މި ޒަމާނުގެ މައްސަލަތައްޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން

ކިޔާފައިވާ ޢަދަދު: 7901
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ބޭނުންތެރި މުހިއްމު ފޮތެއް

الإجتهاد وضرورته الملحة لمعالجةالقضايا المعاصرة

މި ޒަމާނުގެ މައްސަލަތައްޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“الإجتهاد وضرورته الملحة لمعالجةالقضايا المعاصرة މި ޒަމާނުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން” މި ނަމުގައި ޝާއިޢުކޮށްފައިވާ މި ޚާއްޞަ ފޮތަކީ ވަރަށް ބޭނުންތެރި މުހިއްމު ފޮތެކެވެ.
 

ނުބުނެވުނުތާ ހުވާ ގަންދީ

ކިޔާފައިވާ ޢަދަދު: 5185
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

މަށާ ނުރުހޭ ކަމަށް ލިޔެފައި  ފޮތެއް ބާޒާރުމައްޗަށް ދީ
               ވަށައިގެން ތިޔަ ތިބީ މީހުން  ކެރޭނަމަ  މީޑިއާ އަށް ދީ

ތިގޭ މަގުގައި އުޅޭމީހުން މަގޭމޫނަށް ބަލައި ހޭނކަން
              އެނގޭކަން ރަށުތެރަށް ނެރެގެން މިކަން ބޭޒާރުކޮށްލައި ދީ

ޤައުމީ ދުވަހުގެ ތަޤުރީރު

ކިޔާފައިވާ ޢަދަދު: 6214
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހިޖުރައިން 1435 ވަނަ އަހަރު (އާދެ މިއަހަރު)ގެ

ޤައުމީ ދުވަހުގެ ތަޤުރީރު


މިއީ ޤައުމީ ދުވަހުގެ މުނާސަބާގައި 1435 ވަނަ އަހަރު ޤައުމީ ވިލޭރޭ (1 ޖެނުއަރީ 2014 ވީ ބުދަ ދުވަހުގެ ރޭ) 9:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮނަރަބްލް އަލްފާޟިލު ޢުމަރު ނަޞީރު ދެއްވި ތަޤުރީރެވެ. މި ތަޤުރީރު ހޯއްދަވައިގެން މި ސައިޓަށް ފޮނުއްވައިދެއްވީ ސައޓްގެ އެންމެ ބޮޑު އެއް ޚިދުމަތްތެރިޔާ އަލްއަޚު ޙަސަން ޝާކިރު މުޙައްމަދެވެ.  ހާސްފަށުން ދަރުމަހުއްޓެވެ!!

ދިވެހި ޤައުމީ ދިދަ އަބަދުވެސް ހުންނަންވާނީ އެންމެ އުހުގައެވެ.

ކިޔާފައިވާ ޢަދަދު: 6300
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ދިވެހީންނަކީ، ޤައުމުދެކެ ލޯބިވާ ޤައުމީ ރޫޙު ވަރުގަދަ ބައެއްކަން ތާރީޚްގެ ސަފުހާތަކުން އޮޅުމެއްނެތި ހާމަވެފައިވެއެވެ. ދިވެހީންގެ ނާރުތަކުގައި ހިނގަމުންދާ ހޫނު ލޭގައި ދައުރުވަމުންދަނީ “ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރިންގެ ރީތި ނަން ” ދަމަހައްޓައިދިން ޤައުމީ ބަޠަލުންގެ ހިތްވަރާއި ފަންވަރު އެކުލެވިފައިވާ ދިވެހިވަންތަކަމާއި އިސްލާމީވަންތަކަމުގެ ތާޒާ ރޫޙެވެ.

ކުދިވާހަކަ (29)

ކިޔާފައިވާ ޢަދަދު: 4741
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އެތަނާއި މިތަނުން
ކުދިވާހަކަ (29)

އެންމެން އުފާކޮށްދިނުން

ޢައްބާސް އިބްރާހީމް

ލޯޑް ޝީވާ އަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ރަސްކަލަކު އުޅުއްވިއެވެ. އެއްދުވަހަކު ލޯޑްޝީވާ ގެ އަރިއަހުގައި އަޅުކަން ކުރެއްވުމަށް އިންނެވުމަށްފަހު، ރަސްގެފާނު އެދިވަޑައި ގަންނަވާކަމެއް އެބައޮތްތޯ ލޯޑްޝީވާ ސުވާލުކުރެއްވިއެވެ. ރަސްގެފާނަކީ ވަރަށް ދީލަތި ހިތްޕުޅެއް ލިބިވަޑައިގެންވާ، އަމިއްލަ ބޭނުންތަކެއްގެ ދަހިވެތިކަމުން ސަލާމަތް ވެވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ރަސްގެފާނު ލޯޑްޝީވާގެ އަރިއަހުން އެއްވެސް އެއްޗަކަށް އެދިވަޑައެއް ނުގަންނަވައެވެ. ހަމައެކަނި އެދިވަޑައިގަތީ އެރަސްގެފާނާ މެދު އެއްވެސް މީހެއްގެ ހިތްހަމަ ނުޖެހޭނެ ގޮތެއް މެދުވެރިނުވާނެ ގޮތެއް އޭނާއަށް ހޯއްދަވައި ދެއްވުމަށެވެ.

އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތައް

ކިޔާފައިވާ ޢަދަދު: 2889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޝީޒާ ޢަލީ
އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ، ހަމައެކަނި އޭގެ ޒާތުގައި ހަކަތަ ލިއްބައިދޭ މީރު ބުއިމެއް ކަމަށް ގިނަ ބަޔަކަށް ހީވާ ކަހަލައެވެ. އެއީ ބޭރަށް ހިންގާ މީހުންނަށް ދޭ “ލޮނުޕެކެޓު” ފަދަ، އެކަމަކު ލޮނުޕެކެޓަށްވުރެ އިތުރަށް ހަކަތަ ލިއްބައިދޭ، މޮޅު އެއްޗެއް ކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ. ވާނީވެސް އެހެންނޫންތޯއެވެ. އެނާރޖީ ޑްރިންކެއް ބޯލުމުން ވަގުތުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލަދެއެވެ. މީހާގެ މާހައުލާއިމެދު ހޭލުންތެރިކަން އިތުރު ކުރުވައެވެ. އަދި ނިދިވެސް ފިލުވާލަދެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (11)

ކިޔާފައިވާ ޢަދަދު: 3405
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(25 ޑިސެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޑިކް އާއި ވޭނަރ ދައްކަމުން ދިޔަ ވާހަކަ އަށް ނިމުމެއް ގެނައީ އެ ތަޤްރީރު ދިނުމަށް ޑިކް އެއްބަސް ވުމުގެ ފަހުގައެވެ. ޑިކް ބުންޏެވެ. “އެންމެ ރަނގަޅެވެ. އަހަރެން ކަލެއަށް ޓަކައި ތަޤްރީރެއް ދީފަނަމެވެ. ނަމަވެސް ޝަރުޠެއްގެ މަތިންނެވެ. އެއީ އަހަރެންނާ އެކު ބްރައިނީ ގެންދާނަމެވެ.”

2014 ވަނަ އަހަރަށް މަރުޙަބާ ކިޔާއިރު…

ކިޔާފައިވާ ޢަދަދު: 3266
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަޙުމަދު މުއުމިން
އެކި އެކި ފޮނި ހުވަފެންތައް ދެކެމުން 2014 ވަނަ އަހަރާއި ދުނިޔެ ކުރިމަތިލާއިރު، މީގެ ސަތޭކަ އަހަރު ކުރިން 1914 ވަނަ އަހަރަކީ، ދުނިޔޭގެ ތާރީޚް އެފުށްމިފުށަށް ޖަހައިލި ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އަހަރެވެ.
 

އައު ހިތްވަރަކާއި އެކު އައު އަހަރަކާއި ކުރިމަތިލަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 6938
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އަޅުގަނޑުމެން އަވަދި ނެތި އުޅޭ އުޅުމުގައި، އަމިއްލަ ނަފްސު އިސްލާހުކޮށް ބޭނުންވާވަރަށް،  ކުރިއަރުވަން ކުރާ މިންނަތް މަސައްކަތަށް ތަފާތު ހުރަސްތައް ދިމާވެއެވެ. ދަރީންނާއި ދުވަސްވީ މައިންބަފައިންގެ ޚިދުމަަތުގައި ރޭދުވާ ހޭދަކުރާ މައިންނަށް، ވެފައިވާ ވަރުބަލިން ނިދެނީ އަމިއްލަ ނަފްސަށް އަޅައިލާނެ ވަގުތެއް ނުލިބިއެވެ. ހަމަ އެފަދައިން ބަފައިންވެސް ވަޒީފާ އަދާ ކުރާ އޮފީހުގެ ޒިންމާ، ނުވަތަ އާމުދަނީއެއް ހޯދަން ކުރާ މަސައްކަތުގައި ހޭލައި ހުންނަ ހުރިހައި ވަގުތެއް ހޭދަވެ، އެންމެން ރުއްސާފައި ތިމާގެ ހަށިގަނޑާއި ނަފްސުގެ ހައްގު އަދާ ކުރާނެވަގުތެއް ނުވެ ދުވަސް ނިމިދަނީ މަދެއްކޮން ނޫނެވެ!

‘ވިދާތަރި’

ކިޔާފައިވާ ޢަދަދު: 2456
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު މަސްއޫދު
އަޚުލާގު ރީތިވީމަޔޭ   މީހެއްގެނަން  ވިދައިލަނީ
           ހަގުނާ ދޮށިން ހިތާދުލުން  ތަރުހީބު ދީ ހަދައިލަނީ
 
ހިތުގައި ބޮޑާކަމެއްނުވާ ހަސަދައިގެ އަސަރުވެސްނުވާ
            މިތުރުންގެހިތް އުފާކުރާ މީހުންގެ ނަން  ފަވައިލަނީ