ބ. އަތޮޅު މަދަރުސާއަށް ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 2141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ހުންނަ އެ އަތޮޅު “އަތޮޅު މަދަރުސާ”އަށް، ލިޔުންތެރީންގެ ގުޅުމުން ފޮތްތަކެއް ހަދިޔާކޮށްފި އެވެ. ލިޔުންތެރީންގެ ގުޅުމުން ނެރޭ މަހު މަޖައްލާ “ލިޔުންތެރިޔާ” އާއި އަހަރީ ޅެންފޮތް “ޅެންވެރިޔާ”ގެ މިހާތަނަށް ނުކުވެފައިވާ ހުރިހާ ޢަދަދަކާއި ޖަމްޢިއްޔާގެ ބައެއް މެންބަރުން ތަޞްނީފުކުރައްވައިފައިވާ ބައެއް ފޮތްތަކާއި ޤައުމީ ލަވައިގެ ސީޑީއެއްވެސް ވަނީ ހަދިޔާކުރައްވައިފި އެވެ.
 

“ޅެންވެރިޔާ-3” ނުކުމެއްޖެ

ކިޔާފައިވާ ޢަދަދު: 2230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަދަބީ މުރާސިލު
 
ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން އަހަރަކު 1 ފަހަރު ނެރުއްވާ ޅެން ފޮތް (ޅެންވެރިޔާ) ގެ 3 ވަނަ ޢަދަދު ނެރުއްވައިފި އެވެ. މި ޚާއްޞަ ޅެންފޮތް ނެރެދެއްވީ، ބ. އަތޮޅު ދަރަވަންދޫގައި ރޭ ބޭއްވި ޅެންވެޜީންގެ ދުވަހުގެ ރިހި ޔޫބީލްޙަފުލާގައި ދިވެހި އެކެޑެމީގެ މެންބަރު އަލްފާޟިލް މުޙައްމަދު ޢާމިރު އަޙުމަދެވެ.
 

މާތް ﷲ ހަނދުމަކުރާށެވެ!

ކިޔާފައިވާ ޢަދަދު: 7187
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުރާއިރު އަޅުކަމެއް ރަނގަޅަށް ކުރަން ބޭނުން ވަނީވިއްޔާ
                ފުރާނައަށާއި ނަފުސަށް ހަމަޖެހުން ބޭނުން ވަނީވިއްޔާ

ޘަވާބާ ދަރުމައަށް އެދިގެން ކުރަންޏާ އަޅުކަމެއް، ޚަލްޤުން
                 ދަވާއެއް ހިތުގެ ބަލިބައްޔަށް ތިމާ ބޭނުން ވަނީވިއްޔާ

އެންމެމޮޅު ސާޢަތް

ކިޔާފައިވާ ޢަދަދު: 4448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން

ފަސް އަހަރަކުން  އެއްފަހަރު  މޮޅު ސާޢަތެއް އަންނާނެޔޭ
              ފަސް ނުޖެހި ކެރިގެން  އުޅޭ މީހުންގެ ކަންތައް  ވާނެޔޭ

މިބުނި ސާޢަތް  ލައިގަތީކަން  ގައިމު   ވާނެ ޢަލާމަތެއް
              މަބުނެދޭކަށް  ނުޖެހެޔޭ  މުޅި  ރަށުތެރޭން  ފެންނާނެޔޭ

ހެޔޮ ޢަމަލުތައް ކުރަންވީ ސަބަބުތައް

ކިޔާފައިވާ ޢަދަދު: 7259
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކުރަންވީ  ހެޔޮ ޢަމަލު  އަޅަމެން  ނުރައްކާ  ފޭކުރާނެންޏާ
                     ދުރަށް ޝައިޠާނު ފައްސައިލައި އަމާން މަގުގައި ތިބޭނެންޏާ

ވަޔާ  ދުނިޔޭގެ  އާބުހަވާ  ތިމާއަށް  ގެންނަ  ބަލިބައްޔާ
                     ޙަޔާތުގެ  އެކި  މުޞީބާތުން  ދަފުޢު ވެވިގެން އުޅޭނެންޏާ

ސުޕަރގުލޫ

ކިޔާފައިވާ ޢަދަދު: 2962
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                          
ރޯނުގޭ ޙަސަން މަނިކު
ރޯދަމަސް ފާހަގަވެވޭ، ވާތީ އެތައް ނާދިރުކަމެއް               
       ހާދަ އިހުވެސް އަޑުއިވޭ،  ވާތީ އެތައް  ހެއްވާ  ކަމެއް                       
ހެނދުނުހެނދުނާ ތެދުވެގެން، ފައްޓާ ގޮތައް ބަދިގޭތެރޭ           
      ހެދުނު އެއްޗެއް ނޭނގެއޭ، އިރު އޮއްސުނަސް ނުނިމޭކަމެއް 

ކުދިވާހަކަ (32)

ކިޔާފައިވާ ޢަދަދު: 4879
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އެތަނާއި މިތަނުން
ކުދިވާހަކަ (32)

ޤާނޫނާ ޚިލާފުވާކަށް ނުޖެހޭނެއެވެ.

ޢައްބާސް އިބްރާހީމް

އެއްދުވަހަކު މުއްލާ ނަސްރުއްދީން ހިނގާފައި ދަނިކޮށް މަގުމަތިން އަލިމަހެއް ފެނިއްޖެއެވެ. ނަމަވެސް އެރަށުގައި އޮންނަ ޤަނޫނެއްގައިވާ ގޮތުން މަގުމަތީގައި އޮންނަ އެއްޗަކާމެދު ޢަމަލުކުރަން ޖެހޭ ގޮތަކީ އެއެއްޗެއް ފެންނަ މީހަކު އެރަށުގެ އެންމެ ބޮޑު ބާޒާރުގެ މެދުގައި ހުރެފައި އެއެއްޗެއް ފެނުނު ވާހަކަ އިޢުލާނު ކުރުމެވެ. އަދި އެއެއްޗެއްގެ ވެރިޔަކު ނުވަތަ ވެރިޔާ އެނގޭ މީހަކު އޭނާއާ ބައްދަލުވުމަށް ގޮވުމެވެ.
 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (14)

ކިޔާފައިވާ ޢަދަދު: 3522
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(15 ޖެނުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހިޔު ގޮސް އޭނާގެ މޭޒު މަތީގައި ކަރުދާހު ފޮށި ބަހައްޓައިފިއެވެ. ދެން އޭނާ އޭގެ ތެރެއިން  ނަގަން ފެށީ ފޮޓޯގްރާފްތަކެވެ. ކޮންމެ ފޮޓޯ އެއް ނަގައިފައި، ބްރައިނީގެ އަތަށް ދިއްކޮށްލައިފައި ބުނެއެވެ. އަހަރެން މި ފޮޓޯ ބޭނުން ކުރާނަމެވެ. ބްރައިނީ އެ ފޮޓޯތަކަށް ބަލަން ހުއްޓެވެ. އޭނާގެ ހިތް އެވަޤުތު ވަނީ، ހަމަޖެހި މައިތިރިވެފައެވެ. ޢާއްމު ޙަޔާތަކަށް އޭނާގެ ސިކުނޑި އާއި ހިތް ގެނެސްފިއެވެ.
 

މުޅޯށްޓެއްގައި ހަނދަށް ދިޔުން

ކިޔާފައިވާ ޢަދަދު: 4305
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އާދަމް ނަޞީރު އިބްރާހީމް 
“އިންދީ ކުއްޅަވަކެކެވެ. ފެޅީ މިރުސް ގަހެކެވެ. ފަތަކަށް އައި ކަރާ ފަތެކެވެ. މަލަކަށް އައި ދިއްގާ މަލެކެވެ. އެޅީ އަންނާރެކެވެ. ކައިލީ ކުންނާރެކެވެ.” 
 
މިއީ އަޅުގަނޑުމެން ކުޑަ އިރު ކިޔައި ދޭ ކުޑަ ކުދީންގެ އަރަތެކެވެ. އޭރު ވެސް މި އަރަތުގައި ވާ ގޮތެއް ނޭނގޭ ފަދައިން މިހާރު ވެސް، މި އަދު ވެސް މި ބުނަނީ ނުވަތަ ބުނާން އުޅެނީ ކީކޭ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް މި ފަދަ އަރަތް އަރަތް ހުރެއެވެ. މިއާ ޚަބަރާ ތަފާތެވެ. 
 

ދެނެއް ނެތް

ކިޔާފައިވާ ޢަދަދު: 4434
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
          ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
          ޅެމެއް ހަދާނެ ކަމެއް   ހިތްވަރެއް  މިހާރަކު  ނެތް
                          ގޮމެއް ޖަހާ އަލަކުން   ފޯރިއެއް  ލެވޭކަށް  ނެތް
 
          ކުރިން އުޅުނު ހުރިހާ  ފުޅު، މަނިކު، އެ ދީދި ތަކާ
                         ކުރިން އެހެދި ފަދަ ޅެންތައް ހަދަން ޝުޢޫރެއް ނެތް