އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

ކިޔާފައިވާ ޢަދަދު: 6961
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތައާރުފު:

އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

 އަޙްމަދް ސަމީރު ޢަލީ

މަޝްހޫރުލިޔުންތެރިޔާ Robert Fulgham މީގެ ފަންސަވީސް އަހަރުކުރިން ޗާޕު ކުރެއްވި މިފޮތަކީ، އޭނާގެ އެހެން ފޮތްތަކުގެ ތެރެއިން  ކިޔުންތެރިންގެ ކުރިމަތީގައި މިހާރުވެސް އެންމެ މަގުބޫލު ފޮތެވެ. ލިޔުންތެރިޔާ ރޮބަޓްފުލްޖަމް ލިޔުއްވާ ގޮތުގައި މިފޮތުގައިވާ ކުރު މަޒުމޫނުތައް އޭނާލިޔުއްވީ ޗާޕުކުރުމުގެ ނިޔަތެއްގައެއްނޫނެވެ. “ލިޔާހިތްވާތީ” މަޑުމަޑުން ލިޔަމުންއައީއެވެ. އެއީ ތަފާތު އެކި ވަޒީފާ އަދާކުރަމުން އެކި ހިސާބުހިސާބަށް ދަތުރުކުރަމުން، ލިޔެވުނު ނޯޓުކޮޅުކޮޅާއި ކުރު މަޒުމޫނުތަކެކެވެ! މިހެން އެއްވެފައި ހުރި ލިޔުންތަކަށް އަހަރެން ކިޔަނީ ‘މަގޭހާސަރެވެ’!
 

ކަމޯން ދިވެހިބަސް

ކިޔާފައިވާ ޢަދަދު: 4371
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ
“ލޯބީ… އީޓްކޮށްލާ!  ލޯބީ… ސިޓްކޮށްލާ! ލޯބީ،ޑްރިންކްކޮށްލާ! ލޯބީ…. ކަމް ވޮޝްކޮށްލަން!” މިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސް ހުރި ދަތުރެއްގައި ދިމާވި  ދިވެހި އަންހެނަކު އޭނާގެ ތުއްތު ދަރިފުޅާ ވާހަކަ ދެއްކުމުގައި ބޭނުންކުރި ޢިބާރާތް ތަކެއް ހަމަ އޭނަ ބޭނުންކުރިގޮތަށެވެ.

ބަހާބެހޭ ބަހެއް: ވެރިފައިކުރުން

ކިޔާފައިވާ ޢަދަދު: 6424
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ބަހާބެހޭ ބަހެއް:

ވެރިފައިކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަނގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ތިން ލޯބިވެރިން

ކިޔާފައިވާ ޢަދަދު: 7356
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: ހަލް ބޯލަންޑް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


Hal Borland އަކީ ވަރަށް ގިނަ ވާހަކަފޮތް ވެސް ލިޔުއްވި މަޝްހޫރު ނޫސްވެރިއެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަވަހާރަވީ 1978 ގައެވެ.

“އެ ތިން ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާއަށް ވަރޖީނިއާ ކިޔަމާހެއްޔެވެ؟   އަދި ފިރިހެން ދެ ޒުވާނުންނަށް ކިޔާނީ ޓޮމް އާއި ބެރީއެވެ. މި ތިން ޒުވާނުންނަކީ އެ ބަޔެއްގެ ޚަބަރުދަބަރު އަހަރުމެން ވާހަކަ ފޮތްފޮތުން ކިޔާކަހަލަ ވަރަށް ‘ކުލަގަދަ’ ބަޔެކެވެ.  އެ ތިން ޒުވާނުންނާއި މިލިޔުންތެރިޔާ، އަހަރުމެން ހަތަރު މީހުން ޔުނިވަރސިޓީގައި ކިޔަވަން އުޅުނީ އެކީގައެވެ. 
 

ކުދިވާހަކަ (37)

ކިޔާފައިވާ ޢަދަދު: 4683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (37)

ޝިކާރަ ކުރުން

ޢައްބާސް އިބްރާހީމް

އެއްދުވަހަކު ރަސްގެފާނު ސާރިދޯޅި ޝިކާރަކުރެއްވުމަށް ވަޑައިގަންނަވަމުން އަރިހުގައި މުއްލާ ނަޞްރުއްދީނު ގެންދަވަން ބޭނުންފުޅުވިއެވެ. ނަޞްރުއްދީނު ޝިކާރައަށް ދާހިތެއްނެތުމާއެކުވެސް އޭނާއަށް މަޖްބޫރުވީ ރަސްގެފާނުގެ އަރިހުގައިދާށެވެ.

މަގޭ ހައްގު ،މަށަށް

ކިޔާފައިވާ ޢަދަދު: 2348
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                      
ކަނީރު ޢަބުދުއްރަޙީމް (ކަނީރު)
ބުނެފާނަމޭ މީން ކޮންމެ ފޮނި  ކަމަކީ މަގޭވެސް ހައްގެކޭ
                     ބުނެލާނަމޭ އަހަރެންގެ އަގު އަދިވެސް އިތުރު ކޮށްލާނަމޭ

ބެންކަށް ދަރާއޮތް  މީހަކާ ގުޅިގެން މަށެއް    ނޫޅޭނަމޭ
                     ބެންކުންދަރާ ނެތްމީހަކަށް ލޯތްބެއް މަށަކު   ނުމެދޭނަމޭ

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (16)

ކިޔާފައިވާ ޢަދަދު: 3276
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(12 ފެބްރުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބްރައިނީ ފިކުރު ބޮޑުވެ ހާސް ވެފައިވާ ޙާލެއްގައި ހުރެ  ބުނެފިއެވެ.
 
“އަޅުގަނޑަށް ތިޔަ ކަން އެނގެއެވެ. އަދި މިވަގުތު މިގެއިން ދާން ޖެހުމުގެ ސަބަބުން އަޅުގަނޑު ކޮޅުނެތް ކޮޅަށް ހިތާމަކުރަމެވެ. އެކަމަކު ހިޔު އެވެ…”
   
“އެއީ ދިރިހުރުމާއި މަރާ ދެމެދުގެ ކަމަކަށް ވެސް ވެދާނެއެވެ.” ހިޔު ބްރައިނީގެ ޖުމްލަ މެދުކަނޑައިލިއެވެ. “އެހެން ނަމަވެސް ތިޔަ ގޮތަށް ބްރައިނީ ލަންޑަނަށް ދާކަށް ރަނގަޅެއް ނޫނެވެ.”
  

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(21)

ކިޔާފައިވާ ޢަދަދު: 2368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارةالماليّۃ (ބ)
(އިލެކްޓްރިކްއޮފީސް)

إعلان

މިހާރުހިންގާ އެލެކްޓްރިކް ބޮޑުއިންޖީނު އެއްވެސް އަރާމެއްނެތި ހިގަންވުމުގެ ސަބަބުން ހިސާބަކަށް ގެއްލުންލިބެމުން އެބަދެއެވެ. މިއިންޖީނު ހަލާކުވެއްޖެނަމަ، އަޅުގަޑުމެން މުޅިން ތިބެންޖެހޭނީ، ދުވަސްކޮޅަކަށް ނަމަވެސް، އިލެކްޓްރިކްގެ ބޭނުން ނުކޮށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(43)

ކިޔާފައިވާ ޢަދަދު: 2372
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގެ ރައީސް

ނުރަސްމީ ދަތުރުފުޅެއްގައި

ރާއްޖޭގެ رئيس الجمہوريہ سموّالأمير إبراھيم ناصر ރަންނަބަޑޭރިކިލެގެފާނު ނ.ޣ.ޢ.ވ. ނުރަސްމީގޮތުން މާލެއަށް ކުރެއްވި ދެތިން ދުވަހުގެ ދަތުރުފުޅަކަށްފަހު މިއަދު ހެދުނު އެބުރި ސިރީލަންކާއަށް ވަޑައިގެންފިއެވެ. އަރިހުގައި އެމަނިކުފާނުގެ ދެބޭފުޅަކުކަމުގައިވާ النبيل علی ناصر އާއި، النبيل محمد ناصرވަޑައިގެންނެވިއެވެ. އަދި މީގެއިތުރުނ الفاضل محمد علی ވެސް ވަޑައިގެންނެވިއެވެ.
 

ޑާވިނުގެ ތިއަރީ އެއީ ދޮގުކަން މިއަދު ފެންނަން އޮތީ

ކިޔާފައިވާ ޢަދަދު: 6448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު
އުޑުވެޔޭ  މާ  ދުރުދުރުން ފެށިގެން  ދިމާ  ހަމަ  ބޯމަތީ
                ގުޑުވިވެސް ނުމެލާނެހެން ނެތަކަސް ތަނބެއް ހަމަ ބިންމަތީ

ކޮންމެ  ދުވަހަކު  ކޮންމެ އަހަރަކު އިރުގެ  ދައުރާނާވުމަށް
                އެންމެ ފަޅި މިނިޓެއް ސިކުންތެއް ވެސް ތަފާތުވުމެއް ނެތީ