ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (18)

ކިޔާފައިވާ ޢަދަދު: 3234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(05 މާރޗް 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ލަސް ލަހުން ނަމަވެސް ޔަޤީނުން އޭނާ އެ ސިޓީ ވީދައިލާން ފަށައިފިއެވެ. ސިޓީ ވީދައިލުމަށްފަހު އުރައިގައި ބަންދު ކުރި ޗެކް ވެސް ދެބުރި ކޮށްލީއެވެ. ދެން އޭނާ ވަރަށް ބާރަށް ގޮވައިލިއެވެ. “ބެރީ އެވެ. ބެރީއެވެ. މިތަނަށް އަވަހަށް އަންނާށެވެ.”
މުސްކުޅި ނަރުސް ދުވެފައި އަތުވެއްޖެއެވެ. “ޔޭސް މާސްޓަރ ހިޔު!” ހިޔު ބުންޏެވެ. “އަހަރެން ގެ ފޮށި ބަންދު ކޮށްދޭށެވެ. އަހަރެން މިދަނީ މެންދުރުގެ ރޭލުން ލަންޑަނަށް ދާށެވެ.”

ރަތް ބަބުރު ކެލާ

ކިޔާފައިވާ ޢަދަދު: 2920
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޝާކިރު

މާކުރީ ދުވަސްވަރެއްގެ ވާހަކައެކެވެ. ލިޔެކިޔުން މިހައި ފަހި ދުވަސްވަރެއްގެ ވާހަކައެއް ނަމަ ކޮންމެވެސް މީހަކު ތާރީޚަށްޓަކައި ލިޔެ ރައްކައުކުރީސްކަން ނޭނގެއެވެ. އެކެއްގެ ތުބުން އަނެކާގެ ކަންފަތަށް އެޅެމުން އައިސްފައިވާ ވާހަކައެކެވެ. ދުވަސްވީ މި ޒާތުގެ ބޯދާވާހަކައަށް މި ކުރެވެނީ ކީއްކަންނޭނގޭހައި ޅަޢުމުރުގައި ވެސް ދެވިފައިވާ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ހަނދާނުން މުޅިންފިލައިނުގޮސް ހުރީއެވެ.

އިސްލާހީ ފިޔަވަޅެއް މިހައި ކުރިން އެޅި މީހަކު އެނގިލައްވައިތޯއެވެ؟

ކިޔާފައިވާ ޢަދަދު: 6018
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ގަޑީގެ ކުޑަކަށި ވެއްޓި، ހަމަ އެކަނި މިނެޓު ދައްކާ ބޮޑުކަށި ބަލައިގެން ވެސް އޭނާއަށް އެނގޭވަރަކުން ވަގުތު އޮޅުން ފިލުވައިދިން މީހެއްގެ ވާހަކަ އަޚް ޢަބްދުﷲ ނަޢީމް ލިޔުއްވާފައިވުމުން ހަނދާނަށް އައި ވާހަކައެއް ލިޔެލާ ހިތްވެއްޖެއެވެ!

ބޯވަ މަސްކޮޅު.

ކިޔާފައިވާ ޢަދަދު: 4632
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ހުރި އަވަށަކާއި ހުރި އެޑުރެހެއް ނުލިޔުނަސް މިއީ މާލޭގައި މީގެ ވިއްސަކަށް އަހަރު ކުރީގައި ހުރި އޭރުގެ މަޝްހޫރު ހޮޓަލެއްގައި ހިނގައި ދިޔަ ހާދިސާ އެކެވެ. އަހަރެން ވެސް ބައިވެރިވެ އިން ކެއުމެއްގައި އެންމެންގެ ލޮލުގެ ކުރިމަތީގައެވެ. މިއީ ފިލްމެއްކަމުގައިވާ ނަމަ މިފިލްމުގެ ބައިވެރިންގެ އެންމެންހެންމެ ދިރި ދުނިޔޭގައި އަދިވެސް އެބަ ތިއްބެވެ.

ގަޑި ބުނެދިނުން

ކިޔާފައިވާ ޢަދަދު: 5882
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމް އިބްރާހީމް
ރޭލު އިސްޓޭޝަނެއްގައި ތިބި ދެ މީހުންނެވެ. އެތަނުން އެކަކު ސުވާލުކޮށްލިއެވެ. “ގަޑިން ކިހާ އިރެއް ވެއްޖެ؟” އަނެއް މީހާ ބުންޏެވެ. “ޖަހައި ފަހެއް ހިނގައިފި.”
ސުވާލުކުރި މީހާ ތުން އަނބުރައިލައިފައި ދުރަށް ހިނގައްޖެ އެވެ. ކުޑަ އިރުކޮޅެއް ކޮށްފައި އަނެއްކާ ވެސް އައިސް އަހައިފި އެވެ. “ގަޑިން ކިހާ އިރެއް ވެއްޖެ؟”

ސިކުނޑީގެ [އެންޓިވައިރަސް]

ކިޔާފައިވާ ޢަދަދު: 6572
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑްޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ހާޑެކެވެ. (ޙަޤީޤަތުގައި ކޮމްޕިޔުޓަރ ހާޑް އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކޮންޕިޔުޓަރަށް “މަޢުލޫމާތު އަޅާ” ފަދައިން އިންސާނާގެ ސިކުނޑިއަށް ވެސް މަޢުލޫމާތު “އަޅަނީ” އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ.

ހަނދާނެއް ނުހުރެއެވެ.

ކިޔާފައިވާ ޢަދަދު: 2495
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢާއިޝަތު ނާޖީ
އެއްދުވަސްވަރެއްގައި ވަރަށް ދުރު ހިސާބު ގަނޑެއްގައި  އޮތް ސަހަރެކެވެ. މުޅި ދުވާލާއި ރޭގަނޑުވެސް އެ ސަހަރުގެ މީހުން އުޅެނީ ކަނު އަނދިރީގައެވެ. މި ސަހަރުގެ އެންމެންވެސް ތިބެނީ އެއް ތަންކޮޅެއްގައި  އެކަތިގަނޑެއްހެންނެވެ.  ތިމާމެންނަށް މިތަނުން އެހެން ތަނަކަށް ދެވިދާނެ ކަމެއްވެސް ނޭނގޭތީއެވެ. މި މީހުންނަކަށް މި ދުނިޔޭގައި އެހެން  ތަނެއް އޮންނަ ކަމެއްވެސް އަދި އެހެން ބަޔަކު އުޅޭކަމެއްވެސް ނޭނގެއެވެ. އަމިއްލަ އަތުން ފައިން އެއްކަމެއްވެސް ކުރާކަށް ނޭނގެއެވެ. ޖެހިގެން ތިބޭ މީހުންނަށް އެކަކު އަނެކަށް ޖަހާ ވައްތަރެއް ނޭނގޭ ޙާލު އެ ތާ ތިބޭ މީހުންނަށް ތިމާމެންގެ އަމިއްލަ ސިފަވެސް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ތިބި ތާ ތިބެގެން އެ ވަގުތަކު އަތުގައި ޖެހުނު އެއްޗެއް ކައިބޮއެ އުޅެއެވެ. 

ދިވެހި ޅެންވެރިކަމަށް އަވަސް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 9695
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ނުފޫޒު ގަދަ ބާވަތެވެ. ޅެންބަހުރުވައިގައި ބަސްތައް އެމުނި އެކުލެވިފައިވާ ގޮތުން އާދައިގެ ނަސްރަށްވުރެ ޅެންބަހުރުވައިން އިންސާނާގެ އިޙުސާސްތަކާ މާ ބޮޑަށް ކުޅެލައެވެ. ޅެންބަހުރުވައިގައި ހުންނަ ކާފިޔާ އާއި ވަޒަން ހަމަވުންފަދަ އުޞޫލުތަކުގެ ސަބަބުން، ޅެމުން ހުށަހަޅާ ޝުޢޫރުތަކުން އިންސާނާއަށް މާ ބޮޑަށް އަސަރުކުރުވައެވެ. އަދި ޅެންބަހުރުވައިން ހުށަހެޅޭ ޚިޔާލުތައް ހަނދާނުގައި މާވަރުގަދަޔަށް ހަރުލައެވެ.

އުންމީދުކުރާނަމަ މަގެއް ފެންނާނެ

ކިޔާފައިވާ ޢަދަދު: 3715
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަރުތަވެރިން އެމީހުންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަކީ އަޒުމާއެކު ކުރިމަގު އުޖާލާވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު ކޮށްފައިވާ މަސައްކަތްތަކެއްގެ ފޮނި ނަތީޖާއެވެ. އުންމީދާއި ޖޯޝާއެކު ތިމާ ކުރަން ގަސްދުކޮށްފައިވާ ކަންތައްތައް ހާސިލްކުރުމުގެ ފުރިހަމަ ނިޔަތާއެކު ހިތުގެ އަޑިން ގަބޫލުކޮށް ދަތުރު ފެށުމުގެ މޭވާއެވެ. ތިމާގެ ހިތުގައި ކަނޑައަޅައިފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް މާތްﷲ ގެ ރުޙުމް ހޯދުމަށް ނިޔަތްގަނެ ކުރި މަސައްކަތުގެ ނަތީޖާއެވެ.

ކުދިވާހަކަ (39)

ކިޔާފައިވާ ޢަދަދު: 4450
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (39)

ޙަޔާތުގެ ބޭނުން ހިފާށެވެ.

ޢައްބާސް އިބްރާހީމް

އެއްޒަމާނެއްގައި އުޅުނު ވަރަށް ދަހި މީހަކު އެތައްދުވަހަކު މަސައްކަތްކޮށްގެން ފަސްލައްކަ ދީނާރު އެއްކޮށްފިއެވެ. އަދި އެފައިސާތަކުގެ ބޭނުންކޮށްގެން ކުރިޔަށް އޮތް އަހަރެއްހާދުވަހު އޭނާ އުޅެން ގަސްތުކުރާ އުފާވެރި ދުވަސްތަކުގެ ޚިޔާލުތައް ކުރަންފަށައިފިއެވެ. އަދި އޭނާގެ ފައިސާތައް ހޭދަކުރާނޭ މޮޅުގޮތްތައް ރާވަން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ކުރިމަތިވީ މަރުގެ މަލާއިކަތާއެވެ.  އޭނާގެ ފުރާނަ ގެންދެވުމަށްޓަކައެވެ.