ކަރުނަ ތިކި (10)

ކިޔާފައިވާ ޢަދަދު: 3902
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(14 އޮކްޓޯބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޗެޕްޓަރ 4

 

އިރުވައިގެ ރީތި މޫސުމުގައި އިރުގެ ހުރަހެއްނެތް ދޯދިތަކުން ފެންވަރަމުން އުދުހެމުންދާ ދޫނިތަކާއެކުއެކީގައި ހުވަދޫ ކަނޑުގެ ނޫކުލައިގެ ދޫލައެއްފަދަ އޮމާން ކަނޑުގައި ދުވާރަށް އޭގެ ދަތުރުވެރިންގެ ހިތްތަކަށް އުފާވެރިކަން ގެނަސްދެމުން މަޑު ސްޕީޑެއްގައި ދަތުރުކުރަމުންދެއެވެ. ހިތްހަމަޖެހުމާ އުފާނޫން ކަމެއް ހިތަށްވަންނާނެ ވަގުތުކޮޅެއް މިދަތުރަކު ނުވެއެވެ.
 

ޞާދާއި ސީނުގެ ގުޅުން ނުވަތަ އޮޅުން

ކިޔާފައިވާ ޢަދަދު: 3219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢުދު ޢަބްދުލްކަރީމް ހަވޭލި، އއ.ފެރިދޫ
ޞާދާއި ސީނަކީ ސިފައިގެ ގޮތުން ތަފާތުވިޔަސް މަޚްރަޖްގެ ގޮތުން އެއްގޮތް ދެ އަކުރެވެ. އެހެންކަމުން ބައެއް މީހުން މިދެއަކުރު ކިޔާ ކިޔުމުގައި އަޑުއަހާމީހުންނަށް ވަރަށްގިނަ ފަހަރު އޮޅޭގޮތް ވެސް ވެއެވެ. މިފަދަ އަކުރުތަކަކީ ބައެއްމީހުން ރަމްޒުއަކުރެއްގެ ގޮތުގައިވެސް ބޭނުންކުރާ އަކުރުތަކެކެވެ.

ވަކި ނުވިނަމަ… (2)

ކިޔާފައިވާ ޢަދަދު: 3427
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުހައްމަދު ގާސިމް، އއ. މަތިވެރި.
(13 އޮކްޓޯބަރ 2013 (އާދީއްތަ) ގުޅޭ)
އިރުކޮޅަކުން ފެނުނީ ރަޝާޤާ އައިސް ގޯތިތެރެއަށް ވަންތަނެވެ. އަހުމަދު ފެނުމާއެކު އޭނާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ދުވެލީ ލުއި ލުއި ހިނިތުންވުމެކެވެ. އިހުސާނުގެ ސަބަބުން ހިތަށް ކުރި އަސަރަށް ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިބުނެވެ. އޭނާ އަހުމަދުގެ ފުރަގަހުން މަޑުމަޑުން އައިސް އަހުމަދުގެ ލޯ މަތީގައި އަތްއެޅިއެވެ. މި މަންޒަރު ދެކެން ސިތާރާ އިނީ ހިނި އައިސްފައެވެ.

[ބަޑީންނަށާއި ލޯބިގަނޑްޑްޑްޑްޒްޒްޒްޒްތަކަށާއި އަދި ޓްވިންކްލީޒްތަކަށް] އިލްތިމާސެއް

ކިޔާފައިވާ ޢަދަދު: 9925
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު، އަލްއަޚު އަޙުމަދު ސަމީރު ޢަލީ އަޅުގަނޑުގެ ސަމާލުކަމަށް ޓަކައި ވަރަށް އާދަޔާ ޚިލާފު މެއިލެއް ފޮނުއްވި އެވެ. އެއީ ހަވީރު ނޫހުގައި މީހަކު ކޮށްފައިވާ ކޮމެންޓެކެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި އެއީ ހަމަ އެ ނޫހުން އަކުރުން އަކުރަށް ނަކަލުކޮށްފައިވާ ލިޔުންކޮޅެކެވެ.

ކޭޝިއަރު

ކިޔާފައިވާ ޢަދަދު: 8438
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ތިރީގައި އެވާ ވާހަކަ ލިޔުއްވި Haruhiro Kinoshita އަކީ ޖަޕާނު ލިޔުންތެރިއެކެވެ. 2008 ވަނަ އަހަރު މީނާ ޝާއިއު ކުރެއްވި ފޮތެއްގައި ހިމެނޭ  ވާހަކައެކެވެ. ޖަޕާނުގައި މި ވާހަކަ މަގުބޫލުވުމުގެ ސަބަބުން އިންޓަނެޓުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާތީ ދިވެހިބަހަށް ތަރުޖަމާ ކުރާހިތްވީއެވެ.  

މުއްސަނދި، ދިވެހި ޤައުމީގަސް

ކިޔާފައިވާ ޢަދަދު: 4505
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު
 
މަންޒަރެއް ރުއްތަކުން ރީތި ދައްކައިދެޔޭ،
                    ފަންތަކުން ފިނިހިޔާ ޗާލު ފަތުރައިދެޔޭ
ބިންތަކެއްގައި ދިވެހި ފެންނަ ހުރިހާ ހެދޭ،
އިންތަކުން ކައިރިޔާ ދުރުގެ ފާހަގަވެވޭ،
     މިންތަކުން ގަހުގެ އެއްވަނަ ގަހަށް ޙައްޤުވޭ،
    ދިން މަޤާމުން ގަހަށް ޤައުމު ނިސްބަތްވެޔޭ

ބަރަކް އޮބާމާ އާއި ބައްޝާރުލް އަސަދު

ކިޔާފައިވާ ޢަދަދު: 3130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގައި “އަދި” މި ލަފުޒު ބޭނުންކުރެވޭ ދެތިން ގޮތެއް އޮވެއެވެ. މީގެ ތެރެއިން މި ލަފުޒު އެންމެ އާންމުކޮށް ބޭނުންކުރަނީ އެއް ލަފުޒު އަނެއް ލަފުޒާ ގުޅުވުމަށެވެ. ނުވަތަ ގުޅުވަމުން ގެންދިއުމަށެވެ. އިނގިރޭސިބަހުގައި ބޭނުންކުރާ and ގެ މާނައިގައެވެ. އަދި މި ލަފުޒު ބޭނުންކުރަންޖެހޭ ތަފާތު މަޙައްލުތަކުގައި މި ލަފުޒު ބޭނުންކުރުމަކީ ކިރިޔާ ވެސް ދިވެހިބަހުން ލިޔެކިޔައި އުޅޭ މީހަކަށް އުނދަގޫކަމެއް ނޫނެވެ.

ސެކިއުރިޓީ މާނަކުރުން: ތަފާތު ވިސްނުންތަކެއް

ކިޔާފައިވާ ޢަދަދު: 3253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު މުއުމިން
އިންސާނުން ތަފާތު ގަބީލާތައް އަދި ޤައުމުތަކުގެ ގޮތުގައި ދުނިޔޭގައި އުޅެން ފެށީއްސުރެ ދޭދޭ ގަބީލާތައް ނުވަތަ ޤައުމުތަކުގެ މެދުގައި ތަޅާފޮޅުމާއި ހަމަނުޖެހުން އަދި ހަނގުރާމަ ހިނގަމުން އައިސްފައިވެއެވެ. އެހެން ކަމުން މިހާރު މިފެންނަ ގޮތަށް ޤައުމުތައް އުފެދި ބައިނަލް އަޤްވާމީ ނިޒާމެއް އުފެދުނު ހިސާބުން ފެށިގެން ކޮންމެ ޤައުމަކުންވެސް އެންމެ އިސްކަންދޭ އެއްކަމަކަށް ވެފައިއޮތީ އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ނުވަތަ ނޭޝަނަލް ސެކިއުރިޓީއެވެ.

ކުދިވާހަކަ (20)

ކިޔާފައިވާ ޢަދަދު: 5038
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (20)

ހިތި ޙަޤީޤަތެއް އޯގާވެރިގޮތަކަށް ހާމަކުރުން

 ޢައްބާސް އިބްރާހީމް

އެއްޒަމާނެއްގައި އުޅުއްވި އެއްލޯފުޅު އަނދިރި ރަސްކަލަކު އެމަނިކުފާނުގެ ތަޞްވީރެއް ކުރެހުމަށް ތިން އާޓިސްޓުންނަށް ދަޢުވަތު ދެއްވިއެވެ. އަދި އެންމެ ރަނގަޅު ތަޞްވީރެއް ކުރަހާ މީހަކަށް ވަރަށްބޮޑު އިނާމެއް ދެއްވާނެކަން އެންގެވިއެވެ.

الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ

ކިޔާފައިވާ ޢަދަދު: 8687
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.