ތައުބާވުމަށް އަވަސްވާށެވެ!

ކިޔާފައިވާ ޢަދަދު: 6522
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތައުބާގެ ފުރުޞަތު ހުޅުވިފައި ވާހިނދު ތިމާ ތައުބާވުމަށް
            ޤައުލާއި ޢަމަލުން ބިރުވަތައި،  ވާށޭ އަވަސް، ތައުބާވުމަށް

އެނގުމާއި ނޭނގުމުގައި ވިޔަސް ފާއިތުވެދިޔަހާ ކުށްތަކެއް
            ނެގުމަށް ހިސާބުގެ ފަތްފުށުން، ވާށޭ އަވަސް، ތައުބާވުމަށް

ދިޔަރެސް (6)

ކިޔާފައިވާ ޢަދަދު: 4562
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(28 ޖެނުއަރީ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފިރާޝާ ދެކޮލުގައި ފުށްޖަހާ ރީތިވެލިއެވެ. އެއަށްފަހު އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު މެދުގޭތެރޭގައި މުޢާޒުގެ މަންމައާއި ބައްޕަ ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ.

ދިވެހިބަހުން ގެއްލެމުންދާ ބައެއް ލަފުޒާއި ހަމަތައް

ކިޔާފައިވާ ޢަދަދު: 8126
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1960 ގެ ކުރީކޮޅު ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުވުމާއެކު، ދިވެހި ބަހަކީ މުހިއްމު ބަހެއް ނޫންކަމުގެ އިޙުސާސް ދިވެހީންގެ ހިތްތަކަށް ވެއްދޭތޯ ނޭނގި ނަމަވެސް މަސައްކަތްކުރެވިފައިވެއެވެ. މި ދުވަސްވަރު ދިވެހިބަހަށް ދެވޭ ސަމާލުކަން ކޮންމެވެސް ސަބަބަކާ ހުރެ ކުޑަވިއެވެ. އަދި އިނގިރޭސިބަސް އެނގުމަކީ މީހާގެ މަތިވެރިކަމާއި މޮޅުކަން ހާމަވާ ކަމެއްކަމަށް ގަބޫލުކުރެވެން ފެށުނެވެ. ދިވެހީން ދިވެހިބަސް އިހުމާލުކޮށްލައިފި ނަމަ އެ ބަހާ އަޅައިލާނެ ބަޔަކު ނުތިބޭނެކަން އޭރަކު ވިސްނައިގަންނާކަށް ނޭނގުނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު ގެޔަކަށް ނަމެއް ކިޔަސް އިނގިރޭސި ނަމެއް ކިޔުމަކީ ފަޚުރެއްކަމުގައި  ދިވެހި ދުށްޓެވެ.

ދިވެއްސެއްކަން އަންގައިދޭ ފާހަގަ..!

ކިޔާފައިވާ ޢަދަދު: 6285
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޙަސަން ޝާކިރު މުޙައްމަދު
“އިންތިޚާބު ކިހިނެއްތޯވީ؟ ހޮވުނުތޯ؟” “ނޫނޭ! ނުހޮވުނޭ!… އަނެއްކޮޅަށް ދިޔައީ…” “އެހެންތޯ؟” މިހާރު މިތިބެވުނީ އަޅުގަނޑުމެން ދިރިއުޅޭ 10 ބުރި ޢިމާރާތުގެ ދުވާގޮޅިން އައިސް 7 ވަނަ ބުރިއާ ހަމައިގައެވެ. އަޅުގަނޑުމެން ފައިބައިފީމެވެ. އޭނާ ދިޔައީ 9 ވަނަ ބުރިއަށެވެ. ދުވާގޮޅިން ފައިބަމުން އަޅުގަނޑާއެކު ހުރި އަޅުގަނޑުގެ ދަރިފުޅުގާތުގައި އެއީ ލަންކާ މީހެކޭ ބުނުމުން އޭނާ ވަރަށް ހައިރާން ވިއެވެ. “ހާދަރީތިކޮށޭ އެ ވާހަކަދެއްކީ” ދަރިފުޅު ބުނެލިއެވެ. ތެދެކެވެ. މޫނުމަތިންވެސް “ދިވެއްސެކެވެ.” ވާހަކަދެއްކީވެސް އެންމެރީތި ދިވެހިބަހުންނެވެ. 

ޝުކުރުވެރި ނުވެ ވާނެތަ؟

ކިޔާފައިވާ ޢަދަދު: 4026
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
     ތިޔަބުނާފަދަ މިނިވަނެއް ދުނިޔޭގެ ބިމުގައި  އުޅުނު   ހޭ
                 ފިޔަ ހަދައިގެން އުދުހެވޭތޯ  ތެޅި މަރުވެ    އުދުހެވުނު   ހޭ

   ކަނޑައަޅައި ވަކިމިންތަކެއް އިންތަކު ތެރޭގައި ހުންނަ އިރު
                 ކަނޑަކު އެއްގަމު ހިކި ތަނަކު ނުމެހުރެ ނުމެވެ އުޅެލެވުނު  ހޭ

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން: ވެލަންޓައިން ދުވަސް

ކިޔާފައިވާ ޢަދަދު: 2376
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން:

ވެލަންޓައިން ދުވަސް

އަޙްމަދު ޢަބްދުﷲ ސަޢީދު

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް އައުމާއެކު އަޅުގަނޑުމެންގެ ޒުވާން ފުރައިގެ ކުދިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެލަންޓައިން ދުވަސް ފާހަގަކުރުމަށެވެ. އެ ދުވަސް އައުމާއެކު ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކާއި އަގު ބޮޑު ހަދިޔާތަކާއި މާމުއި ބަސްތަކުން ކަޅިކުރެވިފައިވާ ވެލަންޓައިން ކާޑުތަކުން ލޯބިވެރިން އެ މީހުންގެ ހިތުގެ ޖަޒުބާތުތައް ފާޅުކުރަމުންދެ އެވެ. ދިވެހީންގެ ތެރޭގައި ވެސް ވެލެންޓައިން ދުވަސް ގަބޫލުކުރެވިފައި އޮންނަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
 

ސާހިބާ (1)

ކިޔާފައިވާ ޢަދަދު: 4243
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ

އިދާރާގެ ނޯޓެއް:
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ ވާހަކައެއް މި ވެބްސައިޓްގައި ޝާއިޢުކޮށްލަން ލިބުނު ކަމީ އަޅުގަނޑުމެން އުފާކުރާކަމެކެވެ. އެއީ ސައިޓަށް ލިބުނު އިތުރު މުއްސަނދިކަމެކެވެ. މި ވާހަކަ ސައިޓަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި ނަހުލާއަށް ޝުކުރު ދަންނަވަމެވެ. “ލިޔުންތެރީންގެ ގުޅުން” ނަހުލާއަށް އެދެނީ ހުރިހާވެސް ކުރިއެރުމަކާއި ކާމިޔާބީއެކެވެ.

އެންމެ ވަރުގަދަ ސިޓީތަކުގެ ތެރެއިން (1)

ކިޔާފައިވާ ޢަދަދު: 6979
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ސްވިސް ލޯޔަރ އެލްބިން ސްކްރާމް 2005 ގައި ނިޔާވީ، އޭނާ އެއްކޮށްފައި ހުރި، ހުޅަނގުގެ ބައެއް މީހުންގެ އާދަޔާ ޚިލާފު ސިޓީތަކެއް ދޫކޮށްފައެވެ. މިފަހަރު މި ގެނެސްދެނީ އެ ސިޓީތަކުގެ ތެރޭގައި ހިމެނޭ، ނަޕޯލިއަން ބޮނަޕާރޓް، ޖޯސެފީން ޑީ ބިއުހާނައިސް އަށް އެ ދެމީހުންގެ ކާވެނީގެ ތައްޔާރީތަކުގެ އަޑުތަކުގެތެރެއިން ފޮނުވި ސިޓީއެއްގެ އުސްއަލިތަކުގެ އަވަސް ތަރުޖަމާއެކެވެ. މި ސިޓީ ލިޔެފައި ވަނީ 9 މާރޗް 1786 ގައެވެ. މިއީ ފަރަންސޭސިބަހުން އިނގިރޭސިބަހުން ދިވެހިބަހަށް ގެނެސްފައިވާ އެސިޓީގެ އުސް އަލިތަކެވެ.

ކުދިވާހަކަ (35)

ކިޔާފައިވާ ޢަދަދު: 4718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (35)

އެސް އަނބުރައި ދޭން ޖެހުނު ގޮތް

ޢައްބާސް އިބްރާހީމް

ބުއްދިވެރި މީހަކު ފަރުބަދަތަކެއްގެ ތެރެއިން ދަތުރުކުރަމުން ދަނިކޮށް، ދެމެމުން ދިޔަ ފެންއާރެއްގެ ތެރެއިން ވަރަށް އަގުބޮޑު އެހެއް ފެނިއްޖެއެވެ. އެއެސްނަގައިގެން އޭނާގެ ދަތުރު ކުރިއަށް ގެންދިޔައެވެ.