އައިސް ކުޅޭ ގިނަ ތަމްސީލުތަކުގައި ނުހުންނަ ފުރިހަމަ ކަމެއް އެ ތަމްސީލުގައި ވަރަށް ބޮޑަށް ހުއްޓެވެ. އެއީތަމްސީލުގެ ޚުލާޞާ ވާހަކައިގައި ގެނެވިފައިވާ ފޫބެއްދުންތަކުގެ މޮޅުކަމެވެ. އަދި ކުޑަކުޑަ އެއްކަމަކުން…

ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ، އޮނަރަބްލް މުޙައްމަދު ޒާހިރު ނަޞީރު (ނ.ޢ.ޢ.ވ) އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 595
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

” ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ‘ ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި މުޅިން އަމިއްލަފުޅު ގޮތެއް ގެންގުޅުއްވި ބޭފުޅެއްކަމުގައި މ.ފެންފިޔާޒުގޭ އޮނަރަބްލް އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް ޒާހިރު ނަޞީރު ފުރަތަމަ ލިޔުއްވަން ފެއްޓެވީ، ސްރީލަންކާގައި ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރު ސެންޕީޓަރސް ކޮލެޖްގެ ޕީޓަރ ރައިޓް މެގަޒިން އަށެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން ސަރުކާރުގެ ޚަބަރަށް ލިޔުއްވަން ފެއްޓެވިއެވެ. އޭނާ ލިޔުންތައް…

ހަމައެކަނި ވިދާޅުވެލެއްވުމަށް...!: ” މިސްގަލޮޅު” އަކީ ގ.ގޮއިދޫގޭ އާމިނަތު ޤިލްމާ

ކިޔާފައިވާ ޢަދަދު: 590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފައިސާއިން އެކަނި 1261/50 ރ ( ދުވަހު ނޫސް ”މޫންލައިޓް” ގެ، 6 ނޮވެންބަރު 1978 (ހޯމަ) ދުވަހުގެ އަދަދުން ނަކަލުކޮށްފައި) އޮލިމްޕިއަންސްގެ ފަރާތުން އިންތިޒާމު ކުރެއްވި ”މިސްގަލޮޅު” ހޮވުމުގެ މުބާރާތް ރޭ ހަކުރާ ފެއަރގައި އޮތެވެ. މުބާރާތުގެ ނަތީޖާއަކީ، (1) އާމިނަތު ޤިލްމާ ގ.ގޮއިދޫގެ (2) ފާޠުމަތު ވަޙީދާ ގ.ވޯކް ހައުސް (3) ޢާބިދާ ޒަކަރިއްޔާ (ގ.ގަލޮޅުއާގެ) މިއެވެ. 1 ވަނައަށް އައި އާމިނަތު ޤިލްމާއަށް ލިބުނު އެކިބާވަތުގެ އިނާމުތަކުގެ ތެރޭގައި ހަމައެކަނި ނަގުދު ފައިސާއިން…