މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(8)

ކިޔާފައިވާ ޢަދަދު: 2806
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑިޕާރޓްމަންޓް އޮފް ހޯމްއެފެއަރސް
ރަޖިސްޓްރޭޝަންސް ޑިވިޝަން (ށ)
        މާލެ،ދިވެހިރާއްޖެ.
                                              نمبر 71/3     

إعلان

މާލޭގެ ބަންޑާރަ ގޯތީގައި عمارات ކުރުން

މީހަކަށް ސަރުކާރުން ދެއްވާފައިވާ ގޯއްޗެއްގެތެރޭގައި ތަންތަން عمارات ކުރުމަށާއި، މަގުމަތީ ފާރުމައްޗަށް عمارات ކުރުމަށް މީގެފަހުން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.

ދެންނެވުމެއް

ކިޔާފައިވާ ޢަދަދު: 137
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި ވެބްސައިޓަށް ދިމާވި ފަންނީ މައްސަލަތަކަކާހުރެ، ޚިދުމަތް މެދުކެނޑިފައި ގިނަ ވަގުތުތަކެއް ހޭދަވީ ކަމަށްޓަކައި ކިޔުންތެރީންގެ އަރިހުން މަޢާފަށް އެދެމެވެ.


އޭރުގެ ފަތްފުށްތަކުން…. (52)

ކިޔާފައިވާ ޢަދަދު: 2756
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާއްޖޭގެ قدرتى ރީތިކަން

محمد سمير نيفرى، މ.ކަގި


މ. ކަގި، އަލްފާޟިލް މުޙައްމަދު ސަމީރު ނައިފަރީ (ރަޙިމަހުﷲ) އަކީ، ފާދިއްފޮޅު ނައިފަރު އުފެއްދި އަދަބީ ފަންނުވެރިންގެތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ގިނަ ދުވަސްތަކެއްވަންދެން މުދައްރިސެއްގެ ގޮތުންނާއި މާލޭގެ މިސްކިތްތަކުގެ އިމާމެއްގެ ގޮތުން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ދިވެހި އަދަބީ ފޯރަމްތަކުގައި ކުޅަދާނަކަމާއެކު ވާހަކަފުޅު ދައްކަވައި ބަހުސްކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިއެކެވެ. އަދަބީ ޖަމްޢިއްޔާތަކުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ޙަރަކާތްތެރިއެކެވެ.

އަނާން (8)

ކިޔާފައިވާ ޢަދަދު: 3712
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަރްޔަމް ސަނާ، ށ. މިލަންދޫ
(19 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފުރަތަމަ ދުވަހުންފެށިގެން މާޔާ އައީ ދަރިމައިވުމުން ދުރުކޮށްދޭ ބޭހެއް ބޭނުންކުރަމުންނެވެ. އޭގެ ނަތީޖާއަކީ މިހުރިހާ ދުވަހު އޭނާ އަށް ބަލިވެ އިނުމުގެ ބިރުވެރިކަމުން ސަލާމަތްވެގެން ހުރެވުމެވެ. އެކަމަކު މިހާރު ކުއްލިއަކަށް އެހެން ވާންވީ ސަބަބެއް އާސިމާ އަކަށް ނުވިސްނުނެވެ. ބޭހަކީ ސަތޭކަ އިންސައްތަ ޔަގީންކަން އޮތް އެއްޗެއް ނޫންނަމަވެސް އާސިމާ އެއަށް ފުރިހަމައަށް އިތުބާރުކުރެއެވެ.

ޤުދުރަތީ ކާރިސާތަކާއި ޢާންމު ޞިއްޙަތު

ކިޔާފައިވާ ޢަދަދު: 2704
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހުމަދު މުއުމިން
މިނޮވެމްބަރު މަހުގެ ކުރީކޮޅު ފިލިޕީންސަށް އެރި ސުޕަރ ޓައިފޫން ހައިޔާން އަކީ ރެކޯޑްކުރެވިފައިވާ ތާރީޚުގައި ދުނިޔޭގެ ޤައުމަކަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ހައިޔާންގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ނެތިގެން ދިއުމުގެ އިތުރަށް އެތައް ސަތޭކަ ހާސް މީހުން ވަނީ ޙާލުގައި ޖެހިފައެވެ. ރައްކާތެރި ކާނާއާއި ސާފު ބޯފެން އަދި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުން ބަލިމަޑުކަން ވަނީ ޢާންމުވެފައެވެ.

ކަރުނަ ތިކި (15)

ކިޔާފައިވާ ޢަދަދު: 3617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުނީ
(18 ނޮވެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)     
ޝާންގެ ބުރަކަށިފުޅަށް އަނިޔާވީ ވެއްޓިވަޑައިގެންނެވި އިރު ބޯޓުގެ އަރިމަތީގެ ތަނެއްގައި ޖެހިގެންނެވެ. އޭނާއަށް މިހާރުވެސް ވަރަށް ވޭން އަޅައެވެ. އޭނާގެ އަތުން ޝާން ދޫކޮށްލައްވާނެ ނަމައޭ އާދިލާގެ ހިތަށް އެރިއެވެ.

ވަކިނުވިނަމަ …… (7)

ކިޔާފައިވާ ޢަދަދު: 3284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(17 ނޮވެމްބަރ 2013 (އާދީއްތަ) ގުޅޭ)
ޒައިދު ބަލާކަށް ނުހުރެއެވެ. ލޭ އައިސް އައިސް ހުއްޓާ ލޭމަތީގައި ބޭސްގަނޑު ބާއްވައިފިއެވެ. ވަހީދަށް ތެޅެގަނެވުނެވެ. ހީވީ ލޮނުމިރުސްގަނޑެއް ބޭއްވިހެންނެވެ. ނަގައިގަތް ދިލައެއްގެ ތޫނުކަމުން ވަހީދުގެ ހެއަށް ގޮތްވާވަރުވިއެވެ.

2013 ވަނަ ‘އަހަރުގެ ލަފުޒު’ގެ ގޮތުގައި “selfie” ޑިކްޝަނަރީއަށް

ކިޔާފައިވާ ޢަދަދު: 11248
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އެންމެ އިހު ޒަމާނުގައި އިންސާނާއަށް އޭނާގެ ރިވެލި އެންމެ ފުރަތަމަ ފެނިފައިވާނީ އޭނާގެ ސޫރަ ފެންގަޑަކަށް އެޅިފައި ހުއްޓައި ކަމުގައި ގަބޫލު ކުރެވެއެވެ. އެހިސާބުން އެ ފެންނަނީ ތިމަންނާގެ އަމިއްލަ ސޫރަ ކަން އެނގި ތިމަންނާއަކީ ވަކި ސިފައަކަށް ހުރި މީހެއްކަން ދަސްވަނީ ކަމުގައި އަޅުގަނޑަށް ތަސައްވަރު ކުރެވެއެވެ.

ލޯފަން ކުއްޖެއްގެ އިޙްސާސް

ކިޔާފައިވާ ޢަދަދު: 7621
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއޮތީ އަހަރެން އެކަނިމާ އެކަންޏެވެ؟ ގާތުގައި އެކަކުވެސް ނެތެވެ. އަހަރެންގެ މި އެކަނިވެރިކަން އިޙުސާސްކުރަނީ ކާކުހެއްޔެވެ؟

މިހާރު އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. އެންމެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮޓަރިތަކަށް ވަދެ ތިބީ ހެއްޔެވެ؟ އަހަންނަށް ވެސް ވަރުބަލިކަން އެބަ އިޙްސާސްކުރެވެއެވެ. ނިދުމަކީ ވާނުވާ ނޭނގި ތިބުމަށް ކިޔާ ނަމަކީތާއެވެ؟ އެހެންވީއިރު އެންމެން ނިދީބާވައެވެ؟ މަންމަމެން އެ ކިޔާ ރޭގަނޑު އައީކަން ނޭނގެއެވެ. ރޭގަނޑާއި ދުވާލަކީ ކޮބައިހެއްޔެވެ؟ ދުވާލާއި ރޭގަނޑު ވަކިކުރަނީ ކިހިނެއްބާވައެވެ؟ ރޭގަނޑު ވީމާ އިރުއޮއްސެނީއޭ ބުނާތީ އިވެއެވެ. އިރު އޮއްސުނީމާ އަނދިރިވެޔޭ ވެސް މަންމަ ބުނާ އަޑު އަހަމެވެ. އެކަމަކު އިރަކީ ކޮން އެއްޗަކަށް ކިޔާ ނަމެއް ބާވައެވެ؟ އޮއްސުމަކީ ކޮބައިހެއްޔެވެ؟ އަނދިރިވަނީ ކިހިނެއް ހެއްޔެވެ؟ އަނދިރި ހުންނަނީ ކިހިނެއްބާވައެވެ؟ އަހަރެންގެ މި އިޙުސާްތައް އެނގޭނީ ކާކަށް ހެއްޔެވެ؟

ބުލެޓަކުން ނެތިކޮށްލިއަސް ވެސް ނަންފުޅަށް ދެގޮތެއް ނެތޭ!

ކިޔާފައިވާ ޢަދަދު: 2439
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ މޫސާ
މިއަދަކީ، އެމެރިކާގެ ކުރީގެ ރައީސް ޖޯންއެފް. ކެނެޑީ އަވަހާރަކޮށްލިތާ، 50 އަހަރު ފުރުދުވަހެވެ. ދުޝްމިނެއް ޙަމަލާއިން، ޕްރެޒިޑެންޓް ކެނެޑީ އަވަހާރަ ވެފައިވަނީ، 22 ނޮވެންބަރު 1963 ގައެވެ. މި ޅެމަކީ، ކުރީގެ ތާރީޚެއްގައި، އަލްފާޟިލް ޢަބްދުﷲ މޫސާ ހައްދަވާފައިވާ ޅެމެކެވެ. މި މުނާސަބަތާ ގުޅިގެން މި ޅެން މި ސައިޓަށް ހަދިޔާކުރެއްވީތީ، އަލްފާޟިލް ޢަބްދުﷲ މޫސާއަށް ޝުކުރު ދަންނަވަމެވެ.