ދިޔަރެސް (8)

ކިޔާފައިވާ ޢަދަދު: 4614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު

(23 ފެބްރުއަރީ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ…ތިތާ ތިހިރަ އެނދުގަނޑުވެސް ބަދަލުކޮށްލައްޗޭ. ތިކަހަލަ ބާ އެނދުގަނޑެއްގައި ނިންދަވާ ވަރަށްވުރެން އެއީ މަންމަގެ މާ ގާތް ކުއްޖެއް.” ޙަފީޒާ އެދުނެވެ.
“އާނ…މަންމާ…އެނދު ބަދަލުކޮށްލާނަން. އެމީހުން އެކޮޅުން ފުރައިފިތަ؟” މުޢާޒު ދޮރުފޮތިތައް ނައްޓަމުން ބުންޏެވެ.
“ދަރިފުޅު ބައްޕަ ބުނި…މިރޭ އަންނާނެޔޯ.” ޙަފީޒާ ބުންޏެވެ.

ޓްރެފިކް ލައިޓް

ކިޔާފައިވާ ޢަދަދު: 2688
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢާއިޝަތު ނާޖީ
މިއީ މީގެ ޒަމާންތަކެއް ކުރިން އިންޑިޔާގެ ކުޑަކުޑަ އަވަށެއްގައި ހިނގި ހާދިސާއެކެވެ. އެ އަވަށަށް ވަންނަ  މައި މަގުގެ ހަތަރު އަނގޮޅި ކަންމައްޗަކީ އެތައް ޒަމާންތަކެއް ވަންދެން ފަސޭހަކަމާއެކު ދުއްވާ އެއްޗެއްސާއި މީހުން ހިނގައިބިނގައި، ދަތުރުފަތުރު ކުރަން ބޭނުންކުރި ހަތަރު އަނގޮޅިއެކެވެ. ނަމަވެސް އެ އަވަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން އެ ހަތަރު އަނގޮޅީގައި މީހުންނާއި އެއްގަމު އުޅަނދުފަހަރު  ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވެގެން ދިޔައެވެ. މައްސަލައިގެ ޝަކުވާ އަވަށުގެ ވެރިންނާ ހަމައަށް އުފުލެން ފެށިއެވެ. ޓްރެފިކް ލައިޓް ހަރުކޮށް ދިނުމަށް ރައްޔިތުންގެ ފަރާތުން ގޮވާލެވެން ފެށިއެވެ.

އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

ކިޔާފައިވާ ޢަދަދު: 6929
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތައާރުފު:

އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

 އަޙްމަދް ސަމީރު ޢަލީ

މަޝްހޫރުލިޔުންތެރިޔާ Robert Fulgham މީގެ ފަންސަވީސް އަހަރުކުރިން ޗާޕު ކުރެއްވި މިފޮތަކީ، އޭނާގެ އެހެން ފޮތްތަކުގެ ތެރެއިން  ކިޔުންތެރިންގެ ކުރިމަތީގައި މިހާރުވެސް އެންމެ މަގުބޫލު ފޮތެވެ. ލިޔުންތެރިޔާ ރޮބަޓްފުލްޖަމް ލިޔުއްވާ ގޮތުގައި މިފޮތުގައިވާ ކުރު މަޒުމޫނުތައް އޭނާލިޔުއްވީ ޗާޕުކުރުމުގެ ނިޔަތެއްގައެއްނޫނެވެ. “ލިޔާހިތްވާތީ” މަޑުމަޑުން ލިޔަމުންއައީއެވެ. އެއީ ތަފާތު އެކި ވަޒީފާ އަދާކުރަމުން އެކި ހިސާބުހިސާބަށް ދަތުރުކުރަމުން، ލިޔެވުނު ނޯޓުކޮޅުކޮޅާއި ކުރު މަޒުމޫނުތަކެކެވެ! މިހެން އެއްވެފައި ހުރި ލިޔުންތަކަށް އަހަރެން ކިޔަނީ ‘މަގޭހާސަރެވެ’!
 

ކަމޯން ދިވެހިބަސް

ކިޔާފައިވާ ޢަދަދު: 4335
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ
“ލޯބީ… އީޓްކޮށްލާ!  ލޯބީ… ސިޓްކޮށްލާ! ލޯބީ،ޑްރިންކްކޮށްލާ! ލޯބީ…. ކަމް ވޮޝްކޮށްލަން!” މިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސް ހުރި ދަތުރެއްގައި ދިމާވި  ދިވެހި އަންހެނަކު އޭނާގެ ތުއްތު ދަރިފުޅާ ވާހަކަ ދެއްކުމުގައި ބޭނުންކުރި ޢިބާރާތް ތަކެއް ހަމަ އޭނަ ބޭނުންކުރިގޮތަށެވެ.

ބަހާބެހޭ ބަހެއް: ވެރިފައިކުރުން

ކިޔާފައިވާ ޢަދަދު: 6395
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ބަހާބެހޭ ބަހެއް:

ވެރިފައިކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަނގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ތިން ލޯބިވެރިން

ކިޔާފައިވާ ޢަދަދު: 7320
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: ހަލް ބޯލަންޑް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


Hal Borland އަކީ ވަރަށް ގިނަ ވާހަކަފޮތް ވެސް ލިޔުއްވި މަޝްހޫރު ނޫސްވެރިއެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަވަހާރަވީ 1978 ގައެވެ.

“އެ ތިން ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާއަށް ވަރޖީނިއާ ކިޔަމާހެއްޔެވެ؟   އަދި ފިރިހެން ދެ ޒުވާނުންނަށް ކިޔާނީ ޓޮމް އާއި ބެރީއެވެ. މި ތިން ޒުވާނުންނަކީ އެ ބަޔެއްގެ ޚަބަރުދަބަރު އަހަރުމެން ވާހަކަ ފޮތްފޮތުން ކިޔާކަހަލަ ވަރަށް ‘ކުލަގަދަ’ ބަޔެކެވެ.  އެ ތިން ޒުވާނުންނާއި މިލިޔުންތެރިޔާ، އަހަރުމެން ހަތަރު މީހުން ޔުނިވަރސިޓީގައި ކިޔަވަން އުޅުނީ އެކީގައެވެ. 
 

ކުދިވާހަކަ (37)

ކިޔާފައިވާ ޢަދަދު: 4657
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (37)

ޝިކާރަ ކުރުން

ޢައްބާސް އިބްރާހީމް

އެއްދުވަހަކު ރަސްގެފާނު ސާރިދޯޅި ޝިކާރަކުރެއްވުމަށް ވަޑައިގަންނަވަމުން އަރިހުގައި މުއްލާ ނަޞްރުއްދީނު ގެންދަވަން ބޭނުންފުޅުވިއެވެ. ނަޞްރުއްދީނު ޝިކާރައަށް ދާހިތެއްނެތުމާއެކުވެސް އޭނާއަށް މަޖްބޫރުވީ ރަސްގެފާނުގެ އަރިހުގައިދާށެވެ.

މަގޭ ހައްގު ،މަށަށް

ކިޔާފައިވާ ޢަދަދު: 2326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                      
ކަނީރު ޢަބުދުއްރަޙީމް (ކަނީރު)
ބުނެފާނަމޭ މީން ކޮންމެ ފޮނި  ކަމަކީ މަގޭވެސް ހައްގެކޭ
                     ބުނެލާނަމޭ އަހަރެންގެ އަގު އަދިވެސް އިތުރު ކޮށްލާނަމޭ

ބެންކަށް ދަރާއޮތް  މީހަކާ ގުޅިގެން މަށެއް    ނޫޅޭނަމޭ
                     ބެންކުންދަރާ ނެތްމީހަކަށް ލޯތްބެއް މަށަކު   ނުމެދޭނަމޭ

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (16)

ކިޔާފައިވާ ޢަދަދު: 3258
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(12 ފެބްރުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބްރައިނީ ފިކުރު ބޮޑުވެ ހާސް ވެފައިވާ ޙާލެއްގައި ހުރެ  ބުނެފިއެވެ.
 
“އަޅުގަނޑަށް ތިޔަ ކަން އެނގެއެވެ. އަދި މިވަގުތު މިގެއިން ދާން ޖެހުމުގެ ސަބަބުން އަޅުގަނޑު ކޮޅުނެތް ކޮޅަށް ހިތާމަކުރަމެވެ. އެކަމަކު ހިޔު އެވެ…”
   
“އެއީ ދިރިހުރުމާއި މަރާ ދެމެދުގެ ކަމަކަށް ވެސް ވެދާނެއެވެ.” ހިޔު ބްރައިނީގެ ޖުމްލަ މެދުކަނޑައިލިއެވެ. “އެހެން ނަމަވެސް ތިޔަ ގޮތަށް ބްރައިނީ ލަންޑަނަށް ދާކަށް ރަނގަޅެއް ނޫނެވެ.”
  

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(21)

ކިޔާފައިވާ ޢަދަދު: 2347
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارةالماليّۃ (ބ)
(އިލެކްޓްރިކްއޮފީސް)

إعلان

މިހާރުހިންގާ އެލެކްޓްރިކް ބޮޑުއިންޖީނު އެއްވެސް އަރާމެއްނެތި ހިގަންވުމުގެ ސަބަބުން ހިސާބަކަށް ގެއްލުންލިބެމުން އެބަދެއެވެ. މިއިންޖީނު ހަލާކުވެއްޖެނަމަ، އަޅުގަޑުމެން މުޅިން ތިބެންޖެހޭނީ، ދުވަސްކޮޅަކަށް ނަމަވެސް، އިލެކްޓްރިކްގެ ބޭނުން ނުކޮށެވެ.