ބަރަބޯ ބޯކިބަލާއި ބޯތަށި

ކިޔާފައިވާ ޢަދަދު: 8331
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުލުޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
  
ކޮންމެ ޤައުމެއްގައިވެސް އެބަޔަކު ވާހަކަދައްކާ މާދަރީ ބަހުގެ އަދަބީ ބަހުރުވައެއް އޮވެއެވެ. އަދަބީ ބަހުރުވަ ނުވަތަ ޢާއްމު ބަހުރުވައަކީ، ރަސްމީ ނުވަތަ ނުރަސްމީ ޢާއްމު މުޢާމަލާތުތަކުގައި ބޭނުންކޮށް އުޅޭ ބަހުރުވަ އެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގައި ވެސް މި ކަން އޮތް ގޮތެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ މަދު މީސްކޮޅު ވާހަކަދައްކައި އުޅޭ ދިވެހިބަހުގައި ވެސް މި ކަން މި ގޮތަށް އެބަ އޮތެވެ.
   

މުޅި އިންޓަރނެޓަށް މަޝްހޫރު ‘ފަހުން ބޯން’ ބަހައްޓާ ކޮފީތަށި

ކިޔާފައިވާ ޢަދަދު: 3077
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ވިލާތުގެ ޗާޓަކަށް ބަލާލައިފިނަމަ އިޓަލީވިލާތް އެންމެ ވައްތަރުވާނީ ފެޝަނަށް ލޯބިކުރާ އަންހެނުން ފިނި ރައްރަށުގައި އަރާ ފުންނާބު އުސް (ކަކުލާއިހަމައަށް ހަމުން ހަދާފައިހުންނަ) ބޫޓުކިބައަކާއެވެ. މި ބޫޓަކީ އިޓަލީވިލާތް ނަމަ، ކަށިމައްޗަށްވުރެ ކުޑަ ތަންކޮޅެއް ތިރީގައި، ކުޑަހުޅާއި ދިމާގައި އެވަނީ Naples އެވެ. ރަށުމީހުން ކިޔަނީ ‘ނާޕޮލި’ އެވެ. މާނައަކީ އާ ސަހަރެވެ. 
 

ކުދިވާހަކަ (18)

ކިޔާފައިވާ ޢަދަދު: 5041
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (18)

ޝަރަފަށްޓަކައި މަސައްކަތްކުރުން

ޢައްބާސް އިބްރާހީމް
އާދައިގެ ޓައުނެއްގެ މޭޔަރާބެހޭގޮތުން މީހުންގެ ޚިޔާލު ހޯދުމަށް ރިޕޯރޓަރަކު ސުވާލުކުރަމުން ދިޔައެވެ.

“އޭނާއަކީ ދޮގުހަދާ މަކަރުވެރިއެކެވެ.” ވިޔަފާރިވެރިޔަކު ބުންޏެވެ.
“އެއީ ފޮނިކަނޑާ ބޮޑާ މީހެކެވެ.”  އިސްކޫލް ޓީޗަރަކު ބުންޏެވެ.

ޤާޟީކަމަކީ ހައިބަތުހުރި ޒިންމާދާރު މަސައްކަތެއް

ކިޔާފައިވާ ޢަދަދު: 5407
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަލްއިމާމް ޒުހުރީ ވިދާޅުވެފައެވެ. ތިން ސިފައެއްހުރެއްޖެ މީހަކީ ޤާޟީކަމަށް ކުފޫހަމަވާ މީހެއް ނޫނެވެ. އެގޮތުން އެސިފަތަށް ބަޔާންކޮށް ދެއްވަމުން ވިދާޅުވެފައިވާ ސިފަތަކުގެ ތެރޭގައި، މީސްތަކުން ކޮށްފާނެ މަލާމާތަކަށް ޖެހިލުންވެ ފިނޑިވުމާއި އެހެންމީހުންގެ ސަނާއާއި ތަޢުރީފު ހޯދުމަށް މަސައްކަތްކުރުމާއި ޤާޟީކަމުގެ މަޤާމުން ވަކިކޮށްފާނެކަމުގެ ބިރު އޮތުން އަދި އެކަމަށް ފަސްޖެހުން ހިމަނުންވާފައިވެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(23)

ކިޔާފައިވާ ޢަދަދު: 2875
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލ.އަތޮޅުވެރި الفاضل حسين صبرى ރޭއްވެވި ފުރަތަމަ ޕްރޮގްރާމް

(ރިޕޯޓަރެއް)

تهذيبއާއި ވަރަށް ދުރުގޮތެއްގައި ދިރިއުޅެމުންއަންނަ ލ.އަތޮޅު އާދެ! ހައްދުންމަތި، އަލުންއައު ފުރާނައަކާއިއެކުގައި ކުރިޔަށް ދުއްވައިގެންފާނެކަމުގެ ނިޝާންތައް މިހާރު ފެންނަން ފަށައިފިއެވެ. ރާއްޖޭގެ އެންމެ ރަށްވެހި އަދި އެންމެ އުޖާލާ އެއްއަތޮޅުކަމުގައި ލ.އަތޮޅުވެސް ވެދާނެކަމުގެ ކުލަތައް އުދަރެހުގެ ކައިރިފަށުން ފެނިލައިފިއެވެ.

އެޑިޓޯރިއަލް

ކިޔާފައިވާ ޢަދަދު: 2378
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެޑިޓޯރިއަލް

ޢިލްމީ އުދަރެހުން އެރި “އެންމެ އަލިގަދަ ތަރި” އޮއްސުނުތާ އެއް އަހަރުވީ އެވެ.

ލިޔުންތެރީންގެ ގުޅުން

މިއަދަކީ ދިވެހި ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ހިތާވެރި އެއް ޙާދިސާ ހިނގިތާ އެއް އަހަރު ފުރޭ ދުވަހެވެ. ހިތާމަވެރި ޙާދިސާއެއްގެ ހިތާމަވެރި ހަނދާންތައް އާކުރެވޭ ދުވަހެވެ. އާދޭހެވެ! ދިވެހި ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ބޮޑު ޢިލްމުވެރިޔާ އަދި އެންމެ ބޮޑު ފަޤީހު، ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލެވުނުތާ އެއް އަހަރުވީ އެވެ. އެ މަތިވެރި ޢާލިމު، އަނިޔާވެރި މުޖުރިމުންގެ ޝީކާރައަކަށްވީ 2012 ވަނަ އަހަރު އޮކްޓޯބަރ މަހު 1 ވީ އަންގާރަ ދުވަހު ގެ ރޭ (އާދެ! 2 ވަނަ ދުވަހު) މެންދަމުން އަލިވެ 12:30 އާއި 01:30 އާ ދެމެދުގެ ވަގުތެއްގައެވެ.

ޢިލްމީ އުދަރެހުން އެރި [އެންމެ އަލިގަދަ ތަރި] އޮއްސުނުތާ އެއް އަހަރުވީ އެވެ.

ކިޔާފައިވާ ޢަދަދު: 145
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެޑިޓޯރިއަލް

ޢިލްމީ އުދަރެހުން އެރި “އެންމެ އަލިގަދަ ތަރި” އޮއްސުނުތާ އެއް އަހަރުވީ އެވެ.

ލިޔުންތެރީންގެ ގުޅުން

މިއަދަކީ ދިވެހި ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ހިތާވެރި އެއް ޙާދިސާ ހިނގިތާ އެއް އަހަރު ފުރޭ ދުވަހެވެ. ހިތާމަވެރި ޙާދިސާއެއްގެ ހިތާމަވެރި ހަނދާންތައް އާކުރެވޭ ދުވަހެވެ. އާދޭހެވެ! ދިވެހި ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ބޮޑު ޢިލްމުވެރިޔާ އަދި އެންމެ ބޮޑު ފަޤީހު، ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލެވުނުތާ އެއް އަހަރުވީ އެވެ. އެ މަތިވެރި ޢާލިމު، އަނިޔާވެރި މުޖުރިމުންގެ ޝީކާރައަކަށްވީ 2012 ވަނަ އަހަރު އޮކްޓޯބަރ މަހު 1 ދުވަހު ގެ ރޭ (އާދެ! 2 ވަނަ ދުވަހު) މެންދަމުން އަލިވެ 12:30 އާއި 01:30 އާ ދެމެދުގެ ވަގުތެއްގައެވެ.

ފަނޑުވުމެއް ނެތް ޒިކުރާއެއް

ކިޔާފައިވާ ޢަދަދު: 7406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަކިބައިން މަތިވެރި މުރުއްވަތްތެރި އެއީ މާތް ދަރިއެކޭ
            ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ  ތަރިއެކޭ

އެކުވެރީންނަށް ހެޔޮ އަދައި އެއްބާރުލުން ދީ ހެޔޮމަގަށް
            އެކު އުޅެން އުނދަގޫކަމެއް ނެތް ނުހަނު  ސާދާ  މިތުރެކޭ

ޢިލްމުވެރިކަން އަދި ނަޒާހަތްތެރިކަމާ ގުޅުވައިލަމުން
            ޙިލްމުވެރިކަމުގައި  ނަމޫނާއެއް  ކަމު   ބެލޭނެ  ޙަލީމެކޭ

ލާމަސީލު އަގުހުރި، ދިވެހި ދަރިއެއްގެ ކުރު ޙަޔާތް:

ކިޔާފައިވާ ޢަދަދު: 6045
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝަހީދު ޑޮކްޓަރ އަފްރާޝީމް ޢަލީ

ޙަސަން ޝާކިރު މުޙައްމަދު
އަޅުގަނޑު އާންމުކޮށް ފޯނު ގެންގުޅެނީ ރިންގު ނިއްވާލައިގެންނެވެ. ނަމަވެސް ނިދަން އޮށޯންނައިރު ފޯނު ރިންގުވާގޮތަށް ބޭއްވުމަކީ، އަޅުގަނޑުގެ އާދަކޮށް ކަންތައްކުރާގޮތް ކަމުގައިވިޔަސް  2012 އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭގެ ނިދަން އޮށޯވެވުނީ ފޯނުގެ ރިންގު ނިއްވާލައިގެންނެވެ. އެރޭ އަޅުގަނޑު ނިދަން އޮށޯތީ 12 ޖަހާކަންހާއިރެވެ. ފަތިހު އަންހެނުން ގޮވުމުންވެސް ހޭލެވޭގޮތެއް ނުވިއެވެ. އާދައިގެމަތިން އޭނާވެސް ކޮޓަރީގައި ނަމާދުކޮށްލައިގެން އޮށޯތީއެވެ. އޭރު ރާއްޖޭގެ އެތައްބަޔަކު ނުނިދާ ފުންހިތާމަތަކެއް ކުރަމުންދާކަމުގެ އިޙްސާސެއް އޭނާއަކަށްވެސް ނުވިއެވެ. މީޑިއާގެ މަޢުލޫމާތުގެތެރޭގައި އަބަދުވެސް އުޅެމުންދާ އަޅުގަނޑުމެންގެ ދޮށީ ދަރިފުޅު އޭނާގެ މަސައްކަތުގައި ޓީ.ވީ. ހުޅުވައިގެން ލެޕްޓޮޕުން ޚަބަރުތައް ދިރާސާކުރަމުން ގެންދިޔަކަމެއްވެސް ނޭނގުނެވެ.

އަޅުގަނޑު ދުށް ޑރ. އަފްރާޝީމް ޢަލީ

ކިޔާފައިވާ ޢަދަދު: 2939
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު

ދީނީ ޢިލްމްވެރިންނަކީ އެބޭފުޅުން އުޅުއްވާ ކޮންމެ މުޖްތަމަޢެއްގައި ނުހަނު ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބަޔެކެވެ. ޢިލްމު ޙާޞިލްކުރުމުގެ އެންމެ މަތިވެރި މަޤްޞަދަކީ ލިބިފައިވާ ޢިލްމެއް އަނެކުންނާ ޙިއްޞާކޮށް މުޖްތަމަޢު ހޭލުންތެރިކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ.