ބިކިނީ ރައްޔިތުންގެ ހިތްދަތި ވާހަކަ

ކިޔާފައިވާ ޢަދަދު: 8531
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މަތީގައި އެވާ ސުރުޚީން ވަރަށް ގިނަ ބައެއްގެ ހިތްތަކަށް ތަސައްވަރު ކުރެވޭނީ  ކުޑަރުމާ ވަރުގެ ދެތިންފޮތިކޮޅުން ނިވާނުވެތިބޭ އަންހެނުންނެވެ. އަދި އެފަދަ ބަޔަކު ރީތި ގޮނޑުދޮށްތަކުގައި އަވީލާފައިތިބޭ ތިބުމެވެ! ނަމަވެސް ބިކިނީ އަތޮޅުގެ ހާލަކީ ވަރަށް ހިތާމަވެރި ހާލެކެވެ. (އިސްވެ ދެންނެވުނު ނިވާނުވާ ހެދުމަށް ބިކިނީ ކިޔުނީ މި ރަށަށް ދިމާވި މަޝްހޫރު، ހިތާމަވެރި ހާދިސާ އާއި ގުޅުވައިފައެވެ.)

ހަމައެކަނި ވިދާޅުވެލެއްވުމަށް….(27)

ކިޔާފައިވާ ޢަދަދު: 2724
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

الحمدلله وحده

ފަޑިޔާރުގެއިން

މާޅޮސްމަޑުލު އުތުރުބުރީ އެންމެ ރަށްރަށުގެ نائبންނާއި ނާއިބުންނާއި خطيبންނާއި ރައްޔަތު އެންމެނަށް ބަހެވެ. މިފަޑިޔާރުގެއިން ރާއްޖޭގެ ރަށްރަށުގެ نائبކަން މީސްމިހުންނަށް ދެއްވާފައިވަނީ އެމީސްމީހުންގެ عزّةކަށް ނޫނެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(4)

ކިޔާފައިވާ ޢަދަދު: 2946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
محکۃ الداخليۃ
 ހިތަދޫ.
                                            نمبر 61/2

إعلان

      ސަރުކާރުގެ އެކިއެކި محکۃތަކުގެ ވެރީންނާއި وکيلންނާއި، سکرٹریއިން، رسمی ގަޑީގައި ލިބާސް، ނުވަތަ، ގަމީސް ނުލައި، ހުސް ގަންޖުފަރާހާއިއެކު، އޮފީސް އޮފީހުގައި އުޅުމީ منع ކަމެކެވެ. އަދި، ރަށްރަށުގެ، ރަށް ހިންގާ އޮފީހުގެ ވެރީންނާއި نائبފަދަ ބޭކަލުންނަށް ވެސް މިގޮތުން، މިކަން منعއެވެ.

ކާމިޔާބުގެ އައްސޭރިއަށް ދިއުމަށްޓަކައި …….

ކިޔާފައިވާ ޢަދަދު: 4681
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދުނިޔޭގެ ދަތުރަކީ އިމްތިޙާނުގެ ދަތުރެކެވެ. ތަފާތު މީސްތަކުން މާތްﷲ އިމްތިޙާނުކުރައްވަނީ ތަފާތު ގޮތްގޮތަށެވެ. އެއްބަޔަކަށް މުދަލާ ފައިސާދެއްވައި މުއްސަދިކުރައްވައިގެންނެވެ. އަނެއްބަޔަކަށް ބާރާއި ނުފޫޒުދެއްވައި ބާރުވެރިކުރުވައިގެންނެވެ. އަނެއްބަޔަކަށް ގަދަފަދަ ކަމާއި މަތިވެރިކަން ދެއްވައި އިއްޒަތްތެރިކުރުވައިގެންނެވެ. މިއީ ދުނިޔެވީ ޙަޔާތުން ފެނިގެންލެމުންދާ ދުވަސްތަކުން ދަސްވެ އެނގެމުންދާ ކަންކަމެވެ. ފެންނަމުންދާ ޙަޤީޤަތްތަކެވެ. ދައްކަމުންދާ ކުލަތަކެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (2)

ކިޔާފައިވާ ޢަދަދު: 4499
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

މިއީ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ޑެނިސް ރޮބިންސް ލިޔެފައިވާ “ބްރޯކަން ހާރޓް”ގެ ތަރުޖަމާއެކެވެ.

(24 އޮކްޓޯބަރ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިބަޔާންވެ ދިޔަ ތާރީޚީ ދުވަހަށް ފަހު ރެއިގޭޓްގެ ގޭގައި ބްރައިނީ އާއި ކްލައިވް ބައްދަލު ނުކުރާ ވީކް އެންޑެއް ދަނީ ހާލަކުން ފަހަރަކުއެވެ. ގިނަ ދުވަސް ތަކެއް ނުވެ އެދެކުދީންގެ ކައިވެނީގެ އެންގޭޖްމެންޓް  އިޢްލާން ވެއްގެއެވެ.

އޭރުގެ ފަތްފުށްތަކުން…. (48)

ކިޔާފައިވާ ޢަދަދު: 3103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދެފުށް ދެގޮތްކަން حقيقةތައް އެފުށް މިފުށަށް ޖަހާލައެވެ.

عبدالرّحيم عبدالمجيد


ގ. މަންޒިލް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އަތުލިޔުމުގެ ފަންނުވެރިއެކެވެ. “ސަރުކާރުގެ ޚަބަރު”ން ފެށިގެން “ދަރުމަ” ފަދަ ފަހުގެ މަޖައްލާތަކަށްވެސް ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އިސްލާމީ ތާރީޚާގުޅޭ ބައެއް ފޮތް ލިޔުއްވައި ތަރުޖަމާކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް ވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައެވެ. އަދި ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1979 ވަނަ އަހަރު،ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1995 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ރާއްޖޭގެ މީހުން އުޅޭ ރަށްތަކަށް އަޅުގަނޑުކުރި ދަތުރު (1)

ކިޔާފައިވާ ޢަދަދު: 3634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ޝިޔާމް
1999 ވަނަ އަހަރު ޖުލައި މަހުގެ ތެރޭ އެއް ދުވަހަކު އަޅުގަނޑު އޭރު މަސައްކަތްކުރާ އޮފީހުގައި އިންދައި އަޅުގަނޑުގެ އޭރުގެ ވަޒީރު އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) ބައްދަލުކޮށްލުމަށް ވިދާޅުވިއެވެ. ވަޒީރުގެ ކޮޓަރިކޮޅަށްވަނުމާއެކު އިށީންނުމަށް ވިދާޅުވިއެވެ. އަދި ކުރައްވަން އިންނެވި މަސައްކަތްޕުޅު ހުއްޓަވައިލައްވައިފައި ވިދާޅުވީ “ޝިޔާމް އެބަޖެހޭ ރާއްޖެތެރެއަށްދާން.” އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ މަސައްކަތް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ބަދަލުކުރާ ވާހަކަ ވިދާޅުވާން އުޅުއްވީ ކަމަށެވެ.

އަނާން (4)

ކިޔާފައިވާ ޢަދަދު: 3507
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރްޔަމް ސަނާ، ށ. މިލަންދޫ
(22 އޮކްޓޯބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢީދު ޗުއްޓީއަށް ރަށަށްއައި ބީރައްޓެހިންނާއި، ޢީދު ކުޅިވަރުތަކަށް ތައްޔާރުވަމުންދިޔަ ރަށުގެ ކުދިބޮޑު އެންމެންގެ ސަބަބުން މުޅިރަށުތެރެވަނީ އާދަޔާހިލާފަށް ހަލަބޮލިވެފައެވެ. އަނާން ހުރީ އެކުއުޅޭ ރައްޓެހިން ހުށަހަޅާދޭން ތައްޔާރުވަމުންދިޔަ ސަގާފީ ނެށުމުގައި ބައިވެރިވާހިތުންނެވެ. ނަމަވެސް ކޮސްޓިއުމް ހޯދަންޖެހެނީ އަމިއްލައަށް ކަމަށްވުމުން އޭނާއަށް ބައިވެރިވެވޭ ގޮތެއްނުވިއެވެ. ދުވަހަކުވެސް އާހެދުމެއް ހޯދާނުދޭއިރު އެންމެ ދުވަހެއްގެ ކުޑަކުޑަ ވަގުތުކޮޅަކަށްޓަކާ އެވަރުގެ ބޮޑު ޚަރަދެއް މާހިރާ އޭނާއަށް ކޮށްނުދޭނެކަން އެއީ މެންދުރުގެއިރު ފަދައިން އެނގި، ޔަގީންވާ ހަގީގަތަކެވެ. އެހެންކަމުން ނުވާނެކަމަކަށް އެދުމުގެ ހިޔާލު އޭނާ ދޫކޮށްލިއެވެ. އޭނާގެ ފެންވަރަކީ ކުޅިބަލަން ދުރުގައިހުރުން ކަމުގައި ގަބޫލުކުރިއެވެ.

ބަނޑުފެޅި ލިބާހުގެ ބަނޑުގޮށްގޮށޯ!

ކިޔާފައިވާ ޢަދަދު: 2974
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢުދު އަބްދުލްކަރީމް، ހަވޭލި، އއ.ފެރިދޫ
ރާއްޖޭގައި ހިނގައިފައިވާ އެކިއެކި ޙާދިސާތަކުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް ދެކެވެމުން ދާއިރު އެ ވާހަކަތަކުގެ ތެރޭގައި ޙަޤީޤީ ވާހަކައާއި އިންސާނީ ބުއްދިއަށް ޤާބޫލުކުރަން ދަތި ޙަޤީޤަތެއް ނެތް ކަމަށް ޤަބޫލުކުރަން ފަސޭހަ ވާހަކަތައް ވެސް ހިމެނެއެވެ.

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (2)

ކިޔާފައިވާ ޢަދަދު: 4278
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިސްލާމްދީނުގައި އަންހެނުންނާއި ސިޔާސަތު

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (2)

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

(1 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢޫކުރެވުނު ބަޔާ ގުޅޭ)
ހަތަރުވަނަ ހާދިސާ ހިގާފައިވަނި މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ސައްޔިދުނާ ޢުޘްމާން (ރޢ) ގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެކަލޭގެފާނު، ޙަޟްރަތު އުއްމު ކުލްސޫމް ބިންތި ޢަލީ (ރޢ) ޚިލާފާ ތަމްސީލްކުރައްވާ އެމްބަސެޑަރެއްގެ ހައިސިއްޔަތުން ޑިޕްލޮމެޓިކް މިޝަންއެއްގައި އިޓަލީގެ ރޯމްގެ ރާނީއާއި ބައްދަލުކުރައްވަން ފޮނުއްވިއެވެ. (ތަބަރާނީ)