ކިސްރާގެ އުޅާ (2)

ކިޔާފައިވާ ޢަދަދު: 1997
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު، ގ.ވިލަމެންދު
(10 މެއި 2014 (ހޮނިހިރު) ދުވަހު ގުޅޭ)
ޙަޤީޤަތުގައި ޚިލާފު އުފެދިފައިވަނީ ދެނަޡަރިއްޔާތުގެ ދެމެދުންނެވެ. އެއްޖަމާޢަތަކީ رَبُّ ذُوالجَلاَلُގެ ޙަޟްރަތަށް މެނުވީ ބޯލަނބާނެ ބައެއް ނޫނެވެ. އަނެއް ޖަމާޢަތަކީ ދޮގުވެރި ބާޠިލު އިލާހުންތަކަކަށް އަޅުކަންކުރާ ބައެކެވެ. އެއްބައެއްގެ އީމާނަކީ އެއީ ހަމައެކަނި އެންމެ އިލާހެކެވެ. އެއީ حَىُّ الْقَيُّوم އެވެ. އެކަލާނގެއީ ނަފާއާ ގެއްލުމުގެ މާލިކެވެ. އަދި ހުރިހާ އާރަކާއި ބާރެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްކައުވަންތަ ﷲއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހައި ބާވަތެއްގެ ޙަމްދު ޘަނާއާއި ތަޢުރީފު ލާއިޤުވެގެންވާ ހެޔޮކަންތައްތަކުގެ ވެރި ރަސްކަލާނގެއެވެ. އަނެއްބައި މީހުން ފަޚުރުވެރިވަނީ އެމީހުންގެ ކާބަފައިންގެ ދީނުގެ މޮޅުކަމުގެ މައްޗަށެވެ. އެއީ އަލިފާނެވެ. އެމީހުން އަޅުކަން ކުރަނީ އަލިފާނަށެވެ.

ދަރިވަރުންގެ ޝަރަފުނާމާ

ކިޔާފައިވާ ޢަދަދު: 3349
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ކިޔަވާ ކުދިން އިމްތިޙާނުގައި މަކަރުހަދާ ވާހަކައަކީ ޤަދީމީ ޒަމާނުއްސުރެ މަދްރަސާތަކާއި ދަރުސްގާހުތަކާއި ޔުނިވަރސިޓީތަކުގައި ވަރަށް ޢާއްމު ވާހަކައެކެވެ. އުނގަންނައިދޭ ތަންތަނުން މިކަމާ ބެހޭ ޤަވާޢިދުތައް ވެސް ހަދައިފައިވެއެވެ. މަކަރު ހަދާ ދަރިވަރު އެ މާއްދާއަކުން ފޭލްކޮށްލުމާއި، މުޅި އިމްތިޙާނުން ފޭލްކޮށްލުމާއި، ދެ އަހަރުދުވަސް ނުވަތަ އެއް އަހަރުދުވަސް ވަންދެން އިމްތިޙާނަށް ވަނުން މަނާކުރުން ފަދަ ފިޔަވަޅުތައް އެޅޭތަން ފެނެއެވެ. ނަމަވެސް މި ނުބައި އާދަ ނައްތައެއް ނުލެވުނެވެ. ދުވަހެއް ދުވަހަކަށް ދަނީ މި ނުބައި ބަލިމަޑުކަން ފެތުރެމުންނެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (23)

ކިޔާފައިވާ ޢަދަދު: 3111
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(1 މެއި 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެތާގައި ހިޔު އޮންނަނީ އޭނާ ނުހަނު ލޯބިވާ ފޮތްތައް ފެންނަ ހިސާބުގައެވެ. ކޮޓަރީގެ ފްރެންޗް ކުޑަދޮރުން ވަންނަ އިރުގެ ޝުޢާޢުގެ ހޫނުކަން އެތާގައި އޮވެގެން އިޙްސާސް ކޮށް އުފާ ހޯދާނެއެވެ. ބެރީ ިޚޔާލް ކުރަމުން ދިޔައެވެ.

ބްރައިނީ ބުނެފިއެވެ. “ގޭތެރޭގެ މަސައްކަތުގައްޔާއި ކެއްކުމުގައި އަހަރެން އެހީވެދޭނަމެވެ. ކަލޭ އޭނާ ބަލަހައްޓަމުން ގެންދާށެވެ.”

ހިނގާތޯ ބަލަމާ!

ކިޔާފައިވާ ޢަދަދު: 4744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުން އަޅުގަނޑަށް ގިނަ އަހަރުތަކެއްގައި މަސައްކަތްކުރެވިފައިވެއެވެ. 2014 ވަނަ އަހަރު ދިވެހިބަހުގެ އެކެޑެމީގެ ފަރާތުން ބޭއްވި މުބާރާތުގައި ވެސް ފަނޑިޔާރެއްގެ ގޮތުން އެ މުބާރާތަށް އިންސާފުކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ވާހަކަދެއްކުންތެރީންގެ ވާހަކަތައް އަޑުއަހާން އިންނައިރު ބަހުގެ ކުށްތައް ވެސް ފާހަގަކުރާން ޖެހެއެވެ. އެ ބަޔަށް ޢާއްމު ގޮތެއްގައި ކަނޑައެޅިފައި އޮންނަނީ އެންމެ %10 މާކުހަށް ވީ ނަމަވެހެވެ.

ދިޔަރެސް (16)

ކިޔާފައިވާ ޢަދަދު: 4147
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(5 މެއި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހިނގަމުން ހިނގަމުން ގޮސް އޭނާ ހުއްޓުނީ ސީދާ މާފަންނު ސަހަރާ ކުރިމައްޗަށެވެ. އެއަށްފަހު އޭނާ ފަސްއެނބުރި ބަލައިލިއެވެ. މިހާރު އޭނާ ސީދާ ހުއްޓި އެހުރީ މާފަންނު ބޯގަންވިލާގެ ކުރިމައްޗަށެވެ. އިރުކޮޅެއް ވަންދެން މަގުމަތީގައި ހުރުމަށްފަހު، އޭނާ ގޮސް ބޯގަންވިލާގެ ދޮރާށީގެ ތަޅުގައި ހިފައިލިއެވެ. ހަމައެއާއެކު ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. އެ ގޯތިތެރެއަކު އެއްވެސް އަލިކަމެއް ނެތެވެ. ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ.

 

އިންސާނީ ފިކުރު

ކިޔާފައިވާ ޢަދަދު: 3566
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޫރުއްސަލާމް އަބޫބަކުރު

ގޭތެރޭގައި ނޯވެ މަގުމައްޗަށް ނުކުމެބަލާށެވެ. އެއް މަގުން އަނެއް މަގުން ރީތިކޮށް ލޯހުޅުވައިން ހިނގައިލައިބަލާށެވެ. ކާރުބާރޫ ބޮޑު ހިސާބުތަކަށް ގޮސް ރަނގަޅަށް ލޯ ހުޅުވައިގެން ހޯދައިލައި ބަލާށެވެ.  ތިބާގެ ސިފަ ހުރި އެހެން މީހަކު ހުރިތޯއެވެ. ތިބާޔާ ވައްތަރު އެހެން މީހަކު ފެނޭތޯއެވެ.

ސާހިބާ (13)

ކިޔާފައިވާ ޢަދަދު: 3563
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފާޠިމަތު ނަހުލާ
(4 މެއި 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ތެދެއް؟”

ވަސީމް އެސުވާލުކުރީ ފިޔާޒާއާއެވެ! ފިޔާޒާ އިސްޖަހައިލިއެވެ. ޙަޤީޤަތުގައި އޭނާދާކަށް ބޭނުމެއްނުވެއެވެ. އޭނާއަކީ މީހުން އަތުން ސައިބޮއި ކައިހަދާ މީހެއް ނޫނެވެ.
“ހިނގާ…..މިއަދު….ތިކުދިންނަށް ކޮންމެހެން ވެސް ސައިދޭނަން.” މިހެން ބުނެފައި ވަސީމް ހިނގައިގަތުމުން، ޒީނާ އައިސް ފިޔާޒާގެ އަތުގައި ހިފައިލިއެވެ.

ކިސްރާގެ އުޅާ (1)

ކިޔާފައިވާ ޢަދަދު: 1973
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު، ގ. ވިލަމެންދު
ތާރީޚުގެ މުސާފިރު މިފަދަ ރަށެއް ދެކެމުންއައެވެ. އެރަށުގެ ހަތަރު ފަރާތުގައި ވަނީ ފަރުބަދަތަކެވެ. އެއީ ދަތި ވާދީ އެކެވެ. އެތަނުގައި ދަނޑެއް ބަގީޗާއެއް ނުވެއެވެ. އެއީ ފެންފެންގަނޑާއި ކޯރުން ހުސްވެގެންވާ ބިމެކެވެ. އަދި ވަރަށް ހޫނުވެސް ގަދަތަނެކެވެ. މިތަނުގައި ދިރިއުޅެނީ އަޖާއިބުވާފަދަ ޚަޞީލަތެއްގެ ވެރިންނެވެ. ކިތަންމެ ކުޑަކަމަކާއި މެދުވެސް އަރާރުންވެ ދެކޮޅުވެރިވެ ފަސާދަވެ، ތަޅާފޮޅުމަކަށް ތައްޔާރުވެދެއެވެ. ދެން ޤަތުލުގެ ސިލްސިލާ ހިނގަމުންދެއެވެ. މިތަނުގައި ވަނީ ޖާހިލުކަން ޢާއްމުވެފައެވެ. އެއްވެސް މީހެއްގެ ވެރިކަމެއްނެތެވެ. އެއްވެސް މީހަކު އެއްވެސް މީހެއްގެ ވެރިކަމެއް، ސިޔާދަތެއް ޤަބޫލުކުރުމަށް ތައްޔާރުވެގެން ނުވެއެވެ.

ދެއަތްތިލަ

ކިޔާފައިވާ ޢަދަދު: 2864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ
ކޮޓަރީގެ އެނދު މަތީގައި އިށީނދެ އިނދެ ހަވީރުގެ ޒިކުރު ކިޔައި ނިންމާލުމަށްފަހު  ޒިކުރު ފޮތް ފަރުވާތެރިކަމާއެކު އެފޮތް އާދަވެގެން އޮންނަ ތަނުގައި ބާއްވާލިއެވެ. ދަލޭކާއިދީ ގެ ހަންގަނޑު ދޫ ޖެހެމުންދާ ދެ އަތްތިލައަށް  ބަލައިލީ އެ ދެއަތުން އެއްވެސް ކަމެއް ނުކުރެވޭތީ ދެރަވެގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. މީގެ އަހަރުތަކެއް ކުރިން އެ ދެއަތްތިލައަކީ އެތައް ބައެއްގެ ބޭނުންތައް ފުއްދައިދީ ހިތްހަމަ ޖައްސާލަ ދިން ދެ އަތްތިލައެކެވެ.ލޯބިވާ ފިރިމީހާއާއި އެ ދެމަފިރިންނަށް ލިބިފައި ތިބި ތުއްތު ތުއްތު މަޢުޞޫމު ދެ ކުދިންގެ ގައިގައި ފިރުމައި އެ ޢާއިލާއަށް އުފާވެރިކަން ގެނެސްދިން ދެއަތްތިލައެކެވެ.

ދިވެހި ރަސްކަލެއްގެ ޢަދުލު އިންސާފުގެ ވަރުގަދަކަން

ކިޔާފައިވާ ޢަދަދު: 269
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަސީރު ގދ. މަޑަވެލި
ތިރީގައި މިވާ ފޯކްލޯ ލިޔުއްވައި ޢާއްމުކޮށް ދެއްވާފައިވަނީ އަލްމަރުޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކެވެ. ޝާއިޢުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކުރިން ނެރުނު މަޖައްލާއެއް ކަމަށްވާ އަމާޒުގެ 84 ވަނަ ޢަދަދު (ޖުލައި 1979) ގައެވެ. މިފޯކްލޯ އަލުން މިބްލޮގްގައި ޝާއިޢުކުރަން ގަސްދުކުރީ، ދިވެހިރާއްޖެ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް އަލަށް ތަޖުރިބާ ކުރަމުން ގެންދާއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހިގަމުންދާ ދޯދިޔާކަމުގެ ސަބަބުން، އެބާރު އިސްލާހު ކުރުމަށް އާރޫހަކާ އެކު މަސައްކަތް ކުރުމަށް، ދިވެހި ރައްޔިތުންނަށް ހިތްވަރުދީ ސާބަސް ދިނުމުގެ ގޮތުންނެވެ. އެހެނީ ތާރީޚީ ވާހަކަތަކާއި ފޯކްލޯތަކުން ކާބަފައިން އުޅުނު ގޮތްތައް ހޯދައިގެން މެނުވީ ގައުމެއްގެ ގޮތުގައި މުސްތަގުބަލު ކުރަހަން ފަސޭހައެއް ނުވާނެއެވެ.