ކަރުނަތިކި (19)

ކިޔާފައިވާ ޢަދަދު: 3919
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(16 ޑިސެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޝާން ލަރީސާގެ އަތުން ދޫކޮށްލައްވާފައި އާދިލާގެ ގާތަށް އަތުވެއްޖެއެވެ. އެއާއެކު އާދިލާ ދެ ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. އެހެންނަމަވެސް އޭނާގެ އަތުގައި ކަމަނަ ހިއްޕަވާފައިވާތީ މާ ދުރަކަށް ނުދެވުނެވެ. ޝާން އެ އުޅުއްވަނީ އޭނަޔާ ލަރީސާގެ ކާވެނި އިއުލާން ކުރާވަގުތު އެތަނުގައި އޭނާ ގަދަކަމުން ބަހަށްޓަވާށެވެ. އޭނައަށް އެހާ ބޮޑު އަނިޔާއެއް ދެއްވަން ޝާން އެ އުޅުއްވަނީ އޭނާ ކުރި ކޮން ކުށެއްގ ެސަޒާއެއްގެ ގޮތުން ބާވައެވެ.
 

ވަކިނުވިނަމަ……. (11)

ކިޔާފައިވާ ޢަދަދު: 3186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(15 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ރަޝާޤާ މަޑުމަޑުން ހިނގައިގަތެވެ. ރޮމުންނެވެ. ދެލޮލުން ކަރުނަ ފޮހެމުންނެވެ. އޭނާ އެދަނީ އޭނާ ބުނިބަސް އަނބުރައި ގެންނާށެވެ. ކިތަންމެ ހިތް ނޭދުނަސް، މަންމައާއި ބައްޕަގެ އަމުރަކަށް ނުކިޔަމަންތެރިކަން ދައްކައި، ޖަދަލުކުރާހައި ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ.
“ވީއެންމެ އަވަހަކަށް ކައިވެންޏަށް ތައްޔާރުވޭ!” ރަޝާޤާ ހިނގައިގަތުމުން ސިތާރާ ބުންޏެވެ. އަމުރުވެރި ރާގަކަށެވެ.

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން! (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 7545
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: Mischa Berlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(20 ޑިސެމްބަރ 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޑރ. ޑޭވިސް އެ އިޝާރާތް ކުރެއްވި ވިހަ، ކޮންމެވެސް ގޮތަކުން އެމީހުން ބޭނުންވާ މީހެއްގެ ފާރުކޮޅެއްގައި އުނގުޅައިލެވިއްޖެނަމަ، ވަރަށް އަވަހަށް އެމީހަކަށް، ކިޔައިދެން ނޭނގޭ ފަދަ އުނދަގޫތަކެއް ދިމާވެ، ގައިގެ ކުލަ ފަނޑުވެ، ބޯ އަނބުރައެވެ. އަދި ވަރަށް ބޮޑަށް ދާ ހިއްލައި ގައިގެ ހަކަތަ ހުސްވެ، ވަރަށް ވަރުގަދަޔަށް ބޮލުގައި ރިއްސައި ހަށިގަނޑުގެ ގުދުރަތީ ހޫނުމިން މާބޮޑަށް ދަށްވެ އެމީހެއްގެ ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރ) ދަށްވެ ވިންދު އަވަސްވެ އެހެންނަމަވެސް އެ ޖަހާ ވިންދުގައި މާ ފާޅުކަމެއް ނުހުންނާނެއެވެ. މިހުރިހައި ކަމެއްގެ އިތުރުން ބަލިމީހާގެ ލޮލުގެ ކޮއި ވަރަށް ބޮޑަށް ހުޅުވި، ވަކި އެއް ދިމާއަކަށް ބަލާގޮތަށް ލޯ ހުއްޓި  ނޭވާލާން ދަތިވެ ބަލާބެލުމަށް ‘މަރުވަނީ’އެވެ. ބަލިމީހާއަށް ހަމަ އެއްވެސް ހަރަކާތެއް ނުކުރެވޭ ނަމަވެސް ގިނަފަހަރަށް އޭނާ ހޭ ހުރެއެވެ! ވާނުވާ އެނގެއެވެ!

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (3)

ކިޔާފައިވާ ޢަދަދު: 8120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އައިބު ނުކިޔާށެވެ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙުމާން އަލްޢަރީފީ ލިޔުއްވައިފައިވާ ލިޔުއްވުމެއްގައި ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއްގެ މާނައިގެ ނުރަސްމީ އަވަސް ތަރުޖަމާއެކެވެ.

ފިރިހެނަކު އޭނާގެ ރައްޓެއްސެއްގެ ކާރަކަށް އެރިއެވެ. އަރައި އިށީނުމާއެކު އޭނާގެ އަނގައިން ފުރަތަމަ ނުކުތް ޢިބާރާތަކީ، “ވާވާ! މިކާރަށް ކިހާ ދުވަހެއް ވެއްޖެހެއްޔެވެ!” އޭނާ އޭނާގެ ރައްޓެހި މީހާއާ އެކު އޭނާގެ ގެޔަށް ގޮސް ވަދެވުމާއެކު ގޭގެ ފަރުނީޗަރުތަކަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. “އަނހާ! އަދިވެސް ތިބާ މި ފަރުނީޗަރުތައް ބަދަލުކުރާން ނުވަނީހެއްޔެވެ؟”

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން!

ކިޔާފައިވާ ޢަދަދު: 7734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: :  Mischa Berlinsk
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ގިނަ މީހުންގެ ޚިޔާލަށްވެސް ނާންނާނެ ހަގީގަތްތަކެއް އެކުލެވޭ މި މަޒުމޫނު އަޅުގަނޑު ކީ އިންޓަނެޓުގައި ޝާއިއު ކުރާ އެޕިކް މެގެޒިނުންނެވެ. ލިޔުއްވި ލިޔުންތެރިއަކީ  މިހާރު އުމުރުން 40 އަހަރުގެ އެމެރިކާ ރައްޔިތެކެވެ. ނޫސްވެރިއެއްގެ ގޮތުން ތަފާތު ލިޔުއްވުން ލިޔުއްވައިފައިވެއެވެ. މީނާގެ ފޮތް ‘ފީލްޑްވާރކް’ އަކީ ފޮތަށް ފާޑުކިޔާ ނާގިދުންގެ ކުރިމަތީގައި ވަރަށް މަގްބޫލު ފޮތެކެވެ. އެޕިކް މަޖައްލާގައި އޭނާ ލިޔުއްވި  ހަގީގީ ހާދިސާ “ޒޮންބީވާރލްޑް” ގެ ތަރުޖަމާއާއިގެން ކުރިޔަށް ދާނަމެވެ.

ކުދިވާހަކަ (27)

ކިޔާފައިވާ ޢަދަދު: 4864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (27)

އޭނާއާ ނުލައި އަހަރެމެން ހަމަޖައްސައިލާނީއެވެ.

ޢައްބާސް އިބްރާހީމް

ދުނިޔެ ދޫކޮށްފައި ދިޔުމަށް ވަރަށްބޮޑަށް އެދިއެދި ހުންނަ މީހަކު އެއް ދުވަސްވަރެއްގައި އުޅުނެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އޭނާއަށް އެކަން ނުކުރެވިފައި ހުންނަނީ އޭނާގެ ޢާއިލާގެ މީހުން އޭނާދެކެ ލޯބިވާ ވަރުން އެމީހުން ދެރަވެދާނެތީއެވެ.

ދިވެހި މަސްވެރިކަން ކުރިޔަށް

ކިޔާފައިވާ ޢަދަދު: 7440
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން            ރާގު: ކެޔޮޅާ ބޭބޭ ދޫންޏާ
ކެރިގެން މަސްވެރިޔާއޭ ހިނގާނުކުންނަން ދާން
                ކުރިޔަށް ދާންވީ މަގުތައް ފިސާރި ކޮށަމުން ދާން

ކަޅިގޮސް އަދިވެސް ހުއްޓެނީ،
        ކަޅުބިލަމަސް ކަންނެއްޔަށޭ،
               ކަނޑުފަޅު އިތުރަށް ބޭނުން ނުހިފައި،
                      ތިބެގެން ވެދާނެހޭ، ތިބެގެން  ނުވާނެޔޭ

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (9)

ކިޔާފައިވާ ޢަދަދު: 3520
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(11ޑިސެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހިޔު އޭނާގެ ޖީބުން އެއް ފައުނުގެ ނޫޓެއް ނަގައި ބްރައިނީގެ އަތަށް ދިއްކޮށްލައިފި އެވެ. “މިއީ ކޮން ނޫޓެއް ތޯ އެވެ؟” ބްރައިނީ އަހައިފިއެވެ. “ތިޔައީ ކާރުގެ ދެކޮޅުގެ ކުލި ދޭށެވެ.” ހިޔު ވޭނަރ ބުނެފި އެވެ.  ބްރައިނީ ޝުކުރުވެރިކަމާއެކު އެ ޤަބޫލުކޮށްފި އެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(11)

ކިޔާފައިވާ ޢަދަދު: 2583
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
       ޑިޕާރޓްމަންޓް އޮފް ފިނޭންސް
ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޝަން
            މާލެ،ދިވެހިރާއްޖެ.
                                                   نمبر  3/68

إعلان

މިސްކިތްތެރެއަށް ކުޅުޖެހުމާއިބެހޭ

ހަމައެކަނި ވިދާޅުވެލެއްވުމަށް….(34)

ކިޔާފައިވާ ޢަދަދު: 2232
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި دولة ގެ ގެޒެޓް ބިލް نمبر 68/6

އެރަށެއްގެ ވަޒަންވެރިންގެތެރޭގައި ހުކުރު ވާޖިބުވާ 50 މީހުންނެތް ކޮންމެރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ބިލްއާއި ގުޅޭގޮތުން

ކ.ގިރާވަރުގެ ދެގެއެއްގެ މީހުން ހުޅުލޭގައި ވަޒަންވެރިވެއްޖެ

ވިޔަފާރި މިއަދުގެ خاصّ مراسل

ވިޔަފާރި މިއަދަށް خبر ލިބިފައިވާ ގޮތުގައި 14.3.68 (ބުރާސްފަތި) ދުވަހު ކ.ގިރާވަރު ބަހާރުގޭ މީހުންނާއި ސައިމާގޭ މީހުން ކ.ހުޅުލެއަށް ބަދަލު ވެއްޖެއެވެ. އެދުވަހުން ފެށިގެން އެދެގޭގެ މީހުން ދިރިއުޅެމުން ގެންދަނީ ހުޅުލޭގައެވެ. މިދެންނެވި ދެގޭން ބަހާރުގޭގެ ވެރިޔަކީ ކުޑަ موسى އެވެ. އެގޭގައި އުޅެނީ 5 މީހުންނެވެ. ސައިމާގޭގެ ވެރިޔަކީ حسين (ދޮންކަލޯ) އެވެ. އެގޭގައި އުޅެނީ 4 މީހުންނެވެ.