ދަސްވެނީންގެ އަޑު

ކިޔާފައިވާ ޢަދަދު: 3011
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
ދިވެހިބަހާއި ސަގާފަތުގެ މާސްޓަރ ކޯސް
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީ

ދަސްވެނިވުމުގެ ރަސްމިއްޔާތު، 2014.3.27

                              *
بســـــــــم الله الرّحــمــــن الرّحــيـــــــم އިސްމުފުޅުން އަލްމުތަޢާލީ،
            “އިސްކޮށް ފެށުމަށް ވާހަކަ ކުރިމަތިލީ”، ވާތްގަށް އެދި ކިބައިން އަލްވާލީ
                              *
ޙަމްދު ހުރީ މަތިވެރި މާތް ރައްބަށް، ހެއްދެވި ފުރިހަމައަށް ޢާލަމްތައް،
            ބިމުގައި، ކަޑަ ކަމުގައި، ފަރުބަދަތައް،ލެއްވެވި އުހުގައި ގަދަފަދަ އުޑުތައް
 

ޚާއްޞަ ދަޢުވަތުގެ ތާރީޚު ބަދަލުވެއްޖެ

ކިޔާފައިވާ ޢަދަދު: 261
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ޚާއްޞަ ދަޢުވަތުގެ ތާރީޚު ބަދަލުވެއްޖެ

ދުނިޔޭގެ “އާރތުއަވަރ” ފާހަގަކުރުމުގެ ގިނަ ޙަރަކާތްތަކެއް މިއަދާއި މިރެއަށް ސަރުކާރުން ރާއްވަވައިފައިވާތީ، ލިޔުންތެރީންގެ ގުޅުމުން މިރޭ (އާދިޢްތަވިލޭރޭ) 8:45 ގައި، ޤައުމީ ކުތުބުޚާނާގައި ބާއްވާން  ހަމަޖައްސައިފައި އޮތް މުހިއްމު ޢާއްމު ޖަލްސާ މާދަމާރެއަށް ފަސްކުރެވުނު ވާހަކަ މަޢާފާއެކު ދަންނަވަމެވެ.

 
ވީމާ މި މުހިއްމު ޖަލްސާއަށް، ޖަމްޢިއްޔާގެ ހުރިހާ މެންބަރުންނާއި މެންބަރުންނަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން މާދަމާރޭ (2014 މާރޗް 30 ވާ އާދީއްތަ ދުވަހުގެ ރޭ) 8:45 އަށް ޤައުމީ ކުތުބުޚާނާގެ ތިރީގައި ހުންނަ “ނޭޝަނަލް އާރޓް ގެލަރީ”އަށް ވަޑައިގެންދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު  ދަޢުވަތު އަރުވަމެވެ.
 
ޝުކުރިއްޔާ!!
ލިޔުންތެރީންގެ ގުޅުން

ޖަލްސާ:   އަހަރީ ޢާއްމު ޖަލްސާ
ތާރީޚު:    30 މާރޗް 2014 (އާދީއްތަ) ދުވަހުގެ ރޭ (ހޯމަ ވިލޭރޭ)
ގަޑި:     20:45

ޙިކުމަތުގެ ބަސްތަކެއް

ކިޔާފައިވާ ޢަދަދު: 5803
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޙިކުމަތުގެ ބަސްތައް ފެނިދެޔޭ  ބަސްފޮތް  ބަލައި  ހޯދައިލުމުން
            މި ކުރާ މަސައްކަތަކީ  އެއިން މަދު ބަސްކޮޅެއް  އެއްކޮށްދިނުން

ނުފުރާށެ ފެން ފޫނެތް ފަޔަށް ބުނެޔޭ  އިހުގެ  ހަރުބަސްތަކުން
            އުފުލާ އެއީ ބޮޑު ބުރައެކޭ  ހަރުލައި  އެ ފެން  ނުމެ ވާކަމުން

ޢާއްމުންނަށް މަޢުލޫމާތު ފެތުރުން ނުވަތަ ޕަބްލިކް ބްރޯޑްކާސްޓިންގ

ކިޔާފައިވާ ޢަދަދު: 5760
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޓީވީ އިން ދުރަށް ދައްކަން ފަށައިފައިވަނީ 1978 މާރޗް 29 ވަނަ ދުވަހުގެ ރޭ 8:55 ގައެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އަލްއުސްތާޛު އިބްރާހީމް ޝިހާބެވެ. ޓީވީން ފުރތަމަ ދުރަށް ދެއްކި ފުރަތަމަ ޚަބަރުކީ އެނައުންސަރަކީ  އަލްފާޟިލް (މިހާރު ރައީސް ޑރ.) މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (19)

ކިޔާފައިވާ ޢަދަދު: 3304
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(17 މާރޗް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކްލައިވް އޭނާގެ ތޮފި ނަގައިފިއެވެ. އަދި އޭނަ ހިފައިގެން އައި ނޫސް ފަތްޖަހައިލައިފައި ނަގައިފިއެވެ.
އެއަށްފަހު ބްރައިނީ އާއި ދިމާއަށް މަލާމަތުގެ ގޮތެއްގައި ބޯ ލަނބައިލައިފައި ބުންޏެވެ.
“އެންމެ ރަނގަޅެވެ. އަހަރެންގެ ލޯބިވެރިޔާއެވެ. ފޮތްފޮތާއި ފިލްމުތަކުގައި މި ބާވަތުގެ ވާހަކަ ނިމޭ ގޮތަށް  އަހަރެމެން ދެމީހުންގެ ލޯބި ވެސް ނިމުނީއެވެ. އެކަމަކު އަހަރެމެން ދެ މީހުންނަށް އެކުގައި އުޅެވޭނެ ގޮތް ދިމާވި ނަމަ ޙަޔާތަކީ ވަރަށް އުފާވެރި ޙަޔާތަކަށް ވީހެވެ. ހަމަ އެފަދައިން، އަހަރެންގެ އެންމެ ފަހުގެ އިންޒާރަކީ މޮންކްސްފާމަށް އެނބުރި ނުދާށެވެ. އެ ގޮތަކީ ކަލޭ އެގެއަށް ދިއުމުން މާ އެދެވޭ  ތަރުޙީބެއް ނުލިބޭނެއެވެ.”

އަޅުގަނޑުގެ މޮޓޯސައިކަލު ދުނިޔެ ވަށައިގެން ބުރެއްޖެހީ އުފާވެރި ހަނދާންތަކަކާ އެކީގައެވެ!

ކިޔާފައިވާ ޢަދަދު: 6047
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑު މި ދުއްވާ ސައިކަލު މިހައި ތަނަށް ދުވެފައި ހުރި ވަރު ދާދި ފަހުން ބަލައިލީމެވެ. ސާޅީސް ހަތް ހާސް ތިން ސަތޭކަ ކިލޯމީޓަރަށް އެ ސަވާރީ، އަޅުގަނޑު ގޮވައިގެން ދުވެފިއެވެ! މާލޭގެ މަގުތަކުން އެއްވެ ޖަމާވި ކިލޯ މީޓަރުތަކަކީ، ގިނަ ފަހަރަށް އަޅުގަނޑުގެ އަންހެން ދަރިފުޅާއި އޭނާގެ (ފިރިހެން) ދެ ކޮއްކޮ ގޮވައިގެން އެ ކުދިންގެ ސްކޫލަށް ނުވަތަ ސްކޫލުން ގެއަށް ގެންނަން ކުރެވުނު ދަތުރުތަކުގައި ޖަމާވި ދިގު ރާސްތާއެކެވެ. ތެދެކެވެ. އަޅުގަނޑު އަމިއްލަ ދަތުރު ވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް ދަރިން ލިބުމަށް ފަހު މައިން ބަފައިންގެ ހަނދާންތަކުގެ އެކައުންޓުގައި ޖަމާވާ އެންމެ އުފާވެރި ހަނދާންތަކަކީ އެ މީހުންގެ ދަރީންނާ އެކު ހޭދަ ކުރެވޭ ވަގުތުތަކެވެ!

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟…….(23)

ކިޔާފައިވާ ޢަދަދު: 2184
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

إعلان

وزارة المعارف
   މާލެ

އިގިރޭސި ކިޔަވައިދިނުން

دولۃ ގެ ފަރާތުން އިގިރޭސި ކިޔަވައިދިނުމަށް ގެންނެވި خاصّ مدرّس މި رمضان މަހުގެ ފަހުކޮޅުގައި އެބުރި އަންނާނެއެވެ.

ރާއްޖެތެރޭގެ ރަށްރަށުގެ މީހުންކުރެ ކިޔަވަން އެދޭ މީހަކު ނަމަ، شوّال މަހުގެ 15 ހާތާގައި އާދެވޭނެ إنتظامއެއް ހަމަޖެއްސުން ފެނެއެވެ.

ކުދިވާހަކަ (41)

ކިޔާފައިވާ ޢަދަދު: 4323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (41)

އެހެންމީހުންނާ ޙިއްޞާކުރުމުގެ ފައިދާ

ޢައްބާސް އިބްރާހީމް

ދަނޑުގޮވާމުގެ ތަކެތީގެ މަޢުރަޒުގައި އަބަދުވެސް އެއްވަނަ ހޯދަމުން އަންނަ ދަނޑުވެރިއެއްގެ ވާހަކައެވެ. އެހިސާބު ގަނޑުގައި އުޅޭ ދަނޑުވެރިންނާ އަބަދުވެސް އޭނާ ޙިއްޞާ ކުރަމުންދަނީ އޭނާ ހައްދާ ޒުވާރީގެތެރެއިން އެންމެ ރަނގަޅު ޒުވާރީގެ އޮށްތަކެވެ.

ލިޔުންތެރީންގެ ގުޅުމުގެ ޚާއްޞަ ދަޢުވަތު

ކިޔާފައިވާ ޢަދަދު: 354
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުމުގެ ޚާއްޞަ ދަޢުވަތު

މި ޖަމްޢިއްޔާގެ އަހަރީ ޢާއްމު ޖަލްސާ މި ހިނގާ މާރިޗު މަހު 29 ވާ ހޮނިހިރު ދުވަހުގެ ރޭ (އާދިޢްތަވިލޭރޭ) 8:45 ގައި، ޤައުމީ ކުތުބުޚާނާގެ ތިރީގައި ހުންނަ “ނޭޝަނަލް އާރޓް ގެލެރީ”ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ވީމާ މި މުހިއްމު ޖަލްސާއަށް، ޖަމްޢިއްޔާގެ ހުރިހާ މެންބަރުންނާއި މެންބަރުންނަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު  ދަޢުވަތު އަރުވަމެވެ.
ލިޔުންތެރީންގެ ގުޅުން

ޖަލްސާ:   އަހަރީ ޢާއްމު ޖަލްސާ
ތާރީޚު:    29 މާރޗް 2014 (ހޮނިހިރު) ދުވަހުގެ ރޭ (އާދީއްތަ ވިލޭރޭ)
ގަޑި:     20:45

ދިވެހިބަހުގެ [ގަވާއިދު ކޮމިޓީ]ގެ ރިޔާސަތަށް ލިޔުންތެރީންގެ ގުޅުމުގެ އިސް ދެ ބޭފުޅަކު އިންތިޚާބުވެވަޑައިގެންފި

ކިޔާފައިވާ ޢަދަދު: 1896
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަބީ މުރާސިލު

ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށް ވެސް ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ ދެ ބޭފުޅަކު މިއަދު އިންތިޚާބުވެއްޖެ އެވެ. ދިވެހިބަހުގެ ގަވާއިދު މުރާޖަޢާކޮށް އިތުރަށް ދިރާސާކޮށްގެން ދިވެހިބަހުގެ ގަވާއިދު އެކަށައެޅުމަށް ދިވެހިބަހުގެ އެކެޑެމީއިން އެކުލަވައިލެއްވި “ގަވާއިދު ކޮމިޓީ” ގައި ހިމެނިވަޑައިގަންނަވަނީ ބަހާއި ބަހަވީ ޢިލްމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ޙާޞިލުކުރައްވައިގެންތިއްބެވި ނުވަތަ އެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ 18 ވަރަކަށް ބޭފުޅުންނެވެ.