ދިޔަރެސް (15)

ކިޔާފައިވާ ޢަދަދު: 4298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(28 އޭޕްރިލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މުޢާޒަށްވެސް އެ އިޙްސާސް ކުރެވުމާއެކު، އެނބުރި ހޯދާލެވުނެވެ. ނަމަވެސް، އިތުރު މީހަކު ވަންނާކަށް ކޮޓަރި ދޮރެއްވެސް ނުހުޅުވޭމެއެވެ. ދޮރު ހުޅުވިފައި ނެތުމުން މުޢާޒު އަނެއްކާވެސް ފިރާޝާއާ ކުރިމަތިލިއެވެ.

ދަރިފުޅުމެންނޭވެ!

ކިޔާފައިވާ ޢަދަދު: 5233
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)

މަންމައަށް ހެޔޮކޮށް ހިތައިގެން ބައްޕައަށް ޙުރުމަތް އަދައި
            ތަންމަތީން ފެށީގެން  މަރާ  ހަމަޔަށް ތިބޭށޭ ހެޔޮ އަދައި

މަންމައާ  ބައްޕަގެ އެހީއާ  ޚިދުމަތާއި  ވަޒަންކުރަން
            ދަންނަ ކުދިބަޔަކަށް  ވެގެން ތިބެ ދާށެވީ ހަމަ ކުރިއަރައި

މާތްވި އަޚުލާޤާ  ސުލޫކާ  ރިވެތި  ފުރިހަމަ  ސިފަތަކުން
            ގާތް ތިމާގެ ކަމުގެގެ ގުޅުން ދަމަހައްޓަމުންދޭ  ލޮބުވަތައި

ސާހިބާ (12)

ކިޔާފައިވާ ޢަދަދު: 3903
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(27 އޭޕްރިލް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހަފްތާއެއް ވަންދެން ޑޭވިޑް ޝަހުދަށް ކަންތައްތައް ބުނެދޭން އެގެއަށް އައިސް އުޅުނެވެ. އެ ހަފްތާގެ ތެރޭގައި މީނާގެ އުނދަގޫ ޝަހުދަށް ޖެހުނީ ވަރަށް މަދުންނެވެ. މީނާ ގިނަ ވަގުތު އުޅެނީ ކޮޓަރީގައެވެ. އޭނާ ކޮޓަރިން ބޭރަށް ނުނުކުމެ އޮންނާކަށް ފޫއްސެއްވެސް ނުވެއެވެ.

ވެރިކަމަކީ!!

ކިޔާފައިވާ ޢަދަދު: 3388
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                     
ކަނީރު ޢަބްދުއްރަޙީމް
    ވެރިކަމަށްއިސްވުން އެއީ މުޅި ދުނިޔެ ރަންބިން ވާކަމެއް
                 ވެރިކަމަށް އެރުމާ އެކީ   މީހާ  އަކަޔަނބޯ   ވާ  ކަމެއް
    ވެރިކަމުގެ ކިއްލާ ތެރޭގައި   މަޚުމަލުގެ މަޑު ތަންމަތީ
                 ވެރިކަމުގެ ނަމުގައި އަރާމާ ލައްޒަތުން  ފުރުވާ    ކަމެއް

މާޒީގެ ތެރެއިން ދޫނިދޫ

ކިޔާފައިވާ ޢަދަދު: 254
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

”ދޫނިދޫގެ މާޒީގައި ތަފާތު ކަންތައްތަކެއް ހިނގާފައިވާކަން ދިވެހި ތާރީޚުން އެނގޭ”

 އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ
ކ.ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގާލާއިރު މިމަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މިރަށް ބޭނުން ކުރެއްވިއެވެ.

ހޯޑިން ދޮންބެ

ކިޔާފައިވާ ޢަދަދު: 2564
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުރާލި ކަމުގެ ނަމޫނާ މިސާލެއް

ޙުސައިން ޝާކިރު
ހަނދާންތަކާއެކު އެތަކެއް އަހަރު ފަހަތަށް ސޮއްސައިލާއިރު، ހަނދާނަށް ގެނެވޭ އެދުވަސްތައް ޢިބާރާތްތަކަކުން ސިފަކޮށްދެވޭނެ ގޮތެއް ނުވިސްނެއެވެ. އުފެދޭ ޝުޢޫރުތަކަށް ޖުމުލަތަކެއްގެ ސިފަގެނައުމަށްވަނީ އަމުދުން ނުކުޅެދިފައެވެ.

ބައްޕަގެ އިޚްލާޞްތެރި ނަސޭހަތް….!

ކިޔާފައިވާ ޢަދަދު: 2587
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ބައްޕަދޭ އަގުހުރި ނަސޭހަތުގައި ހިފާށޭ ދަރިފުޅާ
                  ބައްޕަދައްކާ ތެދުމަގުން ކުރިއަށް  ހިނގާށޭ ދަރިފުޅާ

ކަންފަސޭހަކަމާއި ދުރުހެލިވުމުގެ ރޫހު އުފައްދަމުން
                  ކަންކަމަށް  ފަރުވާ  ބަހައްޓައިގެން  އުޅޭށޭ ދަރިފުޅާ

ލޯބިވާގެ ޙައްޤުގައި

ކިޔާފައިވާ ޢަދަދު: 2294
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ރަޝީދު – ރިކާޒް، ލ. ފޮނަދޫ


މިއީ ފިލްމް ސްކްރިޕްޓް ފޯރމެޓަށް ލިޔެފައިވާ ވާހަކަ އެކެވެ.

ކަޅު ސްކްރީނަށް ސްޕަރ އިމްޕޯސްކޮށް އަރުވާފައި
“ލޯތްބަށްޓަކައި މީހުން ގިނަގުނަ ޤުރުބާނީތަކެއްވެއެވެ. ލޯބިވާގެ ޙައްޤުގައި މިދުނިޔެ ދޫކުރެއެވެ. ލޯބިވާގެޙައްޤުގައި އެހެނިހެން ގޮތްގޮތުންވެސް ޤުރުބާންތައް ވަމުންދެއެވެ. ލޯބިވާގެ ޙައްޤުގައެވެ.”
ފޭޑް އިން:

ކުދިވާހަކަ (46)

ކިޔާފައިވާ ޢަދަދު: 3631
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (46)

އެންމެ މަތިވެރި މީހާ

ޢައްބާސް އިބްރާހީމް

ސީނުކަރައިގައި އުފެދުނު މަޝްހޫރު ފިލޯސަފަރު ކޮންފިއުޝަސް އެއްދުވަހަކު ރަސްކަލެއްގެ އަރިހަށް ދިޔުމުން ރަސްގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. “ކަލެއަށް ފެންނަ ގޮތުގައި އެންމެ މަތިވެރި މީހަކީ ކާކު ހެއްޔެވެ؟”
“އެއްވެސް ޝައްކެއްނެތް ގޮތުގައި އެންމެމަތިވެރި މީހަކީ މަނިކުފާނެވެ. އެހެނީ މަނިކުފާނަކީ އެތައް ހާސް މީހުންގެ މައްޗަށް އަމުރު ހިންގަވާ ރަސްކަލެކެވެ.” ކޮންފިއުޝަސް ދެންނެވިއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (22)

ކިޔާފައިވާ ޢަދަދު: 2875
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ

(26 އޭޕްރީލް 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހަމްދަރުދީ ގެ ދެތިން ބަހެއް މަޑުމަޑުން ބުނަމުން ބްރައިނީ ނުކުމެގެން ހިނގައްޖެއެވެ. ހޯލުތެރެއިން ބޭރުގައި  ޑިކް ހުއްޓެވެ. ބްރައިނީގެ ތެމިފައިވާ އެސްފިޔަތަކާއި، ފިއްތިފައިވާ ތުންފަތް ޑިކް އަށް ފެނުނެވެ.
މި މަންޒަރު ޑިކް އަށް އިޙްސާސް ވީ މޮޅިވެެރިކަމެެވެ. “އަނެއްކާ އޭނާގެ ޙާލު ބޮޑުވީ ހެއްޔެވެ؟” ޑިކް ސުވާލް ކޮށްލައިފިއެވެ. “ނޫނެކެވެ. އެމީހުން ބުނާ ގޮތުގައި މިހާރު ރަނގަޅެވެ. ވަރަށް ބޮޑުތަން ރަނގަޅެވެ.” އުފަލެއް ނެތް ހުނުމަކާއެކު ބްރައިނީ ބުނެފިއެވެ.