[ދިވެހިބަހުގެ ދުވަސް] ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ ތާޖުއްދީން ސްކޫލްގެ ލޯމާފާނު މާލަމުގައި މިރޭ.

ކިޔާފައިވާ ޢަދަދު: 1826
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަބީ މުރާސިލު

2011 ވަނަ އަހަރުން ފެށިގެން ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ، “ދިވެހިބަހުގެ ދުވަސް” މިއަހަރު ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ މިރޭ (14 އޭޕްރިލް 2014 (ހޯމަ) ދުވަހުގެ ރޭ) 8:15 ގައި ތާޖުއްދީން  ސްކޫލްގައި ބާއްވާ ގޮތަށް ލިޔުންތެރީންގެ ގުޅުމުން ހަމަޖައްސަވައިފި އެވެ.

ލަޢުނަތް ލެއްވި ގަސް (1)

ކިޔާފައިވާ ޢަދަދު: 4038
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
މި މަޒްމޫނުގައި ވާހަކަ ދައްކަން މި އުޅެނީ ކީރިތި ޤުރްއާނުގެ އާޔަތެއްގައި ވާރިދުވެފައިވާ ލަޢުނަތް ލެއްވި ގަހާ ބެހޭ ގޮތަކުން ނޫނެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި އައިސްފައިވާ ކަލިމަ”الشجرةَ الملعونةَ “އާ ބެހޭ ގޮތުން އެއްޗެއް ނުދަންނަވައި، މައުޟޫޢަށް ވަދެވެން ނެތުމުން، ކީރިތި ޤުރްއާނުގެ އަލްއިސްރާއު ސޫރަތުގެ 60 ވަނަ އާޔަތަށް ބަލައި ނުލައި ކުރިއަށް ދެވޭކަށް ނެތެވެ. މާތްﷲ ވަޙީ ކުރައްވަނީ “وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ . މާނައަކީ : “އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި قرآنގައި لعنةލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް امتحانއެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ.”

ދިޔަމިގިލީ ދަރިކޮޅުން މާވާގަނޑުވަރު ޙުސައިން ދީދީގެ ޢާއިލާ (2)

ކިޔާފައިވާ ޢަދަދު: 4207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
(8 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާވާ ޙުސައިންދީދީގެ ބޭފުޅުންނަކީ، މާވާ ޢާއިޝާދީދީ އާއި،  މާވާ އާމިނާދީދީ އާއި، މާވާ ސަންފާދީދީ އާއި، މާވާ ފާޠިމާދީދީ  އެވެ. މި ބޭފުޅުންގެ މަންމައަކީ “ހުވަދޫގޭ” ކަތްދާފުޅު ކަމަށް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލްދީދީގެ ލިޔުއްވުމެއްގައި އެބަ ވެއެވެ. އެހެންނަމަވެސް ކަތްދާފުޅުގެ ނަން ފިޔަވައި އޭނާއާ ގުޅޭ ޢާއިލީ ވަނަވަރެއް ޝައިޚުލް އުސްތާޛު ލިޔުއްވައިފައެއް ނުވެއެވެ.
 

މަންޒިލަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 2560
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޢާއިޝަތު ނާޖީ
ފަތިހުގެ ހާ ގޮވައިލާ އަޑު އިވުމާ އެކު ލޮލަށް ވެރިވެފައިވާ ގަދަ ނިދި ފިލައިގެން ދަނީ ކުރަން ހުރި މަސައްކަތްތައް ހިތަށް އަރައިފައެވެ. ފުންމައިގެން އެނދުން ތެދުވެ މޫނު ވެސް ނުދޮވެ، ދުއްވައިގަންނަނީ ކުދިން އިސްކޫލަށް ފޮނުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. ޔުނީފޯމު އިސްތިރިކުރާށެވެ. މޭޒުމައްޗަށް ސައި ތައްޔާރު ކުރާށެވެ. އިންޓޯލު ތައްޔާރުކޮށް ދަބަހަށް އަޅާށެވެ. ފޮތްތައް ހަމަކުރާށެވެ. ކުދިވެރިންނަށް ގޮވަނީ ވެސް މިހުރިހައި ކަމެއް ކުރުމަށްފަހުގައެވެ. އެއީ އެންމެ މިނިޓެއް ވެސް އިތުރަށް ނިދަން ލިބުނިއްޔާ ކިލާހުގައި ތިބޭއިރު ފިލާވަޅަށް ސަމާލުކަން ދެވޭލެއް ބޮޑުވާނެތީ އެވެ. އެހެންކަމުން އެއްވެސް ކުއްޖަކަށް ހެނދުނު ހަޔެއް ޖެހުމުގެ ކުރިއަކުން ނުގޮވަމެވެ.

އާ ފެށުމެއް

ކިޔާފައިވާ ޢަދަދު: 3537
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ރީތި ކުލަކުލަޔަށް ނުބަލަމާ! މީހުނަށް އިސްކަން ދެމާ!
                     ރީތިކޮށް އިހު އުޅުނުހެން އުޅެގެން ހިނގާ ކުރިއަށް ދަމާ!
ހީނލަމުން ހިނިތުންވަމުން ފެނުމުން ސަލާންކޮށް އަނެކަކާ
                     މީ ދިވެހި ޤައުމުގެ ދަރިންނޭ  ހީކުރާ  ބަޔަކަށް  ވަމާ!

މިހާރު ކުރިޔަށްދާ ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތް މެދަށް އަރައިފި

ކިޔާފައިވާ ޢަދަދު: 1768
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެހީތެރިކަމާއެކު ދިވެހިބަހުގެ އެކެޑަމީން މިއަހަރު ވީމީޑިއާ އާ ގުޅިގެން ބާއްވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުންތެރިކަމުގެ 29 ވަނަ ޤައުމީ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ދަރިވަރުންގެ ވާހަކަދެއްކުންތައް ރޭގެ ނިޔަލަށް ނިމިއްޖެ އެވެ.

ޚާއްޞަ ދަޢުވަތު

ކިޔާފައިވާ ޢަދަދު: 1896
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

 

މިއަހަރުގެ “ދިވެހިބަހުގެ ދުވަސް” ފާހަގަކުރުމަށް ލިޔުންތެރީންގެ ގުޅުމާއި ތާޖުއްދީން ސްކޫލް ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއެއް މި ހިނގާ އޭޕްރިލް މަހު 14 ވާ ހޯމަ ދުވަހުގެ ރޭ (އަންގާރަ ވިލޭރޭ) 8:30 ގައި ތާޖުއްދީން ސްކޫލް މާލަމުގައި އޮންނާނެ އެވެ.

އަލަށް އުފެދޭ ލަފުޒުތައް (4)

ކިޔާފައިވާ ޢަދަދު: 2468
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
(4 މާރޗް 2014 (ހުކުރު) ގުޅޭ)
ޢާއްމުކޮށް ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއްކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.
 

އިލާހީ ލަޤަބު

ކިޔާފައިވާ ޢަދަދު: 2256
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލީ ފުޅު، ބ.ދަރަވަންދޫ
އާދަމް ޞަފިއްޔުﷲ އަކީ  އާދަމް  ދަރިންގެ   ބަފާކަލުން.
              އާދަވެ މި އިންސާނުން  އުޅޭ ބިމުގައިމެ ލެއްވި  ބަފާކަލުން.

އާދަމްގެފާނުގެ  ހަށިކޮޅުން  ހައްވާގެ ފާނުގެ   އުފައްދަވައި،
             އާދަމްގެ ދަރިފަސްކޮޅު އުފެއްދެވި އަޞްލަކީތޯ؟ ދެކަނބަލުން

އިންސާނިޔަތު ފެށިގެންއައީ ދުނިޔޭގެ ބިމުގައި ޔާރުނޭ،
             އިންޞާފުވެރިކޮށް  ދިރިއުޅެން  އާބާދު  ވީތީ  ދެކަނބަލުން

ކުދިވާހަކަ (43)

ކިޔާފައިވާ ޢަދަދު: 4183
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (43)

ދުންޔަވީ އެދުމަށްވުރެ ކުރިއަށް

ޢައްބާސް އިބްރާހީމް

މަޝްހޫރު ފިޒިސިސްޓް އައިންސްޓައިން އަރިހުގައި، އިޒްރޭލްގެ ރައީސްކަން ޤަބޫލުފުޅު ކުރެއްވުން އެދި ދެންނެވުނެވެ. އެއީ 1952 ވަނަ އަހަރު، އެދުވަސްވަރު އިޒްރޭލްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހާއިމް ވައިޒްމަން އަވަހާރަވުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި އައިންސްޓައިންއަށް މިހުށަހެޅުނު ހުށަހެޅުން އޭނާ ވަރަށް އަދަބުވެރިގޮތެއްގައި ޤަބޫލުފުޅު ނުކުރެއްވީއެވެ. އަދި އިޒްރޭލްގެ އެމްބެސެޑަރް އަބާ އިބާންއަށް ފޮނުއްވެވި ސިޓީފުޅެއްގައި ވަރަށް ސާފު ސީދާ ބަހުން އައިންސްޓައިން ލިޔުއްވައިފައިވެއެވެ.