ކުދިވާހަކަ (46)

ކިޔާފައިވާ ޢަދަދު: 3559
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (46)

އެންމެ މަތިވެރި މީހާ

ޢައްބާސް އިބްރާހީމް

ސީނުކަރައިގައި އުފެދުނު މަޝްހޫރު ފިލޯސަފަރު ކޮންފިއުޝަސް އެއްދުވަހަކު ރަސްކަލެއްގެ އަރިހަށް ދިޔުމުން ރަސްގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. “ކަލެއަށް ފެންނަ ގޮތުގައި އެންމެ މަތިވެރި މީހަކީ ކާކު ހެއްޔެވެ؟”
“އެއްވެސް ޝައްކެއްނެތް ގޮތުގައި އެންމެމަތިވެރި މީހަކީ މަނިކުފާނެވެ. އެހެނީ މަނިކުފާނަކީ އެތައް ހާސް މީހުންގެ މައްޗަށް އަމުރު ހިންގަވާ ރަސްކަލެކެވެ.” ކޮންފިއުޝަސް ދެންނެވިއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (22)

ކިޔާފައިވާ ޢަދަދު: 2834
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ

(26 އޭޕްރީލް 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހަމްދަރުދީ ގެ ދެތިން ބަހެއް މަޑުމަޑުން ބުނަމުން ބްރައިނީ ނުކުމެގެން ހިނގައްޖެއެވެ. ހޯލުތެރެއިން ބޭރުގައި  ޑިކް ހުއްޓެވެ. ބްރައިނީގެ ތެމިފައިވާ އެސްފިޔަތަކާއި، ފިއްތިފައިވާ ތުންފަތް ޑިކް އަށް ފެނުނެވެ.
މި މަންޒަރު ޑިކް އަށް އިޙްސާސް ވީ މޮޅިވެެރިކަމެެވެ. “އަނެއްކާ އޭނާގެ ޙާލު ބޮޑުވީ ހެއްޔެވެ؟” ޑިކް ސުވާލް ކޮށްލައިފިއެވެ. “ނޫނެކެވެ. އެމީހުން ބުނާ ގޮތުގައި މިހާރު ރަނގަޅެވެ. ވަރަށް ބޮޑުތަން ރަނގަޅެވެ.” އުފަލެއް ނެތް ހުނުމަކާއެކު ބްރައިނީ ބުނެފިއެވެ.

އޭރުގެ ފަތްފުށްތަކުން…. (71)

ކިޔާފައިވާ ޢަދަދު: 1788
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުސްކުޅި މީހެއް، ހިތްހެޔޮ މީހެއް

ބާވަ މިއީ ދެން ކޮންމީހެއް

أحمد زاهر


އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު) އަކީ، ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޒާހިރު ލިޔުންތެރިކަމުގެތެރެއަށް ވެދެވަޑައިގެންފައިވަނީ، މަދަރުސީ ދައުރުގައެވެ.

އޭނާ ލިޔުއްވާފައިވާ ނޫސް، މަޖައްލާތަކުގެތެރޭގައި “ވިޔަފާރި މިއަދު” “ތަޖުރިބާ” “ހަފްތާ” “ހަވީރު” އަދި ދިވެހިޑައިޖެސްޓް” ހިމެނެއެވެ. ރާއްޖޭގައި އެއްދުވަސްވަރެއްގައި މަޝްހޫރުވި “ހަފްތާ” ނޫހުގެ މަސްއޫލުވެރިޔަކީ، އަދި އެޑިޓަރަކީވެސް އަޙްމަދު ޒާހިރެވެ. މީގެއިތުރުން “ތަޖުރިބާ” އާއި “ދިވެހިޑައިޖެސްޓް”ގެ އެޑިޓަރަކީވެސް އޭނާއެވެ.

ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (2)

ކިޔާފައިވާ ޢަދަދު: 5113
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
(29 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ނޯވޭގެ ފިނިގަދަ އުތުރު އަތޮޅެއްގައި، ގަނޑުފެނުން ބޮޑުބައެއް ނިވާވެފައިވާ ފަރުބަދައެއްގެ އަޑީ ބިންގަރަހާގެއްގައި، މި އޮށްބޭންކު ހެދުމުގެ އެއް ބޭނުމަކީ ކަރަންޓު ނުލިބި އެތައްދުވަސް ވިޔަސް  ނޯވޭގެ ސްވަލްބާޑުގައި އެ އޮށްތައް ހުންނާނީ ގުދުރަތީ ފިނީގެ ސަބަބުން  ހަމަ އެދެވޭ ފިނިމިނެއްގައި ކަމަށް ވުމެވެ.
 

“ހިތް ހަދިޔާކޮށްފައި ދާތީ، ދާން އެކުގާ ބޭނުންވީމޭ”

ކިޔާފައިވާ ޢަދަދު: 1906
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޯޓް: މިއީ އަޅުގަނޑު މިހާތަނަށް ލިޔެފައިވާ އެންމެ ދިގު ސިލްސިލާ ވާހަކައިގެ ފުރަތަ މޫސުމުގެ (ސީޒަންގެ) ހުރިހައި ބައިތަކެކެކެވެ. 
—— އަޙުމަދު ރަޝީދު

އަޙްމަދު ރަޝީދު – ރިކާޒު، ލ. ފޮނަދޫ

7 ޖެނުއަރީ 2007

” ދަރިފުޅާ އަދީލް… މަންމައަށް ފެންފޮދެއް ދީބަލަ!” ނިދި ތާއްޔަށް ޖެހިޖެހި އިން އަދީލުގެ ކަންފަތުގައި އޭނާގެ މަންމަގެ އަޑު ޖެހުނުހެން ހީވިއެވެ. އަދީލް މަންމައަށް ބަލާލިއެވެ. މަންމަ އޮތީ ހޭލައެވެ. އަދީލް އިށީންދެ އިން ގޮނޑިން ތެދުވެ މަންމަގެ އެނދުގެ އަނެއް ފަރާތުގައި ހުރި ކަބަޑް މަތީގައިހުރި ފުޅިން ފެންފޮދެއް ތައްޓަކަށް އަޅަން ފެށިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(52)

ކިޔާފައިވާ ޢަދަދު: 1861
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަތްބެލުމުގެ “ރަސްގެފާނު”

ރާއްޖޭގެ އަތްބެލުމުގެ ރަސްގެފާނު މަޝްހޫރު އަލްފާޟިލް ޙުސައިން ފަހުމީ ހަކުރާ ފެއަރއަށް ވަޑައިގެންފިއެވެ. އޭނާއަށް ދަޢުވަތު ދެއްވީ 20 ނަންބަރު ސްޓޯލު (އޮލިމްޕިއަންސް) ގެ ފަރާތުންނެވެ. އެނގިފައިވާ ގޮތުގައި، އެ ސްޓޯލުތެރޭގައި ވަކިން ފަރުދާ ކުރެވިފައިވާ ކޯނަރއެއްގައި ރޭވެސް ވަރަށް ގިނަ މީހުންގެ މާޒީތަކާއި މުސްތަޤްބަލު އޮތްގޮތް ސީދާ އެ އަތެއްގެ ވެރިޔާގެ ކައިރީގައި ސިއްރެއްގެ ގޮތުގައި ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އިވޭ ގޮތުގައި ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް އެނބުރިދިޔައީ “އެއީ ހަމަ ތެދުފުޅެކޭ” ބުނަމުން ބުނަމުންނެވެ.

ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (1)

ކިޔާފައިވާ ޢަދަދު: 5419
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން އިންސާނުންގެ ދިރިތިބުން، ގަސްގަހާގެއްސާއި ގުޅިފައިވަނީ އަޅުގަނޑުމެން ފުންކޮށް ވިސްނާލައިފިނަމަ، ހައިރާންވާހައި މިންވަރަކަށެވެ! އަޅުގަނޑު މި ދެންނެވީ, ދަނޑުވެރި ހިސާބު ހިސާބުގައި އުޅޭ މީހުންގެ ވާހަކަ އެކަންޏެއް ނޫނެވެ! ތިބާ މިހާރުވެސް އުޅުއްވަމުން ތިޔަ ގެންދަވަނީ ރާއްޖެތެރޭގެ ހިތްފަސޭހަ މާހައުލުގައި ކަމުގައި ވިޔަސް، މާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވިއަސް، ކިޔަވާ ވިދާޅުވާން ލަންޑަނުގައި ކުޑަ ދުވަސްކޮޅަކު ހުންނެވި ނަމަވެސް، ނުވަތަ އޮސްޓްރޭލިޔާގެ ތަނަވަސް ބައްރަށް ހިޖުރަ ކުރެއްވިޔަސް، ގަސްގަހުގެ މުހިންމުކަން ހަމަ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުވެއެވެ!

ނަސޭހަތުގެ ބަސްކޮޅެއް….!

ކިޔާފައިވާ ޢަދަދު: 2663
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަބޫބަކުރު އާދަމް  ސިލްވަރބީޗް ނ.މަނަދޫ
        ދިރިއުޅުމުގައި ހެޔޮ އަމަލުތައް  ކުރަމުން އުމުރު ފާއިތުކުރޭ
                 ކެރިގެން އެ އަޒުމާ  ހިތްވަރާއެކު  ދިރިއުޅުން  ފުރިހަމަކުރޭ

        ވަގުތެއް  ނަގާލުމަކާ ނުލައި ފަރުވާ ބަހައްޓައިގެން ވަކިން
                 ވަގުތައް  ސަމާލުވެގެން  ނަމާދު  ބަރާބަރަށްމެ   އަދާކުރޭ

ތަފާތު

ކިޔާފައިވާ ޢަދަދު: 2410
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޫރުއްސަލާމް އަބޫބަކުރު
ދުނިޔޭގެ އެކި ކަންކަމާ މެދު ވިސްނި ވިސްނިހެން ދުނިޔެއިން އެންމެ ތަފާތު އެއްޗަކަށް އަހަރެންނަށް ފެނުނީ ތަފާތެވެ.
ތަފާތު އެކި މީހުން ތަފާތު ބަލައިގަންނަ ގޮތް ތަފާތެވެ. އެކި މީހުން ތަފާތު މާނަކުރާ ގޮތް ތަފާތެވެ. ތަފާތު ކަމުގައި އެކި މީހުން ގަބޫލު ކުރާ ކަންކަން ތަފާތެވެ. ތަފާތު އޮތުމާއި ތަފާތުވުމާއި ތަފާތުކުރުން ތަފާތެވެ.

ދިޔަރެސް (14)

ކިޔާފައިވާ ޢަދަދު: 4253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(21 އޭޕްރިލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެދުވަހު ސުދާހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަސްޢަދު މަރުނުވާކަން އެނގުމުން، އޭނާ ރޭވި ރޭވުން ކާމިޔާބުނުވީ ކަމުގައި އޭނާއަށް ހީވާން ފެށިއެވެ. އޭނާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ، އޭގެ އެއްހަފްތާ ފަހުން، އަސްޢަދުގެ ޙާލަތުގެ ތަފްޞީލު ޑޮކްޓަރު ދިނުމުންނެވެ. ޑޮކްޓަރު އަރުޖުން ބުނީ އަސްޢަދަށް ވާހަކަ ނުދެއްކޭނެ ކަމަށާއި، އަތާއި ފައިގެ ޙަރަކާތްވެސް ނެތް ކަމަށެވެ.