ތަރިކަ ބެހުމުގެ އުޞޫލުތަކާ ދެކޮޅަށް މުސްތަޝްރިޤުން ދައްކާ ބައެއް ވާހަކަތަކާއި އޭގެ ރައްދު

ކިޔާފައިވާ ޢަދަދު: 10327
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުކޮށް، އެ ދީނުގެ ފުރިހަމަކަމާއި ހަމަހަމަކަމާއި އިންޞާފުވެރިކަން ދުނިޔެއަށް އޮޅުވައިލުމަށް ހުޅަނގުން ކުރާ ބޮޑު ހޭދަ އާއި ބުރަ މަސައްކަތެވެ. މި ބޮޑު ޖަރީމާ ހިންގާ މުޖުރިމުންނާ ކުރިމަތިލައި އެކަންކަމަށް ދެވޭ ރައްދުގެ މަދުކަމެވެ.

ދަންތުރަ

ކިޔާފައިވާ ޢަދަދު: 3008
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޢާއިޝަތު ނާޖީ
ތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރު ވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅައިލާނެހާ ހިތްވަރެއް ވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައިވެ ހަރަކާތްތެރި ވަމުން ދެއެވެ. ބައެއް ފަހަރާ ގައިގައި އަޅައިގެންފައި ވެސް ދެއެވެ. އެކަމަކު ބަލައި ވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކު ވެސް ނެތެވެ.
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(50)

ކިޔާފައިވާ ޢަދަދު: 2398
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ترقّى ވަމުންދާ ރަށްތަކުގެ ތެރެއިން ބ.އަތޮޅު ކިހާދޫ

ކިހާދުއަކީ ހުކުރުކުރާ ރަށެއްކަމުގައި ހިމެނިއްޖެ

 ޚަބަރު/”ހަވީރު”ގެ ބ.އަތޮޅު ރިޕޯޓަރ 

ހުކުރު ވާޖިބުވާ 50 މީހުންނެތް ކޮންމެ ރަށަކީ، قانونى ގޮތުން ކަޑައެޅުނު مشروع ގެ ދަށުން، ކިހާދުއަކީ ފަޅުރަށެއް ކަމުގައި دولۃ ން ކަޑައެޅުއްވީ، 22 މާޗް 1970 م (14 صفر 1390ھ )  ދުވަހުއެވެ. އާދެ! ކިހާދޫގެ މީހުން ހިތާދުއަށް ބަދަލުކުރެއްވުމަށްފަހު، އިސްވެ ދެންނެވި قانون އުވައިލެއްވުމާ ގުޅިގެން ދެވަނަފަހަރަށް އެބުރި ކިހާދުއަށް އެމީހުން ރުޖޫޢަވީ ނުވަތަ  ھجرۃ ކުރީ، 18 މޭ 1975 م  އާދެ،  6  جمادی الأوَل 1395 ھ ދުވަހުއެވެ.

ކުދިވާހަކަ (44)

ކިޔާފައިވާ ޢަދަދު: 4192
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (44)

އަތުގައި ހިފުން – ކުޑައަންހެން ދަރިފުޅާއި ބައްޕަ

ޢައްބާސް އިބްރާހީމް

ކުޑައަންހެން ދަރިފުޅާއި އޭނާގެ ބައްޕަ އެކުގައި ހިނގަމުން ދަނިކޮށް ކޯރެއް ހުރަސްކޮށް އަޅާފައިއޮތް ފާލަމެއްގެ މަތީން ދާން ދިމާވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު

ކިޔާފައިވާ ޢަދަދު: 1988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
ތިރީގައި މިވަނީ 2014 ވަނަ އަހަރު “ދިވެހިބަހުގެ ދުވަސް” ފާހަގަކުރުމަށް ލިޔުންތެރީންގެ ގުޅުމާއި ތާޖުއްދީން ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާ “އަދަބީ ނޫރު” ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ޚިޠާބުގެ ނަކަލެކެވެ. މި ޚިޠާބުގައި “ދިވެހިބަހުގެ ދުވަސް” ޤައުމީ ފެންވަރުގައި ފާހަގަކުރާންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ސާހިބާ (9)

ކިޔާފައިވާ ޢަދަދު: 4089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(6 އޭޕްރިލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދިވެސް އޭނާއަށް ހަމަ ރީތީ އޭނާގެ އަންހެނުން ފިޔާޒާއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތް ސާދާކަމެވެ. ފިޔާޒާގެ ހަންގަނޑުގައްޔާއި ހަށިގަނޑުގައި މީނާގެ ކިބައިގައިވާ ފަދަ ގޮތްތަކެއް ނެތް ނަމަވެސް، ފިޔާޒާގެ ހަށިގަނޑަކީ ޠާހިރު ހަށިގަނޑެކެވެ. އެއީ ހަމައެކަނި ފިރިމީހާއަށްޓަކައި ފޮރުވި ޚާއްޞަ ކުރެވިފައިވާ ހަށިގަނޑެކެވެ. ފިޔާޒާގެ ހަށިގަނޑުގެ އެހީގައި، ހިލޭ ފިރިހެނުންގެ ލޯތަކަށް އުފަލެއް ހޯދައިދޭކަށް ފިޔާޒާ ބޭނުމެއް ނުވާނެއެވެ. މީނާ ފެނުމުން ޝަހުދުގެ ހިތުގައި ފިޔާޒާއަށް ދެވިފައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ފިޔާޒާގެ މާތްކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

އަންހެނެއްބާއެވެ؟ ނުވަތަ މިނިކާވަގެއްބާއެވެ؟ (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ފްރޭންކް ސްޓޮކްޓަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(15 އެޕުރީލު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
އަޅުގަނޑުމެން އާދައިގެ މީހުން ދެކޭގޮތުގައި މި ކަމަކީ ނިމިފައި އޮތް ކަމެކެވެ. އެ ރީތި ފިރިހެން ޒުވާނާ، ގަނޑުވަރުތެރޭގެ އަމީރާއެއް ދެކެ ލޯބިވިކަމަށް އިންކާރެއް ނުކުރެއެވެ. އެ މައްސަލައިގައި ހިމެނޭ އަމީރާ ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ ޒުވާނަކީ އޭނާއާއި އަރަފޯދިގެންވާ މީހެކެވެ. ރީތި އިސްކޮޅަކާއި ހަށިގަނޑެއްގެ ވެރިޔެކެވެ. ކަންކަމުގައި ކެރޭ، ޖެހިލުން ކުޑަ ހުޝިޔާރު ފިރިހެނެކެވެ! ކަން މިހެން ފަސޭހައިން ނިންމެން ހުރި ނަމަވެސް ރަސްގެފާނު ވެސް އޭނާ ރާއްވަވާ “ޝާޢިރީ އަދުލު އިންސާފު” މިހާރު އެއްކަލަ އިސްޓޭޑިޔަމުގައި ދެކިވަޑައި ނުގަންނަވާތާ މާ ގިނަދުވަސް ވެގެން އެކަހަލަ ކަމެއް ދެކިވަޑައިގަންނަވާ ހިތްޕުޅުން ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އިސްޓޭޑިޔަމުގައިވާ ހަމަ އެއްވައްތަރުގެ އެއްކަހަލަ ދެ ދޮރުންކުރެ ކޮންމެ ދޮރެއް އެ ޒުވާނާ ހުޅުވި ނަމަވެސް ރަސްގެފާނަށް  މާބޮޑު ފަރުވާލެއް ނެތެވެ. މި މަނާ ލޯބިން އޭނާގެ ދެލޯފަދަ އަމީރާ ‘ސަލާމަތް’ ކުރެވުނީއެވެ.

އޭރުގެ ފަތްފުށްތަކުން…. (69)

ކިޔާފައިވާ ޢަދަދު: 2120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

کستوربا گاندھی

الفاضل عبدالمجيد ماھر

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، މި ފަންނުގައި ގިނަ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ބޭފުޅަކަށް ވެދާނެއެވެ. ނަމަވެސް އޭނާއަކީ ވެސް ލިޔުންތެރިޔެކެވެ. ތަފާތު މައުޟޫޢުތަކަށް ލިޔުއްވައިފައިވެއެވެ. ދިވެހިބޭސްވެރިކަމާބެހޭ ފޮތެއް ވެސް ވަނީ ލިޔުއްވައިފައެވެ.

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްވެސް މެއެވެ. އެ މަގާމުތަކުގެތެރޭގައި މުނިސިޕަލްޓީގެ ރައީސް ކަމާއި ޕޯސްޓް މާސްޓަރކަމާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ މެނޭޖަރކަމާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްގެ ސީނިއަރ އަންޑަރ ސެކްރެޓަރީކަންފަދަ މަގާމުތައް ހިމެނެއެވެ.

ފޭސްބުކުން ވަރިކުރެވުނީ އަނބިމީހާއެވެ. ބިޓެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 2865
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޭސްބުކުން ވަރިކުރެވުނީ އަނބި މީހާ އެވެ. ބިޓެއް ނޫނެވެ.

 އަޙްމަދު ނާފިޢު ބ. ދަރަވަންދޫ 

މިއީ ފޭސްބުކުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚިޔާލީ ވާހަކައެކެވެ.  މި ވާހަކައިގައި ހިމެނޭ ނަންނަމާއި ތަންތަނަކީ އަޞްލެއް ނޫނެވެ. މުޖުތަމައުގައި އިންޓަރނެޓު މެދުވެރިކޮށް މިފަދަ އެތައް ޢަމަލެއް ހިންގަމުންދާއިރު މިފަދަ ކަމެއް ނުވާނެކަމަށް ޤަބޫލުކުރުމަކީ ކުށްހީއަކަށް ވެސް ވެދާނެއެވެ.  މިކަމަށް ފުންކޮށް ވިސްނައިލުން މުހިއްމެވެ.

އަންހެނެއްބާއެވެ؟ ނުވަތަ މިނިކާވަގެއްބާއެވެ؟ (1)

ކިޔާފައިވާ ޢަދަދު: 7167
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ފްރޭންކް ސްޓޮކްޓަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މާ އިހު ޒަމާނެއްގައި، ވަރަށް ނާތަހުޒީބު ރަސްކަލަކު އުޅުއްވިއެވެ. މި ރަސްގެފާނު ރަސްކަންކުރައްވާ ރަށުގެ ވަށައިގެންވާ ރަށްތަކަކީ ނިސްބަތުން ވަރަށް ތަހުޒީބު ބައެކެވެ. މިހެންވެ މި ރަސްގެފާނުގެ ބައެއް ވިސްނުންފުޅު ތަކުގައި ކުޑަ ތަހުޒީބު ކަމެއް ހުރިނަމަވެސް މި ރަސްގެފާނާއި ގުޅުންހުރި ކަންކަމުގެ ބޮޑު ބަޔަކީ ނާތަހުޒީބު ކަންކަމޭ ބުނުމަކީ ދޮގެއްނޫނެވެ. މި ރަސްގެފާނުގެ ޚިޔާލު ފުޅަކީވެސް އިސްރާފެވެ. ކުރައްވާ ކޮންމެ ކަމަކީވެސް ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ކަންތަކެވެ! ޚުދުމުޚްތާރު ރަސްކަލަކަށްވީތީ އޭނާ ބޭނުންފުޅު ޚިޔާލެއް ހަގީގަތަކަށް ހައްދަވަން ކުރައްވަން ޖެހިވަޑައިގަންނަވާ ހަމަ އެކަނި ކަމަކީ ފުއްޓައްކެތް ޖައްސަވައިލެއްވުމެވެ! އެކަމެއް ވަރަށް އަވަހަށް ހަގީގަތަކަށް ބަދަލުކޮށްލާނެ މީހުން ގަނޑުވަރުގައި އަބަދުވެސް ތިބެއެވެ!