އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު އެއް ހާދިސާ: ޤިބުލަ ބަދަލުކުރެއްވުން

ކިޔާފައިވާ ޢަދަދު: 887
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު އެއް ހާދިސާ:

ޤިބުލަ ބަދަލުކުރެއްވުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ފަސްމަންޒަރު
ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ ރިސާލަތުގެ ޒަމާނުގައި އެކަލޭގެފާނު އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ކަމަކީ ޔަހޫދީންނާއި ނަޞާރާއިން އެކަލޭގެ ފާނުގެ ރިސާލަތު ޤަބޫލުކޮށް، އެކަލޭގެފާނަކީ ވެސް މޫސާގެ ފާނާއި ޢީސާގެފާނުފަދަ ރަސޫލެއް ކަމަށް ބަލައިގަނޭތޯއެވެ. އެކަލޭގެފާނަކީ ތައުރާތާއި އިންޖީލުގައި ބަޔާންވެގެންވާ ފަދަ ރަސޫލެއްކަން ޔަހޫދީންނާއި ނަޞާރާއިންނަށް ވިސްނަވައިދެއްވުމަށް އިތުރުއެކަލޭގެފާނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ. މި ގޮތުން ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ޔަހޫދީންނާއި ނަޞާރާއިންގެ (ރޯދަހިފުން ފަދަ) ރަނގަޅު ބަޔެއް އާދަތަކަށް ޢަމަލުކުރައްވަން ފެއްޓެވިއެވެ.

ހިތްތިރި އިހުތިރާމް

ކިޔާފައިވާ ޢަދަދު: 754
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބުރާހީމް ހުސެން މަނިކު

އުތުރުކަރައިގެ ސިނާއީ އުފެއްދުންތެރިއެއް ކަމުގައިވާ ޒާވިޔާ ޕޫނޭވާލާއަކީ އެކަރައިގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. ވަރަށް ކަމަށްކަމޭހިތުމާއެކު އޭނާއަށް ޚިދުމަތްކޮށް ދިން ކާރު ޑުރައިވަރު ދަތު ނިޔާވީ މުހިންމު ވިޔަފާރިއެއް ނިންމާލުމަށް ޒާވިޔާ މުންބައިއަށް ގޮސް ބަޔަކާ ބައްދަލުކޮށްގެން ވާހަކަދައްކަން އިންދައެވެ. ދަތުގެ މަރުގެ ޚަބަރު ލިބުމާއެކު ޒާވިޔާ ހަމަ ވަގުތުން ބައްދަލުވުން ކެންސަލްކޮށްފައި އަވަހަށް އައީ ރަށަށެވެ. ބޭނުމަކީ ޚާއްސަ މުނާސަބަތުތަކުގައި އޭނާ ބޭނުންކުރަން ބާއްވާފައި އޮންނަ ބޮޑު ލިމޮސީން ކާރު އަދު ދަތަށް ޓަކައި ޚާއްސަކޮށް މާމެލާމެލިން ޒީނަތްތެރި ކުރުމެވެ.

މުޅި ޙަޔާތުގެ ޚިދުމަތްތެރިޔާ

ކިޔާފައިވާ ޢަދަދު: 411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ހޭހަމެއް ވެސް ލިބޭނީ ޔަޤީން  ތިޔަ އަތުން
         ދޭހަވާހެން  ލިބޭ  ލައްޒަތެއް ވެސް  ހިތުން
                  މީ  ޙަޤީޤަތް ކަމަށް  ދެނެ ތިބޭށޭ  ކަތުން
                           މީހަކަށް  މީ  ލިބޭނޭ  އުފާ  ހެޔޮ  ހިތުން
މުޅި ޙަޔާތް  ހޭދަކޮށްލީ  މި ނަފުސަށްޓަކައި
         ގުޅި ހިތާ ހިތް  ވަގުފުކޮށްލި  އަބަދަށްޓަކައި
                 ރުޅި ދުރަށްލީ  ތަބައްސުމުގެ އަޞްލަށްޓަކައި
                           މުޅި  ޙަޔާތުގެ  އެހީތެރިޔެކޭ  ހެޔޮ  ހިތުން

ނަމާދުގެ އަޅުކަމާ ގުޅޭގޮތުން މީހުން ބަހައިލެވޭ ބައިތައް

ކިޔާފައިވާ ޢަދަދު: 458
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު 
 
ތިބާ ހިމެނެނީ މީގެތެރެއިން ކޮން ބައެއްގައި ހެއްޔެވެ؟
ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. “ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ.””1”  

ހަނދާނުގައި އެބަ ހުރީމެވެ.

ކިޔާފައިވާ ޢަދަދު: 321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާލިޙު
 
ބޮލުގެ އިސްތަށިތައް ހުދުވެއްޖެއެވެ.
ލޮލުގެ ފެނުން ކޮށިވެއްޖެއެވެ.
ޒުވާކަން ފަނޑުވެއްޖެއެވެ. ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ.
ތިބާގެ ހަނދާންތައް ފިޔަވައެވެ.

ބިލިއަން ޑޮލަރުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 627
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ސަލީމް

އަހަރެންނަށް ވިސްނުނުގޮތުގައި ބްރެޒިލް މީހުންނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކޮންމެ ކަމަކަށްފަހު، އާންމު އުޞޫލެއްގެ ގޮތުން އެބައިމީހުން ދެފަހަރު އަތްދޮވެ ސާފުކުރެއެވެ. އަދި ޢާންމުގޮތެއްގައި ކޮންމެ ރެސްޓޯރެންޓެއްގެ ބޭރުގައި ސިންކްހުރެއެވެ. އަދި އެތަނުގައި ސައިބޯންޏާއި އަތްފުހޭނެ ޓިޝޫ ހުރެއެވެ. ތިޔައިން މީހަކު އެފަދަ ރެސްޓޯރަންޓަށް މެންދުރުގެ ކެއުމައަށް ވަންނަ އިރު އަތްދޮވޭނެ އިންތިޒާމް އެތަނުގައި ވަނީ ހަމަޖެހިފައެވެ.

ފަސްކުރުމަކީ ގޯސް ގޮތެއް ނޫނެވެ

ކިޔާފައިވާ ޢަދަދު: 642
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ލައިނަލް ވިޖޭސިރީ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު

“ފަސްކުރުމޭ” ބުނުމުން ބަނޑުގައި އޮތް މާނައެއް ކަމުގައި ގިނަ މީހުންނަށް ނެގެނީ ކަންނެތްކަމެވެ. މީހާގެ ޝަޚުސަށް ރިއާޔަތްކޮށް ކަމުގެ ފުނަށް ފީނުމުގެ ބަދަލުގައި އެމީހުން ހައްލެއްކަމަށް ދެކެނީ ފަރިތަވެފައި ހުރި އާދަ ބަދަލުކުރުމެވެ. ކަމާ މެދު ތަފާތު ނަޒަރަކުން ބެލިދާނެ ހެއްޔެވެ؟ މިސާލެއް ނަގަމާ ހިނގާށެވެ. ކުންފުންޏެއްގެ މުއައްޒިފުންނާ ބެހޭ މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ރައްޓެއްސެއް ގާތުގައި އަހަރެން އެއް ދުވަހު ޝަކުވާ ކުރީ ކޮންމެ ކަމެއް ވެސް ފޫކޮޅުގައި ރޯވަންދެން ފަސްކުރަން މަގޭ ކަށީގައި ހިފައިފައި ހުރި ގޯސް އާދަޔާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި އޭނާ ބުންޏެވެ. “ފަސްކުރުމަކީ ތިބާގެ ޝަޚުސީ ސިފައެކެވެ. ތިބާ ތިޔަ ހަދަނީ ރަނގަޅަށެވެ. ތިޔައިގައި ގޯހެއް ނެތެވެ.” އޭނާ އެބުނަނީ ތެދަކަށް ވެސް ވެދާނެއެވެ. ކަންކަން ފަސްކުރުމަކީ ގައިމު ވެސް މަގޭ ގޮތެވެ.
 

މަޒުމޫނަށް ފާޑުކިޔާނެ ގޮތުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 619
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މައިމޫނާ ޙުސައިން
މިއީ ލިޔުންތެރިޔަކު ލިޔުއްވައިފައިވާ މަޒުމޫނަކަށް އަޅުގަނޑު ކިޔައިފައިވާ ފާޑުކިޔުމެކެވެ. މި ލިޔުން މި ހިއްސާކޮށްލީ މިސާލެއްގެ ގޮތުންނެވެ. މިފަދަ މަސައްކަތަތަކާ އަލަށް ކުރިމަތިލައްވާ ދަރިވަރުންނަށް އެހީއަކަށް ވެދާނެ ކަމުގެ އުއްމީދުގައެވެ. މިއީ އެންމެ ފުރިހަމަ ލިޔުމަކަށް ވާނެ ކަމަށް އަޅުގަނޑު ދަޢުވާއެއް ނުކުރަމެވެ. އެހެން ނަމަވެސް މި ލިޔުމުން މި ފަދަ މަސައްކަތެއް ކުރިޔަށް ގެންދާނެ ގޮތުގެ ތަޞައްވުރެއް ފެނިވަޑައިގަންނަވާނޭ ކަމަށް ޔަޤީންކުރަމެވެ.

މާލެއިން ކެލަޔަށް

ކިޔާފައިވާ ޢަދަދު: 568
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު
ވާރޭ ހުއްޓާލައިފައި އޮންނަތާ އިރުގަނޑެއް ވިޔަސް ހާކެރި މުޅިއަކުން ކަނޑައިގެނެއް ނުދެއެވެ. ތިއްކަކު ފުލު ތިއްކެއް ޖަހަން ނުޖަހަން އުޅޭ ކަހަލަ ގޮތަކަށް ވެއްޓެއެވެ. ރޭގެ ތެތް ފިނި ރޯޅި ގައިގައި ޖެހިލިޔަސް ތުރުތުރު ލާހައި ވެއެވެ. ދަތްޕިލާ ތެޅިތެޅި ހުރި ހާލުގައި ދޮހޮއްކޮ އަވަސް އަވަހަށް ވުޟޫކޮށް ނިންމާލިއެވެ. ވަޅު މަތީ ދާނި ބާއްވައިފައި މޫނާއި އަތް ފޮހެމުން ހޯނައްސާގާ މަތިން ލައިފައި ގޮސް މިސްކިތަށް އެރި އިރު މާގިނަ ބަޔަކު މިސްކިތުގައި ތިބި ހެނެއް ހިޔެއް ނުވެއެވެ. އެކަން ޔަގީންވީ ދޮރުމަތީގައި ހުރެފައި އެއްކައިރިޔަށް ޖެހިލައި ދޮހޮއްކޮޔަށް ތަންދެމުން މުދިން ޔޫނުސު ބުނެލި އެއްޗަކުންނެވެ.

މޭވާގެތެރެއިން ދޮންކެޔޮ

ކިޔާފައިވާ ޢަދަދު: 1565
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މުޙައްމަދު އިސްމާޢީލު ފުޅު  މއ. މާފުނަ

 

 މޭވަޔަކީ، އިންސާނުން ދަންނަ ކާނާގެ ބައިތަކުގެތެރޭގައި އެންމެ ކުރިންވެސް ހިމެނޭ ބައެކެވެ. އޭގެ ފައިދާއާއި ބެހޭގޮތުން ވަރަށް ކުރިއްސުރެ އިންސާނުންގެ މެދުގައި އައީ ވާހަކަދެކެވެމުންނެވެ. އަދި ކުރީގެ ވަރަށް ގިނަ ލިއުންތަކުގައިވެސް މޭވާގެ ވާހަކަ ލިޔެފައި ހުއްޓާ ފެނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ކަދުރާއި، މޭބިސްކަދުރާއި، ވައްތީންޏާއި، ޒައިތޫންޏާއި، އަދި އަންނާރުފަދަ މޭވާތަކަކީ އެކަލާނގެ އިންސާނާއަށް ދެއްވި ސުވަރުގޭގެ ކާނާއެވެ.