ދިޔަމިގިލީ ދަރިކޮޅުން މާވާގަނޑުވަރު ޙުސައިން ދީދީގެ ޢާއިލާ (2)

ކިޔާފައިވާ ޢަދަދު: 4232
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
(8 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާވާ ޙުސައިންދީދީގެ ބޭފުޅުންނަކީ، މާވާ ޢާއިޝާދީދީ އާއި،  މާވާ އާމިނާދީދީ އާއި، މާވާ ސަންފާދީދީ އާއި، މާވާ ފާޠިމާދީދީ  އެވެ. މި ބޭފުޅުންގެ މަންމައަކީ “ހުވަދޫގޭ” ކަތްދާފުޅު ކަމަށް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލްދީދީގެ ލިޔުއްވުމެއްގައި އެބަ ވެއެވެ. އެހެންނަމަވެސް ކަތްދާފުޅުގެ ނަން ފިޔަވައި އޭނާއާ ގުޅޭ ޢާއިލީ ވަނަވަރެއް ޝައިޚުލް އުސްތާޛު ލިޔުއްވައިފައެއް ނުވެއެވެ.
 

މަންޒިލަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 2581
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޢާއިޝަތު ނާޖީ
ފަތިހުގެ ހާ ގޮވައިލާ އަޑު އިވުމާ އެކު ލޮލަށް ވެރިވެފައިވާ ގަދަ ނިދި ފިލައިގެން ދަނީ ކުރަން ހުރި މަސައްކަތްތައް ހިތަށް އަރައިފައެވެ. ފުންމައިގެން އެނދުން ތެދުވެ މޫނު ވެސް ނުދޮވެ، ދުއްވައިގަންނަނީ ކުދިން އިސްކޫލަށް ފޮނުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. ޔުނީފޯމު އިސްތިރިކުރާށެވެ. މޭޒުމައްޗަށް ސައި ތައްޔާރު ކުރާށެވެ. އިންޓޯލު ތައްޔާރުކޮށް ދަބަހަށް އަޅާށެވެ. ފޮތްތައް ހަމަކުރާށެވެ. ކުދިވެރިންނަށް ގޮވަނީ ވެސް މިހުރިހައި ކަމެއް ކުރުމަށްފަހުގައެވެ. އެއީ އެންމެ މިނިޓެއް ވެސް އިތުރަށް ނިދަން ލިބުނިއްޔާ ކިލާހުގައި ތިބޭއިރު ފިލާވަޅަށް ސަމާލުކަން ދެވޭލެއް ބޮޑުވާނެތީ އެވެ. އެހެންކަމުން އެއްވެސް ކުއްޖަކަށް ހެނދުނު ހަޔެއް ޖެހުމުގެ ކުރިއަކުން ނުގޮވަމެވެ.

އާ ފެށުމެއް

ކިޔާފައިވާ ޢަދަދު: 3569
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ރީތި ކުލަކުލަޔަށް ނުބަލަމާ! މީހުނަށް އިސްކަން ދެމާ!
                     ރީތިކޮށް އިހު އުޅުނުހެން އުޅެގެން ހިނގާ ކުރިއަށް ދަމާ!
ހީނލަމުން ހިނިތުންވަމުން ފެނުމުން ސަލާންކޮށް އަނެކަކާ
                     މީ ދިވެހި ޤައުމުގެ ދަރިންނޭ  ހީކުރާ  ބަޔަކަށް  ވަމާ!

މިހާރު ކުރިޔަށްދާ ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތް މެދަށް އަރައިފި

ކިޔާފައިވާ ޢަދަދު: 1785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެހީތެރިކަމާއެކު ދިވެހިބަހުގެ އެކެޑަމީން މިއަހަރު ވީމީޑިއާ އާ ގުޅިގެން ބާއްވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުންތެރިކަމުގެ 29 ވަނަ ޤައުމީ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ދަރިވަރުންގެ ވާހަކަދެއްކުންތައް ރޭގެ ނިޔަލަށް ނިމިއްޖެ އެވެ.

ޚާއްޞަ ދަޢުވަތު

ކިޔާފައިވާ ޢަދަދު: 1910
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

 

މިއަހަރުގެ “ދިވެހިބަހުގެ ދުވަސް” ފާހަގަކުރުމަށް ލިޔުންތެރީންގެ ގުޅުމާއި ތާޖުއްދީން ސްކޫލް ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއެއް މި ހިނގާ އޭޕްރިލް މަހު 14 ވާ ހޯމަ ދުވަހުގެ ރޭ (އަންގާރަ ވިލޭރޭ) 8:30 ގައި ތާޖުއްދީން ސްކޫލް މާލަމުގައި އޮންނާނެ އެވެ.

އަލަށް އުފެދޭ ލަފުޒުތައް (4)

ކިޔާފައިވާ ޢަދަދު: 2503
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
(4 މާރޗް 2014 (ހުކުރު) ގުޅޭ)
ޢާއްމުކޮށް ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއްކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.
 

އިލާހީ ލަޤަބު

ކިޔާފައިވާ ޢަދަދު: 2286
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލީ ފުޅު، ބ.ދަރަވަންދޫ
އާދަމް ޞަފިއްޔުﷲ އަކީ  އާދަމް  ދަރިންގެ   ބަފާކަލުން.
              އާދަވެ މި އިންސާނުން  އުޅޭ ބިމުގައިމެ ލެއްވި  ބަފާކަލުން.

އާދަމްގެފާނުގެ  ހަށިކޮޅުން  ހައްވާގެ ފާނުގެ   އުފައްދަވައި،
             އާދަމްގެ ދަރިފަސްކޮޅު އުފެއްދެވި އަޞްލަކީތޯ؟ ދެކަނބަލުން

އިންސާނިޔަތު ފެށިގެންއައީ ދުނިޔޭގެ ބިމުގައި ޔާރުނޭ،
             އިންޞާފުވެރިކޮށް  ދިރިއުޅެން  އާބާދު  ވީތީ  ދެކަނބަލުން

ކުދިވާހަކަ (43)

ކިޔާފައިވާ ޢަދަދު: 4206
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (43)

ދުންޔަވީ އެދުމަށްވުރެ ކުރިއަށް

ޢައްބާސް އިބްރާހީމް

މަޝްހޫރު ފިޒިސިސްޓް އައިންސްޓައިން އަރިހުގައި، އިޒްރޭލްގެ ރައީސްކަން ޤަބޫލުފުޅު ކުރެއްވުން އެދި ދެންނެވުނެވެ. އެއީ 1952 ވަނަ އަހަރު، އެދުވަސްވަރު އިޒްރޭލްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހާއިމް ވައިޒްމަން އަވަހާރަވުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި އައިންސްޓައިންއަށް މިހުށަހެޅުނު ހުށަހެޅުން އޭނާ ވަރަށް އަދަބުވެރިގޮތެއްގައި ޤަބޫލުފުޅު ނުކުރެއްވީއެވެ. އަދި އިޒްރޭލްގެ އެމްބެސެޑަރް އަބާ އިބާންއަށް ފޮނުއްވެވި ސިޓީފުޅެއްގައި ވަރަށް ސާފު ސީދާ ބަހުން އައިންސްޓައިން ލިޔުއްވައިފައިވެއެވެ.

ބަނބުކޭލުގެ ވާހަކައިން ފެޅި ނިރެއް – ގިނަ މީހުން ނުދަންނަ ބައި

ކިޔާފައިވާ ޢަދަދު: 6186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދްސަމީރުޢަލީ
(6 އޭޕްރިލް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

އަޅުގަނޑުމެން އިންސާނުން، ޒަމާނުންސުރެ ހޭނިފައިވާ ތަފާތު ފަސޭހަތަކުން މަހުރޫމުވެ، ދިރިއުޅުން އަލުން ބިނާ ކުރަން ޖެހޭ ޙާލަތްތައް، ކުޅަދާނަ ލިޔުންތެރިން ލިޔެފައި އެބަ ހުއްޓެވެ. މިފަދަ ވާހަކަތަކުގައި، ބޮޑުވަމުން އައި ދުވަސްވަރު ތަރުބިއްޔަތުވެފައިވާ އެ މީހެއްގެ ދީން އެއް ފަރާތްކޮށްލައި، ވަކި ހައްދެއް، ވަކި އިމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެން ފަރިތަކުރުވި ގާނޫނުގެ އަތްނުފޯރާ ހިސާބެއްގައި ފަރުދީ މީހަކު، ނުވަތަ ޖަމާއަތެއް ވަކި މުއްދަތަކަށް އުޅެން ދިމާވެއެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(49)

ކިޔާފައިވާ ޢަދަދު: 1824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލަށް ފޮޅޭ މާތަކަށް، ދުވަސްވީ ގަސްތަކުގެ ދުވަހުގައި ފޮޅުނު މާތަކުގެ خبرނޭނގި ހިނގައިދާނެއެވެ.

އެހެނަސް…. ބިންގަނޑު އެ ކަންކަން ހަނދާނެއް ނުނެތޭނެއެވެ.

السّيّد ملمގޭ ދޮންސީދީ

އޭނާއަކީ އެންމެ ފުރަތަމަ ތުއްޕުޅުއިރުވެސް މަސްވެރިކަމަށް ފަންޑިތަ ހައްދަވައިދެއްވަން އުޅުއްވި ބޭފުޅެކެވެ. އޭނާގެ دورދެން ބަދަލުވީ ކުލަގަދަ قومى خدمۃތަކެއްގެ ރަން دورއަކަށެވެ. އެدورގެ ދިގުމުއްދަތުގެ އަހަރުތައް خدمۃ ގެ ކުލަތަކުން ފުރާލެއްވުމަށްފަހު عمرފުޅުން ދުވަސްވެ މުސްކުޅިފުޅުވުމަށްފަހު ސަރުކާރުގެ ދީލަތި އެހީފުޅުގެ ދަށުގައި މިހާރު ވެސް އޭނާއަކީ دولۃގެخدمۃގެ ލިސްޓްގައިވާ قدرވެރި ބޭފުޅެކެވެ. މިހާރު އަނެއްކައިވެސް އޭނާގެ މަސައްކަތްޕުޅަކީ އިހުފަދައިން ފަންޑިތަ ހެއްދެވުމެވެ. މަސްވެރިކަމަށާއި އެނޫންވެސް ކަންކަމަށެވެ.