އެއްބައިވެ އަތުގުޅާލާ

ކިޔާފައިވާ ޢަދަދު: 4454
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްރަޝީދު ޙުސައިން
    އެއްބައިވެގެން ތިބޭމީ ދިވެހިންނެ އަތުގުޅާލާ
                      އެއްދީނަކާ  ސިޔާދަތު  ދެމެހެއްޓުމަށް  ގޮވާލާ

މަޑުރޯޅި  މާދުރުންދާ  ލޯބިން މިރާއްޖެ އާދޭ
        ގޮނޑުދޮށްތަކަށް އެ ބީހޭ ފޮނުލީއެ ރާޅުހެކިދޭ
                  ކަނޑުފަޅުގެ ގިނަ މުތީތައް ހުއްޓަސް ހިތަށްއުފާދޭ
                            އުޑުދަށަކު މިވަރު ޗާލޫ ނެތް ރަށްތަކެއް ވިދާލާ

ޖާހިލިއްޔަ ޒަމާން……..

ކިޔާފައިވާ ޢަދަދު: 6171
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ޖާހިލިއްޔަ ޒަމާނަކީ އިންސާނުން އެމީހުންގެ ބުއްދިއަށް ބިނާކޮށް ހުރިހާކަމެއް ރޭވި ޒަމާނެކެވެ. ހީތަކާއި ވަހުމުތަކަށް ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ދުވަސްވަރެކެވެ. ދިރިއުޅުމުގެ މަންހައްޖު ގެއްލިގޮސް ރަގަނޅާއި ގޯސް ވަކިނުވާ ޙާލަތުގައި ދުނިޔެ އޮތް ދުވަސްވަރެކެވެ. ހެއްދެވި ފަރާތާއި އިލާހުވަންތަކަން ހަނދާން ނެތިކޮށްލި ދުވަސްވަރެކެވެ. ލޮލަށްފެންނަ ފެނުންތަކަށް ބުރެވެ ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ޒަމާނެވެ.

ކިބާވަރު ގެއްލިއްޖެ!

ކިޔާފައިވާ ޢަދަދު: 6634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

“ގެ ބަދަލުކުރަން އުޅުމުގެ ތެރޭގައި … !”

ކިބާވަރު ގެއްލިއްޖެ!

ޙަސަން ޝާކިރު މުޙައްމަދު

ދިވެހީންނަކީ، ދިރިއުޅުމުގައި އަމިއްލަ ގޮތްތަކެއްހުރި އަމިއްލަ އުފެއްދުންތަކެއް ބޭނުންކުރަމުންއައި އަދި އަމިއްލަ ކެއުންތަކެއްވެސް ކައިބޮއި އުޅުނު މުޅީން އަމިއްލަ ބައެކެވެ. މިއަދު މި އަންނަނީ، އެ ޒަމާން ފަސްދެމުންނެވެ. އަޅުގަނޑުމެންނާ ވަކިވަމުންނެވެ. މިއީ، ހިތާމަހުރިކަމެކެވެ. ހިތްދަތިކަމެކެވެ. ދިވެހިރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިގޮތުގައި ތިބި ދިވެހީން މިޤައުމުގައި ދެމިތިބުމަކީ، ތިޔަބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑުގެވެސް އެންމެބޮޑު އުންމީދެވެ. މި ކަމުގައި ” އެޒަމާން ހިނގައްޖެ ފަސްދީ…….” އޭ ބުނެލާފައި ނިންމައިނުލައި ކުރިޔަށް ދަމާތޯއެވެ؟

ކުދިވާހަކަ (19)

ކިޔާފައިވާ ޢަދަދު: 2652
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (19)

ޙަޤީޤީ އަގު

ޢައްބާސް އިބްރާހީމް

އެއް ދުވަހަކު ވަރަށް ފަޤީރު މީހަކު މަގުމަތީގައި ހިނގަމުން ދަނިކޮށް ވަރަށް ބޮޑަށް ވިދަވިދައި އޮތް ހިލަކޮޅެއް ފެނިއްޖެއެވެ. އެ ހިލަކޮޅަކީ އަލި މަހެއްކަމެއް އޭނާއަކަށް ނޭނގެއެވެ.

ސުއްކަތުރާ ޚަބަރާއި ފޮޓޯ

ކިޔާފައިވާ ޢަދަދު: 9014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަރަބި ކަރައިގެ 380 ކިލޯމީޓަރު ދެކުނުން ސޯމާލިޔާގެ އިރުން 250 ކިލޯމީޓަރުގައި އޮންނަ މި ގާމަތީ ޖަޒީރާ އެންމެ ވައްތަރީ “އެހެން ދުނިޔެއެއްގެ ތަންކޮޅަކާއެވެ”. ލިޔުންތެރިން ސުއްކަތުރާ (سُقُطْرَى) އާއި ބެހޭގޮތުން އެންމެ ފުރަތަމަ ވެސް ލިޔުއްވަނީ އެހެންނެވެ. އެއީ އެބޭކަލުން، (މަޝްހޫރު ނޭޝަނަލް ޖޯގްރަފިކް މަޖައްލާގެ މަސައްކަތުގައި މުޅި ދުނިޔޭގައި ދަތުރުކުރައްވާފައިވާ ލިޔުންތެރިން ވެސް) ލިޔުއްވަނީ މިކަހަލަ ދެވަނަ ތަނެއް ދުވަހަކުވެސް ނުދެކޭ ކަމުގައެވެ. މިހެންވެ މި ޖަޒީރާ އަކީ 2008 ވަނަ އަހަރުން ސުރެ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައެއްގެ ގޮތުގައި އެކަށަ އަޅާފައިވާ ތަނެކެވެ.

ކަސްރަތުގެ ފައިދާ

ކިޔާފައިވާ ޢަދަދު: 6216
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ބައެއް މީހުންގެ ނަޒަރުގައި ކަސްރަތަކީ އެހައި މުހިއްމު ކަމެއް ނޫނެވެ. އެއީ ވަގުތު ނަގާލުމެކެވެ. ބައެއް ފަހަރު ޑަކްޓަރުން އެވެނި މިވެނި ކަސްރަތު ހެނދުނު ނުވަތަ ހަވީރު ކުރަން ބުނީމާވެސް ބަލިމީހާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ކަންހުރީ މިހެންނެވެ. ދެން މިވާހަކަކޮޅު ކިޔާލާށެވެ. އަދި މިކަމާމެދު ޚިޔާލުކޮށް، ފިކުރުކޮށްލާށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(24)

ކިޔާފައިވާ ޢަދަދު: 2432
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(24)

ރ. އުގުލު ބޮޑު مولود

ފައްޓަވައިދެއްވީ އުއްތަމަފަޑިޔާރުމަނިކުފާނު

ރ.އަތޮޅު ރިޕޯޓަރްއެއް
ރ. އުގުލުގެ، މިއަހަރުގެ ބޮޑު مولود ކިއުން އޮތީ މިމަހު 8 ވީ ހޯމަ ވިލޭރޭ އުގުލުގައެވެ. ރެއާއި ދުވަހަށްޓަކާ ވަރަށްފުރިހަމަ ޕްރޮގްރާމެއް ވަނީ ކަޑައެޅިފައެވެ.

مولود ދުވަހަށްޓަކާ ރަށް ތައްޔާރުކުރެވިފައިވަނީ، ތާރީޚުގައި އެރަށް، ވަރަށް މަދުން މެނުވީ ދެކެފައި ނުވާފަދަ ފުރިހަމަ ގޮތެއްގައެވެ…… ދުވަހުގެ ޕްރޮގްރާމްއަށް عملކުރެވެމުން ދިޔަ ގޮތް އަންނަ ފޮޅުވަތްތަކުން ވިދާޅުވަމުން ގެންދަވާށެވެ.

އަނާން (1)

ކިޔާފައިވާ ޢަދަދު: 3871
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރްޔަމް ސަނާ،  ށ. މިލަންދޫ
މެންދުރު ވެހުނު ވާރޭގެ ސަބަބުން ގިނަ މަގުތަކުގައިވަނީ ފެންހެދިފައެވެ. މަގުމަތީގައި ފެންހެދުމަކީ ބޮޑެތި މީހުންނަށް އުނދަގުލެއް ނަމަވެސް ކުޑަކުދިންނަށް އެކަން ވެފައިވަނީ މަޖާކަމަކަށެވެ. ބައެއްކުދިން ކަރުދާހުން ބޯޓު ހަދައިގެން ފެންގަނޑުގައި ދުއްވަން އުޅުނުއިރު، އަނެއް ބައި ކުދިން އުފަލުން ހަޅޭއްލަވަމުން ފެންގަނޑުތެރޭގައި ދުވަމުންގެންދިޔައީ އެއްވެސް ހިޔާލެއް، ފިކުރެއްނެތިއެވެ.

އޭރުގެ ފަތްފުށްތަކުން……(45)

ކިޔާފައިވާ ޢަދަދު: 6411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޭރު މީހުންނާއި އަޅުގަޑުމެން

إ .  ش


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސްކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ.

މަގޭ ޤައުމާ ނުކުޅެއްޗޭ

ކިޔާފައިވާ ޢަދަދު: 2814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން
ޤައުމާ މަގޭ  ދީނާ މަގޭ  އަމްނާ ނުކުޅެއްޗޭ
            ތާރީޚުބަލައި އެނގި ތިބެ ޣައްދާރު ނުވައްޗޭ
                        ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ޤުރުބާން
                                 އީމާންކަން މަތީ    އީމާންކަން މަތީ

ހޭލާ މިތިބީ ބަވަނަވެފައިވާ ދުނިޔޭގައި
      ނީލަން ކުދިކުދި ޤައުމުކިޔާ ދުނިޔެ ތެރޭގައި
            ހީލަތްތެރި ރޭވުންތެރި އެންމެންގެ ތެރޭގައި
                  ހިތްވަރުހުރި އަދި ސާބިތު ޤައުމެއްގެ ސިފައިގައި
                      ޙިކުމަތު ޢަމަލީގައި މި ސިޔާދަތުގެ މަތީގައި
                           ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ޤުރުބާން
                                   އީމާންކަން މަތީ    އީމާންކަން މަތީ