ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (25)

ކިޔާފައިވާ ޢަދަދު: 3023
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(21 މެއި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންބިއުލެންސްގައި އަނެއްކާވެސް މިލޯމަށް ހިޔު ގެންގޮސް އިތުރު އެކްސްރޭ އެއް ނަގައިފިއެވެ. މިފަހަރު ނެގި ޕްލޭޓް ތައް އަދި އެހެން މަޝްހޫރު ޑޮކްޓަރު ވެސް ބަލައިލައިފިއެވެ. އޭނާ އަކީ ލަންޑަންގެ އެއް ހޮސްޕިޓަލެއްގެ ޑޮކްޓަރެވެ. އޭނާ ޗުއްޓީއެއްގައި ލޭކް ޑިސްޓްރިކްޓަށް އައިސް މެއިޓްލެންޑް ގެ ކައިރީގައި ހުރީއެވެ. އެއީ ސަރ ޕިލިޕް މޯޓަން އެވެ. މައިކައްޓަށް ލިބޭ ގެއްލުމާއި އިންޕެންޓައިން ޕެރެލިސިސް ބަލީގެ ތަޖްރިބާކާރު ޚާޢްޞަ ޑޮކްޓަރެކެވެ. ހަނގުރާމައިގެ ފަހުން އެނާ ވަރަށް ކާމިޔާބު ދެ އޮޕަރޭސަން ވަނީ ކޮށްފައެވެ. ހަނގުރާމައިގެ ފަހުން އޭނާކުރި އޮޕަރޭޝަނަކުން އެމެރިކާގެ މިލިއަނަރެއްގެ އަންހެން ދަރިފުޅު ޕެރެލައިސް ވެފައި ވަނިކޮށް ރަނގަޅު ކުރިއެވެ.

ބައްޕަކުރެއްވި ވަސިއްޔަތަށް ނަޒަރެއް

ކިޔާފައިވާ ޢަދަދު: 2575
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
ބަލި އެނދެއްގައި ބައްޕަ އޮންނަވަމުން މަ ގައިގާ ފިރުމަމުން
                     ބަލިއަޑުން ކުރިއޭ ނަމާދުކުރަން  ވަސިއްޔަތް  ފަށްފަށުން
 ހެޔޮ ދުއާ  ތަކުރާރު ކުރަމުން  ބައްޕައަށް ގެންދިއުމުގައި
                      ދެމިހުރުން އެދިލެއްވެވީ ބައްޕަގެ އެ އިޚުލާޞްތެރި ހިތުން

އެއްހާސް އަހަރު (ހަތަރުވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2414
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(24 މެއި (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބިޝާރާގެ މަންމަ މި ދުނިޔެ ދޫކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަންމަ މަރުވިފަހުން ބިޝާރާ ބޭރަށް ނުނިކުންނަތާ ދުވަސްތަކަކަށްފަހު މިރޭ އޭނާގޮސް އެހެރީ އޭނާއަށް އެންމެ ހިތްގައިމު މާހައުލުގައެވެ. ހެނދުނުއްސުރެން ގަމަށް ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލީ އަށެއްގެ ޚަބަރު ކިޔަމުން ދަނިކޮށްނެވެ. ރުއްގަނޑު ތެރެއަށް ވަދެގެންދިޔައިރު ގަސްތަކުގެ ފަތްތަކުގައި ހުރި ފެންތިކިތަކުން ބިޝާރާގެ ހެދުން ތެންމަމުން ދިޔައެވެ. މާހައުލުވެސް ހީވަނީ ފިނިކަމުން ގަނޑުވެދާނެ ހެންނެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(57)

ކިޔާފައިވާ ޢަދަދު: 1688
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ޑަކްޓަރް حيات އަށް ދެންނެވީ ވަރަށްހޫނު مرحبا އެކެވެ.

“نادى التّمدّن ދިވެހިރާއްޖޭގެ އަނދިރި جوّގައި ބައްތިއެއްހެން ވިދަވިދާހުރި ކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެކެވެ.”

  ____ ޑަކްޓަރް حيات

1379/7/4 ھ. ވީ ހޯމަ ވިލޭރޭގެ 8.50 ވީ އިރެވެ. ނާދީ ތަމައްދުންގެ ތެރެވަނީ އެގޮތްމިގޮތަށް، ނަމަވެސް ވަރަށް ރީތި ތަރުތީބެއްގެ މަތީން އަތުރާލެވިފައިވާ، ކުދި މޭޒުތަކަކުން ޒީނަތްތެރި ވެފައެވެ. މަތީ ސަނދުވާގައި ދެމިފައިވާ ކަރުދާހާ ފޮތީގެ ގިލަފަތި ތަކަކުން ޒީނަތްތެރިވެފައެވެ. އެތުރިފައިވާ ކުދި މޭޒުތަކުގައި އެޅިފައިވާ ސާފުހުދު ސުފުރާގެ މަތީގައި އަތުރާލެވިފައި ވަނީ، ސައިގެ ސާމާނެވެ. ސަޔާއި ދޮންކޭލެވެ. ސީޓްކޭކާއި ޕާނުގެ ސެންޑްވިޗެވެ. މަސްފަތަފޮޅިއެވެ.

އެންމެ ރީތި ވާހަކަ (2)

ކިޔާފައިވާ ޢަދަދު: 2530
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 އަޙްމަދު އަޖްމަލް ޙާމިދު
(25 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދެން އޮތީ ޔަޢުޤޫބްފެގާނުގެ އަރިހުން އެމީހުންނާއެކު ޔޫސުފްގެފާނުގެ ފޮނުވުމުގެ ހުއްދަޔަށް އެދުމެވެ. މިކަމަށްވެސް އެމީހުން މޮޅު ރޮކެޓެއް ޖެހިއެވެ.
އެމީހުން އެކަލޭގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ.
“ލޯބިވާ ބައްޕާއެވެ! ޔޫސުފާމެދު، ބައްޕަ އަހަރެމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ އަހަރެމެންނީ އޭނާއަށް ހެޔޮއެދޭ ބަޔަކީމެވެ. އެހެންވީމާ، ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، އަހަރެމެންނާއެކު، މާދަމާ އޭނާ ފޮނުއްވުން ކިހިނެއްތޯއެވެ؟ އަހަރެމެން އޭނާ ބަލަހައްޓައި ރައްކާތެރިކުރާނަމަވެ.”

ދިޔަރެސް (18

ކިޔާފައިވާ ޢަދަދު: 3659
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(19 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަންނަކީ އަސްޢަދުގެ ފަހަރި….މުޢާޒުގެ އަނބިމީހާ….” ވަސީމް ދިޔުމާއެކު، ޖަވާބާއެކު ސުދާ ނިޔާޒާ ކުރިމަތިލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނިޔާޒަށް ހުރެވުނެވެ.
ދެން އޭނާއަށް ބަލައިލެވުނީ އަސްޢަދުގެ މޫނަށެވެ. ޤަބޫލުކުރަން ދަތިވެފައިވާފަދަ ގޮތަކަށެވެ.

ފުޅިއެއްގެ ތެރެއިން އިރުގެ އަލި؟

ކިޔާފައިވާ ޢަދަދު: 3141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
މިއަދު އަޅުގަނޑު ލިޔެލަން މިއުޅެނީ މީގެ 12 ވަރަކަށް އަހަރުކުރިން ދުނިޔެއަށް އުފަންވެފައިވާ ތިމާވެއްޓާއި ރައްޓެހި އާ ވައްތަރެއްގެ ބޮތްކަކާއި ބެހޭގޮތުންނެވެ. މިވާހަކަ ކޮންމެހެން ލިޔެލަން ހިތަށްއެރީ އަޅުގަނޑުމެން ހަކަތައަށް ހޭދަކުރަންޖެހޭ މިންވަރު މަތިވެފައި، ބޭނުންވާ މިންވަރަށް ހަކަތަ ނުލިބޭތީވެ މި ބޮކީގެ ބޭނުންކޮށްގެން ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރެވިދާނެކަމަށް ފެންނާތީއެވެ. ޚާއްސަކޮށް ޞިނާޢީ މަސައްކަތްކުރާ ތަންތަނުގައި ކަރަންޓް ބޭނުންކޮށްގެން ދިއްލާ ބޮކީގެ ބަދަލުގައި މިވައްތަރުގެ ބޮކި ބޭނުންކޮށްގެން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ.
 

އެންމެ ރީތި ވާހަކަ (1)

ކިޔާފައިވާ ޢަދަދު: 3043
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު އަޖްމަލް ޙާމިދު 
އައްސަވާށެވެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން މިއުޅެނީ އެންމެ ރީތި ވާހަކައެވެ. މިވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ އަޅުގަނޑަށް އަބަދުވެސް ރީތި ވާހަކަކިޔައިދެއްވާ ފަރާތެކެވެ. އެފަރާތުން މިވާހަކަ ކިޔައިދެއްވަން ފެއްޓެވުމުގެ ކުރިން މިފަދައިން އެންގެވިއެވެ. “އެންމެ ރީތި ވާހަކަތައް، ތިމަންނާ ކަލާއަށް ކިޔައިދެމެވެ. އޭގެކުރިން ކަލާ މިވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ.” ތެދެކެވެ. އެފަރާތުން ކިޔައިދެއްވާ ވާހަކަތައް އަބަދުވެސް ރީއްޗެވެ. ނަމަވެސް މިއަދު ވަކިން ޚާއްޞަކޮށް މިފަދައިން ހާމަކުރެއްވުމަށްފަހު އެފައްޓަވަނީ އެންމެ ރީތި ވާހަކަ ކިޔައިދެއްވަންކަން ޔަޤީނެވެ.

ސާހިބާ (15)

ކިޔާފައިވާ ޢަދަދު: 3681
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(18 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
އިރުއޮއްސި އަނދިރިވުމުން ޝަހުދު ގަސްދުކުރީ ނިދައިލާށެވެ. އެރޭ މީނާއެއް ވެސް ނާދެއެވެ. ޝަހުދަށް ކާއެއްޗެހި ގެނެސްދީފައި އޭނާ ދިޔައީއެވެ. އޭނާ އެތަނަށް އަންނާނެ ބޭނުމެއް ނެތްކަން ޝަހުދަށް އެނގުނެވެ. މީނާއަކީ ގިނައިން ނިދުމަށް އާދަވެފައިވާ ކުއްޖަކަށްވާތީ، މީނާ ނައިސް ގިނައިރު ވުމުން މީނާ ނިދީކަމަށް ހީކޮށްލައިފައި ޝަހުދުވެސް ނިދައިލާން މަސައްކަތް ކުރިއެވެ.